"މަގެއް ހެދި ނަމަވެސް މަގެއް މަތީ ދުއްވާނެ އެއްޗެއް އޮންނާނީ އާމްދަނީ އިތުރުވީމަ. އެ ދުއްވާ އެއްޗަކަށް ޕެޓްރޯލް އެޅޭނެ ގޮތެއްވެސް ވާނީ އާމްދަނީ އިތުރުވީމަ. ދުއްވާ މަގުން ކޮންޓެއިނާ ޓެރެކެއްގައި މުދާ ބޭލި މުއާމަލާތާ ވިޔަފާރި ހިންގުނީމަ މި ތަރައްގީއެއް ހަގީގަތުގައި އަޅުގަނޑުމެނަށް ލި ލިބެނީ. މަގު އެއީ އޭގެ ޒާތުގައި ތަރައްގީއެއްނޫން. އެމަގަށް އަރާ ދުއްވާ އެއްޗިއްސާ އޭގައި ހުރި އެއްޗިން ކުރެވޭ މުއާމަލާތް ތަރައްގީއަކީ،"

މިއީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނަށް އެންމެ ބޮޑު ތާއީދެއް އޮންނަ އެއް ސިޓީ ކަމަށްވާ އައްޑޫއަށް ވަޑައިގެން "ވަގުތު" އަށް ދެއްވި ހާއްސަ އިންޓަރވިއުގައި ފާހަގަކުރެއްވި އެއް ކަންބޮޑުވުމެވެ. ނަޝީދު ވިދާޅުވި ގޮތުން އައްޑޫގެ އާމްދަނީ އިތުރުކުރަން ކުރަންޖެހޭ އެތައް ކަމެއް ސަރުކާރުން އޮތީ ނުކޮށެވެ. އެމަނިކުފާނުގެ އެ ވާހަކަފުޅަށް ސަރުކާރުން އެއްބަސްވެވަޑައިނުގަންނަވާނެކަން ވެސް ފާހަގަކުރައްވައި އެހެން ނަމަވެސް އެ ވާހަކަ ތަކުރާރު ކުރެއްވި އެވެ.

އައްޑޫގެ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއެއްގޮތުގައި ސަރުކާރުން ފާހަގަކުރަނީ އައްޑޫގެ އެކި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތެވެ. ސަރުކާރުން ބޮޑު ލޯނެއް ނަގައިގެން އިންޑިޔާގެ އެފްކޮން ކުންފުންޏާ ހަވާލުކޮށް ހިންގާ އެ މަޝްރޫއުގެ އެ މަސައްކަތް މިހާރު އައްޑޫގެ ބައެއް ހިސާބުތަކުގައި ކުރަމުންދެ އެވެ. ނަޝީދު ވިދާޅުވީ "މަގަކީ އޭގެ ޒާތުގައި ތަރައްގީ ނޫން" ކަމަށެވެ.

ރައީސް ނަޝީދު "ވަގުތު"އަށް މިއަދު އިންޓަވިއު ދެއްވަނީ

ނަޝީދު ވިދާޅުވީ ހިންގާ މަޝްރޫއުތަކުން ރައްޔިތުންނަށް އާމްދަނީ އިތުރުވާނެ ގޮތައް އޮތުމަކީ މުހިންމު ކަމެއް ކަމަށާއި އެފަދަ މަޝްރޫއުތައް އައްޑޫގައި ހިންގާފައި ނެތްކަމަށެވެ. ނަޝީދު ވިދާޅުވީ އުމްރާނީ މަޝްރޫއުތައް ހިންގިއަސް އެ މަޝްރޫއުތަކަށް ނެގި ލޯނު ދައްކަންވާއިރަށް އެއިން ފައިދާއެއް ނިކުންނަން ޖެހޭނެ އެވެ. ނަމަވެސް އައްޑޫގެ މަގުތައް ހެދުމަށްފަހު އެ މަގުތަކުން ފައިސާ ނެރެވޭނެ ގޮތްތަކެއް ސަރުކާރުން އަދި ރާވާފައި ނެތްކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"އައްޑޫގެ މަގުތަކުގެ ފައިދާ ނިކުންނާނެ ގޮތެއް އަދިއެއް އަޅުގަނޑުމެނަކަށް އެކުލަވައެއް ނުލެވޭ. އެއީ ބޭނުންތެރިކަމެއް ކޮންމެހެންވެސް މިހާރު ކުރަންޖެހޭ. ސަރުކާރުން މިކަންކަމަށް ކޮށްފައި ހުރި މަސައްކަތަކީ ކޮބާތޯ. އަޅުގަނޑު ހިތްއެދޭ މިންވަރަށް ކުރެވިފައިއެއް ނެތް. ދެން އެކަމު ސަރުކާރުން ދެކޭނީ އެގޮތައްކަށްނޫން. އަޅުގަނޑު ދެކޭ ގޮތުގައި އާމްދަނީ އިތުރުކުރެވޭނެ އެތައް ކަމެއް ކުރެވުނީސް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް އައްޑޫގެ މަގު ހެދުމާއި ފެން ހިންދާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވަނީ. --- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ނަޝީދު ދެކިވަޑައިގަންވާ ގޮތުގައި އައްޑޫ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެކަމަކު ނުކޮށް އޮތް އެއްކަމަކީ އައްޑޫ ގަން އެއާޕޯޓް ބޭނުންވާ ވަރަށް ތަރައްގީނުކޮށް އޮތުމެވެ. އޭގެ އިތުރުން އައްޑޫއަށް ޓުއަރިސްޓުން އިތުރުކުރުމަށް ކުރަންޖެހޭ ކަންކަން ނުކޮށް އޮތުމެވެ.

"އައްޑޫއަށް ރަނގަޅު ގޮތް ހެދުނީމަ ރާއްޖެއަށް ރަނގަޅު ގޮތްވާނެ" ކަމަށް ވިދާޅުވެ އޭގެ ތަފްސީލު ވެސް ނަޝީދު ދެއްވި އެވެ.

"އައްޑޫއަށް ރަނގަޅު ގޮތް ހެދި މިސާލަކަށް 100 މިލިއަން ރުފިޔާ ހަރަދުކޮށްފާނެ އަލިފުށީ އެއާޕޯޓް އެޅުމަށް. އެ ސަތޭކަ މިލިއަން ރުފިޔާ އައްޑޫއަށް ހަރަދު ކުރެވިއްޖެ ނަމަ އޭގެން ނިކުންނަ ޖުމްލަ ނަތީޖާ މަބޮޑުތަނުން ބޮޑުވާނެ. އަލިފުއްޓަށްވެސް (އައްޑޫއަށް އެހަރަދު ކުރީމަ) ލިބޭނެ ނަތީޖާ، އެމީހުންނަށް ލިބޭނެ އެއްޗެހި މާގިނަވާނެ. ހުވަދުއަތޮޅު މީހުންގެ ގާތުވެސް މި ފާހަގަކުރާ ނުކުތާއަކީ އައްޑޫގައި އެބައޮތޭ އެއާޕޯޓް. މިހާރު އަޅުގަނޑުމެންގެ އަތުގައި އެބަ ހުއްޓޭ އެއާޓެކްސީ. މިހާރު ހުވަދޫގެ ރިސޯޓުތަކަށް އައްޑޫއިން މީހުނަށް އާދެވޭ ގޮތް ހަދައިފިނަމަ ހުވަދޫ ރިސޯޓްތަކަށް އަގުހެޔޮވާނެ. ޓުއަރިސްޓުންނަށް ފަސޭހަވާނެ. މާބޮޑަށް ހުވަދޫގެ ރިސޯޓްތަކަށް ރަނގަޅުވާނެ. އެކަމު ޕްރޮޖެކްޓް ލަސްވާ މައްސަލަ މި މައްސަލައަކީ،" ނަޝީދު ވިދާޅުވި އެވެ.

އައްޑޫގައި ގާއިމުކުރާ ގޭދޮށު މަސްފެކްޓަރީ އަކީ ވަޒީފާތައް އިތުރުވާނެ މަޝްރޫއެއްކަން ފާހަގަކުރައްވައި ނަޝީދު ވަނީ އެ މަޝްރޫއުތައްވެސް ނުހިނގާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޢ

    އެމްޑީޕީސަޕޯޓަރުން ނުކުމެ މުޅިއައްޑޫގަހުޅުޖެހިއިރު ހުންނެވީ އަތްޖަހަން. ޟުޅިންވެސް މަކަރާހީލަތް

    27
  2. ޙަަަހަ

    ބަލަ މެޖޯރިޓީ އޮތް މަޖިލިސް އިން ކީއްވެބާ 4 އަހަރުވީއިރު ތިކަމާ ނުތެޅުނީ ، އުޅުނީ މަޤާމެއް ނުލިބިގެން ، މިއަދު ދެން އިންތިހާބު ކައިރިވާތީ ތިމީހާ ޒިންމާއިން ރެކެން އެހެން ބައެއްގެ ބޮލުގައި ތި އަޅުވަނީ ، އައްޑޫ ރައްޔިތުން ހޭއަރާކަށް ނުވޭތަ ، އަނެއްކާވެސް ހަމަ މީނަގެ ވަސްވާހުގައި ޖެހި 5 އަހަރު ގެއްލުވާލާބަލަ ، މިހެން ބުންޏަސް އައްޑޫމީހުން މީނަގެ އަވާގައި ޖެހޭނެ

    25
  3. Anonymous

    ބޮޑު ބޯޑެއްގަ އިބޫސޯލިހު ގެ ފޮޓޯއެއް ޖަހާފަ އައްޑޫއަށް މިލިއަނުން ހަރަދުކުރިވާހަކަ އެއޮތީ ޖަހާފަ ޕޯޓްސް ކައިރީ އައްޑޫ ގިނަމީހުން ވަރަށް މޮޔަވާނެ

    23
  4. Anonymous

    އެހެންވީމާ މިބުނަނީ ދެންވެސް އައްޑޫއަށް ކަމެއް ދޭނީ ރައީސް ނަޝީދު އޭ

    12
    11
    • Anonymous

      ބަލަ ތި ތިގޯސްވީއޭ އެމްޑީޕީ ސަރުކާރެއް އެމްޑީޕީ މެޖޯރިޓީ މަޖިލީހެއް އެމްޑީޕީ މެޖޯރިޓީ ކައުންސިލެއް އެމްޑީޕީ މެޖޯރިޓީ އާބާދީއެއް ތިތާ ތިއޮތީ ދެން ކޮންކަމެއް ނުވެގެން ތިއުޅެނީ މިހާރު ބީތާމެންނައް ފެންނާނެ ނުކުޅެދޭ ނާގާބިލް ސަރުކާރަކީ ކޮބާ ކަން ޙަޤީޤީ ވަގުންނަކީ ކޮބާ ކަން

  5. މުޙައްމަދު

    ފިތުނަބޭ

    22
    1
  6. ގާފު

    މަނިކުފާނު އަށް ފެނިލައްވާނެ ތިތާ ކިތައް ފަޅުގޯތި އެބައޮތް، ހުސްބިން އެބައޮތް، ގެވަޅު ބޭނުން މީހުން ބައިވަރު އިބޫސޯލިހު އަށް ގެވަޅުގަނޑެއްވެސް ދޭކަށް ނުކެރޭ

    17
    1
  7. Anonymous

    ދޮގުހަދާއޮޅުވާލަންވާނީވެސް ހިތައް ކުޅަދާނަ މިންވަރަށޭ

    23
  8. Anonymous

    ތިއައްޑޫގިނަ މީހުން ވަރަށް ލާދީނ ވާނެ ، ތީ ދީނެއް ރައްބެއް ރަސޫލެއްދެކެ ލޯބިވާ ބަޔަކު ނަމަ ތިނަޝީދުގެ ވަށާ ނޭބުރޭނެ

    18
    1
  9. މަގު

    ތީ މަގުހަދަނީތަ، ތީ ދުނިޔޭގެ ފެންވަރުގައި ހަދާމަގުތައް، ބުނަން ތީ މަގާ ކާވެނިވަނޫ

    17
    1
  10. Anonymous

    ތި ރަށުމީހުން ތަރައްޤީ ވާން ކުރާ މޮޅުކަމެއް އޮވޭ އެއީ ގަސް ކެނޑުން
    ހިތަދޫ ބޮޑު މަގުގެ މެދުގަހެދިފަހުރި ދުވަސްވީ ހިޔާދޭ ބޮޑެތި ގަސްތައް ކަނޑާލީ ތިމަންމަނިކުފާނުގެ ވެރިކަމުގަ

    15
  11. ލޯބިވާ

    މީ މިގައުމާ ދީނަށް ޖެހިފަވާއެންމެ ބޮޑުބަލާ މުސީބާތް ލިވާތު ސަރުކާރު އަންނަ ކޮންމެ ފަހަރަކު މިގައުމާ ދީނަ މިނިވަންކަން ކަމާ ދައުލަތާ ހަރުމުލަ ނިލންކިޔާ ގައުމު ފަނާކޮށްފަ ބަޗަނި ދިވެހިން މިތިބީ އަޅެ ބީވެފަތަ މި ހަގީގަތް

    12
    2
  12. Anonymous

    އަޅެފަހެ އައްޑޫ އެކަނިތަ އޮތީ؟ ކޮބާ ލ.އަތޮޅު ގަން

    12
    2
  13. އެހެނާ

    ނުޖެހޭ ހިންގާކަށް ނުހިންގިޔަސް ލާދީނީ ޕާރޓީ އަށް ވޯޓު ދޭން ތިބި ބޯގޯސް މަރުމޯލުން ތަކެއް ކަން އެނގޭ ވިއްޔަ

    17
    1
  14. ޢިންނު މުހައްމަދު

    ވޯޓް ކާރިވާ ވަރަކަށް މިކަހަލަ ވާހަކަދެއްކުން އިތުރުވާނެ

    13
    1
  15. Anonymous

    އެއްކަމެއް ކޮއްނުދިނަސް އައްޑޫ މެޖޯރިޓީ ވޯޓުލާނީ އެމްޑީޕީ އަށް އެއީ ރަންރީނދޫރާނީރާޖާމެން ވަރަށް ރީނދޫ ފިކުރުހުންނާނީ ބޯބުރާންތިން

    13
    2
  16. ލޮލް

    ލޮލުގަ އަނދުން އަޅުވަން ޖައްސާ ޑްރާމާ

    14
  17. ހައިރާން

    އައްޑުއަތޮޅަކީ ރާއްޖޭގައި އޮތް ގުދުރަތީ މުއްސަނދިކަން އެންމެ ކުޑަ އަތޮޅު. އިގްތިޞާދީ މަސައްކަތް ހިންގޭނީ ހިންގެން އޮންނަ ތަންތަނުގައި. ތަނެއް އޮތެކޭ ކިޔާފައި ކަމެއް ނުވާނެ. ކުރާކަށްވެސް ނުޖެހޭނެ. ކަންކަން ކުރަންޖެހޭނީ ފަސޭހައިން އަވަހަށް ނަތީޖާ ހާސިލުވާން އޮންނަ ތަންތަނުގައި. އެތަންތަނުގައި ކުރުމަށްފަހުގައި އެހެން ތަންތަނުގައި ކުރަންވާނީ.

    11
    4
  18. ރެފްރީ

    އައްޑޫމީހުންގެބޮލުގަ ހޮރުކޮންނަނީ އުތަ؟

    11
    2
  19. Anonymous

    ހޫނ ނަޝީދު އައްޑޫ ފާހަނާތައްޓަކަށް ގުއިރީފި! ދެން އައްޑޫ މީހުން ވަސްބަލައިގެން ތިބޭ!

    19
    1
    • Anonymous

      އައްޑޫ މީހުން ވަސް އަހާނީ!!! ލޮލް

      11
      1
  20. އަބްދޫ

    އައްޑޫގަ އިގްތިސާދީ މަސައްކަތުގެ ވާހަކަ ދައްކަން ތިޔައީ މާތާހިރު ވާހަކައެއްތަ؟ ނަސީދު ވެރިކަމަށް އައި އިރު އައްޑުއަތޮޅު ރައްޔިތުންގެ އެކައުންތް ތަކުގާހުރި އެތައް މިލިއަން ރުފިޔާއަށް ހެދީ ކިހިނެތް ކަން ބުނެދީބަލަ އެފައިސާ ނަގައިގެން އައްޑުއަތޮޅު ރައްޔިތުންނަށް ދިނީ ކޮނަހިދުމަތެއްތަ ބުނެދީބަލަ.

    14
  21. Anonymous

    ކަލޭ ވާހަކަ ނުދައްކާ ޕުލީސް އަހަރެން އެބަ ހޮޑުލަވާ.

    15
    1
  22. ހުސެން

    މަނިކުފާނު ލޮލުން ކަރުނަ ތިއަންނަނީ ހަމަ ހަގީގަތުގަވެސް ކަމެއްކޮށް ނުދެވުނީމަތޯ ނުވަތަ ގުނބޯ ހައްދައިގެން މިފަހަރު ގެ ވޯޓް ހޯދަންތޯ ! ހީލައްތެރިންނަކީވެސް ހަމަތިގޮތަށް އުޅޭބައެއް.

  23. އިބްރާހިމް

    އެމްޑީޕީއަށް ވޯޓްދޭންޖެހޭ ސަބަބު؟