ގައުމިއްޔަތުގެ އެންމެހާ މުހިންމު ރުކުންތައް ދަމަހައްޓައި ނެގެހެއްޓުމަށް އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުން މުހިންމު ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ގައުމީ ދުވަހުގެ މުނާސަބަތުގައި ސިޔާމް ނެރުއްވި ހިތާބުގައި ވިދާޅުވެފައި ވަނީ ޕޯޗުގީޒުންގެ އަނިޔާވެރި ވަކިތަކުގެ ދަށުގައި 15 އަހަރާއި 6 މަސްދުވަހު ތިބުމަށްފަހު ދިވެހިންނަށް މިނިވަންކަން ލިބުނުއިރު ރައްޔިތުން ތިބީ ވަރަށް ނިކަމެތި ދަތި ހާލުގައި ކަމަށެވެ.

އެ ދަތި ހާލުން ދިވެހިން ސަލާމަތްކޮށް ހަމަޖެހުމާއި ތަރައްގީ ގެނެސްދެއްވައި އިސްލާމީ ވަހުދަތު ގާއިމު ކުރެއްވުމަށް ބޮޑުތަކުރުފާނު ކުރެއްވީ ލާމަސީލު މަސައްކަތެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

"ރާއްޖޭގެ އުފާވެރި ގައުމީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން ދިވެހިންގެ ގައުމިއްޔަތު ހަރުދަނާ ކުރުމަށް ގިނަގުނަ މަސައްކަތް ކުރަން މި ވަނީ ޖެހިފައި. މާތް ވެގެންވާ އިސްލާމް ދީނާއި ދިވެހި ބަހާއި ދިވެހިންގެ ތާރީހާއި ސަގާފަތާއި އަދި މި ނޫންވެސް ގައުމިއްޔަތުގެ އެންމެހައި މުހިންމު ރުކުންތައް ދަމަހައްޓާ ނެގެހެއްޓުމަށް އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް އަޒުމު ކަނޑައެޅުމަކީ މިފަދަ ދުވަހެއްގައި ކޮންމެހެންވެސް އަޅުގަނޑުމެން ކުރަން ޖެހިފައިވާ މުހިންމު މަސައްކަތެއް." ސިޔާމް ވިދާޅުވެފައި ވެއެވެ.

ސިޔާމް ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު މިއަދު ގައުމުތަކުގެ މިނިވަންކަން ނަގާލުމަށް ކަނޑި ބަޑި ހިފައިގެން ކޮންމެ ފަހަރަކު ނައި ނަމަވެސް އިގްތިސާދީ ގޮތުންނާއި ފިކުރީ ގޮތުން ގައުމުތައް އަޅުވެރިކުރުމުގެ އޮއިވަރެއް ދުނިޔޭގައި ފެތުރެމުންދާ ކަމަށެވެ.

އެ އޮއިވަރުގެ ބާނީތައް ރާއްޖެއާއި ހަމައަށް ވެސް ފޯރާފައިވާ ކަން ފާހަގަކުރައްވަމުން ސިޔާމް ވިދާޅުވީ އެ ފަދަ ނުރައްކާތެރި ވަކިތަކުން ސަލާމަތްވެ ތިބުމަށް އެންމެހައި ރަށްޔިތުން އެއްބައިވަންތަވެ، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ސިޔާމް ވަނީ މިނިވަންކަން ދިފާއި ކުރުމަށް ކުރީސަފަށް ނުކުތުމަށް އާބަސް ބުނާ ބަޔަކު ކަމުގައި އަބަދުވެސް ވުމަށް ދިވެހި ރަށްޔިތުންގެ ކިބައިން އިލްތިމާސް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަތަލެކޭ

    ރައީސް ޔާމީން އެއީ ދިވެހިގައުމީ ބަތަލެކޭ ރައީސް ޔާމީން އެއީ ދިވެހިގައުމީ ބަތަލެކޭ ރައީސް ޔާމީން އެއީ ދިވެހިގައުމީ ބަތަލެކޭ ރައީސް ޔާމީން އެއީ ދިވެހިގައުމީ ބަތަލެކޭ ރައީސް ޔާމީން އެއީ ދިވެހިގައުމީ ބަތަލެކޭ ރައީސް ޔާމީން އެއީ ދިވެހިގައުމީ ބަތަލެކޭ ރައީސް ޔާމީން އެއީ ދިވެހިގައުމީ ބަތަލެކޭ ރައީސް ޔާމީން އެއީ ދިވެހިގައުމީ ބަތަލެކޭ ރައީސް ޔާމީން އެއީ ދިވެހިގައުމީ ބަތަލެކޭ ރައީސް ޔާމީން އެއީ ދިވެހިގައުމީ ބަތަލެކޭ ރައީސް ޔާމީން އެއީ ދިވެހިގައުމީ ބަތަލެކޭ ރައީސް ޔާމީން އެއީ ދިވެހިގައުމީ ބަތަލެކޭ ރައީސް ޔާމީން އެއީ ދިވެހިގައުމީ ބަތަލެކޭ ރައީސް ޔާމީން އެއީ ދިވެހިގައުމީ ބަތަލެކޭ ރައީސް ޔާމީން އެއީ ދިވެހިގައުމީ ބަތަލެކޭ ރައީސް ޔާމީން އެއީ ދިވެހިގައުމީ ބަތަލެކޭ

  2. 2023

    ރަލާއި އޫރުމަސް ވިއްކަމުން، މުސްލިމް ގައުމެއްގެ ވެރިޔަކަށް އަންނަން ލަދުގަންނަން ޖެހޭނެ.