ފުލުހުންގެ ވަޒީފާއަށާއި ފުލުހުންގެ ރިޒާވް ފޯސްގެ ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިއްޔެ ފުލުހުން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ ޕޮލިސް ކޮންސްޓަބަލެއްގެ ވަޒީފާގައި މުސާރައިގެ ގޮތުގައި މަހަކު -/4650 ރުފިޔާ ލިބޭނެއެވެ.އަދި ވަޒީފާއަށް ރެކްރޫޓްކުރެވޭ ތާރީޚުން ފެށިގެން 03 މަސް ދުވަސް ވުމުން ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ އާއޮ ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40 އަދި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެއެވެ.
މީގެ އިތުރުން ކޮލިފައިޑް ޕޮލިސް އޮފިސަރަކަށްވުމުން މަޤާމުގެ ކުރިއެރުން ދިނުމާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން އެފަރާތެއްގެ ތަޢުލީމީ ފެންވަރާ އެއްވަރުގެ މަޤާމަކަށް މަޤާމުގެ ކުރިއެރުން ދެވޭނެ ކަމަށް ވެސް އިއުލާންގައި ވެއެވެ.
މިވަޒީފާ އަށް ކުރިމަތިލާން ޖެހެނީ މާޗް 22 ވަނަ ދުވަހުގެ ކުރިންނެވެ.
ފުލުހުންގެ ރިޒާވް ފޯސް ނުވަތަ ސްޕެޝިއަލް ކޮންސްޓެބުލަރީ ކޮންސްޓަބަލެއްގެ މުސާރައަށް މަހަކު 8531 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ވެއެވެ. މިމަޤާމުގެ މަސްއޫލިއްޔަތަކީ ސްޕެޝިއަލް ކޮންސްޓެބްލަރީ ފުލުހެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމެވެ.
ވަޒީފާ އަށް ކުރިމަތިލާން ޖެހޭނީ މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.
ފުލުހުންގެ ވަޒީފާ އަލަށް ދެނީ ކިތައް މީހުންނަށް ކަމެއް އިއުލާންގައި ވިދާޅުވެފައެއް ނުވެއެވެ.
ސުކުރިއްޔާ ރައީސް ޔާމީން ސާބަސް ސާބަސް. ދެން ރީދުލޭމެން ކީކޭބާ ކިޔާނީ. ބަޔަކައް އެއްޗެއް އިތުރު ވެއްޖިއްޔާ މި ރީދުލޭމެން ހަސަދަވެރި ވާނެ ބަލައްޗޭ ކުދިންނޭ ކުދިންނޭ ރީދުލޭމެނާއި ވައިވެސް ނޭޅޭތި...