އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީގައި އިމާރާތްކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓްގައި ފުލުހުންގެ އަސާސީ ތަމްރީން ކޯސް ކުރިއަށް ގެންދަނިކޮށް ނުރައްކާތެރި ހުމެއް ފެތުރި އެތައް ބަޔަކު ބަލިވުމުން ތަމްރީންތައް މެދުކަނޑާލައިފިއެވެ.

ތަމްރީންތައް ހަދަމުންދާ ކުއްޖެއްގެ ބެލެނިވެރިން "ވަގުތު" އަށް ކަށަވަރު ކޮށްދިން ގޮތުގައި ފުލުހުންގެ އަސާސީ ތަމްރީން ކޯސް ފުރިހަމަ ކުރަމުން ގެންދާ ދަރިވަރުންގެ މެދުގައި ފެތުރެމުން އަންނަނީ ތައިފޮއިޑް އެވެ. ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ތައިފޮއިޑް ހުމަކީ ބައެއް ހާލަތްތަކުގައި ފުރާނައަށް ވެސް ނުރައްކާވާ ހުމެކެވެ.

ތަމްރީންތައް ހެދުމަށް އައްޑޫގައި ތިބި ދަރިވަރުންނާއި ހަވާލާދީ ބެލެނިވެރިން "ވަގުތު" އަށް ކަށަވަރު ކޮށްދިން ގޮތުގައި ހުން ޖެހިގެން ބައެއް ކުދިން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓް ވެސް ކޮށްފައި ވެއެވެ.

ހުން ފެތުރެން މެދުވެރިވެފައި ވަނީ ޕޮލިސް އެކެޑެމީގެ ކާބޯތަކެތީގެ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ބެލެނިވެރިން ބުނެއެވެ.

"ވަރަށް ގިނަ ކުދިން ހުން އައިސްގެން އެކުދިންނަށް ތަމްރީންތައް ފުރިހަމަ ކުރެވޭވަރު ނުވެގެން ތަމްރީންތައް ވަނީ މެދުކަނޑާލާފައި. ވަރަށް ގިނަ އަދަދެއްގެ ކުދިން ވަރަށް ބޮޑަށް ބަލިވެފައިވާ ކަމަށް މައުލޫމާތު ލިބެނީ." ބެލެނިވެރިޔަކު ބުންޏެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގެ ފަރާތުން ނަން ހާމަނުކުރަން އެެދި ވާހަކަދެއްކި ބޭފުޅަކު ވެސް ވަނީ ޕޮލިސް އެކެޑެމީގައި ގަދަ ހުމެއް ފެތުރެމުން އަންނަކަން ކަށަވަރު ކޮށްދީފައެވެ.

އައްޑޫ ޕޮލިސް އެކެޑެމީގައި ނުރައްކާތެރި ހުމެއް ފެތުރޭތީ، ތަމްރީންތަކެއް މެދުކަނޑާލާފައި ވީނަމަވެސް ފުލުހުން ރަސްމީކޮށް އެކަން އިއުލާން ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަން ރީނދޫ

    މިއީ ބަނގުލާދޭޝް މީހުން ޝެފް ޔުނިފޯމް ލެއްވީމަ ވާގޮތް. ކާތަކެތީގަ ބޮޑުކަމު ދާ އެއްޗިހީގެ އަސަރު ހުރެގެން ޖެހޭ ބައްޔެއް ޖެހޭނީ ކިހާ ސާފުކޮށް މިމީހުން އުޅޭތީ.

  2. ކޮޔާ

    ﷲގެ ކުޅަދުންވަންތަކަން މީހުނާދޭތެރޭ ރަޙުމެއް ކުލުނެތްނެތް ބައެއް ތީ ވެދާނެކޮންމެ ގޮތެއްވެސް އިސްލާޙްވޭ

    6
    5
  3. ދިސް

    އެސަރަހައްދަކީ ހޯންޓެޑް އޭރިޔާ އެއް އައްޑޫގެ އެތައް ބަޔަކު ދަރުހޮވަން ޕިކުނިކުހަދަން ތިތަނައްގޮއްސަ އެކި ކަންކަން ވޭ ކަމެއް ވާނީ ބުނެފަކާއެއްނޫން. ވިއްސާރަވެއްޖެއްޔާ އެހާ އުދައަރާ ލޮނުގެ އަސަރުކުރާތަނެއްގަ ތިތަންހެދީމާ މިހާރުވެސް ދަގަނޑު ދަބަރައްވެއްޖެ. ތީވަރަށް ހަރަދު ބޮޑުވާނެ ތަނެއް. އިންޑިޔާ މީހުން މިހާރުވެސް މޮޔަހިތައްއަރާނެ ތިތާނގަ ތިތަން އެޅުނީމަ
    ތިއަށްވުރެ ސަޅިވީސް ފިލައިން ގެސްޓުކޮޓަރިއަޅާ ޓުއަރިސްޓު ސެކްޓަރ އަކައް ތިތަން ހެދި ނަމަ އޭރުން ހޯންޓެޑް ޓުއަރިޒަމް އޭރިޔާ އަށް ނުލާހިކު ގެސްޓުން ފޯރިހުންނާނެ

  4. ސަފުސަދުން

    ބަލިވެފައި ތިބި މީހުންނަށް މާތް ﷲ އަވަސް ސިފާއެއްދެއްވާ ތިބަލިމަޑުކަމުން އަވަހަށް ސަލާކަތްކުރައްވާފާދޭވެ

  5. Anonymous

    ޤައުމުގެ ޚިދުމަތްތެރިން.
    އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން