ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ ސިޓީފުޅެއް އޮމާނުގެ ރަސްގެފާނު ހައިތަމް ބިން ތޯރިގަށް ފޮނުވައިފިއެވެ.

މި ސިޓީފުޅު ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަންދޫބެެއްގެ ގޮތުގާ އޮމާނަށް ވަޑައިގެން އުޅުއްވަވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ސިޓީ ރައްދުކޮށްދެއްވުމަށް ހަވާލުވެވަޑައިގަތީ އެގައުމުގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު އަލްބުސައިދީ އެވެ.

މިނިސްޓަރު ޝާހިދު އާއި އޮމާނުގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރާ ބައްދަލުކުރައްވާފައި ވަނީ އެގައުމުގެ ވެރިރަށް މަސްކަޓުގައެވެ. ރައީސްގެ ސިޓީ ހަވާލުކޮށްދެއްވާފައި ވަނީ މިި މަޝްވަރާ ބައްދަލުކުރެއްވުމުގައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ މި މަޝްވަރާ ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރެވުނު ކަަމަށެވެ. އަދި އެކި ދާއިރާތަކުން އޮމާނާއި އެކު ގުޅުން ބަދަހިކުރެވިދާނެކަން މި ބައްދަލުވުމުން އެނގިގެެން ދިޔަކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވަނީ އޮމާންގެ މިނިސްޓާ އޮފް ހެރިޓޭޖް އެންޑް ޓޫރިޒަމް ސާލިމް ބިން މުހައްމަދު އަލްމަހްރޫގީއާ އެ ގައުމުގެ އިންވެސްޓްމަންޓް އޮތޯރިޓީގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ.

މިބައްދަލުވުންތަކުގައި އޮމާނާއި އެކު ފަތުރުވެރިކަމާއި އިންވެސްޓުމެންޓު އަދި ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އާދަނު

    އޮމާނުގެ ރަސްގެފާނު އަޚް އައިތަމް ބިން ޠާރިޤަށް
    ވެދުން ސަލާމަށްފަހު އާދޭސް ދަންނަވަމެވެ.
    އަޅުގަނޑުގެ ޤަވްމުގެ ބައެއް ވިޔަފާރިވެރިންނަށާ ބައެއް ރިސޯޓް އޯނަރުންނަށް ބަހައިގެނާ އަޅުގަނޑުގެ ސަރުކާރުގެ ބޮޑުން ދައުލަތުގެ ޚަޒާނާއިން ހެސްކިޔާފަ ވައްކަންކުރަމުންދާތީ ފައިސާގެ އެހީތެރިކަމެއް ދެއްވުން އެދެމެވެ.
    ވައްކަންކުރާ ބޮޑުންނަށް އެފުރުޞަތު ބަންދުކޮށްފިނަމަ އެމީހުން އަޅުގަނޑުދޫކޮށް ފިލާނެތީ އެމީހުންނާމެދު ފިޔަވަޅެއް އެޅުމަކީ އަޅުގަނޑަށް ކުޅަދާނަކަމެއް ނޫނެވެ. އަޅުގަނޑުގެ ޖާހިލުކަމާއި ނުކުޅެދުންތެރި އިރުވެސް އަޅުގަނޑުގެ ސަރުކާރު މި ދެމެހެއްޓެނީ އެމީހުންނަށް ބޭނުންވާރަކަށް ޚަޒާނާ ކާންދޭތީއާއި ސިފައިންނާއި ފުލުހުންގެ ބާރުގައެވެ.
    އިޙްތިރާމާއި ޝުކުރިއްޔާ
    ޞާލިޙް

  2. އަލީ

    ލިޔަން ކިޔަން ރަނގަޅަށް ނުދަންނަ މީހުންވެސް ސިޓީ ފޮނުވާތަ؟

  3. މަރޮށި އަލީ

    ޕްލީސްގިވުމީ

    3
    1
  4. ނަޒީ

    ތިޔަބުނާ ސިޓީއެއް ލިޔެދިނީ ކާކުބާ؟ ގައިމުވެސް އޭނައަކަށް ނޭގޭނެ ދިވެހިބަހުންވެސް ޢިބާރާތްކުރާކަށް! ދެން އަދި ޢަރަބި އިގިރޭސިބަހުން އެއްޗެއްލިޔާނީ ކިހިނެއް؟

  5. Anonymous

    ސިޓީގައި ވާދިރުވެގެންވެއެވެ.
    އަންނަ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމަށާއި ކިރިޔާވެސް ވައުދެއް ފުއްދޭތޯ އެހީއަކަށް އެދި މަނިކުފާނަށް ދެންނެވީމެވެ.

  6. ސުލޯލީ

    އޯ ރައީސް އޮފް އޮމާން.. ދިސް އިޒް ސުލޯލީ ފުރޮމް މޯލްޑީސް. އައި ވެރީ ސޭޑު. ނޯ ފޫޑް. ނޯ ފިޔުއޭލް. ނޯ ކާރރް. އޮންލީ ގެރި އޭންޑު އަލާންގީރް. ޕުލީޒް ހެލްމީ.. އައި ނީޑް ކޭސް.. ޔޫ ހޭވް ކޭސް. އައި އެމް ޓެކްނޮލޮޖީ މޭޑް. އައި އޭމް ޓުރެވެލީން ވެރީ މޭޑު.. ޕުލީޒް ކޭޝް..