އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް)އަށް ހުށަހަޅާފައިވާ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް (ފޯޅަވަހި) މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދޭން ރާއްޖެއިން ނިންމި ސަބަބު ހާމަކޮށްދިނުމަށް މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ގޮވާލައިވައިފި އެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޯޅަވަހި މައްސަލައިގައި ސިޔާސަތު ބަދަލުވި ސަބަބު ރައްޔިތުންނަށް ހާމަ ކޮށްދިނުމަކީ ރައީސް ސޯލިހްގެ ޒީރޯ ޓޮލަރެންސްގެ ސިޔާސަތު ތަންފީޒު ކުރުމަށް މުހިންމު ކަމެއް ކަމަށެވެ.

ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައި ވަނީ ރާއްޖެއާއި މޮރިޝަސްގެ އިގުތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށެވެ. މި މައްސަލަ އިޓްލޮސްއަށް ހުށަހެޅި ހިސާބުން ފެށިގެން ރާއްޖެއިން އަންނަނީ އެ މައްސަލަ އިޓްލޮސްއަށް ނުބެލޭނެ ކަމަށް ވަކާލާތުކުރަމުންނެވެ.

https://twitter.com/shaheeym/status/1583777141262798848

މި މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައިވާއިރު، އެ އަޑުއެހުންތަކުގައި ރާއްޖެއިން ވަނީ މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރުމަށް ތައްޔާރަށް ތިބިކަަމަށް ބުނެފައެވެ.

މި މައްސަލާގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރައްވަނީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އަދި ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީންއެވެ.

އިއްޔެ ބޭއްވި މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ރިފްއަތު ވިދާޅުވީ މޮރިޝަސް އިން އދ އަށް ހުށަހަޅާފައިވާ މައްސަލާގައި އެގައުމާއި އެއްކޮޅަށް ވޯޓު ދެއްވާނެ ކަމަށެވެ. އެކަން ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޖުގާނަތްއަށް ސިޓީފުޅެއް ފޮނުވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފޯޅަވައްސަކީ ކުރިން މޮރިޝަސްގެ ބައެކެވެ. ނަމަވެސް އިނގިރޭސިވިލާތުގެ އިސްތިއުމާރުގައި އޮތް ދުވަސް ވަރު އިނގިރޭސިވިލާތުން ވަނީ ފޯޅަވަހީގެ ރައްޔިތުން އެ ތަނުން ބޭރުކޮށް އަސްކަރީ ބޭހަކަށް ހަދައިފައެވެ. އަދި ފަހުން އެތަން އޮންނަނީ އެމެރިކާއަށް ކުއްޔަށް ދީފައެވެ.

ފޯޅަވަހީގެ ރައްޔިތުންނާއި އަދި މޮރިޝަސްއިން މިހާރު ވެސް ދަނީ ފޯޅަވަހި އަލުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބައިނަލްއަގުވާމީ ކޯޓުތަކުން ވެސް އެކަމުގައި ކުރިއެރުމެއް ނުލިބެއެވެ.

ފޯޅަވަހި މައްސަލައިގައި، މޮރިޝަސްއާ އެއްކޮޅަށް ރާއްޖެއިން ވޯޓްދެނީ!

މި މައްސަލައަކީ މާކުރިން އުފެދިފައިވާ މައްސަލައެއް ނަމަވެސް ރާއްޖެއިން ފުރަތަމަ މި މައްސަލައިގެ ތެރެއަކަށް ނުވަދެއެވެ.

ރާއްޖެއާއި ޗާގޯސް އާކިޕެލަގޯއާއި ދެމެދު އޮތް ކޮންޓިނެންޓަލް ޝެލްފްގެ އިން ކަނޑައެޅުމުގެ މައްސަލައިގައި، ކަނޑުތަކާއި ބެހޭ ބައިނަލްއަގްވާމީ ގާނޫނު (ލޯ އޮފް ދަ ސީސް ކޮންވެންޝަން)ގެ ދަށުން ރާއްޖެއިން ވަނީ 2010 ވަނަ އަހަރު އދ އަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުގައިވާ އިންތައް ހުށަހަޅާފައެވެ. މި ހުށަހެޅުން އދ. އަށް ފޮނުވުމާ ގުޅިގެން މޮރިޝަސްއިން ވަނީ އެހުށަހެޅުމާ ދެކޮޅު ހަދާކަން އދ.ގެ ސެކްރެޓަރީ ޖެނެރަލްއަށް އަންގާފައެވެ. މި މައްސަލައަށް ރާއްޖެއިން ވަދެފައި ވަނީ އެހާ ހިސާބުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މާމީ

    ލާރި ދިނީމަ ހުރިހާ ކަމެއް ވެސް ވަރިހަމަ ވަނީ

    28
  2. ސޯލިބޭ

    އެއީ އަބަދުވެސް މޮރިޝަސްގެ ބަޔަކަށްވާތީ.

    6
    13
  3. ޒުއާ

    ފޯޅަވަހި މައްސަލައަކީ ދެމީހަކު ފިލާތިބެ ނިންމާލެވޭ ވަރު ކަމަކަށްވާނަމަ އަހަރެމެން މިތިބީ ނިކަން ބޮޑު ގައުމީ ބިރުވެރިކަމެއްގެމަތީއެވެ.

    28
    1
  4. އަޙުމަދު

    އިންޑިޔާގެ ނިފޫޒުން

    16
  5. މުހައްމަދު ސައީދު

    ފޯޅަވައްސަކީ ދިވެހި ރާއްޖެއާއި އެއް އައްޓެއްގެ މަތީ ގައި އުފެދިފައިވާ ރާއްޖޖެއާއި މާބޮަޑަށްވެސް ކައިރީގައި އޮތް ރައޤޖޭގެ އަތޮޅެއް . ހަމަ އެއީ ރާއްޖޭގެ ތަނެއް ، ތިތަން ދޫކޮށްލުމީ އިބޫއަސް ނޫނެކޭ ބުނަންޖެހެ ބޮޑު ސަބަބެއް.

    21
  6. ކީއްކުރާނީ

    އަހަރެމެން ކުޑައިރު އަޑުއަހަނީ ބުނާއަޑު ފޯޅަވައްސާއި މަލިކްއަކީ ރާއްޖޭގެ ދެރަށޭ އެކަމަކު މިހާރުމިއެނގުނީ ފޯޅަވައްސަކީ އެހެންބައެއްގެ މުދަލެއްކަން ގަދަބަދަވިކަމުން ބައެއްގެމުދަލައް ބާރުފޯރުވަންއުޅެނީކަން

    14
    4
  7. ޢަބްދޫ

    ގިނަ ބައެެއްގެ އެކައުންޓްތައް މޮރިސަސް ގެ ބޭންކް ތަކުގާ އެބަހުރި މޮރިސަސް އާ އެެއްކޮޅަށް ނާރައިފިނަމަ ނޫސްތަކަށް ޙެޑްލައިން އެރުމުން ވާނެގޮތް އެގޭތީ ވައިޖެހޭކޮޅަށް ނުދުއްވާހަދާނީ ކިހިނެތް.

  8. މުހައްމަދު ސައީދު

    ފޯޅަވަހީގެ މައްސަލާގައި މޮރިޝަސްއާއި އެއްކޮޅަށް ވޯޓްދޭން އިބުގެ ސަރުކާރުން ނިންމި އިރު އިބު ސަރުކާރާއި އޭނާގެ ކެބިނެޓް އޮތީ ނިދާފަކަމަށް ޤަބޫލުކުރެވޭ ! އެގޮތަކީ މޮޜިޝަސް އާއި ފޯޅަވައްސާއި ދެމެދު ދުރުމިނަކީ 2158 ކިލޯ މީޓަރު ކަމަށް ވެފައި ، ފޯޅަވައްސާއި އައްޑޫއާއި ދެމެދު ހުރި ދުރުމިނަކީ 748 ކިލޯމީޓަރު ކަމަށް ވެފައި ، ދިވެހިރާއްޖެ އާއި ފޯޅަވަހި ޤުދުރަތީ ގޮތުން އުފެދިފައިވާ ކޮންޓިނެންޓަލް ޝެލްފަކީ އެއް ޝެލްފެއް ކަމަށް ވުމުގެ އިތުރަށް ފޯޅަވައްސަކީ މީލާދީ ގޮތުން 1700 އިގެ އަހަރުތަކާއި ހަމަޔަށް އައި އިރު ވެސް އައްޑޫ ހުވަދޫ މީހުން އައިސް ގޮސް އުޅޭ ފަޅު ރަށް ތަކެއްކަން އައަްޑޫ ހުވަދޫ ފޯއްމުލަކުގެ މުސްކުޅިން މިހާރުވެސް ކިޔައި ދޭހިނދު 1700 ސަތޭގައިގެ އަހަރު ތަކުގެ މެދަކު ތެރޭ ފަރަންސޭސީން އެރަށް ތަކަށް އަތްގަދަ ކޮށް ބާރުހިންގައި އެފަހުން އިނގިރޭސީން އެރަށް ތަކުގެ މައްޗަށް ބާރު ހިންގައި އެވަގުތު އެރަށުގައި ތިބި މަދު ދިވެހީން ކޮޅު މޮރިޝަސް އަށް ގަދަ ބާރުން ގެންދިޔުމަކީ ފޯޅަވަހި މޮރިޝަސްގެ ތަނަކަށް ވާން ޖެހޭ ސަބަބަކަށް ނުވުމާއެކު އިބުގެ ސަރުކާރުން ތިރަށް ތައް މޮރިޝަސް އަށް ތި ދޫކޮއްލަނީ ޑީލެއްގެ ދަށުން ކަމަށް ޤަބޫލުކުރެވޭ .

  9. ދިވެހި ޒުވާނުން

    ފޯޅަވައްސަކީ ވަރަށް ކުރިން ދިވެހިން މަހަށް ގޮސް މަސްވެރިކަމު ގޮސް އުޅޭ އަތޮޅެއް އެތަނަށް ދިވެހިން ގޮސްއުޅުނު

  10. ރަނާ

    މައުމޫނޫ، ނިދިން ހޭލަބަލަ،
    މިކޯލިޝަންގެ އެންމެންވެސް މިތިބެނީ އެއްހާލެއްގަވިއްޔާ،
    ހަމައިގަ ހުރިމީހަކު ނެތް،