ސްޓެލްކޯއަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަރަންޓް ކަނޑާލައިފިއެވެ.

ސްޓެލްކޯއިން ކުރި ޓުވިޓެއްގައި ބުނީ، އެފްއޭއެމުން ކަރަންޓުގެ ހިދުމަތް ކަނޑާލާފައިވަނީ އެކުންފުންޏަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ދެއްކުމަށް އެކި ފަހަރު މަތިން އަންގައި، އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް ދެވި، އެކަން ވެސް ކޮށްފައި ނުވާތީ ކަމަށެވެ.

ސްޓެލްކޯގެ ޓުވިޓުގައި ބުނެފައިވަނީ އެ ފައިސާ އެ އިދާރާއިން ނުދައްކާނަމަ، އެއިދާރާގެ އެހެން އިމާރާތްތަކުން ވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ވިސްނަމުންދާ ކަމަށެވެ.

ކަރަންޓުގެ ހިދުމަތް ކެނޑުމާއި ގުޅިގެން މިހާތަނަށް އެފްއޭއެމުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަވަށުމީހުން

    ތިތަންވެސް ވިއްކާލަންވީ.. ތިބިހައި މުވައްޒަފުންނަކާ އެކީ..

    4
    1
  2. Anonymous

    ދަރަނި ސަރުކާރު ، ކޮބާތަ މަހުލޫފު މީރު އެއްޗެއް ބުނެލަބަލަ.

  3. ހުސޭނުބޭ

    ކަރަންޓު ހުރެމެ ބައްސާމު އެފްއޭއެމް ހިންގީ އަނދިރީގައި. ކަރަންޓް ކަނޑައިލުމުން އަދި މާބޮޑަށްވެސް ހިންގާލާނެ. މިފަހަރު ކުރިއަށާއި ފަހަތަށް ތިރިން މައްޗަށް އަދި ދެއަރިމައްޗަށްވެސް ހިންގާލާނެ. ލޮލް

    4
    2
  4. އަހައްމަދޫ

    ޝޭމް އޮން ޔޫ

  5. ކަކުނި

    ކަރަންޓްވެސް ކަނޑާލަންވީ ތަޅުވެސް އަޅުވަންވީ ތިޔަތަނުން އަމިއްލަ ކުންފުނި ތަކައްވެސް ދައްކަންޖެހޭ އެތައް ފައިސާއެއް އެބައޮތް އެކަމު އެންމެ ލާރިއެއްވެސް ނުދައްކާ އެތިބެނީ އަދިވެސް މޮޅުވާހަކަ ދެއްކޭތޯ ބަލަނީ

  6. މިނީ

    6.5 މިލިއަން؟ ސްޓެލްކޯ އިން އެޅި ފިޔަވަޅު އެޅިލެއް ލަސް މާބޮޑަށް ވެސް

  7. ދެބޯގެރި

    6.5 މިލިއަން ރުފިޔާ ދައްކަން ޖެހުނީ ކިތައްމަސްދުވަހު ބިލަށް ފައިސާ ނުދައްކައިގެންބާ؟ ނިކަމެތި ރައްޔިތުން ހާލުގަ ތިއްބާ 2 މަހުގެ ބިލް ހަމަވާއިރަށް ކަރަންޓު އެ ކަނޑާލަކީ އަސާސީ ޚިދުމަތަކަށް ނިކަމެތިކަމަކަށް ބެލުމެއްނެތި ދެން ކަރަންޓުދެނީ ބިލްތަކަށް ފައިސާ ދެއްކުމުން އެކަމަކު ޕްލޭންދޭން އެތައްފަހަރަކު އެންގުމުން ޖަވާބެއްނުދީގެން އެތައް މިލިޔަން ރުފިޔާއެއް ނުދައްކައިގެން ކަރަންޓުކެނޑީ ކިހާ އިންސާފު