އެމްޑީޕީއަކީ ލާދީނީ ޕާޓީއެއް ކަމަށް އަބަދު ލޭބަލް ކުރެވިފައި އޮތަސް ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމުކުރެވިގެން ދިޔައީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޒަރީރު އެގޮތަށް ވިދާޅުވީ ކޮލެޖުތައް ޔުނިވާސިޓީތަކަށް ބަދަލު ކުރެވޭ މުއްދަތު ކުރު ކުރަން ގޮވާލައި ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް އިސްލާހު ގެނައުމަށް ގޮވާލައި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ހުށަހެޅުއްވި ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ޒަރީރު ވިދާޅުވީ އެމްޑީޕީއަކީ ލާދީނީ ޕާޓީއެއް ކަމަށް އަބަދުވެސް މީހުން ބުނާ ކަަމަށާއި ނަމަވެސް ރާއްޖެގައި ފުރަތަމަ ފަހަރަށް އިސްލާމިކް ޔުނިވާސިޓީއެއް ހުޅުވިގެން ދިޔައީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށެވެ.

އަދި އެއީ އެމްޑީޕީގެ ފުރަތަމަ ވެރިކަން ކަމަށާއި އިސްލާމިކް ޔުނިވާސިޓީ ހުޅުވިގެން ދިޔައިރު ވެރިކަމުގައި އޭރު ހުންނެވީ ރައީސް މުހައްމަދު ނަޝީދުކަން ވެސް ޒަރީރު ފާހަގަ ކުރެއްވިއެވެ.

ޒަރީރް ވިދާޅުވީ ކަންކަން އޮޅުވާލަން މީހުން މަސައްކަތް ކުރި ނަމަވެސް މިއީ ފެންނާން ހުރި ހަގީގަތް ކަމަށެވެ.

"ކަންކަން ހަގީގަތް ރައްޔިތުންނަށް އޮޅުވާލަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ފެންނަން ހުރި ފެކްޓް. ފެންނަން ހުރި ކަންތައްތަކުން އަދި ކޮށްފަހުރި ކަންތައްތަކުން ދަލީލު ދައްކަނީ އެމްޑީޕީއަކީ ކަން ހަގީގަތުގައި މި ގައުމުގައި އިސްލާމް ދީން ކުރި އަރުވައި އިސްލާމް ދީނަށް ޓަކައި އެންމެ ގިނަ ގުނަ މަސައްކަތްތަކެއް މިހާތަނަށް މި ރާއްޖޭގައި ވެރިކަންކޮށްފައި އޮތް ޕާޓީއަކީ" ޒަރީރު ވިދާޅުވިއެވެ.

އެހެންކަމުން ސިޔާސީ މަގްސަދަކަށްޓަކައި ދީން ހަތިޔާރަކަށް ނަގައި އޮޅުވާލައިގެން މަސައްކަތް ކުރި ނަމަވެސް އެކަންކަން އޮޅުވާ ނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހަބަރުބޭ

    ތިޔަހެދީ ބޮޑުވެގެންވާ ދޮގެކެވެ. އިސްލާމިކް ޔުނިވަރސިޓީ ޤާއިމުކުރީ ޔާމީންގެ ވެރިކަމުގައި 2014-2015 ގައި! ތިޔަބުނާ ބަޔަކު އިސްލާމިކް ބޭންކެއް ނަމެއްގައި އުފެއްދިއެވެ. މައުލޫމާތު ނެތްމީހުން ހަނުތިބުން މޮޅު އިތުރު!

    40
    1
    • މިތަންކޮޅުވެސް އިތުރުކޮށްލާ

      އެމްޑީޕީގެ އިސް ސަފުގަ ތިބެ ތިމަޖިލީސްތެރޭން ތިޔަބުނާ ޔުނިވަރސިޓީގެ ކުރިއަށް "އިސްލާމިކް" އަންނާތީވެ އެކަމާ ދެކޮޅަށް ވާހަކަ ދެއްކި ބައެއްތީ..އިއްޔެ ވީކަމެއްހެން މިއަދުވެސް އެދުވަސް ހަނދާން އެބަހުރި.

  2. ހަގީގަތް

    އަސްލާމީ ޔުނިވަރ ސިޓީއެއް ގާއިމު ކުރީމަ ނުވާނެތަ ލާދީނީ ބަޔަކު ލާދީނީ ނޫން ބަޔަކައް

    19
  3. މާތްކަލާކޯ

    މާތްކަލާކޯ މި މީހުން މިތިބީ ހަމަހޭގައި ބާވައެވެ. ދޮގުހެދުން މިއޮތީ ހައްދުން ނައްޓާފައި. އިސްލާމިކް ޔުނިވަރސިޓީއާބެހޭ ޤާނޫނު ރައްޔިތުން މަޖިލީހުން ފާސްކުރީ 5 މޭ 2015 ގައި.
    https://www.mvlaw.gov.mv/pdf/ganoon/chapterII/11-2015.pdf

    28
    1
  4. މާލޭ މުހައްމަދު

    2015 ގަވެސް ވެރިކަމުގެ ހުރީ އަންނިތަ. މީނާ މިހިރީ ވާނުވާގަ. ފުރަތަމަ އިސްލާމިކް ޔުނިވަސިޓީ ހުޅުވީ 2015 ގަ.

    28
    1
  5. ހަވާސާ ހާދިސާ

    މޮޔަފުޅުވީތޯ ތިޔަ އިސްލާމިކު ޔުނިވަސިޓީއަކީ ރައީސް މައުމޫންއާއި އޭނާއާއެކު މަސައްކަތްކުރި ހީވާގި ބައެއްގެ 25 އަހަރުދުވަހުގެ ބުރަ މަސައްކަތް! އެމްޑީޕީން ކުރިހާވެސް ކަމަކީ ނަންބޯޑު ބަދަލުކޮށްލީ!

    8
    1
  6. ޢަލީދީދި®

    ލައްބަ ޒަރީރޫ! އިސްލާމީ މަރުކަޒަށް ބޮދުކަމުދިޔައީވެސް އެމްޑީޕީ ވެރިކަމުގަ. އެކަންކުރި ހަޔާތްކުޑަ ޝަރުތަކާނުލާ ދޫކޮށްލީވެސް އެމްޑީޕީ ސަރުކާރުގަ.
    އެހެންވީމަ ލާދީނީއޭ ކިޔަން ހެޔޮނުވާނެ. ދެއްތޯ؟

    ކަލޯމެން ބަލަންތިބޭތި އިންޝާﷲ ހަމަ ގަންހިންގާލާނެ ދުވަސް ވަރަށް ކާރިވެއްޖެ. ގޮތްކުޑަ ލާދީނީ ބައިގަނޑު. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީއޭ މި ގިރިގިރި ގުރޫޕުގެ.

    20
  7. ސަމްކުޅިބޭ

    ރާއްޖެ އިސްލާމްވީވެސް އެމްޑީޕީގެ ވެރިކަމުގައި.

    26
  8. މުހައްމަދު އަހްމަދު

    ކޮންފަދަ ބޮޑު ބުހުތާނު ދޮގެއް ތިހެދީ

    28
  9. އަބްދޫ

    ތިޔަ ވާހަކަ ދައްކަން ވީ ހަގިގަތާއެއްގޮތަށް. އެމްޑީޕީ ސަރުކާރު އައިސް ފުރަތަމަ މަސައްކަތްކުރީ އަރަބިއްޔާ އާއި މަހުހަދު އުވާލަން. މިމަސައްކަތް ކުރަމުންދަނިކޮށް ރައްޔިތުން މަގުމައްޗަށް ނިކުންންނަ ހިސާބަށް ގޮސްގެން އަރަބިއްޔާ ހިންގޭނެ ގޮތް ހަދާ މައުހަދުގެ ނަން އިސްލާމިކް ޔުނިވަސިޓީއަކަށް ބަދަލުކުރީ. މިއީ ހެޔޮހިތުންއެމްޑިޕީން ކުރި ކަމެއްނޫން މަޖްބޫރުވެގެން ކުރިކަމެއް ވީމާ ހަގީގަތާ އެއްގޮތަށް ވިދާޅުވާން ދަސްފުޅުކުރއްވަވާ އެހެނނޫނީ މީހުންގެ ކުރިމަތީގަ އަގު ވެއްޓޭނެ.

    14
    1
  10. ދުންނިކަ

    ތަނެއްދޮރެއް ނޭނގުނަސް ތިތަނަށް ވަދެ ހިތަށްއެރިހާ އެއްޗެއް ގޮވާތި. އަންނިގެ ވެރިކަމުގައި ކުއްލިއްޔާ އުވާލަން ކިހާވަރަކަށް މަސައްކަތް ކުރިތަ. ވެރިކަން ވެއްޓުނީމަ އެކަން ނުވީ.

  11. މިތަންކޮޅުވެސް އިތުރުކޮށްލާ

    އެމްޑީޕީގެ އިސް ސަފުގަ ތިބެ ތިމަޖިލީސްތެރޭން ތިޔަބުނާ ޔުނިވަރސިޓީގެ ކުރިއަށް "އިސްލާމިކް" އަންނާތީވެ އެކަމާ ދެކޮޅަށް ވާހަކަ ދެއްކި ބައެއްތީ..އިއްޔެ ވީކަމެއްހެން މިއަދުވެސް އެދުވަސް ހަނދާން އެބަހުރި.

  12. 2023 ޔާން

    ޢިންޝާﷲ..އާމީން

  13. އެހަނދާން

    އިސްލާމިކް ޔުނިވާސިޓީ ބަންދުކުރަންވިއްޔޭ ދެ ޔުނިވާސިޓީ އޮންނާކަށް ނުޖެހޭނޭ މިމީހުން ގޮވި ހަނދާންވެސް ނެތުނީ؟

  14. އަރީ

    އިސްކޮޅު ހަމަވާ ޒާތު ދެއްކިއްޔާ މާތާހިރުވާނެ