އިސްލާމިކް ޔުނިވަސިޓީގެ ވައިސްޗާންސެލަރ ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ ދައްކަވާފައިވާ ބައެއް ވާހަކަތަކާއި ގުޅިގެން އެޔުނިވަސިޓީގެ ރިސަރޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ.އިސްމާއިލް ޝަފީއު ފޭސްބުކްގައި ޝަކުވާތައް ބަންޑުން ކޮށްލައިފިއެވެ.

ޑރ.އިސްމާއިލް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ނޮވެމްބަރ 3 އާއި ގުޅިގެން އޭނާ ފޭސްބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެން ޔުނިވަސިޓީގެ ވައިސްޗާންސެލަރ ޑރ.ޒަކަރިއްޔާ ވަނީ އޭނާ ޓޮޕް މެނޭޖްމެންޓަށް ހާޒިރުކޮށް ވަރަށް ބޮޑަށް ބުލީކޮށްފައި ކަމަށެވެ.

މިއީ ޔުނިވަރސިޓީގެ އުސޫލުތަކާއި ޤަވާޢިދުތަކުގެ ބޭރުން ޑރ.ޒަކަރިއްޔާ ކުރައްވާފައިވާ ކަމެއް ކަމަށް ޑރ.އިސްމާއިލް ވިދާޅުވިއެވެ.

"މި ބައްދަލުވުމުގައި އެންމެ ފުރަތަމައަށްވެސް ދެންނެވީ ޑރ.އިސްމާޢީލް ކޮށްފައިވާ ފޭސްބްކު ޕޯސްޓެއް، ޕޮލިޓިކަލް މަޤާމެއްގައި ހުރި ބޭފުޅަކު ތިމަންނާއަށް ފޮނުވާފިޔޭ. ފޭސްބުކުގައި ތިޔަގޮތަށް ނުލިޔެވޭނޭ ކަމަށް ތަކުރާރުކޮށް ވިދާޅުވި. ކުރިން މިދެންނެވި ވާހަކައަށްފަހު ޔުނިވަރސިޓީގެ ކުރީގެ ވައިސް ޗާންސެލަރ އަދި ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދާއި ބެހޭގޮތުން ވަރަށްގިނަ ނޭދެވޭ ވާހަކަ ދެއްކި. އެބޭފުޅާއަކީ މިވެނި އެވެނި ކަމެއް ކުރި މީހެކޭ ކިޔާފައި ވަރަށް ގިނަ ތުހުމަތުތަކަކާއި ވާހަކަތައް ދެއްކެވި." ޑރ.އިސްމާއީލް ލިޔުއްވާފައި ވެއެވެ.

މިއީ ޑރ.ޒަކަރިއްޔާ، ޑރ.ޝަހީމުއާއި ބެހޭގޮތުން ވާހަކަދެއްކެވި ފުރަތަމަ ފަހަރެއް ނޫން ކަމަށާއި ޔުނިވަރސިޓީގެ އެކި ބައްދަލުވުންތަކުގައި ވަރަށް ޖަޒުބާތާއެކު ތަކުރާރުކޮށް މިފަދަ ނޭދެވޭ ވާހަކަ މުވައްޒަފުންގެ ކުރިމަތީގައި ދައްކާ ކަމަށް ވެސް ޑރ.އިސްމާއިލް ވިދާޅުވިއެވެ.

ނޮވެމްބަރ 3ގެ ބަޣާވަތުގެ ބައިވެރިންގެ އިޢުތިރާފަކީ ސައްހަ އިޢުތިރާފެއްކަމަށް ޤަބޫލު ނުކުރާކަމުގެ ވާހަކަ ޑރ.ޒަކަރިއްޔާ ދެއްކެވި ކަމަށާއި މިވާހަކަތަކަށް ދޭން އޮތް ޖަވާބު ވަރަށް ކުރުމަށް ޑރ.އިސްމާއިލް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ޖަވާބަކީ ފޭސްބްކްގައި އަޅުގަނޑު ކުރި ޕޯސްޓަކާއި ގުޅިގެން ސިޔާސީ ބޭފުޅަކު ޑރ.ޒަކަރިއްޔާއަށް އެ ހިއްސާކުރިޔަސް، އަޅުގަނޑު ޓޮޕް މެނޭޖްމެންޓަށް ހާޒިރުކޮށް މި ވާހަކަ ދެއްކުމަކީ ކުރެވިގެންވާނޭ ކަމެއް ނޫން. އެހެނީ ޔުނިވަރސިޓީއަކީ ޤަވާޢިދުތަކާއި އުސޫލަތަކާ އެއްގޮތަށް ހިންގަންޖެހޭ ތަނެއް. މުވައްޒަފަކު ސުލޫކާ ޚިލާފަށް ކަމެއް ކޮށްފި ކަމަށް ބެލެވޭ ހާލަތެއްގާވެސް ޔުނިވަރސިޓީގެ އުސޫލު ތަކުން ބޭރުން އަމަލެއް ނުކުރެވޭނެ. ބުލީ ކުރިޔަސް ޤައުމީ ކަންކަމުގައި އަޅުގަނޑުގެ ވިސްނުމާއި، ލިޔާ ލިޔުންތަކެއް ބަދަލެއް ނުވާނެ." ޑރ.އިސްމާއިލް ލިޔުއްވާފައި ވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ އޭނާ ކައިރީގައި ޑރ.ޝަހީމް އާއި ބެހޭގޮތުން ނޭދެވޭ ވާހަކަދައްކަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ޑރ.ޒަކަރިއްޔާ އާއި ޑރ.ޝަހީމުއާއި ދޭތެރޭ މައްސަލައެއް އޮތަސް އެކަމަކީ އޭނާ ޒިންމާވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ޔުނިވަރސީގެ ކުރީގެ ވައިސްޗާންސެލަރ އަދި ޗާންސެލަރ އާއި ބެހޭގޮތުން ތަކުރާރުކޮށް ތިޔަ ދައްކާ ނޭދެވޭ ވާހަކަތަކަކީ ކޮށްގެންވާނޭ ކަމެއްކަމަށް ޤަބޫލުނުކުރާ ކަމަށް ވެސް ޑރ.އިސްމާއީލް ވިދާޅުވިއެވެ.

ދެން ޑރ.އިސްމާއިލް ވިދާޅުވީ ނޮވެމްބަރ 3 އާއި ގުޅިގެން އޭނާގެ ފިކުރާއި ވިސްނުން ވަރަށް ސީދާ ކަމަށެވެ. "އެކަމުގައި އުޅުނު އެންމެންނީ ޣައްދާރުން. ޚާއިނުން. ކުށެއްނެތް އެތަކެއް ދިވެހީންނެއް ޝަހީދު ކުރި މީހުން. އެމީހުންގެ ދިފާޢުގައި ވަކާލާތުކުރާނީ މިގައުމަށް ޚިޔާނާތްތެރިވާ މީހުން. އަޅުގަނޑަކީ ދިވެއްސަކީން. ދިވެހިރާއްޖެއަށް ދެރަކަމާއި ނިކަމެތިކަން އައިސްދާނެ ކޮންމެ ކަމަކަށް އަހުރެން ދިރިހުރިހާ ހިނދަކު ދެކޮޅުހަދާނަން. އަދި ޚިޔާނާތްތެރިންގެ ކުރިމަތީގައި ޓޮލެރޭޓްކޮށްގެން ނުހުންނާނަން. ބަސްބުނާނަން. ލިޔާނަން. މިއީ އަޅުގަނޑުގެ ބައްޕަގެ ވަސިއްޔަތެއް. ދެއްކެވި ނަމޫނާއެއް." ޑރ.އިސްމާއިލް ވިދާޅުވިއެވެ.

ޑރ.އިސްމާއިލްގެ ވާހަކަތައް ޑރ.ޒަކަރިއްޔާ ދޮގެއް ނުކުރެއެވެ. ޑރ.އިސްމާއިލްގެ ފޭސްބުކް ޕޯސްޓަށް ކޮމެންޓް ކުރައްވާ ޑރ.ޒަކަރިއްޔާ ވިދާޅުވީ "ނޫނީވާ މިތިބީ ހިޔަޅު ބައެއް." ކަމަށެވެ. "ސައިކަލުގެ ދުންހޮޅިއާއި އަޑީތެލަށް ކުރާ އިޙުތިރާމުވެސް މިމީހުން ދީނާއި ޤައުމަށް ނުކުރާކަމަށް." ޑރ.ޒަކަރިއްޔާ ވިދާޅުވިއެވެ.

މި ފަދަ އިބާރާތަކީ ނުސީދާކޮށް ކާފަރުންނޭ ބުނުން ފަދަކަމެއް ކަމަށާއި މި ކަހަލަ އިބާރަތްތައް ލިޔެ ޕޯަސްޓުކުރުމަކީ އިސްލާމިކު ޔުނިވަރސިޓީގެ އިސްމަޤާމެއްގައި ހުރެގެން ކޮށްގެންވާނެ ކަމެއް ނޫނެ ބުނުމުން ލިޔުނު ލިޔުންތަކުން ލިޔުމެއް ފޭސްބުކުގައި އެހެން މީހުންނާއި ބެހިގަތުމަކީ ބުލީކުރުމެއް ނޫން ކަމަށް ވެސް ޑރ.ޒަކަރިއްޔާ ވިދާޅުވިއެވެ.

"ޔުނިވަރސިޓީގެ އިސްވެރިޔެއްގެ ހައިޘިއްޔަތުން ބަންދުކޮޓަރިއެއްގައި ސުވާލުކުރުމަކީ ބުލީކުރުން މިއީ ކޮންކަހަލަ ހަމައެއްތޯ؟ އަޅުގަޑާ ބެހޭ ޝަކްވާތައް ހުށަހެޅުމުގެ ޕްރޮސީޖާއަކީ ފެސް ބުކްގައި ލިޔުންތޯ؟ އަދި އަހަރެން ދެއްކި ކޮންމެ ވާހަކައަކީ ޔުނިވަރސިޓީއާގުޅުން ހުރި ވާހަކަތަކެއް." ޑރ.ޒަކަރިއްޔާ ވިދާޅުވިއެވެ.

ޑރ.ޝަހީމާއި ގުޅޭ ގޮތުން ޑރ.ޒަކަރިއްޔާ ދެއްކި ވާހަކަތައް ވެސް ދޮގުނުކޮށް ޑރ.ޒަކަރިއްޔާ ވިދާޅުވީ "އަހަރެން ނޫން މީހަކު މި މަޤާމަށް އައްޔަންކޮށްފިއްޔާ އަހަރެއް ކަންކުރިގޮތުގެ ވާހަކަތައްވެސް ކިޔައިދެވޭނެ. އެގޮތުން އަހަރެންގެ ކުރިން މި ޔުނިވަރސިޓީ ހިންގި ބަޔަކު ކުރި ނުރަގަނޅު ވާހަކަދައްކަން ޖެހޭ." ޑރ.ޒަކަރިއްޔާ ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ކަމަށް ޑރ.ޒަކަރިއްޔާ އައްޔަން ކުރީ 2019 ވަނަ އަހަރު އެވެ. ޔުނިވަސިޓީގެ ޗާންސެލަރުންނާއި ވައިސް ޗާންސެލަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން އައްޔަން ކުރައްވާ ސިޔާސީ މަގާމުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަލްޖިބްރާ

    މިއީ މިއަދު ދިވެހިރާއްޖޭގައި ދަންނަބޭކަލުންގެ މެޑަލް ޖައްސަވައިގެން ތިއްބެވި ބޭފުޅުންގެ ހާލަތު ! ދެން ޤައުމެއް ހަލާކުވެ ސުންނާފަތި ވާން ގިނަވަގުތުތަކެއް ނަގާނެތަ ؟

    49
  2. ޢޙ

    ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ އަކީ ދަންނަ ބޭކަލަކަށް ވެހުރެ މަޤާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން މީހުންނަށް ބިރު ދައްކައިގެން ނުވާނެ. ނޮވެމްބަރ 3 ގެ ހަމަލާއަކީ ހަމަ ބަޣާވާތެއް. އެ ކަމުގައި ބައިވެރިވި ދިވެހިންނަކީ ޚާއިނުން. އެދުވަހު އެމީހުންނަށް ޙައްޤުވި އަދަބު ދީނުގައި ވާގޮތަށް ދެވުނުނަމަ މިއަދު މިފެންނަ ގޯސް މަންޒަރުތަކެއް ދިވެހި ދީބުން ނުފެނުނީސް. ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ އަށް ހެޔޮ ވިސްނުން ދެއްވާށި. އާމީން

    45
    3
  3. ަައިބޫ

    3 ނޮވެމްބަރުގެ ބާޣީންނަށް ތާއީދު ކުރާނީ ހަމަ އެފަދަ ޣައްދާރުން.

    79
    2
  4. ހައްދުންމަތި

    ދެބޭފުޅުންވެސް ވަރަށް ޒިންމާދާރުކަން ކުޑަ...ކަމަށް ދެންނެވޭނީ!

    ޚާއްސަކޮށް އިސްމާއިލް... ޕަބްލިކަށް ދާންނުޖެހޭ ދޯ ތިކަހަލަ ވާހަކަ ހިފައިގެން.. އަމުދުން ތިފެންވަރުގެ ޑރ ގެ ލަގަބު ލިބިފައިތިބޭ ބޭފުޅުން.. ވަރަށް ދަށް ފެންވަރުގެ ޢަމަލެއް.

    އަމަލު ކުރަން ޖެހޭ އުސޫލު އޮންނަކަން ބަޔާކުރާއިރު ތިމެންނަވެސް އެއުސޫލުން ދޯ ދާންވާނީ..؟

    18
    37
    • ކަޅު ހުއްތު

      ގައުމައް ހާއިނުންތަކެއް އަރާ ހިންގިއަމަލު އަދި އެކަމުގެ އަޑީގަ ތިބިމީހުންގެ ވާހަކަ ދައްކަންޖެހޭނީ ސިއްރަކުން ވަކިބަޔެއްގެ ހުއްދަހޯދައިގެނެއްނޫން. ނޮވެމްބަރ 3 ހާއިނުންނާ ގުޅުންހުރި މީހުން އެކަން ފޮރުވާ އެކަން އޮޅުވާލާ ބޮޑުތަކުރުފާނޭ ހޮޅިންނޭ ޕަބްލިކް މީޑިޔާބޭނުންކޮއް ކިތަންމެވަރަކައް ގޮވިޔަސް އެދުވަހުގެ ހަގީގަތް އޮޅުވާވެސް ނުލެވޭނެ. ބާގީންގެ ވާހަކަ ދަރިންގެ ދަރިންނައްވެސް ހަމައެގޮތުގަ ފޯރުކޮއްދޭނަން އެކަމެއް ނުހުއްޓުވޭނެ

      24
      1
    • ހުދުހުދު

      ނޮވެމްބަރު 3 ވާހަކަ ދައްކަން ޖެހޭނީ ގޭގެ ކޮޓަރިތެރެއަކު ނޫން. އެވާހަކަ ސޯޝަލް މީޑިއާގަ އެމީހަކަށް ފެންނަ ގޮތަކަށް ލިޔެވެން ޖެހޭނެ.

  5. ޓ

    ޑޮކްޓަރު ޒަކަރަިއްޔާ އަކީ ދީފުރަންމާގޭ މީހަކާ ކައިވެނި ކޮށްގެން އުޅޭ ދީން މޮޑިފައި ކުރާ ...ދެފުއްދެގޮތް މީހެއް

    51
    1
  6. ޢަޒްރާ

    މި ޒަރިއްޔާ ގެ ވައިފް އަކީ ސިއްކަ މަރިޔަނބު އެހެންވީމަ ފަސްއަޅާ ފރވަން އުޅެނެ

    52
    1
  7. ލުޓޭރުންގެ ސަރުކާރު

    ތިޒަކަރި އްޔާ އަކީ ޙުޝަމަދުކަމުންގޮސް ކުފުރުވިޔަސް ނޭގޭ މީހެ އްކަން އިގޭނެ މަ އުމޫނަށް ސަނާކިޔާ މުޒާރާ އެ އްގަ ވާހަކަދަ އްކާފަހުރި..ބާޢީންނާ ޙާ އިނުން ވަކިނުވާ މީހަކު ކިޔަވާދޭ ޔުނިވާސިޓީ އެ އްގަ ޒިންމާ އާ ހަވާލުކޮ އްފަ މިހުރީ..

    40
    1
  8. ހުސޭނުބޭ

    ސިޔާސީ ނުވަނީ ކޯންޗެއް މިހާރު. މުދިންކަމަކީވެސް ސިޔާސީ މަޤާމެއް.

    28
  9. މުހަންމަދު

    3 ނޮވެމްބަރާއި ގުޅުގެން އޭރު ބޭޢްވި އެއްވުމުގައި ތި ޒަކަރިއްޔާ ދެއްކި ވާހަކައިގެ ރެކޯރޑިން ހޯދައިގެން އޭނާއަށް އިއްވުމަށް އަޅުގަޑު ޑޮކްޓަރ އިސްމާއިލް އަށް ދަންނަވާލަން....

    33
  10. ނާދިރާ

    ޒަކަރިއްޔާގެ އަގެއް ނެތްކަން. އޭނަ ކުރި އެފްބީ ކޮމެންޓުންވެސް ދޭހަވޭ.

    42
    1
  11. ޖަލީލު

    ޑރ. އިބްރާހީމް ޒަކަރިއްޔާގެ އަންހެނުންނަށް ކިޔަނީ ޙައްވާ އިސްމާޢީލް. އެއީ ސިއްކަ އަޙްމަދު އިސްމާޢީލްގެ ކޮއްކޮ. ޙައްވަގެ ދައްތަ (ސިއްކަ އަޙްމަދު އިސްމާޢީލްގެ ކޮއްކޮ) މަރްޔަމް އިސްމާޢީލްގެ ފިރިމީހާއަކީ ޕައިލެޓް އިބްރާހީމް ރަޝީދު. ތިމާއަށް ނޭނގޭ އެއްޗެހި ލިޔެފައި އަދިވެސް ކޮމެންޓް ކުރާތި.

  12. ދެބުޅަލުގެ އަރާރުން

    މިބޭފުޅުންގެ ފެންވަރު ފެނި ކޮސްވެއްޖެ އެވެ! ތި ދެބޭފުޅުންކުރެ އަޚުލާޤީ ގޮތުން ދަށުދަރަޖައީ ޑރ. އިސްމާޢީލް ޝަފީޢު ކަން އެއޮތީ ސާފުކޮށް ހާމަވެފަ އެވެ. ޑރ. ޝަހީމް އާއި ޑރ. ޒަކަރިއްޔާ އާއި ދެމެދު ދޭތެރެ ޖައްސުވައި ފިޠުނަ އުފެއްދެވީ އެވެ. ހިތުން މޮޅުކަމެއް ކޮށްލެއްވީ އެވެ. މިކަމުން ލިބޭ ޢިބުރަތަކީ ކިތަންމެ މަތީ ފާހެއް އޮތަކަސް އަދި ނުފުދޭނެ ކަމެވެ. ރަނގަޅު އަޚްލާޤެއް ނެތްނަމަ ފާހުގެ އަގެއް ވެސް ނޯންނާނެ ކަމެވެ.

    10
    9
  13. ނަންރީތި ހުސޭނު

    ޑރ.ޒަކަރިއްޔާއަކީ ސިއްކައާއިލާޔާ ވަރައްރުހޭ މީހެއް. އެހެންވީމަ އެމީހުންގެ ބޭނުމަކައްވާނީ ނޮވެމބަރ 3ގެ ވާހަކަދައްކާ މީހުންހުއްޓުވާ އެކަމުގެ ހަގީގަތް އޮޅުވާލުން

    20
  14. މަރީ

    މުސްކުޅިވީފަހުން ޕީ.އެޗ.ޑީ ނަގައިގެން ހުރި ބޭފުޅުއް.

    10
    3
  15. ދިވެހި މުސްކުޅިން

    ތިޔައީ އަޚްލާގީ ގޮތުން ވަރަށްލަދުވެތި ކަމެއް ދޭދޭ ޢިލްމެއް ނެތް ބައެއްމީހުން އިހުގާ ހާޒިރުގައި ތިބެ ރުޅިއައިސްގެން އަތްއުކައުކާފަ ޒުވާބުކުރާ މަންޒަރު ފެނޭ މިހާރު އެމީހުން އެކަން ހުއްޓާލައިފި އެކަމަކު މި ޓެކްނޮލަޖީގެ ބޭނުންކޮށްގެން ދަންނަބޭކަލުން ތިކަން ތިކުރަނީ. ތިޔަ ދަންނަބޭކަލުން ގެ ގަދަރު ގެއްލިއްޖެ.

  16. މުޙައްމަދު

    ޑޮކްޓަރ ޒަކަރިއްޔާ އަކީ ވައިޖެހޭކޮޅަކަށް ފަހިވައިގައި ދުއްވަން ވަރަށްކުޅަދާނަ ފަހުލަވާނެއް. އަދި އެއައަށްވުރެން ކުޅަދާނަކަމަކީ ކޮލެޖްކުދިންނަށް ކިޔަވައިދޭއިރު މުޅިންވެސް ދައްކާނީ ރޯއައުގުރާނަވާހަކަ. ބައެއްފަހަރު ދައްކަވާހަކަތުން ލަދުން ކްލާހުގަ ހުްނަނަން ނުކެރޭވަރުގެހަޑިވާހަކަ ތައް ދައްކާ. ރޭޑިއޯއިންފޮނުވާ ޕްރޮގުރާމްތަކުގައިވެސް ހަމައެޒާތުގެ ވާހަކަދައްކާ.

    ޒަކަރިއްޔާވިޔަސް މީހަކުނެތްތަނެއްގަ އެމީހާގެ ވަހަކަދައްކާ ނެތިނުބައިމޮށުމަކީ ކޮށްގެންވާނެކަމެއްނޫން. އެއީ ފަފައެއް. އެހެނަސް ޒަރިއްޔަ އަކީ ޑޮކްޓަރ ޝަހީމު ހިނގިމަގަކުންވެސް ހިނގޭވަރުގެ ފެންވަރުހުރިމީހެއްނޫން.

    8
    1