ރާއްޖޭގައި މިއަދު ކީރިތި ޤުރުއާނާއި ރަސޫލާގެ އިއްޒަތާއި ކަރާމާތަށް ވުރެ އިސްލާމްދީނުގައި ހައްދުކަނޑައެފައިވާ ލިވާތު ކުރާ މީހެއްގެ ގޭ ފާރު ހުރުމަތްތެރިވެ ގަދަރު ބޮޑުވެއްޖެ ކަމަށް ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ކަމުގައިވާ ގ. ކެނެރީގޭ ފާރުގައި "އިންޑިއާ އައުޓް" ޖެހި މީހާ އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށެވެ.

ކެނެރީގޭގެ ފާރުގައި އިންޑިއާ އައުޓް ޖެހި މީހާއަށް ޖަލު ހުކުމެއް އިއްވާފައި މިވަނީ ކެނެރީގޭ މުހައްމަދު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގޭ ބަންދު ކުރަން ކްރިމިނަން ކޯޓުން ހުކުމް ކުރިތާ ހަފްތާއެއް ވެސް ނުވަނީހެވެ.

ނާޒިމްގެ މައްޗަށް އައި ގޭބަންދުގެ ހުކުމާއި އަދި އިންޑިއާ އައުޓް ލިޔުނު މީހާއަށް އައި ޖަލު ހުކުމަށް އިޝާރާތްކޮށް މޮސްޓާ ކުރި ޓްވީޓެއްގައި ވިދާޅުވީ މިއަދު ރާއްޖޭގެ ފަނޑިޔާރުންނަށާއި ސަރުކާރަށް ކީރިތި ޤުރުއާނާއި ރަސޫލާގެ އިއްޒަތާއި ކަރާމާތަށް ވުރެ އިސްލާމްދީނުގައި ހައްދުކަނޑައެފައިވާ ލިވާތު ކުރާ މީހެއްގެ ގޭ ފާރު ހުރުމަތްތެރިވެ ގަދަރު ބޮޑުވެއްޖެ ކަމަށެވެ.

ނާޒިމާއި އަދި މިހާރު ފެންމަތިވެގެން އުޅޭ އެއްޖިންސުން ގުޅުން ހިންގި އެހެން މީހުންގެ މައްސަލަތަކުގައި ވެސް ދައުލަތުން ދައުވާ ކުރީ އެމީހުންނަށް ކުޑަ އަދަބެއް އަންނަ ދައުވާއެކެވެ. ބޮޑު ހުކުމެއް އަންނަ ގޮތައް ދައުވާ ކުރިނަމަ އެއިން ކޮންމެ މީހަކަށް ވެސް މަދުވެގެން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަސަން

    މޮސްޓާ ބުންޏަސް ރަނގަޅުވާހަކަ ވާނީ ހަމަ ރަނގަޅުވާހަކައަކަށް

    59
    1
  2. ފަލާޙް

    މޮސްޓާ އަކީ ހީރޯއެއް! ހަގީގަތް ފާޅުކުރެވެންޖެހޭނެ! މޫނަކަށް ނުބެލޭނެ! ޕާޓީއަކަށް ނުބެލޭނެ!

    14
  3. އަލިތަރި

    ކީރިތި ޤުރްއާނަށް އިޙްތިރާމް ކުރަން ދަސްކުރޭ! ކޮންމެ އެއްޗެއް ކޮންމެ އެއްޗަކާ އަޅާކިޔަން ހެޔޮނުވާނެ.

    5
    4
  4. ދިވެހި ޒުވާނުން

    މޮސްޓާ ކަލޭ އަށް ތިކިޔޭ އެތި އެބަ އެނގޭތޯ. ގުރުއާނާ އަޅުވާ ތި މިސާލު ޖަހަނީ ނުބައި އަމަލުތަކާ ކަލޭވެސް އަވަހަށް ތައުބާވޭ. އަދި ފާހިޝް ކަންކުރާ މީހުންނަށް ގާނޫނުންދޭން ކަނޑައަޅާފަވާ ހައްގު އަދަބު ދީ ހަދާށެވެ.

  5. ދިވެހި ޒުވާނުން

    މޮސްޓާ އަވަށް ތައުބާވޭ