ރާއްޖޭގެ ބައެއް ހިސާބުތަަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރަކޮށް އޮތްއިރު، މެޓް އޮފީހުން ދިޔައީ ސަމާލު ނެރެމުންނެވެ. އެގޮތުން ރޭ މެޓް އޮފީހުން ރީނދޫ ސަމާލުވެސް ނެރުނެވެ.

މެޓް އޮފީހުން މިއަދު ހެނދުނު ނެރުނު ފުރަތަމަ ސަމާލުގައި ބުނެފައި ވަނީ، ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓިއަށް، ބޯކޮށް ވާރެވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

އެ ސަމާލުގެ މުއްދަތު ހަމަވާނީ މެންދުރު 2:00 އަށެވެ.

މެޓް އޮފީހުން ނެރުނު އިތުރު ހުދު ސަމާލެއްގައި ވަނީ، ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

އެހެންކަމުން މޫސުމަށް ބަލައިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން، ދަތުރުތައް ރޭވުމަށް ނަސޭހަތްތެރިވަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޫމު

    މެޓު އޮފީހުން ތިކަހަލަ ފޭކުވާހަކަ ނުދަށްކަބަލަ ސަރުކާރުން ޑޮމެސްޓިކު ފުލައިޓުތަކުގެ ޓިކެޓުއަގު އަތްނުފޯރާ ހިސާބަށް ޖަށްސަފާނެ މިހާރުވެސް މިއުޅެނީ އަހަރުމެން ރަށްރަށުމީހުން ޓިކެޓު އަގުބޮޑުކޮށް ފާނެތީ ބިރުން