އެއްވެސް ބަޔަކު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ނަން ވިއްކައިގެން ކަންކުރިޔަ ނުދިނުމަށް އެމަނިކުފާނު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނު ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވެލިދޫއަށް ވަޑައިގެން އެ ރަށުގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްއަށް ނޭނގި އެ ޕާޓީގެ ގިނަ މެމްބަރުން އިލެކްޝަންގެ ދަފުތަރުން އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެގޮތަށް އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ގެންދަނީ ކަމަށާއި އަދި އަނެއްބައި ފަހަރު ރައީސް ޔަމީންގެ ތާއިދު އޮތް ކަމަށާއި އަދި އެމަނިކުފާނު ވިދާޅުވެގެން ސިޔާސީ މަސައްކަތްތަކެއް ކުރާނެ ކަމަށް ބުނެ އެހެން ޕާޓީ ތަކާއި ކޯލިޝަން ހަދަން ކަމަށް ބުނެ ގެންދާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ނަން ވިއްކައިގެން އެކަން ކުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އަދި އެފަދަ މީހުންނަކީ ސިޔާސީ ގޮތުން ކުފޫ ހަމަވާ ބައެއް ނޫން ކަމަށެވެ.

"އޭނަ ވިއްކާނެ އެއްޗެއް ނެތީމަ އެހެން މިހަކު މި ވިއްކަނީ. އެހެންވީމާ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނަކާ އެމްޑީއޭއަކާ ވެސް އެއްވެސް ގުޅުމެއް ނެތް. އެ ގުޅުން ހުއްޓިއްޖެ. އެ ގުޅުން ކެނޑިއްޖެ 2018 ވަނަ އަހަރުގެ އިންތިހާބަށް މަސައްކަތް ފެށި ހިސާބުން. އެހެންވީމާ ހާއްސަކޮށް ނ. އަތޮޅުގައި ވެލިދޫގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިހާރު ތިއިވި ވަޑައިގަންނަވަނީ އަޅުގަނޑުގެ ދުލުންނޭ މިވާހަކަ. ދެން ރައީސް ޔާމީން ބުންޏޭ، ރައީސް ޔާމިން ދެކެނީ މިހެންނޭ ރައީސް ޔާމިންއާ ގާތީ ތިމަންނައޭ. މި ވާހަކަ ދައްކަން ޖާގަ ނުދެއްވާ" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ ހިތްދަތި ދުވަސްތަކެއް ބަރުދާސްތުކޮށްފި ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ނަން ވިއްކައިގެން ކަންކުރަމުންދާ މީހުން އިހުސާންތެރިކަމުގެ އަތެއް ދިއްކޮށް ނުލާ ކަމަށެވެެ.

"އެހެންވީމާ މިހާރު އަޅުގަނޑު ނެތް ހާޒިރުގައި ވަޑައިގެން މި ކަހަލަ ވާހަކަ ދެއްކެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އެހެންވީމާ އެއްވެސް ބަޔަކު އަޅުގަނޑުގެ ނަން ވިއްކައިގެން ކަމެއް ކުރިޔަ ނުދެއްވާ. އަޅުގަނޑު ހަމަ ވެލިދޫގައި މި ވާހަކަ ބުނަން ބޭނުންވޭ. މި އަތޮޅުގެ އެހެން ރަށްރަށުގައި ވެސް މި ވާހަކަ މި ދަނީ ބުނަމުން. އެކަމަކު ހާއްސަކޮށް ވެލިދޫގައި މި ވާހަކަ ބުނަން ޖެހެނީ. އެކަމަކު ބުނަން ބޭނުންވަނީ އަޅުގަނޑާ ސަން ޓްރެވަލް ޝިޔާމްއާ ގުޅުން ގޯހީކީ ނޫން. އަޅުގަނޑުމެންގެ އަމިއްލަ ގާތްކަން އޮވޭ. އެކަމަކު ސިޔާސީ ގޮތުން މަސައްކަތް ކުރުމުގައި އެ ބޭފުޅުންނާ އެ ވަރުގެ ހިތްވަރެއް ނެތީމަ އެމްޑީޕީ ކުރިމަތީގައި 2018ގެ އިންތިހާބުގައި އަޅުގަނޑަކަށް ނުބެލެވޭ އެ ބޭފުޅުންނާއެކީ ސިޔާސީ މަސައްކަތް ކުރެވިދާނެ ކަމަކަށް" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލި ކުރަން އެހެން ޕާޓީތަކާ ކޯލިޝަން ހަދަން ޖެހިއްޖެނަމަ އެމްޑީއޭއިން ޝައުގުވެރިކަން ހުރި ނަމަ އެކަމަށް އިއުތިރާޒު ނުކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޮކި

    ޕީޕީއެމް އަކީ މައުމޫންގެ ޕާޓީ އެކަމަކު އެވެސް ޖަހާގަތީ ކާކު ތޯ ؟؟ ދެންތިބުނާނީ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ ހިތްދަތި ދުވަސްތަކެއް ބަރުދާސްކުރި ވާހަކަ އެއީ ކޭންޕޭން ފައިސާ ނުލިބުނު ވާހަކަ ދޯ ؟؟؟؟

    5
    15
    • އަލިމުތް

      ޕީޕީއެމް އަކީ މައުމޫނު ޕާޓީއެކޭ ކާކު ބުނީ؟ އޭގަ ތިބި މެމްބަރުން ތި ބުނާ މޫނެއް ފަހަތުން ގޮސް އާ ޕާޓީއޭ ނުގުޅުނީ ކީއްވެ އެހެން ވިއްޔާ؟

      6
      1
  2. ސަން

    ހާދަވަރަކަށޭ އެމްޑީއޭ ދެކެ ބިރުން ތިއުޅެނީ.

    1
    4
  3. ޢަންހެން ފާތުމަ އެޅި ވަގު މިސްކިތް ހުޅުމާލެ

    ކޮބާ ލަދު...ވިއްކޭ ވަރުގެ އެއްޗެއް ކޮބާ...ވައްކަން ކުރުން..ޓަނުން މަސްތުވާ ތަކެތި ވިއްުޔާ އޯކޭ....އެކަން މަނިކުފާނުގެ ދަރިވަރުން ފިސާރި މޮޅަށް އެބަކުރޭ...ދެން އޯކޭ ނު

    1
    5
  4. އުމަރުބެ ބނޑދ

    ދެން މަމެން ވިއްކާނީ ވަކި ކޮންޗެއްތޯ ދ އަދި ނ އަތޮޅުގާ މަ މެންގެ ރައީސް ސިޔާމަކީ ސިޔާސީ ގޮތުން އުރަތްޕެއްހުރި ބޭފުޅެއްނޫންވިއްޔާ.

    6
    1
    • ބަނޑިދޫ އުމަރުގެ ބަފާ

      ކަލޭ ކިޔެވި ސުކޫލެއް ބުނެލެބަލަ އުމަރު ކަތީބާ!

  5. 13ވގ

    ވަގެއްގެ ނަން ވިއްކައިގެން ކަމެއް ކުރާކައް ބޭނުމެންނޫން

    2
    5
    • މުބީނު މާރނީ

      ކޮބާ ހެއްކާ ޤަރީނާ؟ ކޮންމެ ކުށް ހީ އަކީ ފާފައެއް.