ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނާއި އެ ހިދުމަތުގައި މަސައްކަތްކުރާ މީހުން އެެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރަން ތަމްރީން އަދި ތާޒާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
ވަކިވަކިން ކުރިއަށްގެންދިޔަ އެ ދެ ޕްރޮގްރާމްގެ ތެރެއިން ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި 145 މީހުން ބައިވެރިވި 143 މީހުން އެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނޮވެމްބަރ 15 އިން 20 އަށެވެ.
ޓެކްސީ ޑްރައިވަރުން ތާޒާކުރުމަށް މި މަހުގެ 21 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި 104 މީހުން ބައިވެރި އެވެ.
ރޯޑް ޕޮލިހުން ކުރިއަށް ގެންދިޔަ އެ ތަމްރީނު ޕްރޮގްރާމުގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
އޭގެ އިތުރުން އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާއި ޓެކްސީ ކުރުމުގެ ގަވާއިދަށް އަލިއަޅުވާލައި އޭގައިވާ މުހިންމު ކަންކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
ތަމްރީނާއި ތާޒާކުރުމުގެ ކޯސް ހިންގަންވީ އެގްޒާމިނަރުންނަށާއި ރޯޑު ޕޮލިހުންނަށް. ޢެއިރުން ޓޮރެފިކު ގަވައިދު ނޭގޭމީހުން ނާށާއި ދުއްވަންނޭގޭ މީހުންނަށް ލައިސެންސް ލިބުންމަދުކުރެވޭނެ އަދި ގަވާއިދާ ކިލާފުވާމީހުންނާމެދު ފިޔަވަޅު އެޅޭލެއް އިތުރުކުރެވޭނެ. ދެންކުރަން ޖެހޭ ކަމަކީ ޓޮރެފިކު ސައިން ބޯޑުތައް މަގުތަކުގަ ޖަހާ ފުރިހަމަ ކުރަންވީ.
ވަންވޭ މަގުތަކަކީ ހިތުދަސްކޮށްގެން އުޅެންޖެހޭނެ އެއްޗެއްކަމަށް ދެކިގެންނުވާނެ. ދުއްވާމީހުންނަށް އެގެންޖެހާނީ ޓުރެފިކް ނިޝާންތަށް. ވަނުން މަނާކަން އަންގައިދޭ ނިޝާން ޖަހާފަނެތް މަގަކަށް ވަނަކަސް އުލުބޭންދިގެން ނުވާނެ.
ފުލުހުން ތިހިންގީ ދެބޯގެރި ދުއްވުމުގެ ޢަމަލެއް.
ފުލުހުންގެ ވާޖިބަކީ ގަވާއިދާއި ޚިލާފުވާމީހުންނާމެދު ފިޔަވަޅުއެޅުން. ޢެކަން ނުކޮށް ދެންކޮން ބަހަނާއެއް ތި ދައްކަނީ. ި ެ ި
އަޅުގަނޑުގެ ސަރުކާރެއްގަ މިކަން ކުރާނީ މިހާރުމިކުރާ ގޮތާއި ދިމާ އިދިކޮޅަށް.
ބޭކާރުކަމެއް 1އަހަރުގެ މުއްދަތަށް ދޭލިޔުމެކޭކިޔާފަ ދެނީ 6 މަސްދުވަހުގެ ލިޔުމެއް..މީކޯއްޗެއް
މިއުޅޭ ޕްރައިވެޓް ހަޔަރ މީވަރަށްމަތީބައެއް..ފުލުހުންވެސް އެމީހުންއުލޭގޮތެއްނުބަލާ...އަނެއްކަ މަކަރު ޓެކްސީ ހެސްކިޔާފަ ..ކިޔާއަޑުއިވޭ ޕޮލޮހުންވެސް މަކަރުޓެކްސީ ސާރވިސް ދޭކަމަށް..އަނެއްކާ ކޮންސެންޓަރެއްގެ ކާރެއްކަމެއްނޭގޭ ޓެކްސީ ހެސްކިޔާފަ...ފުލުހުންނަކަށް ނުފެނޭ.އެކަމު ޓަރެފިކް ބަލަހައްޓަނިއްޔޯ