އިދިކޮޅު ފަރާތްތަކާ ގުޅިވަޑައި ނުގަންނަވާ ކަމަށާއި ހުންނަވާނީ މިނިވަންކޮށް ކަމަށާއި ހުންނެވީ ރައީސްގެ އަރިހުގައި ކަމަށް، ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ދުންޔާ އިސްތިއުފާ ދެއްވުމަށް ފަހު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެކި ފަރާތްތަކުގެ ފިންތުންތައް އަންނަ ކަމަށާއި އެކަމަކު ހުންނެވީ ޤަބޫލު ކުރެއްވުން މަތީ ސާބިތުކޮށް ކަމަށެވެ.
"އެކި ފަރާތްތަކުގެ ފިންތުންތަކާއެކު ވެސް އަޅުގަނޑު މިހުރީ އަޅުގަނޑު ގަބޫލުކުރާ ގަބޫލުކުރުން މަތީ ސާބިތުކަމާއެކު، އަޅުގަނޑު މިހުރީ މިނިވަންކޮށް، އިދިކޮޅު ފަރާތްތަކާ އަޅުގަނޑު ނުގުޅެން، އަޅުގަނޑު ދެމިހުންނާނީ ފަހުރުވެރި ދިވެއްސެއްގަ ގޮތުގައި،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާގެ މިބަޔާނުގައި އިތުރަށް ވިދާޅުވެފަައި ވަނީ ރުޅިވެރިކަމާއި ހަސަދަޔާއެކު އެއްވެސް މައްސަލައެއް ހައްލެއް ނުކުރެވޭނެ ކަމަށާއި މަޝްވަރާކޮށްގެން މެނުވީ މިހާރު ދިމާވެފައިވާ ހަލަބޮލިކަމަށް ހައްލެއް ނެތް ކަމަށެވެ. މި ހާލަތުން އަރައިގަތުމަށް ހުރިހާ ދިވެހިން މަސައްކަތްކުރުމަކީ ކުރިއަށް އޮތް ޖީލްތަކުގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ.
މިބަޔާނުގައި އިތުރަށް ދުންޔާ ވިދާޅުވެފައި ވަނީ އޭނާ ހުންނެވީ ރައީސް ޔާމީންގެ އަރިހުގައި ކަމަށާއި އެހެން ލީޑަރުންނާއެކު މަޝްވަރާ ކުރިޔަށް ގެންދިއުމަށް ވެވެން އޮތް އެހީތެރިކަމެއް ދެއްވަން ތައްޔާރަށް ހުންނެވި ކަމުގައެވެ.
"ރައީސް ޔާމީނަކީ ވެސް އަޅުގަނޑުގެ ލޭ، މިހުރީ ރައީސްގެ އަރިހުގައި، އަދި އެހެން ސިޔާސީ ލީޑަރުންނާއެކު މަޝްވަރާގެ ޕްރޮސެސް ކުރިއަށް ގެންދިއުމަށްޓަކައި ވެވެން އޮތް އެހީތެރިކަމެއް ދިނުމަށް ތައްޔާރަށް،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާގެ ބައްފަ، ކުރީގެ ރައީސް މައުމޫން ހުންނެވީ، ޤާނޫނީ ގޮތުން އުފެދިފައިއޮތް ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަޔާއި ފަޑިޔާރުންނަށް ރިޝްވަތުދިން ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ވ ސަލި ދުނޮޔާގެ ތި ނިންމެވުން..ސެލިއުޓް ޔޫ މެ ޑަ މް
ދުންޔާ ހުރެބަލަ ބަންގާޅު ފަޅީގަ... މީނާ ހިތުން މީނާމީ އަދި މާމޮޅު ލީޑަރެކޯ... އާން ދެން ވަޒީރަކަށް އުޅުނީމަ ދެން ކޮންމެ މީހަކު މިހީކުރަނީ ދެން ރައިސްކަން ވެސް ކުރެވޭނެއޭ
ހަމަ ގައިމުވެސް ކަލެއަށް ވުރެ މޮޅު ކަންނޭނގެ. ކަލޭ ހާދަވަރަކަށް ޖޭވެގެން ތިއުޅެނީ...ހަޖަމް ޕްލީޒް
ތިއަށްވުރެ ސަރުކާރުގައި ހުރިނަމަ ތާހިރު ވީސް
ސާބަހޭ ކަމަނާ
ދުންޔާއަކީމިޖީލުގެމަންމަ ސާބަސްދުންޔާ
ސާބަހޭ ދަރިފުޅާ ދުންޔާ. މިއުޅޭ އެބައުޅޭ މިބައުޅޭ މީހުންނަށް ދުވަހަކުވެސް ބައިއަތި ނުހިފާތި. ތިޔައީ ފިސާރި ކަނބަލެއް.
ދުންޔާޔަކީ ތެދުވެރި ވަފާތެރިއެއް ސާބިތުކަމާއެކު ޙުންނާތި ބައްޕާ ފުލައް ގެއްލުން ދިން އޮޑިޔައް ނާރުއްވާތި
ތިގޮތުގާ ހުންންވާތި ތިއީގައުމައް ވަފާތެރި ދަރިޔެް ސުކުރިއްޔާ ދުންޔާ
ސާބަހޭ ސާބަހޭ ހިއްވަރުގަދަ ކަމަނާއެއް
ވިސްނުން ތެރި ތޫނުފިލި، އަސްލު ޤައުމުގެ ޕްރިންސަސް އަކީ ތިޔައީ. ސާބަހޭ.
ވަރަށް އުފާވެއްޖެ. ދުންޔާއަކީ ވަރަށް ވިސްނޭބޭކަބަލެއް ވަރައްހިތްވަރުގަދަ މަރުހަބާ
ސާބަސް ދުންޔާ މެދަމް ތިޔައީ ފަޚްރުވެރި ދިވެހި ދަރިއެއް!!
މަގާމް ދޫކޮށްލުން އެއީ ގޯހެއް .އެހިސާބަށް ދިއުމުން އަރިހުގާ ހުރުމުގެ ފައިދާ އަކީކޮބާ ؟
އެންމެ ނުރައްކާތެރި އެކަކު. “މިނިވަން ކޮށް. ރައީސް އަރިހުގައި. އެކަމަކު އިސްތިއުފާ ދީފައި. އަސްލު މަގުސަދަކީ އިންތިޚާބުގައި ވާދަކުރުން.
މާތްﷲ ގެރަހްމަތްފުޅުން ކަމަނާއަށް ރަގަޅުގޮތް މެދުވެރިކުރައްވާނެ ރީދޫ ބައިމީހުނަށް ނުހެއްލޭތި
މިޤައުމަށް ބޭނުންވަނީ ތިފަދަ ދަރިން....އިސްލާހަށް މަސައްކަތް ކޮއްދީ.. ސިޔާސީމީހުންގެ ފާޑުކިޔުމްތަށްވެސް އަންނާނެ، ކެއްތެރިވޭ ސާބިތުކަންމަތީ ދެމިހުރޭ.....އަހަރެން މިހުރީ ދުންޔާ އާ އެކު...
ބައްޕާފުޅުގެ ހީލަތްތެރި ރެވުމެއްތީ ޔަގީން ؟
ވަރަށް ރަނގަޅު. ފަޚުރުވެރި ދިވެއްސެއްގެ ގޮތުގައި ހުންނަވާތި. ބާޣީންނާ ގުޅިވަޑައިނުގަންނަވާތި. މިހާރުގެ ހާލަތަށް ބަލާއިރު ކަމަނާ ސަރުކާރު ތެރޭ ހުންނެވުމަކީ މަޞްލަޙަތު ފުށުއަރާ ކަމަކަށް ވާތީ ހަމަ ވަރަށް ވިސްނުންތެރި ނިންމެވުމެކޭ ދަންނަވަން ޖެހެނީ.
މައުމޫން ޖަލައް ވެއްދުމަކީ އައްނިގެ އުންމީދު މަގުސަދު. މިހާރު ފިސާރި ހިނިގަޅަނެ ހަސަދަވެރިވުމަކީ ހަލާކު. މައުނޫން ކީއްކުރަން އުޅެންވީގޮތެއް ލިބިފަހުރި އިއްޒަތާއި ލަގަބާއި އެކު މަޑުމަޑުން ހުންނަންވީނު ދަރިން ކިހާ ދެރަވާނެ.
ގައުމު ހަލަބޮލި ކުރަން މަސައްކަތް ކުރީމަ ހައްޔަރުކުރަން ޖެހޭ،
ކެޔޮ ކެވުނުވަރު އެގޭނީ ބިތުފަންގި ނެގީމަ !!!
ދުންޏާ އަކީ ލީޑަރެއް މިގައުމު ގަބޫލުކުރާ އަންހެން ލީޑޜެހް ކުރިއަށް ވަޑައިގަންނަވާ
ކަމަނާއައް ސާބަސް ހީކުރަން ވވ ވިސްނުން ތެރިކަމާއި އެކު ކުރިޔައް ދާނެކަމައް ދުނިޔޭގަ އުޅޭއިރު ކަންކަމާދިމާވާނީ . ފުރަތަމަ ދީނޭ ދެން ގައުމޭ ބުނިގޮތައް ވިސްނުން ތެރިކަމާއިއެކު ކުރިޔައް .... ރީދުލޭމެންގެ އަވައިގަ ކޮންމެސް ނުޖެހޭތި އެމީހުން ބަލާނެ ތި މީހުންގެ އަބުރާއި އިއްޒަތް ކަތިލެވޭތޯ.
ބަންގާޅިންގެ ރާނީ
މިނަ ބަހައްޓަންވީ ބަންގާޅީ ފަޅީގަ...
ކީކޭތަ މީނަމިކިޔަނީ. މީނާއަށް ތަރުޖަމާނެއް ބޭނުން