ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބްރޯޑްކާސްޓިން ލައިސަންސް ދޫނުކުރަން ނިންމި ނިންމުމާ ދެކޮޅަށް ދިރާގުން ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރުސަތު މީޑިއާ ނެޓާއި އިތުރު ދެ ކުންފުންޏަކަށް ނުދޭން ސިވިލް ކޯޓުން ނިންމައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވާއިދެއްގެ ދަށުން، ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ލައިސަންސް ނުދޭން ހަމަޖައްސާފައިވާތީ ދިރާގު ޓީވީގެ ލައިސަންސް އާނުކުރަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އެނިންމުން ބާތިލްކުރަން ދިރާގުން ސިވިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. ކޯޓުން ވަނީ އެމައްސަލައިގައި ވަކި ގޮތެއް ނުނިންމަނީ ދިރާގުގެ ލައިސަންސް ބާތިލް ނުވާނެ ކަމަށް ނިންމާފައެވެ.

ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައިގެ ތެރެއަށް ވަންނަން އެދުނީ މީޑިއާ ނެޓާއި އޭދަފުށީ ކޭބަލް ނެޓްވޯކާއި ސްކައި ލައިފް ކޯ ޕްރައިވެޓް ލިމިޑެޓުންނެވެ. ނަމަވެސް ސިވިލް ކޯޓުން މިއަދު ނިންމި އެއިން އެއްވެސް ކުންފުންޏަކަށް އެ މައްސަލާގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދިނުމަށެވެ.

ތިން ކުންފުނިން ވެސް ބުނީ ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި ހިލާފުވެފައިވާ ފަރާތަކަށްވާތީއާއި، ގާނޫނީ ގޮތުން ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ 2014 ވަނަ އަހަރު ބާތިލްވެފައިވާ ކަމަށާއި ދިރާގުގެ ލައިސަންސް އާކުރުމަށް ކޯޓުން އަމުރެއް ކުރުމަކީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގައި ބަޔާންކުރާ އިންސާފުވެރި ވާދަވެރިކަމަށް ހުރަސްއެޅިގެންދާނެ ކަމެއްކަމަށެވެ.

އަދި ގާނޫނާއި ގަވާއިދާއި ހިލާފަށް އޮޕަރޭޓްކުރާ ފަރާތަކާއި އިންސާފުވެރިކަމާއެކު ވާދަނުކުރެވޭނެ ކަމަށާއި ގާނޫނާއި ގާވާއިދުގައި ބަޔާންކުރާ ޝަރުތުތަކަށް ނުފެތޭ ފަރާތެއް ވާދަވެރި ރީބްރޯޑްކާސްޓަރެއްގެ ގޮތުގައި ހިމެނިގެން ނުދިޔުމުގެ މަސްލަޙަތު އެތިން ކުންފުންޏަށް ވެސް އެބައޮތް ކަމަށެވެ.

އޭގެ އިތުރުން ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އާކުރުމަށް ނިންމާ ނިންމުމެއްގެ ސަބަބުން އެތިން ކުންފުނިން ވެސް ތަބާވަމުން އަންނަ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ޤަވާއދުގެ ބާރު ކެނޑުމުން ތިން ކުންފުނީގެ މަސްލަހަތައް ވެސް އުނިކަން ލިބޭނެކަމަށް އެކުންފުނިތަކުން ބުނެފައި ވެއެވެ.

ނަމަވެސް ކޯޓުން ނިންމީ ދިރާގުން ހުށަހަޅާފައިވާ މައްސަލައަކީ ދިރާގުގެ ލައިސަންސް އާ ނުކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި ނިންމުމަކާ ގުޅޭ މައްސަލައަކަށް ވާއިރު، އެ ނިންމުމުގައި މީޑިއާ ނެޓާއި އަނެއް ދެ ކުންފުނީގެ ދައުރެއް އަދި މަސްލަހަތެއް ވެސް ނެތް ކަމަށެވެ.

ދިރާގުގެ ލައިސަންސް ބާތިލް ނުކުރަން ނެރެފައި އޮތް ވަގުތީ އަމުރު ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ގިރި

    މީޑިޔާނެޓް ބޮއިކަޓް ކުރަން އެބަޖެހޭ ރައްޔިތުންގެ ލޭބޯ 4 މަހުޖަނުން ވެގެން ބޯނެއް ބުރުމާ އެބަޖެހޭ ދެން ނުކޮށް އޮތީ މާރުކޭޓް ގޮޅިތަކުގަ ރިހާކުރު ވިއްކުން އެކަނި

    18
    2
    • ޏބބޖބ

      އެތައް ހާސް ދިވެހިންގެ ހިއްސާ އޮތް ދިރާގަށް ވުރެ އިސްކަން ދޭންޖެހެނީ 3 މަހުޖަނުންނަށް ފައިދާ ކުރާ ކަމަކަށްތޯ ؟

    • ހަސަން

      މވަހީދާވެސް މިލެވަލަށް ވެއްޓި މިފަދަ ގަވައިދެއް ހަދަން އިސްނެގުމުން ވަރަށް ލަދުގަންފި.
      ނަޖިސް ކަންތަކާއި ނުގުޅި އިންސާފުވެރިވޭ

  2. ޟަލަ

    މިސަރުކާރުގައި މީޑިއާނެޓް ކާމިޔާބު ނުވާނެގޮތެއް ނޯންނާނެ.

  3. ޓ

    މީޑިއާ ނެޓް...އަހުމަދު . ޢަކުރަމް ކަމާލުއްދީނު. ޢޭޑީކޭ ނާޝިދު. ގާސިމް. ޢެއްވަރުގެ ދަހި މަކަރުވެރި ހަތަރު މީހުން....

  4. ކޮބަޑި

    މީޑިއާ ނެޓާހެދި ދިރިއުޅުމަށްވެސް ބޮޑުވޭނަކަށްވެއްޖެ މީދެން ކިހާބަލާބޮޑު ބައެއް.

  5. ފޮޑިތާސް

    ސަރުކާރުންކީއްވެތަ މިގަވާއިދެއް އުވާނުލެވިގެން މިއުޅެނީ މީކީ ކޯޓާ ހަމައަށް ގެންދަންޖެހޭ މައްސްލައެއްވެސް ނޫންދޯ ތިގަވާއިދު އުވާނުލަން އިބޫ އެއުޅެނީ ގާސިމުމެން އަކްރަމް ކަމާލުއްދީނުމެން އޭޑީކޭ ނާޝިދުމެން ރުޅިއަސްދާނެތީ ބިރުން އެހެން އެއްވެސް ކަމެއް ވެގެނެއްނޫން

  6. ިމުހައްމަދު

    ބަރާބަރު ނިންމުމެއް. މީޑިއާ ނެޓުގެ އުނދަގުލުން ރައްޔިތުން ސަލާމަތްކުރަންވެއްޖެ. މަހުޖަނުންގެ އުނދަގުލާހުރެ މިރާއްޖޭގައި އެހެން ބަޔަކަށް ކަމެއް ކުރިޔަކަ ނުދޭ. އެކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން ނުކުންނަންވެއްޖެ. ހަމަ އެހެން ރިޒޯޓް ހިއްސާ ވިއްކައިގެން ނޫނީ ރިޒޯޓް ނުހިންގޭނެ ގޮތް ހަދަން މަޖިލީހަށް ޕްރެޝަރުވެސް ކުރަންވެއްޖެ.

  7. މީޑިޔާ ނަޓް

    ރައްޔިތުންނަށް ހެވެއް އެދޭނަމަ ދިރާޤް ޓީ.ވީ ގެ ލައިސަންސް އާކޮށްދޭންޖެހޭނެ، ތިމައްސަލައި ދިރާޤަށް ކާމިޔާބަށް އެދެމެވެ.

    3
    1
  8. ނަންނޭގެ

    ދިރާގުން ސަބްސިޑަރީ ކުނފުންޏެއް ހަދާފަ އެކުންފުނީގެ ދަށަށް ދިރާގުޓީވީ ބަދަލުކޮށްލާ