ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ މަރާއި އެމެރިކާ ފުލުހުން މަރާލި ޖޯޖް ފްލޮއިޑްގެ މަރާއި ގުޅުވައި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރުކުމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބްދުﷲ ރަޝީދުގެ ވޭނުގެ އާދޭހާއި ޖޯޖް ފްލޮއިޑްގެ ފަހުބަސް އަދި ފަހުނޭވާ ދިމާވާ ކަމަށެވެ.
ޖޯޖް ފްލޮއިޑްގެ ކަރުގައި އެމެރިކާގެ ފުލުހެއް ކަމަށްވާ ޑެރެކް ޗައުވިން ފައި އެޅުމުން ނޭވާ ނުލެވިގެން އެންމެ ފަހުން އޭނާ ބުނީ "އަހަރެންނަށް ނޭވާ ނުލެވޭ" ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ފުލުހުން ގދ.ހޯނޑެއްދޫން އަބްދުﷲ ރަޝީދު ހައްޔަރުކޮށް އެރަށު ބަނދަރުގައި އޮތް ލޯންޗަކަށް އޭނާ އަރުވަނިކޮށް ވަނީ މޭގައި ރިއްސާ ކަމަށް ފުލުހުން ގާތުގައި ބުނެފައެވެ. އަބްދުﷲ ރަޝީދު މޭގައި ރިއްސާ ކަމަށް ފުލުހުން ކައިރީ އެތައް ފަހަރަކު ބުނުމުން ވެސް ފުލުހުން އޭނާ އަށް ފަރުވާ ދޭން މަސައްކަތް ކޮށްފައެއް ނުވެއެވެ.
އަބްދުﷲ ރަޝީދުގެ ހާލު ދެރަވެއްޖެކަމަ ފުލުހުން ގަބޫލުކޮށް އޭނާ މަޑަވެލީ ސިއްހީ މަރުކަޒަށް ގެންދިޔައީ އަބްދުﷲ ރަޝީދު މޭގައި ރިއްސާ ވާހަކަ ބުނިތާ ގާތްގަނޑަކަށް ދޮޅުގަޑިއިރު ފަހުންނެވެ. އޭރު އޭނާ އޮތީ ނިޔާވެފައެވެ.
އަބްދުﷲ ރަޝީދު ހައްޔަރު ކުރުމުގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ކެމެރާ ބޭނުންކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ރުކުމާ އަބްދުﷲ ރަޝީދުގެ މަރާއި، ޖޯޖް ފްލޮއިޑްގެ މަރު ގުޅުވީ ޖޯޖް ފްލޮއިޑްގެ މަރަށް އިންސާފު ހޯދަން ފުލުހުންގެ ބޮޑީ ކެމެރާއިން ރެކޯޑް ކޮށްފައިވާ ވީޑިއޯ މުހިއްމު ދައުރެއް އަދާކޮށްފައި ވާތީއެވެ. ރުކުމާ ވަނީ ފުލުހުން އަޅާ ކެމެރާގެ ވީޑިއޯއާއި އޯޑިއޯ ވަގުތުން ވަގުތަށް އާންމުކުރުމަށް ގޮވާލައްވާފައެވެ.
ފުލުހުން އަޅާ ކެމެރާގެ ވީޑިއޯއާއި އޯޑިއޯ ވަގުތުން ވަގްތަށް އާންމުކުރަން ގޮވާލަން
އަބްދުﷲ ރަޝީދުގެ ވޭނުގެ އާދޭހާއި ޖޯޖް ފްލޮއިޑްގެ ފަހުބަސް އަދި ފަހުނޭވާ ދިމާވޭ! “އަހަރެންނަށް ނޭވާ ނުލެވޭ”🥲
ގައިދުގައި މަރާލެވޭ/މަރުވާ މީހުންގެ އަދަދު އިތުރު ވެއްޖެ pic.twitter.com/mLLI7KJeth— ރުކުމާ (@RukumaA) October 28, 2022
2020 ވަނަ އަހަރުގެ މެއި މަހު އެމެރިކާ ފުލުހުންގެ އިހުމާލުން ޖޯޖް ފްލޮއިޑް މަރުވުމުން އެއޮޕަރޭޝަންގައި ހަރަކާތްތެރިވި ހުރިހާ ފުލުހުން ވަގުތުން ސަސްޕެންޑް ކުރިއެވެ. އަދި ޖޯޖް ފްލޮއިޑްގެ ކަރުގައި ފައި އެޅި ފުލުސް މީހާ ވަޒީފާ އިން ވަކިކޮށް އޭނާގެ މައްޗަށް ދައުވާ ވެސް އުފުލިއެވެ. އޭނާގެ މައްޗަށް މިހާރު ވަނީ 22 އަހަރާއި ހަމަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއްއޮތްތޯ ބަލާނެ ކަމަށް ފުލުހުން ވިދާޅުވިނަމަވެސް އެއޮޕަރޭޝަންގައި ހަރަކާތްތެރިވި އެއްވެސް ފުލުހަކާއިމެދު އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
އަބްދުﷲ ރަޝީދުގެ ހަށިގަނޑު އާއިލާ އާއި ހަވާލު ކޮށްދޭން ވެސް އާއިލާ އިން އަންނަނީ އެދެމުންނެވެ. ނަމަވެސް ސަރުކާރުން އެކަމަށް އެއްބަހެއް ނުވެއެވެ.
ފްލޮއިޑްގެ މަރަކާ ތިކަމަކާ އެއްވަރެއް ނޫން. ފިތުނަ ނާބުރާ
ފިތުނަ އޭ ކިޔަން ލަދު ގަންނަން ޖެހޭ އަހަރެމެން…ސިޔާސީ ރޫހުގައި މިވީހާތަނަށް ކޮންމެ ބަޔަކުވެސް އުފެއްދީ ފިތުނަ…އެ ބަލައިގަނެ އަތް ޖަހަން ތިބީ ރައްޔިތުން…ތިމާ އާ ދިމާލަށް ވިއްޔާ ފިތުނަ ވެފަ އަނެކާ އާ ދިމާލަށް ނަމަ އަދުލަށް ވާނެ ހަމަ އެއް ނޯވޭ
ތިޔަ މަރާ ގުޅިގެން ރަހުމެއްނެތް އަނިޔާވެރި ފުލުހުން ޒިންމާ ނަގަންޖެހޭ އެއްވެސް ކަމެއް އޮތްކަމަކަށް ނުވާނެ. ފުލުހުން ވިޔަސް އެމީހުންގެ ރަހުމުކުޑަކަމުން މީހަކު މަރުވީމާ މިކަމުގައި ބައިވެރުވި ހުރިހާ ފުލުންނައް މަރުގެ އަދަބު ދިނުމައް ގޮވާލަން.
މިރާއްޖޭގައި އަނިޔާ ކުރާ ފުލުހުންނަށް އިނާމުގެ ގޮތުގައި ކުރިއެރުމާއި އިނާޔަތް ދޭނީ! އަދަބު އެއީ ޢާއްމު ރައްޔިތުންނަށް އެކަނި ލިބޭ އެއްޗެއް!
ފުލުހެެއްގެ ގައިގައި އޮޅުމަކުން އިގިލި ޖެހުނަސް އެމީހަކު 3 އަހަރަށް ޖަލަށް
ފުލުހުން ޢާއްމު މީހާއަށް ކިތަންމެ އަނިޔާ ކުރިޔަސް މަރާލިޔަސް އެއްވެސް ކަމެއް ނުވާނެ!އިންޓަރގްރިޓީ ކޮމިޝަން އަކީ ނަމެއްގައި އޮތް އެއްޗެއް! ހިއުމަންރައިޓްސް ކޮމިޝަން އެއީ ނަމެއްގައި އޮތް އެއްޗެއް! ހަމަ ދަތް ނެތް ސިންގާގެ މިސާލު
މިރާއްޖޭގެ މަރުތަކަށް އިންސާފު ލިބޭނީ މަޙްޝަރު ބިމުގައި!
މީ ޝޭޚް ޢިމްރާންގެ ނާގާިލުކަން އަވަހަށް އިސްތިއުފާ ދީފަ ގެއަށްދޭ
މި ނުބައި ވެރިކަން އަނބުރާ އިއާދަ ނުކުރައްވާން ދޭވެ..އާމީން..
އިމްރާން މިކަމުގަ ކުއްވެރިވާނަމަ އެހެންގައުމުތަކެކޭ އެއްފަދައިން މަރުގެ އަދަބުލިބެންޖެހޭނެ.
ފަތް ވިއްކާ ހަރާން ލާރި ކައިގެން އުޅުނުމީހަކު މާމޮޅު މީހަކަށް ހަދަން މިއުޅެނީ…..
"ކީކޭބާ" މޮޅުވާހަކަ ނުދައްކާ. ޖަލުގައި މަރުވި އީވާން ނަސީމުގެ މަރުގެ މައްސަލާގައި މުޅި ޤައުމު ގުގުމައިގެން ގޮސް އޭރުއޮތް ވެރިކަން ވެއްޓުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް އެކަން ވެގެން ދިޔައީ އީވާން އަކީ ނަބީބޭކަލަކަށް ވާތީއެއްނޫން. އިންސާނެއްގެ ފުރާނަ އަކީ އެއަށް އަގެއް ނުދެއްކޭވަރުގެ އަގުހުރި އަދި ޙައްޤަކާނުލާ ދުއްވާލެވޭނެ އެއްޗަކަށް ނުވާތީ. ފުލުހުންގެ އަނިޔާއިން ނުވަތަ އިހްމާލުން އިންސާނެއްގެ ފުރާނަ ދިއުމުން އޭނާގެ ޢާއިލާގެ މީހުންނާ އަދި އިންސާނިއްޔަތު ކަމެއް ހުރި ކޮންމެ މީހަކުވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އަޑު އުފުލާނެ. ކީކޭބާގެ ޢާއިލާގެ މީހަކަށް މިކަހަލަ ހިތާމަވެރި ގޮތެއް ދިމާވެއްޖެނަމަ ފަތް ވިއްކާ މީހެކޭ އެވެނި ކަމެއް ކުރާ މީހެކޭ ބުނެފަ ތައް ބައްދައިގެން ހުރެވޭނެބާ.
މި އަނިޔާވެިރިކަން ދުވަހަކުވެސް ހަނދާނ ނައްތާނުލާނަން.. އާއިލާ އަށް ބޮޑީ ނުދައްކާނީ ހަމަ އަނިޔާކޮށް މަރާލީމަ... މިފެއްންނަނީ މިހާރުގެ ފުލުހުން ގެ އަސްލު ސިފަ..!
މީހަމަ އެއްވަތަރުގެ ދެކަން . މިރާއްޖޭގެ ހޯމްމިނިސްޓަރު އިމްރާން އިސްތިއުފާދޭންޖެހޭ. މިކަހަލަ ތާކިހާވިއްކާމީހުން މިނިސްޓާރު ކަމަށް ލީމަ ވާގޮތް މީ. މިކަމަށް ފިޔަވަޅު އަޅަންޖެހޭ.
ޜުކުމާމެން ލަދުކޮބާ ޔާމީން ހުދުކަފަކޮޅަކަށްވީ މިހާރު ކުރިން ބޮޑު ވަގު ދެން މެމްބަރު ކަން ލިބެންއޮތީ ޔާމީން ކޮޅައް އަރައިގެންދޯ ކާކު ތިމީހުން ބަލައިގަންނަނީ