މީޑިއާނެޓަށް އެކަނި ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތް ދެވޭ ގޮތައް މޯލްޑިވްސް ބްރޮޑްކާސްޓިިން ކޮމިޝަން (ބްރޯޑްކޮމް) އިން ފަހިކޮށްދިން ފުރުސަތުގެ ސަބަބުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި ކޮމިޝަންގެ މެންބަރުން މިއަދު ރައްދުދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ (މަރީ) ވިދާޅުވީ ބްރޯޑްކޮމްގެ ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުގެ އެއްވެސް ބޭފުޅެއް އަދި މަޖިލިސް މެމްބަރަކު ވެސް ކަމެއްގައި ގުޅައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އަންގަވާފައިނުވާ ކަމަށެވެ.

ގުޅުން ހުރި ބައެއް ކަންކަމުގައި މަޝްވަރާކޮށްލަން ބޭނުންވާ ކަމަށް ވިދާޅުވެ މެސެޖު ކުރިއަސް، އެކަމަށް ދެއްވާނެ ޖަވާބެއް އިނގޭނީ ކޮމިޝަންގެ މެމްބަރުންނާއި ބައްދަލުކުރުމަށް ފަހު ކަމަށް ވިދާޅުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ނުހުންނާނެ އެއްވެސް ވަރަކަށް ނުފޫޒެއް އަޅުގަނޑަށް ކުރާ ގޮތަކަށް ވާހަކަދެއްކި މީހަކަށް ވާހަކަދައްކަން ފުރުސަތު ވެސް ދީފައި، އައުޓް އޮފް ދަ ކޮމިޝަން އަދި އިންސައިޑް ދި ކޮމިޝަން ވެސް. އެހެން ނަމަވެސް ޕްރޮފެޝަނަލީ އެ ވާހަކައެއް ދައްކަންޏާ އަޅުގަނޑު ހުންނާނެ އެ ފުރުސަތު ދީފައި. ގައިމު ވެސް އަޅުގަނޑުގެ ރިކޯޑުގައި ނީންނާނެ ކަންނޭނގެ އެ ކަހަލަ ކަންކަމަށް މަގުފަހިވެފައެއް،" މަރިޔަމް ވަހީދާ ވިދާޅުވި އެވެ.

ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް ވިދާޅުވީ އެއްވެސް ނުފޫޒެއްގެ ދަށުވެގެން އެއްވެސް އޭނާ ކަމެއް ކޮށްފައެއް ނުވާނެއެވެ.

"އެއްވެސް ނުފޫޒެއްގައި ޖެހިގެން އެއްވެސް ކަމެއް މި ވޭތުވެދިޔަ މުއްދަތުގައި ކޮށްފައިނުވާނެ. އަދި އިރާދަކުރެއްވިއްޔާ ނުވެސް ކުރާނަން ނުފޫޒެއްގައި ދަށުވެގެން،" ގައިސް ވިދާޅުވި އެވެ.

ގައިސް ވިދާޅުވީ ސިޔާސީ ބޭފުޅަކު ވެސް އަދި ވިޔަފާރިވެރިޔަކު ވެސް ވަކިކަމެއް ވަކިގޮތަކަށް ކުރަން އޭނާގެ މައްޗަށް ނުފޫޒު ފޯރުވާފައި ނެތް ކަމަށެވެ. އޭނާ އާއި ހަމައަށް މީހުންގެ ޝަކުވާތައް އަންނަނީ ޓީވީ ޗެނަލްތަކުން ދައްކާ ޕްރޮގްރާމްތަކާއި ގުޅިގެން ކަމަށް ގައިސް ވިދާޅުވިއެވެ.

މީޑިއާ ނެޓަށް ފަހިވާ ގޮތައް ފާސްކޮށްފައި އޮތް ބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ އިސްލާހް ޑްރާފްޓް ކުރިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއާ ވެސް މަޝްވަރާ ކުރެއްވި ކަމަށް ގައިސް ވިދާޅުވި އެވެ. ނަމަވެސް ގަވައިދު ބަދަލު ކޮށްފައި އޮތީ ބައެއްގެ ނުފޫޒު ދަށުވެގެން ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޝަންގެ މެމްބަރު މުހައްމަދު ފަޒީން ވިދާޅުވި ގޮތުގައި އެ ކޮމިޝަނަށް އޭނާ އައްޔަންކުރެއްވި ފަހުން ސިޔާސީ އެއްވެސް ބޭފުޅަކު، ބްރޯޑްކާސްޓިން އަދި ރީ-ބްރޯޑްކާސްޓިންނާ ގުޅޭ އެއްވެސް ކަމެއްގައި ގުޅައި. ބައްދަލުކޮށް އަދި މަގުމަތިން ފެނިގެން ވެސް އޭގެ ވާހަކަ ދައްކާފައި ނުވާ ކަމަށެވެ.

ކޮމިޝަންގެ މެމްބަރު އާމިނަތު އަމީނާ ވިދާޅުވި ގޮތުގައި އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ސިޔާސީ އަދި ސިޔާސީ ނޫން މީހަކު ވެސް އަދި ބްރޯޑްކާސްޓިންނާ ގުޅުންހުރި މީހަކު ވެސް އޭނާއަށް ގުޅައި މަޝްވަރާ ކޮށްފައިނުވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޮފްދަ ޓޭބަލް ބައްދަލުވުންތަކުގައި މަޝްވަރާކުރުމަކީ އަޅުގަނޑު ބަލައިގަންނަ ކަމެއް ވެސް ނޫން. އަޅުގަނޑުގެ ސައިޑުން، އަޅުގަނޑަށް އެއްވެސް މީހަކު މަޝްވަރާކުރައްވާފައި ނެތޭ، އެ ކަހަލަ ފުރުސަތެއް ވެސް ކުރިއަށް އޮތް ތަނުގައި ވެސް ނުލިބޭނެ އަދި ތި ފާހަގަކުރެއްވި ފައިސާގެ އެއްވެސް ކަމެއް އަޅުގަނޑަށް ހުށަހަޅާފައިނުވޭ އަދި ހުށަހެޅުމުގެ ފުރުސަތު ނުވެސް ދޭނަން،" އަމީނާ ވިދާޅުވި އެވެ.

ކޮމިޝަންގެ ހުރިހާ މެންބަރުން ވެސް ވިދާޅުވީ އެބޭފުޅުންނަށް ނުފޫޒު ފޯރުވަން ވެސް އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފައި ނުވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހުސޭނުބޭ

    އެފަދަ ކަންތައްތައް އަންގާ ބިރުގަންނަވާ ރެސްޜޯރެންޓަތަކުން ކާންދޭލެއް ގިނަކަމުން ކޮޅުންލައިގެން ބުނެވުނު އެއްޗެއް

    17
  2. ހިމް

    ވަކި ބަޔަކަށް ފައިދާވާނެ ގޮތަށް ގަވާއިދު ބަދަލުކުރުމަކީ ކޮރަޕްޝަން.

    19
  3. ހަސަންޓޭ

    ދެން ކީއްވެޔޯ އެގޮތައް ގަވައިދު ބަދަލުކުރީ؟

    21
  4. ކަނބިލި ކުޑައާދަނު

    ނުފޫޒަކާ ނުލައި ވިޔަސް ވަކި ބަޔަކަށް ފަހިވާގޮތަށް ހެދުން އެއީ ވަރަށް ބޮޑު ނުބައެއް. މީގަ މުހިއްމީ ނުފޫޒުތޯ ނޫންތޯ އެއްނޫން. ހިތުން މޮޅުވާހަކަ ތި ދައްކަނީ. ކެކެ

    24
  5. ހެހެ

    .ދެންކީވެ މީޑިޔާ ނެޓުން އެވައްތަރައް އެމީހުން ބޭނުން ގޮތެއް ހެދެނީ..މިއުޅެނީ މީޑިޔާ ނެޓާހެދި ސަލާމައް ނުވެވިގެން

  6. ބޮޑޫވަރު

    އެއްވެސް ނުފޫޒެއްގައި ޖެހިގެން އެއްވެސް ކަމެއް މި ވޭތުވެދިޔަ މުއްދަތުގައި ކޮށްފައިނުވާނެ. އަދި އިރާދަކުރެއްވިއްޔާ ނުވެސް ކުރާނަން ނުފޫޒެއްގައި ދަށުވެގެން،" ގައިސް ވިދާޅުވި އެވެ. މީނައަކީ ކޮރަޕްޓްގެ އައްޕަ. ފައިސާހެދި ބޫތުކައިފަ.

  7. ޓ

    ރައީސް ސޯލިހާ މަސްވަރާ ކުރިކަމަށް އެއޮތީ އެއްބަސް ވެފަ ބަލަ ކަލޭމެންތީ މިނިވަން ބަޔެކޭ....ރާއްޖެ ޓީވީ ގައި އުޅުނު މީހުން ކޮމިޝަނަށް ލީމާ ވާގޮތް ފެނޭނު

    12
  8. ކީކޭބުނާނީ

    މަރީއެވެ. ނުފޫޒްފޯރަނީ ކިހާވަރެއް ވީމަތޯއެވެ. މަރީއެވެ. މިތަންކޮޅު ކިޔާލަބަލާށެވެ. "އާންމުންނަށް ހިލޭ ދައްކަން ޖެހޭ އިވެންޓްތަކުގެ ލިސްޓް ބްރޮޑްކާސްޓިން ކޮމިޝަނުން އިސްލާހުކޮށް އެ ލިސްޓުން ވޯލްޑް ކަޕް އުނިކުރުމާ ގުޅިގެން ޕީއެސްއެމްއަށް ވެސް މަޖުބޫރު ވަނީ އެ މުބާރާތުގެ ރައިޓްސް ރާއްޖެއިން ނަގާފައިވާ މީޑިއާނެޓުގެ އަތުން ގަންނާށެވެ. މިފުރުސަތު ލިބުނީ މަރީމެންގެ ސަބަބުން ނޫންތޯއެވެ. ވަގުންނަށް ހާސްދުވަސް ވެރިންނަށް އެއްދުވަސް

    11
  9. ހަލޯމަރީ

    ކޮމިޝަންގެ ހުރިހާ މެންބަރުން ވެސް ވިދާޅުވީ އެބޭފުޅުންނަށް ނުފޫޒު ފޯރުވަން ވެސް އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފައި ނުވާކަމަށެވެ. 14 ނޮވެމްބަރު 2022 މިނޫހުގައި ޝާއިއުކޮށްފަ އިން ހަބަރަކަށް ރައްދު ދެއްވަން މިހާ ދުވަސް ނަގަން ޖެހުނީ ކީއްވެތޯއެވެ. މައްސަލާގެ ބޮޑު ކަމުން ދިރާސާ ކުރައްވަން ވަގުތު ނެގީތޯއެވެ. ނޫނީ ކޮމިޝަނުގެ އެންމެބޭފުޅުން އެކައްޗެއް އެއްގޮތަކަށް ކިއުއްވަން ވަގުތުކޮޅެއް ނަގަންޖެހުނީތޯއެވެ. ހަގީގަތެއް ނޫންނަމަ ރައްދު ވަގުތުން ދޭންވާނެތާއެވެ. ކަމުގެ މުއާމަލާތްކެޑޭ ފަހުން ރައްދުދިނުމުން އެކަން ބަލައިގަންނަން އުދަގުލެވެ. މަރީ އަޅެ މިހެން ނޫންތޯ

  10. ޏަމް

    ދެންކީއްވެ ރާއްޖޭގަ ހަމަ އެކައެކަނި މީޑިއާނެޓުގެ ހިދުމަތްދެނީ މިހެންވުމުގެ ސަބަބުން ޗެލެންޖުކުރާނެ އެހެން ބަޔަކުނެތުމުން މީޑިއާނެޓުގެ އަގުތަށް ވަނީ ވަރަށްބޮޑަށް އުފުލިފަ މިސާލަކަށް ދިރާގުނަންގަވާ 500 ރުފިޔާއަށް ސިމެއްވިއަކަމުންގޮސް އަތްނުފޯރާފަށުގަ ހުއްޓާ އުރީދޫ އުފަންވީ އެއާއިއެކު ބޮޑުތަނުން އަގުތަށް ި ދަށްވެ ރަށްޔަތުންނަށް ނޭވާލެވެން ފެށުނީ........ .

  11. ހައިރާން

    ވަގަކު ތިމަންނާ މިހުރީ ވައްކަންކޮށްގެންނޭ ބުނާނެތަ! މިހާރު ތިދެއްކެނީ އެޒާތުގެ ވާހަކައެއް. ބުއްދި ސަލާމަތުން ހަމަހޭގައި ހުރި ކޮންމެ މީހަކުވެސް ގަބޫލުކުރާނެ، ތިވަރުގެ ނިންމުމެއް ބަޔަކު މީހުން ނިންމާނީ ވަރުގަދަ ކަންތައްގަނޑެއްގެ އޭގެ ފަހަތުގައި ހިނގައިގެންކަން. ތިޔަށް ކޮރަޕްޝަން ނޫން އެހެން ނަމެއް އެކަކުވެސް ނުކިޔާނެ.

  12. މޮހޮރު

    ނުފޫޒެއްނެތޭ މަޅާލި ރުފިޔާގަނޑެއްއޮތީo

  13. ނަމަ

    ނުފޫޒެއް ނެތި ސޭޓު މުއްސަދި ކުރޭތޯ ބަލަނީކަންނޭގެ

  14. ބަދީއު

    ހުސް ވީޓީވީގަ މަސައްކަތް ކުރިމީހުން ބުރޯޑްކޮމް އަށް ލާފަ ގާސިމް އިބްރާހިމްގެ މީޑިޔާނެޓަށް ފައިދާވާގޮތަށް ކަންކަން ކުރީމާ ދެން އެކަމާ ބެހޭގޮތުން ރައްޔިތުން އެއްޗެހިކިޔާނެ.

  15. ޓ

    ތިޔަ ތަނަށް މަރިޔަން ނުލައިގެން މީޑިއާ ތަކުން ކުރީ ސަރުކާރަށް ކިހާ ފާޑެއްކީ....ކޮބާ މިހާރު....ވޯލްޑްކަޕަށް ވީގޮތް ފެނޭތަ