ރާއްޖޭގެ ވެރިކަން މިހާރު ކުރަމުން އަންނަ މައި ޕާޓީ ކަމުގައިވާ އެމްޑީޕީ އެތައް ޒަމާނެއް ވަންދެން ވެރިކަމުގައި އޮންނާނެ ކަމަށް އެޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ އެމަނިކުފާނެ ގދ. ތިނަދޫއަށް ވަޑައިގެން ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ތިނަދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް އުއްމީދު ނުގެއްލޭ ކަމަށާއި ކުރިއަށް އޮތްތާ ސިޔާސީ ގޮތުން އެމްޑީޕީ އަށް ނާކާމިޔާބުވާކަށް ވެސް ނެތް ކަމަށެވެ.

އެމްޑީޕީ ވެރިކަމުގައި ޒަމާންތަކަކަށް ދެމި އޮންނާނެ ކަމަށާއި އެކަން އެގޮތަށް ކުރަން ޖެހެނީ ޕާޓީގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ މި ރާއްޖޭގެ ވެރިކަމުގައި އެތައް ޒަމާނެއް ވަންދެން އިރާދަކުރެއްވިއްޔާ ތިބޭނެ ބައެއް. އަޅުގަނޑުމެންނަށް މި މަސައްކަތުގައި ދެމި ތިބެވެންޖެހޭ އެންމެ މުހިންމު، ހަމައެކަނި ސަބަބަކީ ވެސް މި ޕާޓީގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންގެ އާންމު ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރުން" ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.

ވެރިކަމުގައި އެމްޑީޕީ ޒަމާންތަކަކަށް ދެމި އޮންނާނެ ކަމަށް ނަޝީދު ވިދާޅުވެފައިވީނަމަވެސް، ސަރުކާރުގެ މަސައްކަތްތައް ހުރިގޮތުން ބައެއް ފަރާތްތަކުން ވަނީ މިސަރުކާރަށް ދެވަނަ ދައުރެއް ނުދޭނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޑައެލޯގް

    އެމްޑީޕީ އެތައް ޒަމާންތަކެއްވަންދެން ވެރިކަމުގައި ހުރެވޭނެ ކަމަކަށް ނުބެލެވެއެވެ. ވެރިކަމުގައި ހުރެވުނަސް ހުރެވޭނީ އިބޫނޫން މީހަކު ކުރިމަތިލައި އަދި މިހާރިއޮތް ލީޑާޝިޕް ބަދަލުވެގެންނެވެ. އެނޫންގޮތަކަށް ލިބެންޏާ ލިބޭނީ ރައްޔިތުން އެހާވަރަށް ގަމާރުވުމެވެ. މި 2 ސަބަބު ފިޔަވާ ސަބަބެއްނުފެނެއެވެ.

    58
  2. މާމީ

    ތީ ހަމަޚިޔާލީ ފޮލާ އިނގޭ

    51
    3
  3. ގިނި

    މައުމޫނު ޒަމާންތަކަކަށް ހުރީމަ މައްސަލައަކީ.؟!
    އޭރު ކަންޏާ ކާނީ އޭނަގެ އާއިލާ ތާ...
    މިހާރު ޕާޓީގެ ހުރިހާ ބޮޑުން ގެ ޢާއިލާ ތައް ކަނީ، ކޮރަޮްޝަނާ ޚަރަދު މަ ބޮޑު، ދަވްލަތް މާ ބޮޑަށް ދަރަނި ވެއްޖެ.

    58
    1
  4. ާދަލޭކް

    ދޮންކަލޯމެންގެ ވެރިކަުގައި ރައޔަތުންގެ ހާލު ރަނގަަަޅު ވާނީ މި ވަރަށް ކަލޯމެން ވެރިކަމަށް ނާންނައިރު އޯރަންޖެއް -/2 މިހާރު -/14. ގިނަ ދުވަހަށް ނުގެންދަވާށި آمين

    66
  5. ޒާ

    ތިހެން ވެދާނެތީނޫންތޯ ހިތާމަޔަކީ؟ އެމްޑީޕީ ޒަމާން ތަކަކަށް ވެރިކަމުގާ އޮތުމަކީ އިރުކޭތަ ހިފުންފަދަ ކަމެއް. ތަރައްގީއެއް ތަނަވަސްކަމެއް ނުލިބި ދިވެހިންގެ އުއްމީދުތައް ނުފުދި ދަތިހާލުގާ ގައުމު ދަރަނީގެ މައްޗަށް ދަރަނިވެރިވަމުންދާ ނާއުއްމީދީ އަޅުވެތި، ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއަނދިރި ދުވަސްތަކެއް

    62
    3
  6. އައްލޭ އެކަބޭ

    މީނާއަށް ތާއީދު ކުރުމަކީ މޯ ކުޅިއާއިލާއަށް ސަޕޯޓު ކުރުން ހާދަހާވާ ހަޑި ނަމެއް ދޯ؟

    އެހެންވީމާ އަހަރެން ތާއީދެއް ނެތް.. ވަރަށް ސަލާމް

    44
    2
  7. ހދތލ

    މިހާރު ވާވަރުވެއްޖެ ދެން ފޭބީއްޔާ ރަނގަޅީ

    42
    2
  8. ހުސެން

    ސޮއެ ކޮށްފަ މިބުނަނީ ކަލޭއާއި އިބްރާހިމަށް ލާހިކެއް ނުން ދެން މި ރާއްޖެ ވެރިކަން ކުރާކަށް ،އެމްޑީޕީ އަކީ މާޒީއެއް ދެން ދިވެހިން ޖަހާނީ އެމްޑީޕީ އަށް ކުޅު

    42
    2
    • ފާޒް

      ތިހެން ބުނެވޭކަށެއް ނެތް. ދިވެހިންނަކީ އެހާ ބުއްދިހުރެބަޔެއްކަމަށް ތާރީޚުން ބަލާފަ މާޒީއަށް ބަލާފަ ބުނެވޭކަށެއް ނެތް. 2011 ގަ އެމްޑީޕީގެ ވެރިކަން ވެއްޓިގެން ދިޔައީ މުޅިދައުލަތް ބޮއްސުންލައި އަދި ގައުމު ބޮޑު ފިތުނަގަނޑަކަށްވެ އިސްލާމްދީން ކުޑާމީސް ކުރަމުންދާކަން އިހުސާސް ކުރެވި ރައްޔިތުން މަގުމައްޗައްނިކުމެގެންނެވެ. އޭރު ހިތަށް އެރި އަދި ގިނަބަޔަކު ބުނަމުންވެސް ދިޔަ ދެން އެމްޑީޕީއަކަށް ވެރިކަމަށް ނާދެވޭނެއޭ. އެކަމަކު ރައީސް ޔާމީންގެ ފާގަތި ފަސް އަހަރު ގައުމު ދުވަަހަކުވެސް ނުދެކޭވަރު ކުރިއެރުންގެނެސްދީފައި ވަނިކޮއް ދިވެހިން އެއްކަލަ ދީނަށް ކަމޭނުހިތާ އަދި ތަރައްގީގެ ތަޖުރިބާއެއް ނެތް އެމްޑީޕީއަށް ވޯޓުދިނީ އެއްވެސްހަގީގީ ސަބަބެއްއޮވެގެނެއްް ނޫނެވެ. މިއަދު ގައުމު ބަނގުރޫޓުކޮއް ދަަރަނިމައްޗައް ދަރަނިޖަހައި ތަރައްގީއެއް ނުގެނެވި އިންޑިޔާގެ ބާރުގެދަށަށް ގައުމުގެ ގިނަކަންކަން ހަވާލުކޮއް އާމްދަނީ ބޮޑުނުކުރެވި ޓެކުސް ބޮޑުކޮއްފަ ގައުމުހެ އިގްތިސޯދު މަރަށްތެޅޭން ދޫކޮއްފަމިދަނީ އެމްޑީޕީއިންނެވެ.

      18
  9. މުހައްމަދު

    އަހަރެމެން ދެކުނިން މިގައުމުގައި ބިރުވެރިކަމާ ނާމާން ކަމާއި ވައްކަމުގެ މޫސުމެއްވެސް

    22
  10. ނާޒިމް ސައްތާރު

    އިބޫއައް ވުރެ ބޯހަރު މީހަކު މިގައުމަކު ނެތް. އޭނަ ހުރީ ގޮތް ދޫކުރާ ގޮތަކައް ނޫން. ކައރީގަ އެނބުރޭ މެހި މާބުރު ތައް ބޯކާލާފަ ހުންނަނީ

    15
    1
  11. ނާދިރާ

    ފިރުޢައުނުވެސް ތިޔަހެން ބުނި. ބޮޑާކަމާ ކިބުރުވެރި ކަމުގަ ޙައްދު ފަހަނަ އެޅި. ތިމާވަރުގެ މީހަކު ނެތްކަމަށް ހީކޮށް ވެރިކަމަކީ އަދި ވެރިއަކީ ތިމާ ކަމަށް ހީކޮށް ތިޔަކަހަލަ ވާހަކަތައް ދެއްކި. ނުބައި ނުލަފާކަމުގައި ހައްދު ފަހަނަ އަޅާގޮސް މީހުން ހިފާ ހައްޔަރުކޮށް މަރާ ހެދި. ނިމުނީ ގެނބިގެން.

  12. ޢިޔާބު

    يالله، يارب العالمين
    .ޖައްބާރު އަނިޔާވެރި ފިރުޢައުނާއި ޕިރުޢައުނުގެ އަނިޔާވެރި ލަޝްކަރު ބަލިކުރެއްވި ފަދައިން އެމްޑީޕީ އާއި އެމްޑީޕީގެ ވެރިކަން ބަލިކުރައްވާ ނެތި ކުރައްވާށި. އާމީން

    24
    1
  13. ކަކޫ

    އަހަރެންނަށް ފެންނަނީ ޒަމާންތަކަކަށް މިބައިގަނޑު ކުޑަކަކުލަށް ތިރިކޮށްފަ ބޭތިއްބުން އެއްޗެއް ވިސްނޭތޯ!

    17
  14. ސަމީނާ

    ގަބޫލުކުރެވޭ ގޮތުގަ އެމްޑީޕީއަކުން އަސްލު އަންނައަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާކަށެއް ބޭނުމެއް ނުވެއެވެ. އެއީ ރާއްޖޭގެ މާލީހާލަތު އޮތް ގޮތުން އެކަމުގެ އެންމެބޮޑު ތަކުލީފު ކުރިމަތިވާނީ ދެން އަންނަ ސަރުކާރަކަށްކަމުގައި ދެކޭތީ އެކަން ހެންޑެލް ކުރުމުގެ ގާބިލިއްޔަތު އެމްޑީޕީގައި ނެތީމައެވެ. އެކަމަކު ސަޕޯޓަރުންނާއި އާންމު މެމްްބަރުން ހިތް މަރާނުލާން އިންތިޚާބުގެ ފޯރީގެ ދަޅަ ކިތަންމެވަރަކަށްވެސް ދައްކަފާނެއެވެ.

  15. ޏަޖަނ

    ލޮލް

  16. Anonymous

    އެބުނީ ހަމަ ތެދެއް 50 އަހަރަށް ދިގުދަންމާލާނެ. މިމީހުން އެއްމެ ޖެހިލުން ވާ މީހަކީ ރައީސް ޔާމީން. ރައީސް ޔާމީން 27 ޑިސެމްބަރުގަ ޖަލަށް ލުމަށްފަހު މިމީހުންގެ ކޭމްޕެއިން ފާށާނެ.

  17. Anonymous

    ދިވެހިންގެ ހުރިހާ އިރެއްގެ ކެއުމުގައިވެސް ޢާއްމުކޮށް މަސްކާނެ.
    އެމަސްދަޅު ވެސް އަގުބޮޑު ކުރީމަ ހިތަށް އެރި ދެން މިނިމުނީއޭ އެމްޑީޕީއަށް ލުން. މިހާރު އަހަރެމެން ކާ އާފަލުކޮޅު އޮރެންޖު ކޮޅުގެ އަގުބަލާފައިވެސް ވޯޓް ނުލާނަން . އެނޫންވެސް ހުރިހާ އެއްޗެއްގެ އަގުވެސް ބޮޑު. ހެޔޮވެރިކަމޭ ކިޔާ ހެދީ ހަމަ ދޮގަށް ވާނީ

  18. ޢަބްދޫ

    ކަލޯ 500 އަހަރު ކިޔަނިކޮށް އަމިއްލަޔަށް ގެނެވުނު ދުސްޠޫރީ ބަގާވާތެއް ބާރުން ނެއްޓި އިސްތިއުފާދިނީވެސް.

  19. މުހަންމަދު

    މާތްﷲ އިރާދަފުޅުން ތި ވެރިކަން ވަރަށް އަވަހަށް ނިމޭނެ....

  20. ވަގެކޭ

    ކެނެރީގެ ނަޝީދަކީ އެއީ ބޮޑުވަގެކޭ ރައީސް އިބޫ އަކީ އެއީ ވެސް ބޮޑުވަގެކޭ ކެނެރީގެ ނަޝީދަށް ހަމަލާ ދިން ކަމަށް ބުނާ ހާދިސާ އެއީ ވެސް ބޮޑު ފޭކެކޭ އެއީ އޭނާ ދައުލަތުގެ ޚަރަދުގައި ކާން ވެގެން އަދި ނިދަންވެގެން އޭނާ އަމިއްލަ އަށް ކޮށްގެން އުޅޭ ކަމެއް ކަމަށޭ މަމެން ދެކެނީ ކެނެރީގެ ނަޝީދު އެއީ ލުއްޗާއެކޭ ކެނެރީގެ ނަޝީދު އެއީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދު އެއީ ލުއްޗާއެކޭ ކެނެރީގެ ނަޝީދު އެއީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދު އެއީ ލުއްޗާއެކޭ ކެނެރީގެ ނަޝީދު އެއީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދު އެއީ ލުއްޗާއެކޭ ކެނެރީގެ ނަޝީދު އެއީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދު އެއީ ލުއްޗާއެކޭ ކެނެރީގެ ނަޝީދު އެއީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދު އެއީ ލުއްޗާއެކޭ ކެނެރީގެ ނަޝީދު އެއީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދު އެއީ ލުއްޗާއެކޭ ކެނެރީގެ ނަޝީދު އެއީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދު އެއީ ލުއްޗާއެކޭ ކެނެރީގެ ނަޝީދު އެއީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދު އެއީ ލުއްޗާއެކޭ ކެނެރީގެ ނަޝީދު އެއީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދު އެއީ ލުއްޗާއެކޭ ކެނެރީގެ ނަޝީދު އެއީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދު އެއީ ލުއްޗާއެކޭ ކެނެރީގެ ނަޝީދު އެއީ ބޮޑުވަގެކޭ

  21. ހިލަ ގިލަ

    ނަޝީދަށް ކެނޑިޑޭޓުކަން ދޭން ހެޔޮ ނުވާނެ- އިޔާޒް