އަންނަ އަހަރުގެ ބަޖެޓްގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް 6.4 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ސަރުކާރުން މަޖިލީހަށް ފުރަތަމަ ހުށަހެޅިއިރު އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ފައިސާ ހިމަނާފައެއް ނުވެއެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ އެއީ އިދާރީ އޮޅުމެއް ކަމަށެވެ.

އިއްޔެ ބަޖެޓު ދިރާސާ ކުރި ކޮމިޓީއިން ވަނީ އަރަބިއްޔާގެ އާ އިމާރާތައް 6.4 މިލިއަން ހަމަޖައްސައި ބަޖެޓް ފާސްކޮށްފައެވެ.

އަރަބިއްޔާ ސްކޫލް މިހާރު ހިންގަމުން އަންނަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގަމުން ދިޔަ ވަގުތީ އިމާރާތުގައެވެ. އެ ސްކޫލް އެހެން އިމާރާތަކަށް ބަދަލުކޮށްފައި ވަނީ މީގެ ކުރިން އަރަބިއްޔާ ސްކޫލް ހިންގަމުން ދިޔަ އިމާރާތް ވަރަށް ބޮޑަށް ވީރާނާވެ އެތަނަކީ ދަރިވަރުން ފޮނުވުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމާ ގުޅިގެންނެވެ.

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ޖާގައިގެ ގޮތުން ދަތި އިމާރާތަކަށް ބަދަލުކުރިތާ އަހަރެއްވުމާ ގާތަށްދާއިރު، އަދިވެސް އެ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ނިމި ހުޅުވޭނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ައާންމުން

    6 މިލިއަނުން ޓިނު ގުދަނެއްވެސް ނުހެދޭނެ

    10
  2. ގޯޔާ

    20 މިލިއަނަށް ޕްރީސްކޫލް ކުދިންނަށް ޓިނު ގުދަނެއް އެޅި ބަޔަކު 6 މިލިއަނަށް އަޅާނީ ޖިފުޓިގަނޑެއް ނޫންކަންވެސް ނޭނގެ

  3. އިބްރާހީމް

    މިއީ ޖޯކެއްތަ؟ 160 މިލިޔަން އެސްޓިމޭޓް އެކަމަކު 2023 އަށް 6 މިލިޔަން، ސުކޫލް ނިންމުމަށް 2023 ޑިސެމްބަރ. ކިހިނެއް މިހިސާބު ދިމާކުރަނީ

  4. އުގުރި

    އަޅުގަނޑުގެ ފަރާތުން ތިކަމާ ވަކާލާތު ކުރަން ހުންނާނެ ކޯލިޝަން ޕާޓްނަރެއް ކަމުގައިވާ އިޔާޒު ބަހައްޓާފައި...
    ދީނީ ކަންކަމާއި ހިލާފުވިޔަ ނުދޭނެ.. ( ކުރިން ބުނި އެތި ކެންސަލް )

  5. މޫސަބޭ

    ހުޅުމާލޭ ފޭސް ދޭއްގައި ފުރަތަމަ ހުޅުވި ޓެންޓް މިސްކިތް އެޅުމަށް 4.3 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރިކަމުގައި އޭރުގެ ނޫސްތަކުގައި ލިޔެފައި ވަނިކޮށް އަޅުގަނޑު ދުށީމެވެ؟؟؟؟!

  6. ބޭރި

    ސޯލިހޫ ކަލެޔަށް ލިޔަންކިޔަން އެނގޭތަ އަހަރުން ހަމަހައިރާންވެއްޖެ އަލިފުތިރިން އިބިފިލި ޖެހީމާ ކިޔަނީ ކީކޭ ނ މަތީ ސުކުންކުރިމަ ކިޔަނީ ކީކޭ ޑ އިބިފިލިޖެހީމަ ކިޔަނީ ކޯއްޗެއް އ މަތީ އާބާފިލި ޖެހީމަ ކިޔާއެއްޗެއް ފަހުމްވެއްޖެތަ ދެންވެސް ޓުރޭނިންއެއް ހަދާ ލިޔަންކިޔަން ދަސްކުރަމާތޯ.