އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުހައި ހުންނަވާ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ރިޔާސަތުގެ ދައުރު މިއަދަށް ހަމަވެއްޖެއެވެ.

މިއީ ތާރީހުގައިވެސް ދިވެއްސަކަށް އދގެ މިފަދަ ޝަރަފްވެރި މަގާމެއް ފުރިހަމަކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ ދައުރުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. ޝާހިދު އދ. ގެ ރިޔާސަތު ބަލަހައްޓަވާ އެންމެ ފުރަތަމަ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އާންްމު މަޖިލިހުގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވެވަޑައިގެންފައި ވަނީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. ޖުން މަހު، އދ. ގެ 193 މެމްބަރު ގައުމުތަކުގެ މެދުގައި ނެގި ސިއްރު ވޯޓުގައި އާއްމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިހާބުކޮށްފައިވަނީ 143 ގައުމުގެ ވޯޓާއެކުގައެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކީ ދުނިޔޭގައި އެންމެ ބާރު ހިނގާނެ އެއް ލީޑަރަށް ވާނެއެވެ. މީގެކުރިން ނަމަ އާންމު މަޖިލީހަށް މައްސައެއް ގެންނަން ބޭނުން ނަމަ ރައީސަކަށް ހުންނަވާ ބޭފުޅަކާ މަޝްވަރާކޮށްގެން މައްސަލަ އެޖެންޑާ ކުރާ ތަން ފެނެއެވެ.

އަދި ބައެއް މައްސަލަތައް އެޖެންޑާގެ ކުރިއަށް ގެންގޮސްގެން ކުރާ ފަހަރު ވެސް އާދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ނިސްބަތްވާ ގައުމަށް ވެސް ފައިދާކުރެއެވެ. އިގްތިސާދީ ކުރިއެރުމާއި ތަރައްގީގެ އެތައް ފުރުސަތެއްގެ ދޮރު ހުޅުވިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޝިއުނާ

    ދެން ރާއްޖެ އަންނަންއުޅެގަ. ވަރަށް މިސްވެގެން މިއުޅެނީ

  2. އަހަންމަދު

    ތިކަމުން މިގައުމަށް ކުރިފައިދާއަކީ ކޮބާ؟

  3. ސޯލިބޭ

    މަޖިލީހުގެ ރައީސަކަށް ރާއްޖޭ މީހަކު ހުރެގެން މިވޭތުވެދިޔަ އަހަރު ރާއްޖެއަށް ކުރި ފައިދާ އަކީ ކޮބައިތޯ؟ ރާއްޖޭގެ ދަރަނި ވީބޮޑު.

  4. ބޭބެ

    ރާއްެޖެއަށް ވީ ކޮން ފައިދާއެއް .

  5. މާބޭބެ ނޭފަރު

    ޗަ ޕްރިޕޭޑް ޝާހިދު ހުރެގެން އަހަރެމެންނަށް ވީ ކޮންފޭދާއެއް. ބޭކާރުވީ ރާއްޖޭގެ ޚަޒާނާއިން ރުފިޔާ ތަކެއް.

  6. އަހްމަދު

    މިފަހަރުއޭގެ އިދިކޮޅައްރައީސަކަށްހިންނެވިބޭފުޅާގެ ގައުމުމިއޮތީ ބަގުރޫޓުވުމުގެމަގުމަތީގައި ޝުކުރިއްޔާ ޝާހިދު

  7. ނަޝާތު

    ޝާހިދު އދ ގައި ހޭދަކުރި އެއް އަހަރު ރާއްޖެއަށް ލިބުނު ފައިދާއެއް ލިސްޓްކޮށް ތަފްސީލުކޮށްދިނުމަކީ ދިވެއްސެއްގެ ހައިސިއްޔަތުން ވަރަށްއެދޭކަމެއް.

    އެހެނެއްނޫން ޝާހިދުއަށް އދ ގެ ތިޔަގޮނޑި ހޯދާދިނީ އިންޑިޔާއިން ރާއްޖެއަށް މާހެޔޮއެދޭކަން ދައްކަންވެގެން. ތިޔަގޮޑިއެއް ހޯދަން ދައުލަތުން ކުރިޚަރަދުވެސް އެނގެން އެބަބޭނުންވޭ.

  8. ކަނޑު ފުރޭތަ

    ދެންމިކަމުން ރާއްޖެއަށް ލިބުނީ ކޮން ފައިދާއެއް! ދަރިންނާއި އަމިއްލަޔަށްއް އެމެރިކާގެ ރައްޔިތުންނަށްވީކަން އެކަނި!

  9. Anonymous

    ދިވެހިންނަށްވީ ފައިދާއެއް އެގޭކަށް ނެތް. ސިއްރުން ވާފައިދާއެެއްވިއްޔާ އެކިޔާނެ ކަމެއްނެތް. އަސްލު ހުރިހާ ފައިދާެއް ވީ މީނާއަށް ކަމަށްވާނީ. ތަނަކަކުން ކާޕެޓްކޮޅެއްވެސް ލިބެންހުރިއްޔާ މީނަ ދޫކޮށެއްނުލާނެ.