ޗާގޯސް މައްސަލައިގާ ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލުވެގެން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށް ސަރުކާރުގެ ފަރާތުން ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވީ ޗާގޯސް މައްސަލައިގާ ރާއްޖޭގެ ސިޔާސަތު ބަދަލުކުރި ނަމަވެސް އޭގެ ފަހުން އަދި އެކަމުގައި ވޯޓެއް ނުނަގާ ކަމަށާއި ވޯޓެއް ނަގައިފި ނަމަ އެވޯޓު ދިން ސަބަބު ހާމަކޮށްދޭނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ޗާގޯސް މައްސަލައިގާ ސަރުކާރުގެ ސިޔާސަތު ބަދަލުކުރުމުގެ ސަބަބުން ރާއްޖޭގެ ކަނޑުން ބޮޑު ބައެއް ގެއްލިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޗާގޯސް އާއެކު ފުށުއަރާ ސަރަހައްދުން ބައެއް ގެއްލިގެންދާނެ ކަމަށް ކަނޑުގެ ގާނޫނުތައް ދިރާސާ ކުރައްވާ ބައެއް ފަރާތްތަކާއި ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކުރައްވާފައެވެ. އެއަށް ރައްދުދެއްވާ މިއުވާން ވިދާޅުވީ އެއީ ދޮގު ކަމަށެވެ. އަދި، ގެއްލޭ އެއްޗެއް އެބޭފުޅުންނަށް ބުނެ ނުދެވޭނެ ކަމަށެވެ. "ސްޓޭންޑް ބަދަލުކޮށްގެން ލިބޭ ގެއްލުމެއް ނެތް. އެއްވެސް ގެއްލުމެއް ނެތް" އޭނާ ވިދާޅުވިއެވެ.

"ލިބޭ ފައިދާ އަކީ ޑީކޮލޮނަލައިޒޭޝަން އަކީ އަޅުގަނޑުމެން ގަބޫލުކުރާ ޕްރިންސިޕަލް އެއް. އެ ޕްރިންސިޕްލް އަޅުގަނޑުމެން އަނެއްކާ އިތުރަށް ދަމަހައްޓަނީ. ބައިނަލްއަގްވާމީ ގޮތުން އަޅުގަނޑުމެންނާއި އެހެން ގައުމުތަކާއި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން މިދަނީ. މޮރިޝަސް އާ އެއްކޮށް މަސައްކަތް ކުރުމަށް އިތުރަށް ފަސޭހަވެގެން މިދަނީ" މިއުވާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ރާއްޖެއަށް އެއްވެސް ގެއްލުމެއް ނެތް ނިންމުމެއް ކަމަށެވެ.

ފާޑުވިދާޅުވާ ފަރާތްތަކުން، ރައީސްގެ ސިޓީފުޅާއި ގުޅިގެން ގެއްލެނީ ކޮންތަނެއްތޯ ބުނެދެއްވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ގެއްލޭނޭ ހަރު އަޑުން ވިދާޅުވާއިރު އެ ގެއްލޭ އެއްޗެއް ވެސް ބުނެދެވެން ޖެހޭނެ ކަމަށެވެ.

"ހަމަ ތިބެފައި ވިދާޅުވަނީ ގެއްލޭނޭ ގެއްލޭނޭ. ކޯޗެއްތޯ ގެއްލެނީ؟ ކޮން ގެއްލުމެއްތޯ ލިބެނީ؟" ލިޔެކިޔުންތައް އެބަހުރި ކަމަށާއި ގެއްލުމެއް ނުވާނެ ކަމަށް ތަކުރާރުކޮށް ފާހަގަކުރައްވާ އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ ސްޓޭންޑް ބަދަލުވުމުގެ ކުރިން ވެސް ކުރިޔަށްދާ މައްސަލައެއް ކަމަށެވެ.

އެހެންވެ، މި މައްސަލައިގާ ރާއްޖޭގެ ސްޓޭންޑް ބަދަލުނުވި ނަމަވެސް އިންޓަނޭޝަނަލް ކޯޓުން ދެ ގައުމުގެ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދާއި ގުޅޭ ގޮތުން ނިންމުން ނިންމާނެ ކަމަށެވެ. އަދި، ވެގެން އުޅެނީ މާބޮޑު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ސިޔާސަތު ބަދަލުވުމަކީ މާބޮޑު ކަމެއް ނޫން ކަމަށާއި އެއީ ބޮޑު ކަމެއްކަމަކަށް ދައްކައިގެން ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    ޗާގޯސް މައްސަލައިގާ ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލުވެގެން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތޭ ތިޔަބުނަނީ އެހެންވީމާ އެސިޔާސަތު ބަދަލުކުރުމުން ރާއްޖެއަށް ލިބޭނެ ފައިދާގެ ވާހަކަވެސް ބުނެދޭން ޖެހޭނެނޫންތަ؟؟؟

    40
    • ލުޓޭރުންގެ ސަރުކާރު

      އެބުނަނީ ތިމަންނައާ ތިމަންނަ ނިސްބައިވާ ޕާޓީއާ މަގާމުދިން ގައްދާރު ވެރިމީހާއަށް ލިބޭނެ ގެއްލުމެނެތޭ..ގެއްލުން ލިބޭނީ ދިވެހިގައުމުދެކެ ލޯބިވާ ދިވެހިންނަ..މިބިދޭސީން ލިބޭނެ ގެއްލުމެއޮންނާނެތަ.

      31
  2. މޫސަ

    ހަމައެކަނި އިދިކޮޅަކުން ނޫނޭ މިވާހަކަ ދައްކަނީ. ލަދީނީ ކޯލިޝަން ފިޔަވައި އެންމެން ދައްކަނީ އިންޑިއާއިން ބޭނުންވި ގޮތަށް ކަން ނިންމާލި ވާހަކަ. މިއުވާން ކަލެއަށް ގައުމަށް މި ލިބުނު ގެއްލުން ފަހުމެއް ނުވާނެ. ހަދަނީ މުޅިންވެސް ދޮގު. މީގެ ހެކި ދައްކާލާ ދުވަސް އޮތީ ވަރަށް ކައިރީގައި.

    41
    1
  3. ތަރުޖަމާނު

    މާބޮޑު ކަމެއް ނުވެޔޭ ތިބުނަނީ އެހެންވިއްޔާ ކަމެއް ހިގައިފިތާ!

    41
  4. ޝާން

    ބޮޑު ކަމެއްނޫނޭ ނުކިޔާ ފޮނުވި ސިޓީ އާއްމުކޮށް ޕަބްލިކަށް ދައްކަބަލަ. ކޮސްނުގޮވާ. އަހަރެމެން މިއީ ގަމާރުން ކަމަށް ހީނުކުރޭ.

    42
    1
  5. ޝާން

    މާބޮޑު ކަމެއްނޫނޭ ނުކިޔާ ފޮނުވި ސިޓީ އާއްމުކޮށް ޕަބްލިކަށް ދައްކަބަލަ. ކޮސްނުގޮވާ. އަހަރެމެން މިއީ ގަމާރުން ކަމަށް ހީނުކުރޭ.!!

    31
  6. ހަސަން

    މީ ހާދަ ނުފުއްޕާން ބޮޑު މީހެއްދޯ! ހައްތާވެސް ހަދަނީ ދޮގު! ތިޔައޮތީ ބޭޒާރުވެ ނިމިފައި! ދެން އަގަމަޑުންލައިގެން ހުރެވޭތޯ ބަލާ!

    30
  7. ލޮލް

    ކަލޭމެން ކަހަލަ މަދު ފައިސާ ކޮޅަކަށް ގައުމު ވިއްކާ މީހުންނަށް ގެއްލުން ނުވިޔަސް އަހަރެމެން ކަހަލަ ނިކަމެތި ރައްޔިތުންނަށް ބޮޑުތަނުން ވަރަށް ގެއްލުން ދައްކާނެ.

    28
  8. ހަލީމަ

    މިކަހަލަ ލަދެއްހަޔާތެއް ނެތް ދިވެހިޤައުމުދެކެ އެއްވެސް ލޯތްބެއްނެތް މީހުން ދައްކާ ވާހަކަ ދިވެހިން ޤަބޫލު ނުކުރައްޗެވެ. މީނަ އަކީ ދުވަހަކުވެސް ދޮގެއް ހެދެން އޮއްވާަ ތެދެއްބުނާނެ މީހެއް ނޫން. އޭގެ ހެއްކަކީ މީނަ ރާއްޖެ ޓީވީއަށް އިންޑިއާ ރޯ އޭޖެންޓުން ތައްޔާރު ކުރި ދޮގުހަދާ މެޝިނެއް.

    25
  9. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް

    ރައްޔިތުންނަށް ބޮޑުވެގެން މިއުޅެނީ ޗާގޯސް މައްސަލަ އާއި އިންޑިއާ އާއިއެކު ކުރި އެގްރިމެންޓް ސިއްރުކޮށްގެންނެވެ. މޮރިޝަސް ގެ ރައީސްއަށް އިބޫ ފޮނުވި ސިޓީ އިބޫ ސިއްރު ކުރި ހިސާބުން މިކަމުގައި އިބޫ "ޖަގަޑާ" ހަދައިފިކަން ރައްޔިތުންނަށް އިނގިއްޖެއެވެ. އިބޫ އަކީ ކަންކަން ސިއްރުކުރަން ކަށީގައި ހިފައިފައި ހުންނަ މީހެކެވެ. އިންޑިއާ އާއި އެކު ކުރި އެގްރީމެންޓް އިބޫ އާއި މާރިޔާ ސިއްރުކުރިކަމީ އެދެމީހުން ބޮޑުތަނުން ކުށްވެރިވާނޭ މައްސަލައެކެވެ. ހަމައެފަދައިން ޗާގޯސް ގެ މައްސަލައިގައި ސިއްރުކުރި ކަންކަން ވެސް ހިމެނެވެ. ރާއްޖެ ވިއްކާލާފަ ފައިސާ ނުނަގާނަމަ އިންޑިއާ އާއި އެކު ކުރި އެގްރީމެންޓް މަޖްލިސްއަށް ނުދައްކާންވީ ކީއްވެހެއްޔެވެ؟ އަދިވެސް "ފައިސާ" އޭ މިކިޔެނީ ޔާމީން އަށް ހެއްޔެވެ؟ ޙަޤީގަތުގައި ފައިސާ ނަގައިގެން ރާއްޖެ ވިއްކާލީ މާރިޔާ އާއި އިބޫ އެވެ. އެވާހަކަ ޔާމީން ވިދާޅުވާއިރަށް، މިއުވާން ނެރެގެން ޔާމީން "ފައިސާ" އޭ ކިޔަނީއޭ އެބަކިޔައެވެ! "ކެޔޮގަނޑު ކަޑާލަފާނެތީ" އިބޫ ހާދަ ބިރެއް އެބަގަނެއެވެ. ބަލަގަ ޔާމީން އެދައްކަވަނީ ފައިސާއަށް ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުކުރި ވާހަކައެވެ. ފައިސާއަށް އިންޑިއާއާއި އެކު އެގްރީމެންޓް ހެދި ވާހަކައެވެ. އިބޫ އާއި މާރިޔާ ކިތަންމެ ރުޅިއަޔަސް ޔާމީން ހަޤީޤަތް ހާމަކުރައްވަވާނެއެވެ. 2023 ގައި ޔާމީން ހޮވަންވީ ޤައުމަށް އެންމެ ކުޑަކޮށް ގެއްލުންވެ، ޤައުމު ބޮޑުތަނުން ތަރައްޤީ ކުރެއްވީމައެވެ. އިބޫގެ ފަރާތުންވަނީ ރާއްޖެއަށް ބޮޑުތަނުން ގެއްލުމެވެ. އެއްވެސް އެގްރީނެންޓްއެއް، ސިޓީއެއް މިސަރުކާރުން މަޖްލިސް އަށް، ރައްޔިތުންނަށް ދައްކަން ބޭނުންނުވަނީ، "ދަށްކާލީމަ މަތިވެއްޓޭނެތީއެވެ". އެދުވަސް އައިސް ޖެހިއްޖެއެވެ. ޔާމީން ޒިންދާބާދު!

    27
    • ޝާފީ

      ތެދުފުޅެއް. އަންގަވާފައޮވޭ އެންމެކުޑަކޮށް ގެއްލުންވާ ކަމެއް ޙިޔާރުކުރަން.

  10. އަހްމަދު

    މިކަލޭގެއަށް ހީވަނީތަ ދިވެހިރާއްޖެއަކީ ރާއްޖެޓީވީކަމަށް! ކަލޭވާހަ ދެއްކީމާ އެރަނަށް ވީމިހުންވެސް ކަލެއަށް މިހަރުކުރަނީ މަލާމަތް! މިރާއްޖެއަކީ ކަލޭމެންގެ ތަރިކަ މުދާތޯ!!!

  11. ވަޠަން

    މިއުވާން ކަހަލަ ތަޖުރިބާއެއްނެތް އުރައްޕެއްނެތް ކަމުގެ ޢިލްމެތްނެތް ކުދިންނަށް މަގާމުތައް ދީފަ ތަންތަނަށް އެރުވީމަ ގޮވޭނީ އެގޮތަށް ކޮސް. މިހާރު މިރާއްޖޭގެ ތަޢުލީމީ މީހުން ވަރަށް ގިނަ. ތިޔަހެން ތަންތަނަށް އަރާ ކޮސްގޮވީމަ މިއަދަކު ގަބޫލެއްނުކުރާނެ، ތިވާހަކަތކެއް ނުހިނގާނެ. އިބޫގެ ޑިޒިޝަން ބަދަލުނުކޮށްފިއްޔާމު ހަވަރުއެއްވާނެ.

  12. ހުސޭނުބޭ

    ރައްޔިތުން ނުރުހުނަސް ހެދޭނެ އެހެން ގޮތެއް ނެތްވިއްޔާ! އެކޮޅުން ދިން ލާރިގަނޑު ކައި ހަޖަމވެސްވެއްޖެ. ދެން ކިހިނެއް އެބައިވަރު އަނބުރާ ދޭނީވެސް

    11
  13. Anonymous

    ރަގަޅަށްވެސް ދެކޮޅުން ކައިފާ މިއޮތީ ފާޅުކަން ބޮޑު ގޮތަކަށް އެއްފަހަރު އިގިރޭސިންގެ ކޮޅަށް ވޯޓް ދީފައި މިއަދު އެއާއި ދެކޮޅު ގޮތަކަށް މޮރިޝަސް ކޮޅަށް ވޯޓް ދިނުމަކީ ފޮރުވިފައިވާ ރިޝްވަތު ފައިސާ ހިފައިގެން އުޅޭކަން ދައްކައިދޭކަމެއް !

  14. ޑައެލޯގް

    އިބޫއަށް ތިޔަމައްސަލާގައިވެސް އަދި އެއްޗެއްނުބުނެ އެހުންނަނީ ލިޔެދޭމީހާއަށް އަދި ތައްޔާރުނުކުރެވޭތީއެވެ. އިބޫއަކީ ކިޔަވާހުރިމީހެއްނޫންކަމުން އެއްޗެއްނުބުނެ އެހުންނަނީ ނޭގޭތީއެވެ. ތިޔަމައްސަލާގައި އިބޫ ކުއްވެރިވަނީ މޮރިސަސްއަށް އެހާއަވަހަށް ބައިތުހިފާތީއެވެ. އެތަންލިބޭތޯ މަސައްކަތްކުރުން އޮންނަންވާނެއެވެ. ބުއްދިގަބޫލުކުރާކަމަކީ މޮރިސަސްއޮތި 2100 މޭލުދުރުގައެވެ. ވީމާ އދ ގައި މަސައްކަތްކުރަންވާނެއެވެ. އދ. ގައި ޝާހިދު ބަހައްޓައިގެން މިސަރުކާރުންފޮނިކެނޑިއެވެ. އެކަމަކު ޝާހިދުކުރީ އިންޑިޔާގެކަންކަމެވެ. މުސާރަދިނީ ދިވެހިދައުލަތުންނެވެ.

  15. އަބްދޫ

    ކުރިން ރާއްޖޭގެ ބައެއްކަން އެގޭ ލިއުންހުރި ރާއްޖޭގެ އަތޮލެއް ރާއްޖޭއާއި ދުރު އެފްރިކާގެ ބައްރުގެ ބަޔަކަށް ހަދަން މޮރިސަސް އަށް ދޭންވަކަލާތު ކުރުމުގަ ރާއްޖެއަށް ގެއްލުންނުވޭބާ. ޗާގޯސް އަތޮޅު ރާއްޖޭގެ ބަޔަކަށް އެއް ޖެނަމަ އަހަރަކު 1 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ރާއްޖޭގެއާމްދަނީއަށް ލިބޭނެ. މިއީ ކިހާބޮޑުގެއްލުމެއް. ރާއްޖޭގެ ބައެއް މޮރިސަސް އަށް ވިއްކާލަނީތަ؟