ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން ސަރުކާރުން ނަގާފައިވާ ލޯނުގެ ފައިސާއިން ޑޮމެސްޓިކް ހަތް އެއާޕޯޓް އެޅޭނެ ކަމަށް ކުރީގެ އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި ބާއްވާ ސިލްސާ ޖަލްސާގައި ރޭ ސައީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން ސަރުކާރުން ނެގި 132 މިލިއަން ޑޮލަރުގެ ލޯނުގެ ފައިސާއިން މުޅިން އަލަށް ހަތް ރަށެއްގައި އެއާޕޯޓް އެޅޭނެ ކަމަށެވެ. ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއާ ގުޅޭ ގޮތުން ސައީދު ވިދާޅުވީ އިންޑިޔާއަށް ހަނިމާދޫ އެއާޕޯޓް ދޭން އުޅެނީ ކަމަށެވެ.

"އަޅުގަނޑުމެންގެ މިއަޑުއަހާ އެންމެހާ ބޭފުޅުންގަބޫލުކުރައްވަންވީ،މިއުޅެނީ ޖީއެމްއާރުގެ ދެވަނަ ހިޔަންޏެއް މިތާގައި ގާއިމުކުރަން. އިންޑިޔާއަށް ހަނިމާދޫ ދޭންވެގެން މި އުޅެނީ. އެނޫން ކަމެއްނޫން މިކުރަނީކީ. އެ ކޮންޓްރެކްޓެއް އަޅުގަނޑުމެނަށްކަށް ނުދެއްކި. މަޖިލީހަށް ނުގެނޭ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ހަނިމާދު އެއާޕޯޓު ތަރައްގީކުރަން ކަމަށްބުނެ ސަރުކާރުން ނެގި 132 މިލިއަން ޑޮލަރުން ކުރަނީ ކޮންކަމެއްކަން ސާފުކޮށް ސަރުކާރުން ބުނެނުދޭ ކަމަށެވެ.

މިރޭ ޕީޕީއެމްއިން ބޭއްވި ޖަލްަސާގައި އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވައިގަންނަވަނީ

ބޮޑުތިލަދުންމަތީގައި 8000 ޓުއަރިސްޓް އެނދު ގާއިމުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިކަމަށް ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެކަން ކުރެވޭނީ ވެރިކަމުގެ ބާކީ މި އޮތް އެއް އަހަރުގެ ތެރޭގައި ސަތޭކަ ކޮޓަރީގެ 80 ރިސޯޓް ހުޅުވިގެންކަމަށެވެ. ހަމައެހެންމެ ރައީސް ސޯލިހް އައްޑު އަތޮޅުގައި 8000 އެނދު ގާއިމުކޮށްދޭން ވެވަޑައިގެންނެވި ވައުދު އެމަނިކުފާނުގެ ހަނދުމަފުޅުގައި މިހާރު ނެތް ކަމަށާއި އޭގެ ބަދަލުގައި ފެނުނީ ހުޅުވާފައިހުރި ރިސޯޓްތައްވެސް ބަންދުކުރި ތަންކަމަށް ސައީދު ވިދާޅުވިއެވެ.

"މެދުފަންތީގެ 80 ރިސޯޓް އަޅާއިރު، ހަމަގައިމުވެސް އެވަރުގެ ރިސޯޓެއް އަޅަން އަނެއްކާވެސް އަޅުގަނޑު މިދަންވަނީ ހަމަ ޗެލެންޖުކޮށްފައި 45 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަކޮން އެޅުމަކީ މުސްތަހިއްލުކަމެއް. އެގޮތައް އެކަންކުރާނަމަ 3.6 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާނެ. ކުޅުތޯ ބިސްތޯ ކުރިން އަންނަންވީ. 132 މިލިއަން ޑޮލަރު ހަނިމާދޫއަށް އަޅާފައި ރިސޯޓްގާއިމުކުރާނެ 3.6 ބިލިއަން ޑޮލަރު ކޮންތާކުންތޯ ހޯދަނީ،" ސައީދު ވިދާޅުވިއެވެ.

ރިސޯޓް އެޅުމަށް ފައިސާ ހޯދަނީ ކޮންތަނަކުންތޯ ކުރާ ސުވާލުގެ ޖަވާބުގައި ފަޅުރަށްތައް އަމިއްލަ ފަރާތްތަކަށް ދޫކޮށްލައިގެން ރިސޯޓް ތަރައްގީކުރާނެ ވާހަކަ ބުނެފާނެ ކަމަށާއި ނަމަވެސް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު މިއަދު ރާއްޖެއަށް ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަސް

    1- ޔާމީނު ސަރުކާރުގެ ކޮންޓްރެކް ތަށް މަޖިލީހަށް ދެއްކިތަ؟
    2- ކީއްވެ އަގު ހެޔޮކަށް ހަނިމާދޫ އެއަރޕޯޓް ނުހެދީ ކުރިން.
    3- ހުރިހާ މީހުން ވެސް އެބަޖެހޭ ޤަބޫލް ކުރަން މާލެ ނޫން ތަނެއް ތަރައްގީ ކުރަން ޖެހޭކަން.
    ސައީދު ތި ދައްކަނީ މުޅިން ގޯސް ވާހަކަ ތަކެއް ވެސް ނޫން

    5
    6
  2. ބޭފުޅިޒަމް

    ތިހެން ލައްކަވާހަކަ ދެއްކިދާނެ.. ސަލްމާން މިސްކިތް އަޅަން ދިޔަހަރަށް ރާއްޖެތެރޭގަ ކިތައް މިސްކިތް އެޅޭނެތޯ، ދަރުމަވަންތަ އަޅަން ދިޔަ ހަރަދަށް ރާއްޖެތެރޭގަ ކިތައް ހޮސްޕިޓާ އެޅޭނެތޯ، ހުޅުލޭ އާ ރަންވޭ އަޅަން ދިޔަ ހަރަދަށް ކިތައް އެއާޕޯޓް އެޅުނީސް ތޯ؟؟؟ ސައީދުމެނަށް ވެރިކަން ލިބުނީމަ ހުރިހާ ކަމެއް މާލެއަށް ތޮއްޖައްސަން އުޅުނީ ދެން މިހާރު ރާއްޖެތެ ތަރައްގީ ކުރާތި އެކަމާ މޭނުބައި ކޮށްގެން ތިއުޅެނީ. ސަބަބީ ރާއްޖެތެރެ ހިންދެމިލައިފިނަމަ މާލެއަށް އަޅުދާސަތުވާން އަންނާނެ މީހަކުނުވާނެތީ

  3. ޕޮގުބާ

    ރ. ފައިނުގަ އެއާރޕޯޓެއްވެސް އެޅޭނެ ތިލާރިން

  4. ހަސަން

    އެހާވަރު ހޭދަކޮށްގެންނޫނީ ކިހިނެއް އެއަރޕޯޓުހަދާނީ! އިބޫއަށް ބައެއް ގަފޫރަށް ބައެއް ފައްޔާޒަށް ބައެއް އަންނިއަށް ބައެއް ގާސިމަށް ބައެއް! ދެން މިއޮތް އަހަރެއްހާ ދުވަހުން ތިޔަ އެއަރޕޯޓު ހެދޭނެބާ! ބައެއްރަށްރަށުގައި ރ. ޔާމީނުގެ ވެރިކަމުގައި ބޮޑު ބައެއް ނިންމައިފައި ހުރި ވާރޭފެން ދޫކުރާ ނިޒާމުގެ މި ވެރިކަމަށް ހަތަރު އަހަރު ފުރިގެން ދިޔައިރުވެސް އަދިވެސް ޚިދުމަތް ނުލިބޭ!މީ ވަރަށް ކުޑަ މަސައްކަތެއް!

    11
    1
  5. މުހައްމަދު

    މިކަން ވެދާނެތީ ހުއްޓުވޭނެ ގޮތެއް ނޭގިގެން ދޯ ތެޅިބާލަނީ

    6
    15
  6. އޭ.ކޭ

    18504000 ޕއްޒާވެސް ގަނެވޭނެ

  7. ނިމިދިޔަ

    ދަރުމަވަންތަ ހަދާފަ އެހެރީ އެކަހަލަ 4 ދަރުމަވަންތަ ހެދޭނެ ލާރި ހޭދަކޮށްފަ. ބްރިޖް އަދި ފްލެޓް ތައް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފަ ވަނީ އެކަހަލަ ތިން ހަތަރުތަން ހެދޭނެ ލާރިއަށް.. ގިނަ ޕްރޮޖެކްޓް ފަށަނީ ގިނައިން ރިޝްވަތު ނަގަން.

  8. ސލ

    ހަނިމާދޫ އެއާޕޯޓް ކޮންޓްރެކްޓް އާއްމުކުރުމަށް ސަރުކާރަށް
    ގޮވާލަމެވެ ސިއްރު ޑިލް ތަކާއި މަކަރާއި ހީލަތް އިސްނުކުރުމަށް ސަރުކާރާށް ގޮވާލަމެވެ.

  9. 13ވގ

    އެއަދަދުގެ ފައިސާޔައް ކިތައް ފިނިފެންމާލިބޭނެތޯ ސައީދު

  10. ބޮކި

    ޝައީދޫ ކަލޭމެން ދަރުމަވަންތަ ހޮސްޕިޓަލް ކުރެހުމަށް ހޭދަކުރީ ކިހާވަރެއްތޯ ؟ ހަމަގައިމުވެސް އޭގެން ކިތައް ހޮސްޕިޓަލް އެޅޭހާ ރުފިޔާ ހުންނާނެ ؟

  11. Anonymous

    ބަޔަކު ކަމެއްކުރާތީ މޭކަރާގަތީދޯ. ފައިސާގެ ވާހަކަ ދައްކަން ކުފޫހަމަވާ ބައެއްނަމަ ރަނގަޅު.

    އެފައިސާ މިފައިސާ. ބަޔަކު ފައިސާއޭ ބުންޏަސް ތިބެނީ ސިހިސިހި. ލޮލް

  12. ހޮއްކޮ

    ދަލުބޭރުން ނުޖެހިހުރޭ އެއަރ ޕޯޓްހަދަންޖެހޭ ފެންވަރު އެނގޭނީ ރޯސްއަކައްނޫން

  13. ާނުވޭސް

    މާފަރު އެއަރޕޯރޓް ޑޮމެސްޓިކް 1200 މީޓަރ 68 މިލިއަން ޑޮލަރ ހަނިމާދޫ އެއަރޕޯރޓް އިންޓަރނޭޝަނަލް 3800 މީޓަރ 132 މިލިއަން ޑޮލަރ ސައީދު މީ އެއްގޮތަކަށްވެސް ސައީދު މެން ކޮށްފައި ހުޜި ކަންތައްތަކުން އިބުރަތް ހާޟިލް ކުރާ މީހެއްނޫން

  14. ބަޑަންޑޫ

    ސައީދުމެން 400 މިލިއަނުގެ ލޯނު ނަގައިގެން އެޅި ބުރިޖުގެ 3 ބުރިޖު އެފައިސާއިން އެޅުނީސް

  15. ޢާދިލް

    ބަލަ އެ ލޯނުނަގަނީކީނިން އެހެންވެރިއަކު ދަރަނިފެނިފަ ބިރުންވެރިކަމާ ހަވާލުނުވާނެކަމައް ހަދާލިޔުންތަކެއްކަންނޭނގެ، އިންޑިއާ އެއީ މީހުނައް އހީވާބައެއްތަ އެންމެ ޑޮކްޒތަރެއް އެބަހުރިތަ ބޮޑުމުސާރަ ނުދީ .. މޮޔަހައްދަން ނޫޅޭށޯ ގިނަބަޔަކުބުނަނީ

  16. ޖާބެ

    ސައީދުބުނީ ހެޔޮވާހަކައެއް %100 ތެދު