މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނަށް 25000 ޕާރކިންގް ވަޔަލޭޝަ ސްޓިކަރ ޗާޕްކޮށްދޭނެ ފަރާތެއް ހޯދަން އެމިނިސްޓްރީން އިއުލާން ކޮށްފިއެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕާރކިންގް ވަޔަލޭޝަ ސްޓިކަރ ޗާޕްކޮށްދޭން ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ސެޕްޓެމްބަރު 26 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ( ސްޓާ ކްލައުޑް ބިލްޑިންގް 03 ވަނަ ފަންގިފިލާ ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭކަމަށެވެ.

މިއިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައި ވެއެވެ.

މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ގިނަ އަދަދެއްގެ ޕާރކިންގް ވަޔަލޭޝަ ސްޓިކަރ ޗާޕް ކުރަން ސަރުކާރުން އިއުލާން މިކުރީ މާލޭގައި ބަހުގެ ހިދުމަތް ފަށައި، ވަރަށް ގިނަ މަގުތަކުގައި ޕާކް ކުރުން މަނާކުރުމަށްފަހު ޕާރކިންގް ވަޔަލޭޝަ ސްޓިކަރ ޖެހުން ފުލުހުން އިތުރު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިހާރު ކޮންމެ ޕާރކިންގް ވަޔަލޭޝަ ސްޓިކާއަކުން -/250 ރުފިޔާގެ ޖޫރިމަނާއެއް ކުރެއެވެ. އެހެންކަމުން 25000 ސްޓިކާ ވެހިކަލްތަކުގައި ޖެހުމުން ދައުލަތައް އާއްމުދަނީގެ ގޮތުގައި 6.2 މިލިއަން ރުފިޔާ ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕޮލިސް

    ހެޔޮނުވާނެ ތިޔަކަމާ ހަވާލުނުވާތި

    1
    1
  2. ރަދީފުލް ކުމާރު

    ތިކަމަށް އެންމެރަނގަޅުވާނީ އެމް.7.

  3. ހުވަދޫ އަލިބެއްޔާ

    ސަރުކާރު ހިންގަނީ ސީދާ ރައްޔަތުންގެ ޖީބުން..

  4. ަސދސަދ

    ސައިލް އަހަރީ ފީއާއި އެކު 50ރ ގެ ސިޓކާ ބޮނޑިއެއް ކޮއްމެ މީހަކަށް ދޭންވީއެއްނުން ؟
    އެއިރުން ދުއްވާމީހުން އަތުގައި ސްޓިކާވެސް ހުންނާނެ. ކަލޭމެން ހަމަ އެކަނި ތާރީހް ޖަހާލަން ޖެހޭނި

  5. ތާއީދު

    މަދީ އަދިވެސް ސްޓިކާ ޗާޕުކުރާވަރު. ޖަހާވަރު ގިނަކުރަންވީ. އެމީހަކު ހިތުހުރި ތަނެއްގައި ޕާކުކުރަނީ. ހުޅުމާލޭގައި ފްލެޓްތަކުގެ ކައިރީގައި މަގުމަތީގައި ބަހައްޓާފައި ހުންނަ ހުރިހާ ސައިކަލެއްގައި ޖަހަންޖެހޭ. ޕާކުކުރުމަށް ދައްކާފައި އޮންނަ ތަން އޮންނަނީ ހުހަށް.