ޓްވިޓާގެ ސީއީއޯ އީލޯން މަސްކް އަނެއްކާވެސް ޓްވިޓާ ބްލޫ އިފްތިތާހުކޮށްފިއެވެ.

އީލޯން މަސްކް ޓްވިޓާ ބްލޫ އިފްތިތާހުކޮށްފައިވަނީ ޓްވިޓާގައި އީލޯން ޖަހާފައިވާ ވާހަކަތަކާއި ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އީލޯން ޓްވީޓްކޮށްފައިވާ ބައެއް ވާހަކަތަކުގެ ތެރޭގައި ސިޔާސީ ވާހަކަތަކާއި، ޖެންޑާ ޕްރޮނައުންއާއި އެމެރިކާގެ ސަރުކާރުން ކޮވިޑް 19ގެ ހާލަތަށް ޖަވާބުދާރީވެފައިވާ ގޮތްވެސް ހިމެނެއެވެ.

އީލޯން މި ހިދުމަތް ފުރަތަމަ އިފްތިތާހު ކޮށްފައިވަނީ ޓްވިޓާ ހިންގުމާއި ހަވާލުވިތާ 10 ދުވަސް ފަހުންނެވެ. އެފަހަރު އެތައް ބަޔަކު ވަނީ މަޝްހޫރު ކުންފުނިތަކުގެ ފޭކް އެކައުންޓް ހަދާ ޓްވީޓްތައް ކޮށްފައެވެ.

މިފޭކް އެކައުންޓް ތަކުގެ ސަބަބުން މި ހިދުމަތް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނެވެ. ޓްވީޓާ ބްލޫއަށް ސަބްސްރައިބް ކުރާ ފަރާތްތަކަށް ނޫކުލައިގެ ވެރިފައިޑް ޗެކް މާކް ލިބިގެންދާނެއެވެ. މި ހިދުމަށް ހޯދާފަރާތް ތަކުގެ އަތުން މަހަކު 8 ޑޮލަރު ނަގަންނިންމާފައިވެއެވެ. އެޕަލް ޑިވައިސްއިން 11 ޑޮލަރު ނެގޭނެއެވެ.

ލިބިގެންދާ ޗެކް މާކްގެ ތެރެއިން ކުންފުނިތަކުގެ ޗެކް މާކް ރަންކުލައިގައި އަދި ސަރުކާރުތަކުގެ ކުންފުނިތަކާއި އޯގަނައިޒޭޝަން ތަކުގައި އަޅިކުލަ މިހަފްތާގެ ފަހުކޮޅުން ފެށިގެން ފެނިގެންދާނެކަމަށް ޓްވިޓާއިން ބުނެފައިވެއެވެ. މިވަގުތު މިހިދުމަތް ދޭން ނިންމާފައިވަނީ އެމެރިކާ، ކެނެޑާ، އޮސްޓްރޭލިޔާ، ނިއުޒީލެންޑް އަދި އިނގިރޭސިވިލާތަށެވެ. ކުރިއަށް އޮތް ތަނުގައި މި ހިދުމަތް ފުޅާކުރާނެކަމަށް ބެލެވެއެވެ.

ކްރިއޭޓިވް ސްރެޓެޖީގެ ޓެކް އެނަލިސްޓްއެއް ކަމަށްވާ ކެރޮލައިނާ މިލާނިސީ ބުނެފައިވާގޮތުގައި މަސްކުގެ ސިޔާސީ ވިސްނުންފުޅު ތަކަކީ ޓުވިޓާއަށް ކުރިއަށް އޮތް ތަނުގައި އުނދަގޫ ފޯރަފާނެ ކަމަށް ވެދާނެއެވެ.