މި އަހަރުގެ ވޯލްޑް ކަޕް މުސްލިމް ގައުމެއްގައި ބާއްވާތީ އެކަމާ އުފާކުރާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުޅިވަރުގެ ރީތި ނަމޫނާއެއް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ, ފީފާ ވޯލްޑް ކަޕް 2022 ފެށުމުގެ މުނާސަބަތުގައި ގަތަރުގެ އަމީރަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅެއްގައެވެ.
މި ސިޓީފުޅުގައި ރައީސް ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި މި މުބާރާތް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކު ތެރޭގައި ކުޅިވަރުގެ ރީތި ނަމޫނާއެއް ފެނިގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަދި ރައީސް ވަނީ މި ފަހަރުގެ ވޯލްޑް ކަޕް މުސްލިމް ޤައުމެއްގައި ބާއްވާތީ އެކަމާ އުފާކުރައްވާކަމަށާއި، ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތެރޭގައި ގަތަރުގެ ސަރުކާރަށް ކުރިމަތިވި އެކި ކަހަލަ ގޮންޖެހުންތަކާއި ހިކްމަތްތެރިކަމާއެކީ ކުރިމަތިލާތަން ފެނުމަކީ އެކަމުން ހިތްވަރު ލިބޭ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.
ރައީސްގެ އިތުރުން ވޯލްޑްކަޕާއި ގުޅިގެން ގަތަރުގެ ފޮރިން މިނިސްޓަރ ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އާލް ސާނީ އަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފޮނުއްވެވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ގަތަރަކީ ވޯލްޑްކަޕް ބޭއްވޭ ފުރަތަމަ އިސްލާމީ ގައުމަށްވުމާއި، އަދި އެ ގައުމަކީ ކުޑަ ގައުމަކަށް ވުމަކީ ރާއްޖެއިން ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ އެ ގައުމުގައި ވޯލްޑްކަޕް ބޭއްވުމަކީ ކުދި ގައުމުތަކަށްވެސް ކަންކަން ކުރެވިދާނެކަން ފެންނަ ލާމަސީލު މިސާލެއް ކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދިމާވި ގޮންޖެހުންތަކާއި އެކު ވެސް ގަތަރުން ވޯލްޑުކަޕް ބޭއްވުމަށް ނުހަނު ރަނގަޅަށް ތައްޔާރުވެފައި އޮތްކަމަށް ވިދާޅުވެ ޝާހިދު ވަނީ އެކަމަށް ތައުރީފް ކުރައްވާފައެވެ. އަދި ދިވެހިން ތިބީ މިފަހަރުގެ ވޯލްޑްކަޕަކީވެސް ފޯރިގަދަ މުބާރާތަކަށް ވާނެ ކަަމުގެ އުންމީދުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ފޯލްޑް ކަޕް، ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި ރޭ ވަނީ ފަށާފައެވެ. މި މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބު ކުރީ މުބާރާތް ހޯސްޓްކުރާ ގައުމު ކަމަށްވާ ގަތަރު ބަލިކޮށް އިކުއެޑޯ އިން 0-2 ގެ ނަތީޖާއިންނެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ސްކްރީން ބަހައްޓާ, މެޗު ބެލޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ.
މަގޭ އަންހެނުން ލާދީނީ އެމްޑީއެން ގައި އުޅެޔޭކިޔާތަ ރަށުތެރެ.
އެއަށްވުރެއް ރަނގަޅެއްނޫންތޯ، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންނަށް ވެސް ހަމަ ހަމަ އުސޫލުން ކަންކަން ތަނަވަސް ކޮށްދިނިއްޔާ! އުތަމަ ރިޕޯތް ލިޔެ ލާދީނީ ޝުއޫރުތައް ފާޅުކުރުމުގައި އިސްކޮށް އުޅުނު އެތައްބަޔަކަށް ތިމާގެ ސަރުކާރުގެ ބޮޑެތި މަގާމުތަށް ދެއްވައިގެން ހިމާޔަތް ދީގެން އުޅޭ އުޅުމާމެދު މައާފަށް އެދި އެކަން ހުއްޓާލިއްޔާ! އެއްޖިންސުން ގުޅުން ހިންގުމުންވެސް، ރިހާކުރު ފުޅިއެއް ވަގަށް ނެގި މީހާއަށްވުރެއް 7 ގުނަ ލުއި އަދަބެއް! ކޮރަޕްޝަން މުޅި ސަރުކާރުގައި އިންތިހާއަށް! ގައުމު އިންޑިއާއަށް ވިއްކާލާ އެބައިމީހުންގެ ކިބައިން ސަލާމަތް ނުވެވާވަރަށް ދަރުވާލައިފި. އެހެނީ، %100 މުސްލިމް ގައުމެއްގެ ގޮތުގައި އޮވެ، ޝިރުކުގެ އެންމެ ބޮޑު ބިމުގެ ވެރިޔާ މޯދީއާ ގުޅުން ބަދަހިކޮށްގެން އެންމެފަހުން ތިހުރީ މިހާރު ސަލާމަތް ނުވެވޭވަރު ވެފައި. ދެން ކޮން ސިޓީފުޅެއް ފޮނުވާކަށް ތިމަން ވަރަށް އުފާ ކުރާކަމެކޭ ކިޔައިގެން!
ބޭރު ދުނިޔެއަށް ދަޅަ ދައްކަނީ.
އިބޫ ކިހިނެއް ތިކަން އަހަރުމެން ޤަބޫލުކުރާނީ އަމިއްލަގައުމުގައި އިސްލާމްދީނާ ޚިލާފް އެތައްކަމެއް ކުރާއިރު ރިއެކްޓެއްނުވެއވެ. ތިޔައީ މަޝްހޫރުވާން ކުރިކަމެއްގެ ގޮތުގައި ބެލެވެނީ
ކުރިން ބުނި އިންޑިޔާ ގައި ބާއްވާ ނަމަ އުފާ ވާނޭ...މިހާރު ކުރިން ބުނި އެތި ކެންސަލް
ލާދީނީ ކަންތައް މިރާއްޖޭގަ ފަތުރާފަ ދެން ކޮން ވާހަކައެއް ތިދައްކަނީ
ވަރލްޑް ކަޕް މުސްލިމް ޤައުމެއްގަބާވާތީ އަހަރެން ކަންބޮޑުވެފަ ދެރަވޭ. މުސްލިމުންވެސް ހަލަބޮލިވެ މަޑުމައިތިރިއުސޫލު ގެއްލި އިބިލީހައް ހެއްލެމުންދާކަމުގެ ހެއްކެއް.
ކަލޭ ކޮންމެހެން އުފާ ވާނެކަމެއް ނެތް ތިކަމާ. ތީ ބޭކާރު އަނގަތަޅާ މީހެއް. ރާއްޖޭގަ ކިތަންމެ ބޮޑު މައްސަލަގަނޑެއް ހިނގިޔަސް އެއްޗެއް ނުބުނެވޭ. އާއްމު ރައްޔިތުން ފެލަން ޓެކްސް ބޮޑުކުރަންވެސް ފޫގަޅާފަ ހުރިއިރު މާވަރަކަށް ފުއްޕާނެކަމެއް ނެތް. 2023 ހަނދާން ނައްތާލާ!
ހެހެހެހެ. ތީ ވެސް ވަރަށް ބޮޑުވަރެއް. އާއްމުކޮށް ބައެއް މީހުން ރޯވޭ ވާހަކަ އަޑުއަހަން.
މުސްލިމު އެގައުމން ދީނީ ކަންކަން ކާފިރުން އެދޭގޮތަށް ދޫނުދޭކަން ހަނދާނުގައި ބެހެއްޓުންމުހިއްމީ. މިގައުމުގަ ޕްރޮޖެކްޓް ހިންގާ ހިންދޫއިން އެކުރަނީ އެމީޙުންގެ އަޅުކަން މިގައުމުގަ އެއްވެސް ޖެހިލުމެއްނެތި އަދި ދިފާއީ ބާރުން ސެކިއުރިޓީ ދީގެން. އެކަމަށް އެއްޗެކޭ ނުބުނީތީ ހިތާމައަކީ
ހޫ މަނިކުފާނުގެ ސިޔާސަތުތަކުން މަނިކުފާނުގެ ބުރަ މަސައްކަތްތިއީ..މަނިކުފާނު ދީން ކުރިއަރުވަން ކުރި މަސައްކަތްތިއީ ބާރަށް އަތްޖަހ ހާ ސަރުކާރުން ވަކިލާރި ލިބޭމީ ހުން..
އަމިއްލަގައުމުގަ ފާޚިޝް އެތަށްކަމެއް ހިގާއިރު އެކަމަށް އެއްވެސް އަޅާލުމެއްނެތް މީހަކު ތިގޮތަށްވާހަދައްކާނީ މީހުންހައްލަން. ކަލޭއުފާވާނީ ގެރިމޯދީގެ ރަށުގަ ވޯލްޑް ކަޕް ބޭއްވިނަމަ!!!
ރައީސް އަނެންކާ ފަރަންޖީ ގައުމެއްގަ ބޭއްވީމަ ކީރިތި ނުކުރުއްވާތި
ނުކުރޭ ކަލޭމެން. ހަސަދަވެރިވަނީ. އިސްލާމުންގެ ނަން ކިޔައިގެން ލަދުގަނެބަލަ
ހަރާމޭ ކަލޭ އުފާވި ނަމަ. ކަލޭ މާ އުފާވީސް އިންޑިޔާގެ ހިންދޫ ސަރަހައްދުގައި ބޭއްވިނަމަ
އުފާ ވަންޔާ ޤަތަރުން ކުރިގޮތަށް ކަންތައް ކުރަންވާނެ.
ޤަތަރުން ވަނީ އެއާރޕޯރޓް އަންނަ މީހުނަށް ފެންނަގޮތަށް ޤުރްއާންގެ އާޔަތްތަކާއި، ޙަދީސްތަކުގެ ލިޔުންތައް ބަހައްޓާފައި. އަދި ހޮޓާތަކުގައި އިސްލާމް ދީނުގެ މަޢްލޫމާތު ފަސޭހަކަމާއެކު ލިބޭގަތަށް ކިޔޫ އާރު ކޯޑަކުން ވެބްސައިޓަކަށް ވަދެވޭ ގޮތަށް ހަދާފައި. 2000 ދާޢީން ވަނީ ދަޢުވަތު ދެއްވުމަށްޓަކައި ގެންގޮސްފައި. މަޝްޙޫރު ދާޢީ، ޑރ. ޒާކިރު ނާއިކްވެސް ވަނީގެންގަޮސްފައި. މިއީ ރާއްޖޭގައި ވެސް ކުރެވިދާނެކަންތައް. ނަމަވެސް ފެންނަނީ ޔޯގާ، ޢައުރަނިވާނުވާ ހެދުމުގައި ބޮޑ ބިލްޑިންގ ވެސް ބަޢްވަމުންދާތަން.