އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދޭއްގެ ސަންދޯއް ބަލާލުމަށް އެގައުމުން ހިމާޔަތް ހޯދައިގެން އުޅުއްވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް މޫސާ އަންވަރު ކިއުގައި 13 ގަޑި ހޭދަ ކޮށްފިއެވެ.

ރާނީ އެލިޒަބަތު އަވަހާރަވެފައިވަނީ މިމަހުގެ 8 ވަނަ ދުވަހު އެކަމަނާގެ އުމުރުފުޅުން 96 އަހަރުގައި ސްކޮޓްލެންޑުގެ ގަނޑުވަރެއް ކަމަށްވާބެލްމޯރަލް ގަނޑުވަރުގައި ހުންނަވަނިކޮށް ހާލުކޮޅު ސީރިއަސް ވެގެން ފަރުވާ ދެމުން ދަނިކޮށެވެ.

ރާނީގެ ސަންދޯއް ދައްކާލުން އެގައުމުގައި މިހާރު ކުރިއަށްދާއިރު، ގިނަ ބަޔަކު އަންނަނީ ރާނީގެ ސަންދޯއް ބަލާލަން ޒިޔާރަތް ކުރަމުންނެވެ.

މޫސާ އަންވަރު މިއަދު ކުރެއްވި ޓުވިޓެއްގައި ބުނީ، 13 ގަޑިއިރު ކިއުގައި ހޭދަ ކުރުމަށްފަހު، ރާނީ އެލިޒަބަތުގެ ސަންދޯއް ބަލާލުމުގެ ފުރުސަތު އޭނާއަށް ލިބިފައިވާ ކަމަށެވެ.

ރާނީއަށް ފަހުގެ އިހްތިރާމު އަދާ ކުރިކަން ހާމަކުރަމުން އައްޑޫ އަތޮޅަށް އުފަން މޫސާ އަންވަރު ބުނީ، މީގެ 60 އަހަރު ކުރިން އައްޑޫއަށް ރަން ޒަމާނެއް ގެނެސް ދެއްވި ރާނީއަށް އަބަދު ވެސް ޝުކުރުވެރިވާ ކަމަށެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ކުރިން ރާނީގެ ސަންދޯއް ދައްކާލުން ކުރިއަށްދާއިރު، ގިނަ ގައުމުތަކުގެ އިސްވެރިން އަންނަނީ ރާނީގެ ސަންދޯއް ދެކިލުމަށާއި ޖަނާޒާއަށް އެގައުމަށް ޒިޔާރަތް ކުރަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހިމެނިވަޑައިގަންނަވައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު އިނގިރޭސިވިލާތަށް ފުރާ ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު، ޗާސްލް އާއި ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި އެ ޢާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. ހަސަން ކުރުސި

    ބޯގޯސް

    10
    1
  2. އުގުރި

    ލަދު ހަޔާތް ކޮބާ މިމީހުންގެ...

    14
    1
  3. ހުސޭނުބޭ

    ވާހް ކިޔާ ބާތުހޭ ........ އަޅުވެރިއަކު މެންދަމު ތެދުވެ ރޭ އަޅުކަމުގައި ނުކުރާވަރު ސަންދޯކަކަށްޓަކައި ކޮށްފި. ލޮލް

    21
    1
    • ކަމަނަ

      ސަންދޯކު ކޮޅުފިލާވެސް ނުފެނުނޭ އެވަރުންވެސް ސަންދޯއް މަތީ އޮތް ފޮތިގަނޑު ފެނުނީ. ޙިނި އަންނަނީ
      ކާފަރެއްގެ ސަންދޯއް ބަލަން ތިޔަ ކުރި މަސައްކަތުން.

  4. ބޯގޯސް

    ޙެހެ މޫސަމެން ހަމަ ވިސްނުންތޫނީނުންދޯ ، ހިމާޔަތާއި ރައްކާތެރިކަން ދޭ އިންސާނުންނަށް ބަރަޮސާވެގެން ތިހުންނަނީ ސަނދޮކެއް ބަލާލަން 13 ގަޑިއިރު، ބޯހަލަކުދެއްތޯ،

    64
    1
    • ޢަހުމަދުވަގާރު

      ސައުދީ އިން ނުދިނީ ތުނބުޅި ބޭލީމާ.އެހެން ނޫންނަމަ އެކޮޅުގަ ހުންނާނީ

      2
      2
  5. ވާޔާ ރެކިހުތާ

    ފައިދާއެއް ނެތް ގެއްލުން ހުރި އެއްޗެއް ގަންނާނީ ކާކު

    21
    1
    • މީޒްލީ

      މޫސާ އަންވަރު

      16
      1
  6. ޙަނދުކޭތަ

    ދެން އަމައްޔާތް އުޅޭފާޑެއް

    14
    1
  7. ޜަނާ

    ދެން ތިޔައޮތީ ހުކުރު ހައްޖެއްނު ވެވިފަ ވޭތިވެ ދިތަ ތަނުގެ ހުރިހާ ފާފައެއްވެސް ފުހެވޭނެ ތިޔަ ސަންދޯއް ބެލީމަ.

    64
    1
    • މަނަދޫ ބަކުރުބެ

      މަރުވުމުން ރާނީއެކޭ އަޅެކޭ ނުވާނޭ އެއްވަރެއް
      މަރު ވުމުން އެހަނދާންނެތޭ އެކަމަށް ނުވޭ ދިހަ ގަޑިއިރެއް
      ހޯދި ފައިސާއެއް ދަރިންނެއް ނާދެޔޭ އެކުގައި ތިބާ
      ހޯދި އަމަލެއް އަންނަނީ އެކުގައި ތިމާކުރި ހެޔޮވަރެއް
      ދުނިޔެއީ ވަގުތީތަނެއް މޫންޓީ ހަނދާންކޮށްލާ އިހަށް
      ފޮނިވެފައި ކައުސިލަކުގައި ހުއްޓަސް ތިބާ ވާނީ މަރެއް
      ހަސްފަތާލުން ފެންނަ ބުރި ކަޅު މަންޖެއަސް ވިސްނާދެމޭ
      ލަސްނުކޮށް ތިޔަ ކަޓު އުޅުން ހުއްޓާށެ ނުބަލާ އިރުވަރެއް

      އަކޫބަބުރު އާދްމީ
      ބަކަރިބެ

      5
      1
  8. ދޮންދީނާ

    އާއިލާމީހަކު ނިޔާވެ ވަޅުލަންދެންވެސް ސަހަރާގައި ނުހުރެވޭމީހަކު ތިކުރީ ވަރަށްވެސް ދަރުމަހުރި މޮޅު ކަމެއްކަމަށް ބާ ؟

    14
    1
  9. ބުމަރު

    ކަރުނަ ތިކި

    4
    1
  10. ސަލާލމ

    ކަލޯމެން ހައްޖައްގޮސްފަވެސް ހިޔެއްނުވޭ ޖަމްރާއަށް ހިލަ އުކާ ކިޔޫގަވެސް ތިހާ ގިނަވަގުތު ތިބެދާނެހެނެއް. ވީމާ މަރުވެގެން އުޅެނީ ހީވަނީ ރާއްޖޭގެ ބަޔަކުގެ ތިމާގެ މީހަކުހެން. ..

    11
    1
  11. ޝާމް

    އައިލަވް އެލިޒަބަތު ޓީޝާޓެއްލައިގެން ނިކުމެލަންފާނެ ދެވެރިން.

  12. ބޫމް

    ކަލޯ 13 ގަޑިއިރު ގުރުއާން ކިޔަވަން މިސްކިތުގަ އިންނަނަމަ ކަލޯޔަށް ގިނަގުނަ ދަރުމައާއި ޝަވާބު ލިބޭނެ މަރުވެފައޮތަް އެދައިތަ ވަޅުލުމާއިއެކު ނަކީރު މުންކަރު ދެމަލާއިކަތުން އެދައިތައާއި ސުވާލުވެވޭނެ އަދި ގަދަފަދަ އަޒާބުން ސަލާމަތެއް ނުވެވޭނެ ސަންދޯށް ކަލޭބެލުމަކުން ވާނެ މޮޅެއްނެތްކަލެއަކަށްނެތް .

    17
    1
    • ޢަހުމަދުވަގާރު

      ކުރިޔޭ.އަދި ކަލޭ އިނީ މެއްނު 24 ގަޑި އިރު.ތި ކޮމެންޓް ލިޔުނީ ވެސް މިސްކިތުގަ އިނދެއެއްނު ދޯ

      1
      3
  13. ދަރަނި ދަންތުރަ

    މިވަރުގެ ބޮޑު ގަމާރެއް އަދި މަ ނުދެކެން 13 ގަޑިއިރު ކާފަރެއްގެ މުޅަ މަސްގަނޑެއް ބަލަން ، ކަލޭގެ ސަންދޯކު ކޮޅުފިލާގައިވެސް ތިވާހަކަ ލިޔަންވާނެ ބުރާންޗާ

    12
    1
  14. ޕޮގުބާ

    ފަރުލު ނަމާދެއް ކުރަން 5 މިނިޓްގެ ވަގުތުވެސް ނުލިބޭ ކާފަރެއްގެ ޖަނާޒާޔަށް 13 ގަޑީރު މީ މިމީހުންގެ ފެންވަރު 13 ގަޑީރު ވާއިރު ފަރުލު 4 ނަމާދު ފާއިތު ވެގެން ދާނެ މާތް ﷲ ފިޔަވާ އެހެން ފަރާތަކަށް އަޅުކަންކުރާ މީހަކަށް ހިޔޮދުޢާ ކުރުމެއް ނޯންނާނެ އެއީ ހަރާންކަމެއް

    12
    1
    • ޢަހުމަދުވަގާރު

      ގަސްރު ކޮއްގެން ދިޔައީ.ކަލޭ ރޭއްސުރެން މިސްކިތުގަ އެއްނު ތި އުޅެނީ

      1
      4
  15. ފުއާދު

    ތިވީ 13 ގަޑިއިރު ތެރޭ ނަމާދެއް ކުރިބާ. ގިނަ މީހުންނަށް ވަނީ ﷲ އަށް އަޅުކަން ކުރަން 10 މިނިޓު ހޭދަކޮށްލަންވެސް ބުރަވެފަ.

    11
    1
  16. ރަދީފުލް ކުމާރު

    މިކަހަލަމީހުން މިއުޅެނީ ގައުމަށްޓަކާ ދީނަށްތަކާ ގާސިމުގެ ލާރީގާ. އަދިވެސް އަންވަރުމެން ސިނކުޑީގާ އެނބުރެނީ އަޅުވެތިކަމުގެ ތަސްވީރުތައް. އެފޮނި ހަނދާންތައް. ލަދުހަޔާތެއް ނެތިއްޔާ މީހާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.

    11
    1
  17. ޖަނާބު

    މޫސާ އަންވަރަކީ ސަމާލުކަން ހޯދަންވެއްޖިއްޔާ ކޮންމެފަދަކަމެއްވެސް ކޮށްފާނެމީހެއް.

  18. އަލީ

    އިސްލާމްދީނުގެ ކަންފުޅެއްވެސް ނެތީދޯ؟ މިއީ މުސްލިމު މައްމަޔަކާ ބައްޕައެއްގެ ދަރިއެއްއްބާ.

    10
    • ޢަހުމަދުވަގާރު

      ބަލަގަ ކްރިސްޓިޔަން އަންހެނުންނާ އިންނަން ވެސް އިނދެވެއެއްނު.މަރުވީ އެއްލާލާފަ ދުވެ ފިލަން ތަ އޮންނަނީ.މޫސާ އަންވަރު ގެ ދުވަސް ދުއްވާލަން އިކޮނޮމިސްޓް ރާވާފަ އޮތީ.ކިރިޔާ ސަލާމަތް ވީ.ރާނީ ހިމާޔަތް ދިނީ.އެހެން ވީމާ މޫސާ ދާނެއެއްނު. އިކޮނޮމިސްޓް މަރުވީމާ މަމީ މޫަަސަ ނަމަ ޖަހާނީ ކުޅު.ހުވާ މި ބުނީ

  19. ޑައެލޯގް

    އެމްޑީޕީގެ ގިނަމީހުނަކީ ސެކިއުލާބައެކެވެ. އަދި ބޯހަމަނުޖެހޭބައެކެވެ. ޚާއްސަކޮށް އައްޑޫގެ އެމްޑީޕީމީހުން މިކަންބޮޑުވާނެއެވެ. މޫސާއަންވަރު ހިތުން އެކުރެވުނީ ވަރަށްމޮޅުކަމެކެވެ. އެކަމަކު އުމުރުން 13 ގަޑިއިރު ގެއްލުނީއެވެ.

  20. ބޮޑުބެ

    ވަރަށް މޮޅުކަމެއް ތިކޮއްލެވުނީ ތިއޮތީ އުމުރާ އަކާއި ހައްޖެއްގެ އަޅުކަމުގެ ސަވާބް ލިބިފާއި، ކޮބާ 13 ގަޑިއިރު ތެރޭގައި ދޫކޮއްލި ހެޔޮއަމަލް ތައް

  21. މުޙައްމަދު

    13 އަހަރުވަންދެން އޭނަ އެތާ ހުރިއްޔާ އަހަރުމެންނަށް ކީއް. ނޫސްވެރިން ކަންބޮޑުވެގެން ތިޔަ ސަލާމަތް ނުވެގެން އުޅެނީ. ލިޔާނެ ޚަބަރެއް ނެތިއްޔާ އައްޑޫ މަގުހެދުމުގެ ޕްރޮޖެކްޓް ހަވާލުވެގެން އޮތް އެފްކޮން ގެ ކަންކަން ބަލާ ރައްޔިތުންނާ ހަމައަަށް ގެނެސްދޭންވީނު

  22. Anonymous

    ގަޅި، 30މިނެޓް އިރުވެސް މަށެއް ނުހުންނާނަން

  23. ފަރުޟް ނަމާދުތައް ކުރީ ކިހިނެއް؟

    ކްރިސްޓިއަނެއްގެ ސަންދޯއް ބަލާލަން 13 ގަޑިއިރު ހޭދަކުރި އިރު ފަރުޞް ނަމާދުތައް އަދާކުރީ ކިހިނެއްހެއްޔެވެ؟

  24. Anonymous

    ދިވެއްސަކަށް ތިފަދަނަސީބެއްދެއްވިކަމައްޓަކާ އުފާކުރަން

    2
    11
  25. ހުސޭނު

    މިވެސް ޙަބަރެއް؟

  26. Anonymous

    ރަންޒަމާނޭ؟..ބަލަ އޭރުވެސް އައްޑޫ މީހުން ކާންބޯން ކުރި މަސަތްކަތަކީ މަސްވެރިކަން..މަހާއި ބޮނޑި ވިއްކަންދިޔައީ ކޮޅޮބަށާއި ކޮޗީއަށް..ކެއީ ފަލަމަޑީގެ ބާވަތްތައް..ގެދޮރު ރޭނީ އުވަވަޅު ދަވައިގެން އުވައިން...ގެހިޔާ ކުރީ ރުއްލަކުޑިން...ގެ ރޭނީ ފަރުތަކުން ނެގި ގަލުން...އޮމާން ކުރީ ގޮނޑުދޮށުން ނެގި ދޮންވެލިން...އެމީހުން ފޭބިއިރު ކިތައް ޖިފުޓި އައްޑޫގަ ހުރި...ހުރިހާ އެންމެންގެ ގެ ދޮރުހުރީ ފާހާނާލާފަ މުށިޖަހާ ފެންވައިރިންކޮށް ހިލަޔާއި ހިލަވެލިން ހަދާ އޭސީކޮށްފަދޯ...ސަނާކިޔަސް ތަންފުކެއް ބޮޑުވަރު...

  27. ކާމިޔާބު.

    ސަންދޯކުގެ ތެރޭގައި ރާނީ އޮންނާނެހޭ. އިނގިރޭސީންނަކީ އަބަދުވެސް މީހުން މޮޔަހައްދާ މަކަރުވެރި ބައެއް. ރާނީ އޮންނާނީ މޯޗަރީގަ ހުސް ސަންދޯކެއް އެދުއްވަނީ. އެބަލަން މީހުން 13ގަޑިއިރު ކޮޅަށްތިބެ އެމޮޔަވަނީ

  28. ޢަޙްމަދު

    އަދުގެ ބައެއް މުސްލިމުންގެ ޙާލު
    ހުރި ހިތާމައެއްގެ ބޮޑުކާއޭ!

    • ޢަހުމަދުވަގާރު

      އަދުގެ ގިނަ މުސްލިމުން މިސްކިތް ގޮއްވާ ކަމީ ޔަގީން ކަމެއް،ސާފުތަ؟

  29. މުފައްކިރު.

    ކާފަރަކަށް އެންމެ ފަހުގެ އިޙުތިރާމް އަދާ ކުރުމަށް 13 ގަޑި ހޭދަވި އިރު މިތޭރަ ގަޑީގައި ކިތައް ނަމާދު ފާއިތުވނެބާ؟

  30. ކާކު

    އަމިއްލަޔައް މޮޅުވެގެން އުޅޭ އައްޑޫ މީހުން.. މަ ހަމަ ހިނި އަންނަނީ.. އެކަމު މަވެސް އައްޑޫ..

  31. ޝަޒީމާ ސޯލިހު / މަނަދޫ

    ސޮރީ މޫންޓީ...
    ރިގާ އިޒްދަ ބެޓް

  32. ހާރޭ

    ރާނީ ނޫނޭ ޗާލު ހާދަވޭ ގަޔާ
    ލޯބިވާތި ފިސާރި ވޭ ގަޔާ
    ރާނީ ކަލާގެ ތާޖު ތާ
    ރާނީ ދޭށެ މަ އަޅާ
    އައިލަވް ޔީ ތާނީ
    އައިލްވް ޔޫ ރާބީ
    އަލްވޫ ރާބޮނީ

  33. Anonymous

    މި މީހުން ކިބައިން ފެންނަނީ ނިކަމެތިކަމާ އަޅުވެތިކަމުގެ ކުލަވަރު

  34. ގިނި

    ވިސްނާލަބަ، މިގޮތަށް މުސްލިމު ވެރިއަކު މިސާލަކަށް ސައޫދީ ރަސްގެފާނު ނިޔާވީމަ ގާޑުންނާ އެންމެނަށް އެތައް ބުރައެއް ޖައއސައި މިގޮތަށް ބައިތިއްބައިގެން ކަންތައް ކޮށއފިއްޔާ ލާދީނީ، ޔޫރަޕްގެ ޕަޕެޓުންތައް ކިޔާނެ އެއްޗެހި

  35. ޔާރާ

    މީ ހާދަ ހަސަދަވެރިންގެ ގައުމެކޭ. ޢެނާ އުޅޭނެ ގޮތަކަށް އޭނަ އުޅެދާނެ އެއްނު؟

    1
    3
  36. ދިވެހި ޒުވާނުން

    ދެން ރާނީގެ މަގުބަރާ ކައިރީގާ އިނދެ މުޅި އުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަކޮށް އޭރުން ކިންގ ޗާލްސް އޭނާގެ ރަސްކަން މޫސާ އާ ހަވާލުކޮށްފާނެ ތޯއްޗެއް