އިންޑިއާ ކަނޑުގެ އުތުރުން ދައުރުވެގެން އަންނަ ނުސާފު ވައި، ރާއްޖެއާ ހަމައަށް ފޯރައި، ރާއްޖޭގެ ވައި ތަޣައްޔަރުކުރުވާ ކަން ދިރާސާތަކުން ދައްކާ ކަމަށް އެންވެރޮމެންޓް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ ވައި ނުސާފްވާ މައްސަލައިގައި އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވައި ނުސާފުވުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި "ލޯކަލް" އަދި ސަރަހައްދީ ގައުމުތަކުގެ ވައި ތަޣައްޔަރުވުން ހިމެނޭ ކަމަށެވެ.

އަދި "ލޯކަލް" ވައި ނުސާފުވުމަކީ ރާއްޖޭގައި މިހާރު ދިމާވެފައިވާ ބޮޑު ކަންބޮޑުވުމެއް ކަަމަށް އެ މިނިސްޓްރީން ބުނެފައިވާއިރު، ރާއްޖޭގެ ވައި ތަޣައްޔަރުވުމަށް ކުރިމަތިވާ މައިގަނޑު ސަބަބުތަކަށް ބަލާއިރު އިންޖީނު ލީ އުޅަނދުތަކުން ބޭރުކުރާ ދުން، ކަރަންޓު އުފެއްދުމާއި އިމާރާތްކުރުމުގެ ސިނާއަތް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

އަދި މި ދުވަސްވަރު ރާއްޖެއަށް ކުރިމަތިވެފައިވާ ވައި ނުސާފުވުމަކީ ހުޅަނގުން އިރަށް ވައި ބަދަލުވުމާއި ގުޅިގެން އިރުދެކުނު އޭޝިއާ ސަރަހައްދުން އަންނަ ހިރަފުހާއި ދުމުގެ ސަބަބުން ދިމާވެފައިވާ ވައި ނުސާފުވުމެއް ކަަމަށްވެސް ބުނެފައި ވެއެވެ.

ސަރަހައްދީ ވައި ނުސާފުވުމަކީ މޫސުމާ ގުޅިފައިވާ ކަމެއް ކަމަށާއި، މިގޮތުން، ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމާއި، މޫސުން ބަދަލުވާ މުއްދަތުގައި ރާއްޖޭގެ ވައި ނުސާފުވެ، ފުސްކަން އިތުރުވެގެންދާ ދުވަސްވަރެއްކަމަށް ފާހަގަކުރެވޭ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

"މީގެ އިތުރުން މި ދުވަސްވަރަކީ ދެކުނު އިންޑިއާގެ ފިނި މޫސުން ފެށުމާ ދިމާކޮށް ދަނޑުވެރިން ފަޅު އެންދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާ ދުވަސްވަރެއް. ދިރާސާތަކުން ދައްކާ ގޮތުގައި އިންޑިއާ ކަނޑުގެ އުތުރުން ދައުރުވެގެން އަންނަ ނުސާފު ވައި، ދިވެހިރާއްޖެއާ ހަމައަށް ފޯރައި، ދިވެހިރާއްޖޭގެ ވައި ތަޣައްޔަރުކުރުވާ". އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މީގެ އަސަރުތައް އެންމެ ބޮޑަށް ކުރަނީ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށެވެ.

މޫސުމީ ވައި ނުސާފުވުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ވަނީ ތަފާތު ދިރާސާތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން، 2015 ވަނަ އަހަރު ސްޓޮކްހޯމް ޔުނިވަރސިޓީއާއި ދިވެހިރާއްޖެއާ ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި މާލޭގެ އެއް އަހަރު ދުވަހުގެ އެވްރެޖް ކޮންޓްރިބުއުޝަން އަށް ބަލާއިރު،ވައި ނުސާފު ކުރުވާ މާއްދާއެއް ކަމަށްވާ PM2.5ގެ 70% ހިއްސާ ކުރަނީ އަވައްޓެރި ގައުމުތަކުން ބޭރުކުރާ ގޭހެވެ. "ޕާރޓިކިއުލޭޓް މެޓަރ"ގެ ކުޑަބޮޑުމިނަށް ބަލައި، މި މާއްދާ ކެޓަގަރައިޒްކުރެވެއެވެ. އެގޮތުން، ޕާރޓިކިއުލޭޓް މެޓަރގެ ތެރޭގައި ހިމެނޭ ވައިގެ ތެރޭގައި ދައުރުވާ ލޮލަށް ފެންނަވަރުގެ ކުނޑި، ހިރަފުސް އަދި ދުމުގެ އިތުރުން ވައިގެ ތެރޭގައި ދއުރުވާ ލޮލަށް ނުފެންނަ ކުނޑި އަދި ދިޔާ ތަކެއްޗަކީ ނޭވާލުމުގެ ނިޒާމުން ހަށިގަނޑަށްވަދެ ފުއްޕާމެއާއި ހަމައަށް ވާސިލުވެ، ސިއްޙަތަށް ނުރައްކާ ކުރުވާ އެއްޗެކެވެ.އަދި އިރުވައި މޫސުމުގެ ވައި ނުސާފުވުމުގެ 90% ހިއްސާއކުރަނީ ދުރު ސަރަހައްދުތަކުން ބޭރުކުރާ ނުސާފު ވައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަނީ

    އިންޑިއާ އަކީ މުސީބާތެެއް ރައްޖެއާ ޖެހިފަ އޮތް

    15
    2
  2. ލަކީ

    ހެހެ ކުރީދުވަހުވެސް މަބުނިން ފެންސެއް ޖަހާ ށޭ ނޫނީ އިންޑިޔާ ރާއްޖޭގެ ބެލުމުބެ ދަށަށް ގެންދާށޭ ކޮން މެ ގޮތަކަށް ވިޔަސް 2023 ހުގަ އަޅުގަންޑު މެއްނަށް ކާމިޔާބު ވެއްޖެއްޔާ އިންޑިޔާ ގެ ވެރިކަން ކުރާނީ އަޅުގަންޑު

  3. ފާއިޒާ

    ޔާމީނުކައިރީގަބުނޭ އިންޑިއާއިދުރަށް ދިވެހިރާއްޖެގެންގޮސް ޗައިނާއާއިކައިރީގަ އެންކަރުކޮށްލާށޭ

    3
    6
  4. އހ

    އީޕީއޭ އިން ޖެހޭނެ ގެއްލުމުގެ ބަދަލު ހޯދަން. މީހުންގެ ޞިއްހަތަށާއި ތިމާވެއްޓަށް އެހާ ގެއްލުންވޭ. ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 ބިލިއަން ޑޮލަރު ކޮންމެ އަހަރަކު އިންޑިޔާ އަތުން ހޯދާ!

    10
    1
  5. ލލ

    ވައި އެކައްޏެއްނޫން، މުޅިގައުމު މިއޮތީ އެމީހުންގެ ނުފޫޒުން ތަގައްޔަރުވެފަ...

  6. މުރަވަކި

    އިންޑިއާ 200 ބިލިއަން ޑޮލަރުން ޖޫރިމަނާކުރޭ ގައިމު ރާއްޖޭގެ ފަރަށް އުރޭބޯޓުފަހަރުން 20 ބިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކުރޭ އެކަމާ މިކަމާހުރި ތަފާތަކީ ކޮބާ އީޕީއޭއިން ޖަށްވަށްގޮސް ޖަށްވުގަ ފީނާފަ ވީގެއްލުން އެގައުމަށްހިއްސާކުރޭ.