ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި މައްސަލަ ބަލަން ފަށައިފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލު ވަގުތަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނަހުލާގެ މައްސަލައެއް ހުށަހެޅީ މީގެ ދެ ހަފްތާ ވަރު ކުރިން ކަމަށެވެ.

އެ މައްސަލަ ބެލުމާ ގުޅޭ ގޮތުން މިހާރު ގޮތެއް ނިންމައި މައްސަލަ ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ މައްސަލަ ނިމޭނެ ތާރީހެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަހުލާއާ ގުޅޭ ގޮތުން އާންމުންގެ މީހަކު ހުށަހެޅި މައްސަލައިގައި ތަފްސީލެއް މީޑިއާ އޮފިޝަލު ނުދެއްވަ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި ނަހުލާގެ މައްޗަށް ކުރެވެނީ ގަވައިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްދީ އޭގެން މާލީ ތަނަވަސްކަން ހޯދަން އުޅުނުކަމުގެ ތުހުމަތެވެ.

އެކަމާ ގުޅޭ ގޮތުން ނަހުލާއަށް ފޯނުން ގުޅުމުން ޖަވާބު ނުދެއްވާތީ ނަހުލާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ގަވައިދާ ހިލާފަށް އެއް ގަމުލީ އުޅަނދުތައް އެއް ގަރާޖަކަށް ރަޖިސްޓްރީ ކޮށްދިނުމަކީ މާލޭގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިނގަމުންދާ ކަމެކެވެ. އެ މައްސަލައާ ގުޅިގެން ގަރާޖު ސިޓީ އުވާލަން ވެސް މަޖިލީހުގެ ތެރެއިން މީގެ ކުރިން މަސައްކަތް ކޮށްފައި ވެެއެެވެ.

ނަމަވެސް އެކަމުގައި މިހާތަނަށް ކުރިއެރުމެއް ނުލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ގުއިދައިތަ

    ތީ ހަމަ ޖަމަލު ފޮޑި

  2. Anonymous

    ނުބަލާނެ. ސޭޓް ހިތްދަތިވެދާނެ.

    10
  3. ޑައެލޯގް

    ތިއީ ގާސިމުގެ ހުއްދައާއެކު 2023 އަންނާތީވެ އިބޫ ރައްޔިތުންނަށް ވަރަށް އިންސާފުކަން ދައްކަންކުރާކަމެކެވެ. ތިކަންދާނީ ބޮނޑުނަގުލަށެވެ. އެއްކަމެއްވެސް ނުކުރާނެއެވެ.

    12
  4. ނަނަނަ

    އޭސީސީން މި މައްސަލަ ބަލަނީ ނަހުލާ ރީތިކަމުން.. އެހެންވެ ނޫހުގަ އޭނަގެ ވާހަކަ ލިޔަނީވެސް..

    12
    2
    • ހަސަނު

      ހެހެހެހެ ބޮޑަށް އެނގޭނީ ތީނަޔަށް...ތިދަންނަ ިިިިިިިިިިިިިިިިިިިިިވިއްޔަ!!!

      4
      1
  5. ހުސޭނުބޭ

    މިފަހަރު އޭސީސީ ދެލޯ ކަނުވާނެ/ ސޭޓް މިހާރު ހުންނާނީ ލާރިދީފައި

  6. ށޯނާ

    ފޫނެތް ފަޔަތް ފެންފުރާ ބަޔެއް ޢޭސީސީ އަކީ. ޢެހެން ބަޔަކު ބެލިޔަސް މާފައިދާވާނެ މި ގައުމަށް. މަރު އަންނައިރުވެސް ބޭކާރު އަމަލުތައް ކުރުމުގަ އަވަދި ނެތި.

    11
    1
  7. Anonymous

    ބޭންކް އޮފް މޯލްޑިވްސް ގައި 38 ވަގުން އެބަތިބި ކަމަށް ވެސް މީގެކުރިން އޭސީސީ އިން ބުނި. ކޮބާ އެ 38 ވަގުން ވަކިކުރިތަ؟ މިހާރު އެމީހުންގެ މަގާމުތައް ވެސް މަތިވެއްޖެ. އޭސީސީ = ޖަމަލުފޮޑި

  8. ސޭޓް

    ބޮޑާކަމާއި ކިބުރުވެރިކަމުގެ ލާމަސީލު މިސާލެއް،