ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުފައިވާ ޕާކިސްތާނަށް އެހީވާން ރާއްޖޭގައި ބޮޑު ޓެލެތޯންއެއް ބާއްވަން ނިންމައިފިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ ޓެލެތޯން އިންތިޒާމް ކުރަނީ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ "ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން" އިންނެވެ.

އެ ޓެލެތޯން ބާއްވަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެގޮތުން އެ ދުވަހުގެ ހެނދުނު 8:00 ރޭގަނޑު 10:00 އަކަށް ޓެލެތޯން ކުރިއަށް ގެންދާއިރު ޕީއެސްއެމްއިން ލައިވްވެސް ކުރާނެ އެވެ.

ޓެލެތޯންގެ ދަށުން މާލޭގެ ހަތް ސަރަހައްދެއްގައި ފަންޑު ފޮށިތައް ވެސް ބަހައްޓަން ނިންމާފައި ވެއެވެ. އަދި ރަށް ރަށުގައި ވެސް ފަންޑު ފޮށިތައް ބަހައްޓަންވެސް ނިންމާފައި ވެއެވެ.

ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު އެތަކެއް ލައްކަ ބައެއްގެ ގެދޮރު ހަލާކުވެ، ހާލުގައި ވަނީ ޖެހިފައެވެ.

އަދި އެ ގައުމުގައި ފެންގަނޑުތައް ހިނދެމުންދާ އިރު ކޮލެރާ ފަދަ ބަލިތައް ހަލުވި ކަމާއެކު ދަނީ ފެތުރެމުން ނެވެ.

ޕާކިސްތާނަށް ދިމާވި ފެންބޮޑުވުމުގެ ހާދިސާއަކީ މިއިން ޒަމާނަކުވެސް ގައުމަށް ދިމާނުވާ ފަދަ ބޮޑު ކާރިސާއެއް ކަަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު އަންޖުމް

    އަދިކިރިޔާތަ ކަމެއްކުރަން އެންގުނީ ގައިމު މަޖިލިހުގެ ބުއްޅަބޭ އެހެރަދުވަނީ ހާމުދުރު ބުދުތަކުގަ ގޮއްރީންދޫ އުނގުޅަމުން އެވެސް ރައްޔިތުން ފެލައިގެލިބޭލަރިން ކީއްތޯވާނީ ޕާކިސްތާން ރައްޔިތިން ފެނުއަޑީގަ ތިބިއިރު އެމީހުންކޮޅާށް ނެގޭތޯބެލިނަމަ އާން ގެރިމޯދީ ނުބުނޭވިއްޔަ އެހެންވެ މުހިއްމެއްނުވާނެތާ ދެންއޯކޭތާ މިހާރުންފެށިގެންވެސް ކަމެއްވޭތޯބަލާނި ލިވާތުސަރުކާރު