ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަތޮޅުތަކުގެ ތަރައްގީއަށް ވެފައިވާ ވައުދުތައް ފުއްދޭނީ ޓެކްސް ނެގުން އިތުރުކޮށްގެން ކަމަށް ވިދާޅުވެ ޓެކްސް ނެގުން އިތުރުކުރަން ސަރުކާރުން ނިންމި ނިންމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ދިފާއު ކުރައްވައިފި އެވެ.

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން އިސްލާހުގެ ބިލެއް ހުށަހަޅާފައިވާ އިރު އެ ބިލު ހުށަހެޅި ގޮތަށް ފާސް ކުރަން އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ވެސް ނެރެފަ އެވެ.

ސަރުކާރުން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރާށެެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުންދާ ހަ ޕަސެންޓް ޓެކްސްގެ ބަދަލުގައި އަށް ޕަސެންޓްއަށް ބޮޑުކޮށް ޓީޖީއެސްޓީ ވެސް 12 ޕަސެންޓްއިން 16 ޕަސެންޓްއަށް ބޮޑުކުރަން ވަނީ ނިންމާފައެވެ. އެނިންމުމަށް އަމަލު ކުރާނީ މަޖިލީހުން ޓެކްސް ބިލަށް އެބަދަލު ގެނައުމުންނެވެ.

ސަރުކާރުގެ ނިންމުމަށް ތާއިދު ކުރައްވައި ނިޒާރު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ 80 ޕަސެންޓް މާލެ ސަރަހައްދުގައި ގާއިމުވެފައިވާ އިރު އަތޮޅު ތަކުގައި ތަރައްގީއަށް ޓެކްސްއަކީ މުހިންމު އާމްދަނީއެއް ކަމަށެވެ. "ޓެކްސް އިތުުރު ކުރަނީ ތަރައްގީއަށް. އަތޮޅުތަކަށް ރައީސް އިބްރާާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދޭނީ ޓެކްސް އިތުރު ކުރެވިގެން" ނިޒާރުގެ ޓުވީޓުގައި ވެއެވެ.

ޓެކްސް ބޮޑުކުރަން އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ވެސް ވަރަށް ބޮޑަށް ދެކޮޅެވެ. އޭގެ އިތުރުން ރާއްޖޭގެ އިގްތިސާދާ ގުޅޭ މުހިންމު ޖަމިއްޔާތައް ކަމަށްވާ މަޓާޓޯ އާއި މަޓީން ވެސް ޓެކްސް ކުއްލިއަކަށް ބޮޑުކުރުމާ ދަނީ ދެކޮޅު ހަދަމުން ނެވެ. އެ ބިލަށް ތާއިދު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. Anonymous

    ހުރިހާ ކަމެއްވެސް ވާންއޮތީ ނިކަމެތި ރައްޔިތުން ފެލައިގެން.

    56
    • ޢައްޑޫ

      ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާއިން ހަރަދު ޖޮށްގެން ސަރުކާރުގެ ވަޒީރަކުވެސް އަދި ރައީސް މީހާވެސް އެއްވެސްތާކަށް ދަތުރެއް ނުކުރާނަން ކަމަށް ވައުދު ވެބަލަ ނޫނީ އެޔަގީންކަން ރައްޔިތުން ނަށް ދީބަލަ އޭރުން ތިކަން ކުރަން އެއްވެސް މީހަކު ދެކޮޅު ނުހަދާނެ

      22
  2. ހުސޭނުބޭ

    ދެން ތިހާ ހެޔޮ ރައީސެއް މުސާރަ ނުނަގާ މި ދަނޑިވަޅުގައި ހިލޭ ސާބަހަށް ރައީސްކަން ކޮށްދޭން ވެއްޖެއްނު!

    50
    1
  3. މަރީ

    ނިޒާރު ނިކަން ވިސްނާލަބަލަ ޓެކުސް ބޮޑުކޮށްގެން ވައުދު ފުއްދީމާ ރައްޔިތުން މިއުޅެންޖެހޭނީ އަނގަޔާ އަތާދިމާނުވެ ހުރިހާ އެއްޗަކުން ތަކެތީގެ އަގުއުފުލި ރައްޔިތުން ބިކަވުން ފިޔަވާ ދެންކޮން ކަމެއް

    50
  4. ބީރުމީހާ

    އަހަރުމެންގެ އަތުން ފައިސާ ހޯދީމަތަ ވައުދު ފުދުނީ އަދިވެސް ލިބޭވަރު މަދީތަ ކޮބާހޭ ގައުމުތަކުންދިން ހިލޭ އެހީތައް ވީކަމެއް ހަރާމް އަދިވެސް ލިބޭމިންވަރު މަދުވެގެން ކެންޕެއިންނަށް ލާރި ހޯދުމުގަ ހޯހޯ ތިޔާގޮތަށް ވައުދު ނުފުއްދަން އެދެން

    46
  5. ބެހޭކަމެއްނޫނޭ

    ރައީސްގެ ވައުދު ފުއްދޭނީ ޓެކްސް ބޮޑުކޮށްގެން ކަމަށްވާނަމަ އެފަދަ ވައުދު ތައް ޖެހޭނީ އޮޅާލާ ނިޒާރު ފަދަ ހަރުބީ ކާފަރު ގޮތްތައް ގަބޫލުކުރާ މީހުންގެ ބެކަށް ޖަހާށޭ ސަބަބަކީ ޓެކްސް ނިޒާމަކީ އެއީ އެއްވެސް ހާލެއްގައި އިސްލާމް ދީނުގެ އުސޫލު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރު ތަކުން ނަގާ އެއްޗެއް ނޫނޭ ޓެކްސް ނުނެގޭނެއޭ ޓެކްސް ދޭ މީހާގެ ރުހުން އެކަމަށް ނެތި އެކަން ބެލުމަށް ޓަކައި ޖެހޭނީ ދެފުށް ފެންނަ އާންމު އިންތިޚާބަކަށް ދާން އަދި ޓެކްސް ނެގުމަށް ވޯޓްލާ މީހާ ޓެކްސް ނަގަން ވޯޓް ދިން ކަން އެމީހާ އަށް ވެސް އިނގޭނެ އުސޫލުންނޭ ނަތީޖާ ވެސް އިއުލާން ކުރާނީ އެގޮތުން ޓެކްސް ނަގަން ވޯޓް ދިން މީހުން އަތުން އެކަނިއޭ ޓެކްސް ނެގޭނީ ޓެކްސް ނަގަން ވޯޓް ނުދޭ އެއްވެސް މީހެއްގެ އަތުން ޓެކްްސް ނުނެގޭނެއޭ ނަގާނަމަ އެވާނީ ސީދާ ހަރާމް ފައިސާ އަށޭ ގައުމެއްގެ ހައިސިއްޔަތުން ޓެކްްސް ރައްޔިތުން އަތުން ނެގޭނީ ވޯޓް ލާ މީހުންގެ %95 ވޯޓް އިން ޓެކްސް ނަގަން ރައްޔިތުންގެ ރުހުން ވޯޓަކުން ލިބިގެންނޭ އެނޫން އެއްވެސް ހާލަތެއް ގައި ޓެކްސް ނުނެގޭނެއޭ ރައީސް އިބޫ ވައުދުވީ ރައްޔިތުން ގާތުން އަހައިގެން ނޫނޭ ދެން އޭނާ ވީ ވައުދު އޭނާގެ ގެދޮރު ވިއްކައިގެން ހޯދާށޭ އެއީ ރައްޔިތުންނާއި ބެހޭ ކަމެއް ނޫނޭ ރައްޔިތުންނާއި ބެހޭ ކަމެއް ނޫނޭ ރައްޔިތުންނާއި ބެހޭ ކަމެއް ނޫނޭ ރައްޔިތުންނާއި ބެހޭ ކަމެއް ނޫނޭ ރައްޔިތުންނާއި ބެހޭ ކަމެއް ނޫނޭ ރައްޔިތުންނާއި ބެހޭ ކަމެއް ނޫނޭ ރައްޔިތުންނާއި ބެހޭ ކަމެއް ނޫނޭ ރައްޔިތުންނާއި ބެހޭ ކަމެއް ނޫނޭ ރައްޔިތުންނާއި ބެހޭ ކަމެއް ނޫނޭ ރައްޔިތުންނާއި ބެހޭ ކަމެއް ނޫނޭ ރައްޔިތުންނާއި ބެހޭ ކަމެއް ނޫނޭ ރައްޔިތުންނާއި ބެހޭ ކަމެއް ނޫނޭ ރައްޔިތުންނާއި ބެހޭ ކަމެއް ނޫނޭ ރައްޔިތުންނާއި ބެހޭ ކަމެއް ނޫނޭ ރައްޔިތުންނާއި ބެހޭ ކަމެއް ނޫނޭ ރައްޔިތުންނާއި ބެހޭ ކަމެއް ނޫނޭ

    31
  6. ނުނެގޭނެއޭ

    ބާއްޖަވެރިކަން ހޯދަން ކަމަށް ބުނެ ރައްޔިތުން ގާތުން ހޭވެސް އަހާނުލާ ރައީސް އިބޫ އޭނާ ވެރިކަމުގެ ދަހިވެތި ކަމުގައި ވައުދުވި ކަމަށް އޭނާ ބުނާ ރައްޔިތުން ނުވެސް ދެނެހުރި ކައްޕަޅި ވައުދު ތައް ވިއިރު އޭނާ އެއް ނުބުނެއޭ ރައްޔިތުން އަތުން ޓެކްސް ނަގައިގެންނޭ އޭނާ ވައުދު ފުއްދަން ޖެހޭނީ އެހެންވާނަމަ އެއީ އޭނާ ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހެދީއޭ ދޮގު ހެދީއޭ އެވައުދު ތައް ފުއްދަން ޓެކްސް ބޮޑުކުރުން އެވާނީ ސީދާ ދީނާއި ޚިލާފަށް އޭނާ ކުރާ ކަމެކޭ އެނުވާނެއޭ އެއްގޮތަކަށް ރުއްސަވާކަމަކަށް އެނުވާނެއޭ އެވާނީ ސީދާ މުތުލަޤު ބާތިލް ވައުދު ތަކަށޭ އޭނާވީ ވައުދު އެވާނީ ސީދާ މުތުލަގު ބާތިލް ވައުދު ތަކަށޭ ރައީސް އިބޫ ވި ވައުދު އެވާނީ ސީދާ ދީނުގައި ހަރާމްކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަކަށޭ އެއީ ރައްޔިތުން ގާތުން އަހައިގެން އޭނާވި ވައުދެއް ނޫނޭ ޓެކްސް ބޮޑު ނުކުރެވޭނެއޭ އޭނާވީ ވައުދު ފުއްދަން އޭނާގެ ގެދޮރާއި އަނބިދަރިން ވިއްކައިގެންނޭ އޭނާވީ ވައުދު އޭނާ ފުއްދަން ޖެހޭނީ އެވައުދު ފުއްދަން ރައްޔިތުން އަތުން ޓެކްސް ބޮޑުކޮށް ވެސް ނުނެގޭނެއޭ ކުޑަ ކޮށް ވެސް ނުނެގޭނެއޭ...

    16
    1
  7. ފަވާޒް

    މާތްކަލާކޯ ކަލޭގެ ވައުދު އޮއްތާ ބާއްވާ. ފުއްދާނެކަމެއް ނެތް.. ވެރިކަމުން ފައިބައިގެން ދޭ.. ކަލޭގެ ވައުދެއްވެސް އެކައްޗެއްވެސް ޓެކުސް ބޮޑުކޮއްގެން ފުއްދުވާކަށެއް ރައްޔިތަކު ބޭނުމެއްނުވޭ. އިނަފް އިޒް އިނަފް.

    21
  8. އަބްދޫ

    ދަރަނި ނަގަނީ ރައްޔިތުންނަށް ހިދުމަތް ދޭކަށް ނޫން. ޓެކްސް ބޮޑު ކުރަނީ ރައްޔިތުންނަށް މަންފަ ހޮދާދޭކަށެއްނޫން. މިވެރިކަން އައިއިރު ލިބެމުންދިޔަ ހިދުމަތް ފިޔަވައި މިވެރިކަން އައިފަހުންރައްޔިތުނނަށް އިތުރު ހިދުމަތެއް ދެވިފަ ނުވައިރު މިވެރިކަންއައިފަހުން ރަްޔިތުންނަށް އާމްދަނި އިތުރު ނުވާއިރު ރައްޔިތުންނަށް އިތުރު ބުރަޔަކަށް ވާގޮތަށް ޓެކްސް އިތުރު ކުރުމަކީ ރައްޔިތުން ރުހޭ ކަމަކަށް ވާނެތަ؟ ގައިމުވެސް އަޅުގަނޑު ރުހޭ ކަމަކަށް ނުވޭ. ގާނޫނުއަސާސީގެ 97 ވަނަ މާއްދާގަ އިބްރާހިމް މުހަންމަދު ސާލިހް އާއި ވަޒިރުންގެ މައްޗށް ކޮށްފަ އޮތް އަމުރާ ހިލާފަށް ދަވްލަތުގެ ފައިސާ ބޭނުންކުރުމުގެ ސަބަބުން ދަރަނި ނަގަންޖެހި އެދަރަނި އަދާކުރަން ރައްޔިތުން އަރުން ޓެކްސް އިތުރުކުރާކަށް ރައްޔިތުން ރުހޭންތަ؟ ހަމަގައިމުވެސް އަހަރެން ނުރުހެން. އަޅުގަނޑުގަބޫލު ކުރާގޮތުގަ މިހާރު ގައުމު ގާ ހުރި ދަރަނި ހޯދުމަށް ނަސީދު އާއި ވަހީދުއާއި ޔާމީނާއި ސާލިހް އާއި ވަޒިރުން.ހައްޔރުކޮށް ތަހުގީގުކޮށް ގާނޫނުއަސަސިގެ 97 ގެ އަމުރާއި ހިލާފަށް އެފަރާތްތަކުން ހަރަދު ކޮށްފަިއިވާ ފައިސާ ދަވްލަތަށް ނަގަން ޖެހޭނެ،

    13
  9. ސަބީޙު

    ނުކިޔަވާހުރި މީހަކަށް ޓެކްސް ނަގައިގެން ސަރުކާރު ހިންގަން އެގޭނެތަ؟ އޭނައަކީ އިންޑިޔާއިން މިތަނުގައި ބަހައްޓާފައިހުރި ޗީފް މިނިސްޓަރ އެއްކަހަލަ މީހެއްނު.....

    17
  10. އެ ނެގިހާ ލޯނުތަކޯ…ބިލިއަނުން ރައްޔިތުން އަތުން ފެލިހާ ފައިސާ ޔޯ…ރިޒާވުން މަދުވި ބައި ކޮބަޔޯ…މި ހުރިހާ ފައިސާ އިން ނުކުރެވޭ ވަރުގެ ވައުދެއް އޭނަ ވެފައެއް ނެތް…އިތުރަށް އެންމެ ރުފިޔާ އެއް ނުލިބުނަސް އިހްލާސްތެރިކަމާއެކު ކޮށްފިނަމަ އިތުރަށްވެސް ކަން ކަން ކުރެވޭހާ ފައިސާ ގެ ވާހަކަ މިބުނީ…

    17
    • ޝަން

      އެޔެއް ދެނެއް ނުލިބޭނެ.. އެފައިސާގެ ވާހަކަ ނުދައްކާ ދެއަތާއި ދެފައިގެ ކުރި އޮޅާލައިގެން ދުވަހުގެ ދެދަޅައަށް މަރުދަންޖެހި މަސައްކަތުގައި ތެޅެން ތައްޔާރަށްތިބޭ ބޮޑު ޓެކުސް ކުރިޔަށް އޮތް 90 އަހަރުވަންދެން ދައްކަން މިވެރިން ނެގިލޯނުތަކުގެ ދަަރަންޏާއި އިސްރާފުކުރިފައިސާ ހޯދަދޭން.

  11. ހުސެން

    ލިބޭ މުސާރަ އާ އިނާޔަ ހަދިޔާ ކުރަން ވީނުން؟

    20
  12. ގަމާރުންނޭ

    ނަފްސާނީ ބަލި އެއީ މެޑިކަލް ފަރުވާ އިން ރަނގަޅު ކުރެވޭނެ ކަންކަމެއް ނޫނޭ އެއީ ސީދާ ކުފުރުގެ ތެރޭގައި ހިމެނޭ ކަމެކޭ ނަފްސާނީ ބަލި އެއީ މެޑިކަލް ފަރުވާ އިން ރަނގަޅު ކުރެވޭނެ ކަމެއް ނޫނޭ އިސްލާމް ދީނުގެ މަތިވެރި އުސޫލުގެ މަތީގައި ހުރެމެ ބަރާބަރަށް ނަމާދު ކޮށްގެން އެކަމަށް ކަނޑައެޅިފައި ހުންނަ ކީރިތި ޤުރުއާންގެ ސޫރަތް ތައް ބަރާބަރަށް ކިޔާ ދުއާ ކުރުމުން ނަފްސާނީ ބަލި ތަކުން ދުރުވާނެއޭ ނަފްސާނީ ބައްޔަކީ އެއީ ޝައިތާނާގެ ވަސްވާސްއޭ ތަމެންނަށް ހަމަ ދީން ނޭގެނީއޭ ތަމެން ޑިޖިޓަލޭ މެން ލާދީނީ މީހުން ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ ގަމާރީއޭ ބީތާއީއޭ

    7
    4
  13. ސާއިފް

    ނުކިޔަވާހުރި މީހަކަށް ޓެކްސް ނަގައިގެން ސަރުކާރު ހިންގަން އެގޭނެތަ؟ އޭނައަކީ އިންޑިޔާއިން މިތަނުގައި ބަހައްޓާފައިހުރި ޗީފް މިނިސްޓަރ އެއްކަހަލަ މީހެއްނު.....

    15
    1
  14. ބަދޫރާ

    ޢެހެންވިއްޔާ ވައުދުތައް ފުއްދާނެ ކަމެއް ނެތް

  15. Anonymous

    ތި ވައުދުތައް ނުފުއްދަ ހުރެބަލަ ހެޔޮނުވާނެ

  16. ޥާޔާ

    ތިވާހަކަ ދައްކާނެ ކަމެއްނެތް.. ދިވެހިރައްޔިތުން ބޭނުންވެގެން ވޯޓުލައިގެން ހޮވާފަ އެތިބީ ގައުމުގަ ތިބި އެންމެލާދީނީ އެންމެ ގައުމާއި މިނިވަންކަމަށް ގެއްލުންހުރި މީހުން. ދިވެންޖެހޭނީ ހަމަ ލީވޯޓުގެ ހިތި ބޯންތިބެން.

  17. ކާކު

    ރައްޔިތުމީހާ ފެލައިގެން ހުރިހާކަމެއް

  18. ކަނޑާލާ

    ރައީސް ގެ ވައުދު ފުއްދަން ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކަންބަޅި އެއް ކަތިލާ ގޮތަށް ކަތިލާ އޭނާ ފަދަ ނުކިޔަވާ ހުރި ގަމާރަކަށް ދޭން ނުޖެހޭނެއޭ އޭނާ ރަށަށް ކަނޑާލަންވީއޭ މަސްކައްކަން ތެލިދޮންނަން ރައީސްގެ ވައުދު ފުއްދަން ރައްޔިތުން އަތުން ޓެކްސް އިތުރަށް ބޮޑުކުރާނަމަ އޭނާ ކަނޑާލާ ރަށަށް ނުޖެހޭނެއޭ އޭނާ ވީ ވައުދު ތަކެއް ފުއްދަން އޭނާ ފަދަ ނުކިޔަވާ ހުރި ގަމާރަކު ރައްޔިތުންނަށް ވާން ޖެހޭނެ އަދި ވީ ވައުދެއް ވެސް ނޯންނާނެއޭ އޭނާ ގެއަށް ކަނޑާލަންވީއޭ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ ކަނޑާލާ

  19. އައުޓް

    ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ނިޒާރު އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ނިޒާރު އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ނިޒާރު އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ނިޒާރު އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ނިޒާރު އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ނިޒާރު އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ނިޒާރު އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ނިޒާރު އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ނިޒާރު އައުޓް ކެނެރީގެ ނަޝީދު އައުޓް

  20. އޯލްރައިޓް

    ސަރުކާރުން ބޮޑު ޚަރަދުކޮށްގެން މުފްތީ މެންކް މެން ގެނެސްގެން ދީނީ ނަސޭހަތް ޚުތުބާ އެއް ގޮތަށް ދިން އިރު މިރާއްޖޭގެ މަޖްލީސް މެމްބަރުން ކޮބާތޭ އެމެން އަމިއްލަ އަށޭ އެމެންގެ މަގާމްގެ ކުރިއަށް އިއްޒަތްތެރި ކިޔައިގެން ވެސް އުޅެނީ ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން ހޮވާއިރު ރައްޔިތުން ނުބުނެއޭ ތަމެންގެ މަގާމްގެ ކުރިއަށް އިއްޒަތްތެރި މެމްބަރު އެގޮތަށް ގޮވަން ދެން ކިއެއްވެތޭ މަޖްލީހުގެ ރައީސް ކެނެރީގެ ނަޝީދު މިއަދު ހުކުރު ނަމާދަށް ނުދިޔައީ ތަމެން ނަމާދު ނުކުރަނީތޭ ނުކުރަން ދޯ ޔޫއާރ ސޯފާރ އަވޭ ފްރޮމް އިސްލާމް ދޯ އޯއް ޔޭއް ޔޫއާރ ސޯފާރ އަވޭ ފްރޮމް އިޓް ސޯފާރ ޔޫ ޖަސްޓް ކާންޓްސީ ދަ އިސްލާމިކް ސިސްޓަމް އެން ރޫލްސް ދޯ އޯލް ރައިޓް...

  21. ނުވަތުބުރެކޭ

    މެމްބަރު ރާއީއޭ އެއީ މީހުންނަށް ކިޔާ ނަންތޭ މަމެން ނުދަންނަމޭ ތިޔާއީ އިންޑިއާ ތަމަޅަ އަކަށް ކިޔާ ނަމެއްތޭ އިޓް ފީލްސް ލައިކް ތަމަޅަ ނޭމް އެކޭ އައި ކޭން ފީލް އިޓްސް އަ ތަމަޅަ ނޭމް ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ ތަމަޅަ ނުވަތު ބުރެކޭދޯ

  22. ކްލޯސްޑް

    ބުރުގާ ނާޅާ ހުރިހާ އަންހެނުން ބުރުގާ އަޅަން އަދި ފަގުޑި ނާޅާ ސަރުކާރުގެ ހުރިހާ މިނިސްޓަރުން ފަގުޑި އަޅަން މަމެން ގޮވާލަމޭ ގޮވާލަމޭ މީގައި އޮވެގެން ނުވާނެއޭ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް...

  23. ޢަހު

    ޥައުދުވީއިރު ތިވާހަކަ ނުބުނީ ކީއްވެ

  24. ޕޮގުބާ

    ގައިމް މީޑިޔާއަށް އަރާތިބެގެން ތިކިޔަނީ ސޯލިހު ހުތިހާ ވަޢުދެއް ފުއްދައިފިޔެ ދެން ކޮންވަޢުދެއް ތިއުޅެނީ ފުއްދަން 2023 ގެ ވަޢުދު ތަ؟ ނުވާނެ ތިކަމެއްދެން

  25. ޢަލިފްަަަ

    2023 ރައީސް..ޔާމީން..އިންޝާﷲ..އާމީން

  26. ުއަބުދުﷲ

    ވައުދު ފުއްދަން ރަގަޅުވާނީ 10000 މީހުން ވިއްކާލިޔްޔާ.!

  27. ނާދިރާ

    ވޯޓުން ވައްކަން ކޮށްގެން ވެރިކަން ފޭރިގަނެ ރައީސަކަށް ލީމީހަކު މި ގައުމު ހަލާކު ކޮށްލައިފި.

  28. ނަންއިތުރު

    ނިޒާރު ކަލޭ ތިއުޅެނީ ހޭބަލިވެގެންތަ ކަލެޔާއި އައްޑޫ ރަތްޔަތުން މޭޔަރުކަން ހަވާލު ކުރީ ރަތްޔަތުން ބޭނުން ނުވާ ހުރިހާ ކަމެއްކުރުވާކަށް ނޫން، ކަލޭ ކަލެޔާ ހަވާލު ކުރިކަން ކުރވޭތޯ ބަލާ އަދި ރަތްޔަތުން ހީކޮއްގެންތިބީ ކަލޭ ޓީވީ އަށް އަރާ ފެލުނީމަ މާބޮޑް ރުނޑިއެއްކަމަށް އެކަމަކް މިވީ ކިހިނެއް އެމްއެމްޕީއާރުސީން ލާރިވެސްނެގީ އަދިވެސް ލާރިޔެއް އަތުޖެހޭތޯ ބަލަމުން ތިޔަދަނީ ކަލޭގެ މައްސަލަ އަހަރުމެން ބަލާނަން އަދި ކަލޭތީ މޭޔަރު ކަމަށް ކުފޫ ހަމަނުވާ މީހެއްކަން އައްޑޫ ހުރިހާ ރަތްޔަތުން ޤަބޫލް ކުރާނެ އެކަން ސާފްވާނެ މިހާރު ވޯޓަކަށް ކިޔަސް އަދި އަހަރުމެން މިތިބީ ބަލަން ކަލޭ މޮޔަސޮރު ޝުވާ ޑެޕިއުޓީ މޭޔަރު ލައްވާ ތިކުރުވާ ހުރިހާ ކަމެއް ކަލެއަކަށް ސަލާމަތެއް ނުވެވޭނަ.

  29. ފާއިޒު

    ރައީސްގެ ވައުދު ފުއްދޭނީ ޓެކްސް ބޯޑުކޮށްގެން ކަމަށް ނިޒާރު ބުނި ނަމަވެސް ރައީސްގެ ވައުދުގެ ތެރޭގައި ޓެކްސް ބޮޑުކުރުމާއި ޕާކިން ޖުރުމަނާ ތަކެއް ނުހިމެނޭ. ވަޢުދު ތަކެއް ވާއިރު ވަޢުދު ފުއްދަން އޭރުވެފައިވާ ވަޢުދުގެ ޕްލޭނެއް އޮތް. ދެން ބުނަނީ އަދި އިތުރު ދައުރެއްވެސް ދީގެނޭ ވައުދު ފުއްދޭނީ. ވެރިކަމުން އަވަހަށް ފައިބާ ފެޔަށް ޖެހިލަނިކޮށް ވަޢުދު ނުފުއްދާ ވާނެ.

  30. ގަލަން

    ރިއާސީ ހިންތިހާބު ކެންޕެއންގަ ރައިސްނުބުނޭ ވައުތައްފުއްދޭނީ ޓެކްސްބޮޑުކޮއްގެނެކޭ..

  31. އަލިމުތް

    ހިޔަޅު ވެރިކަމެއްނު މި އެހެންވީމަ. ވައުދު ވި އިރަކު ނުބުނޭ މި ފުއްދޭނީ ޓެކްސް ބޮޑުކޮށްގެނޭ. އެހެންވީމަ އަވަހަށް ފައިބައިގެން ދާށޭ ބުނޭ!

  32. ކަނަލި

    ރައްޔެތުން އަތުން ފެލައިގެންނޭތަ ކަލޯ ތިބުނަނީ ކަލޭގެ ވައުދުފުއްދޭނީ؟؟؟

  33. ކަނަލި

    ނުކިޔަވާހުރި އަބުކޭލަކައް ވެރިކަންދިނީމަވާނީ މިހެން.

  34. ލުބުމާ

    ކިތަންމެ ވަރަކަށް ޓެކުސް ބޮޑުކުރިއަސް ވައުދު ފުއްދަން ނޭގޭ މީހަކަށް ވައުދެއް ނުފުއްދޭނޭ! ނިޒާރުމެންތީ ކުރިމަތީގައި މި ހަގީގަތް ފެންނަންއޮތްއިރުވެސް ހަގީގަތް އޮޅުވާލާ ރައްޔިތުން ވާ ވައްދާމީހުން!

  35. ހެޑްލައިން

    ވައުދު ފުއްދޭނީ މުސާރަ ބޮޑުކޮށް ގެން ނޫނީ ފައިބާ