ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކުރި އަބްދުﷲ ނިޔާވީ މައްސަލާގައި ފުލުހުންނަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވެފައެވެ. އޭނާ ނިޔާވީ މެޔަށް ތަދެއް އަރައިގެން ފަރުވާއަށް އެދި އާދޭސް ކުރާތާ އެތައް އިރެއްވީ ފަހުންނެވެ.

އޭނާގެ ނިޔާވުމުގައި ފުލުހުންގެ ބޮޑެތި އިހުމާލުތަކެއް އޮއްވާ އޭނާ ނިޔާވުމަށް ފަހުގައި ވެސް ފުލުހުން އަމަލުކުރަމުން އަންނަ ގޮތާއި ގުޅިގެން ނުރުހުން ފާޅުކޮށް އާއިލާއިންނާއި އެތައް ބަޔަކު ދަނީ ވާހަކަދައްކަމުންނެވެ.

އެކަމާއި ގުޅިގެން މިއުވާން ވިދާޅުވީ، ފުލުހުންގެ ހައްޔަރުގައި ހުއްޓާ އަބްދުﷲ ނިޔާވި ހާދިސާގައި ކަންހިނގާދިޔަ ގޮތް އިންސާފުވެރިކަމާއެކު، ރަނގަޅަށް ތަހުގީގު ކުރުމަށް ރައީސް އިރުޝާދު ދެއްވި ކަމަށެވެ.

"މި މައްސަލައިގައި ކަން ހިނގަމުން އަންނަ ގޮތް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ގާތުން ބައްލަވަމުން".

އަބްދުﷲ ނިޔާވުމާއި ގުޅިގެން ފުލުހުން މިހާރު ނިންމާފައި ވަނީ އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށެވެ. އެކަމަކު އާއިލާއިން އެކަމާ ނުގަބޫލެވެ. އަދި އާއިލާގެ ނުގަބޫލުގައި އޭނާގެ ޕޯސްޓްމޯޓަމް ހަދަން ފޮނުވަން އުޅޭތީ އެކަމާއިވެސް ގިނަބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އޭނާގެ ހަށިގަނޑު އަދިވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ގަލޮޅު މޯޗަރީގައެވެ. އާއިލާ މީހުންނަށް އެތަނަށް ވަނުމުގެ ހުއްދައެއް ފުލުހުން ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަން

    އޭނާ ނުބުންޏަސް އެގޭ މިހުރިހާ ނުބައެއް ހަދަމުންދަނީ ސީދާ އޭނަގެ އަމުރަށް ކަން. ފުރާނަ ދުއްވާލާގެންވެސް
    އަދި އޭނަގެ ހިތެއް ނުފުރުނު. ދެން އެހެންވެ ފުރާނަނެތް މަސްގަނޑު ވެސް ކުދިކޮށް ކޮށާލަން ބޭނުންވީ.
    މިދާވަރުން ދަންޏާ އަދި ރަޝީދުގެ ގެދޮރާ އަނބިދަރިންވެސް ފޭރިގަނެގެން އޭނަ ހިތްހަމަ ޖެހޭވަރު ވަނީ.

    25
    1
  2. ބީރުމީހާ

    ގާތުން ބަލަން ނުޖެހޭނެ މިގައުމުގައި ކޯޓުތައް އެބަހުރި ޔޯގާ މައްސަލަ ބަޅާ ގާތުން ތީ މިގައުމުގެ ޕޮލިހުންގެ ފެންވަރު ހާމަވެ ނިމިއްޖެ އިންސާނަކު މަރަށްތެޅޭއިރު ނޭގޭބޠަކަށް ކޮން އިންސާފެއް ފޭކްޖެއްސުމާއި ހާޓްއެޓޭކް ނޭގޭ ބަޔަކު ޕޮލިހުންގެ ވަޒީފާގައި ތިބެގެން ނުވާނެ މިކަމުގައި ޒިންމާނަގާނެ މީހަކުނެތް ހަށިގަނޑު އާއިލާއާއި ހަވާލުކުރޭ

    22
    1
  3. މުފްތީ

    ޑުރަގު ލޯޑުންގެ ހުރިހާ ކަމެއް ރަނގަޅަށް ބައްލަވާނެކަން އިނގޭ

    7
    3
  4. ސައިދާ

    އަޅުގަޑު ވެސް މިދަނީ ދަރިފުޅަ ގާތުން ކިރުދެމުން

    15
  5. ހުސެއިން

    މިސަރުކާރުން އިންޑިޔާއިން ހައްދާ ޕޯސްޓްމޯޓަން ރިޕޯޓަށް އިތުބާރުކުރާނީ ގަމާރުން! ރިޕޯޓް ބަދަލުކުރުމަކީ މިސަރުކާރުގެ ކަށީގަހިފާފަވާކަމެއް!

    20
  6. އަލިކޮއި

    ޑްރަ ގުތަ ނޫނީ ސައްކުވާ އެއްޗެއްތަ ނޫނީ ވަޅުލި ޓީމުންތަ ހޯދީ، ފުލުހުން ގެ ގްރޫޕުތަކުން ނޫނީ ޓީމުތަކަށް ސާބަސް ގޭގން ގް އޮޕަރޭޓްކުރާހެން ސިޔާސީ މީހުން ދިފައުކުރަން ތިބޭ ޓީމުތަކާއި ފުލުހުން ގެ ފަރާތުން ފެންނަންޖެހޭ ލާމިސާލު ހިދުމަތް ރައްޔިތުން އެދެނީ ހަރުދަނާކަމާއިއެކީ ސިޔާސީ ވަކިތަކުން މިނިވަންވާން

    9
    1
  7. އަހްމަދު

    މަހީއެއްނުކުރަން މޯޗަރީގަކެމެރާހަރުކޮށްފަހުރިކަމަކަށް މިހާރުމިއެނގުނީ މޯޗަރިގަ އޮންނަމީހާ މުލިއާގޭގަ އިދެގެންބަލެވޭކަން ހާދަރަގަޅު ރައީސެކޭދޯ

    14
    1
  8. ކޮސްބެ

    ކޮންހާގިނަ ވާހަކައެއް ކޮބާ ކަލޭއެޅުވި ބޮޑީ ކެމެރާ ދޮގުހަދަން އުޅެންހަދައިގެން 50 ދޮގުހެދޭނެ ރަަށްޔަތުންގެ ހަށްގުތަށްހިމާޔަތްކުރުންމަތީ ދެމިތިބޭނެކަމަށް ހުވާކުރީމަ ވެރިކަން އިންޑިއާއިންދިނީ.

    14
  9. ހޯޑެއްދޫ

    ބުނެފާނެ ޓެކްސް ބޮޑުކޮށްގެންނޯ ބެލޭނީވެސް ބެލިޔަސް ނުބެލިޔަސް އަބުރާ އަންނާނެތަ ދެން ކޮންއަނގައެއް މިތަޅަނީ

    10
  10. Anonymous

    ކޯޗެއް ބަލަނީ . އެއޮތީ މަރުވީމީހާގެ މަސްގަޑުވެސް ބިޑިއަޅުވާފަ. އާއިލާމީހުން ރޮއެ ހަލާކުވަނީ. ތިޔަވަރށް ކަންކަމުގެ ރޯ މީހަކު މިވަރުކަމެއްގަ ނުރޮނީ ކީއްވެ.

  11. Anonymous

    ކޯޗެއްބަލަނީ. ތިޔައަވުރެ ގާތުން ނުބެލިއްޔާރަގަޅީ . އެޮތީ މަސްގަޑުވެސް ބިޑިއޅޫވާފަ. ކޮބާ ކެމަރާތައް. މީ ޓެކްސް

  12. އިބޫ

    ރިޔާސީ ވަޢުދުގެ ތެރޭ ހިމެނޭ ދުނިޔޭން ބޭރަށް ކިޔަވަން ފޮނުވީ ދޯ!