ހުޅުމާލޭގައި 5.6 މެގަވޮޓުގެ ސޯލާރ ހަކަތައިގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތަށް މާލެ-ހުޅުމާލެ ލިންކް ރޯޑުގެ ހުޅުމާލެއިން މާލެ ދަތުރުކުރާ މަގުގެ އެއް ލޭނު ވަކި ވަގުތުތަކެއްގައި ބަންދުކުރުމަށް ނިންމައިފިއެވެ.

މި ޕްރޮޖެކްޓަކީ ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ތައިލޭންޑުގެ އެންސިސް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކެޓެކެވެ.

އެ މިނިސްޓްރީން ބުނީ، އެ ލޭން ބަންދު ކުރަނީ މި މަސައްކަތުގެ ތެރެއިން މާލެ-ހުޅުމާލެ ލިންކް ރޯޑުގެ މޫދާވީ ފަޅީގެ ސްޓްރަކްޗަރ ހަރުކުރުމުގެ މަސައްކަތްކުރުމަށް ކަަމަށެވެ.

ބަންދު ކުރަން ޖެހިފައިވާ ސަރަަހައްދު

މި މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ. އެގޮތުން ބަންދުކުރަން ހަމަޖެހިފައިވަނީ ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:30 އިން 11:30 އަށް އަދި މެންދުރު 13:30 އިން 04:30 އަށެވެ.

މި މަސައްކަތް ނިންމާލެވޭނެކަމަށް އަންދާޒާކުރެވެނީ 05 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހުއެވެ.

އެ މިނިސްޓްރީން ބުނީ މަގު ބަންދުކުރުމުގެ ތަރުތީބު އަދި ގަޑިތަށް ކަނޑައެޅިފައިވަނީ ކަމާއިގުޅޭ ހުރިހާ ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.

"އަދި މި ގަޑިތަކުގައި ލިންކް ރޯޑްގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުކަން ދިނުމަށް މިކަމާއި ގުޅޭ އެންމެހައި އިދާރާތަކުން އިލްތިމާސްކުރޭ". އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހާޟިދު ޝާޙިދު

    ތި ކުރެވެނީ ވަރަށް ނުރައްކާ ކަމެއް، ބާރަށް އެއްޗެތި ދުއްވާ ބޮޑު ހައިވޭއެއްގެ ދެމަގު ދޭތެރޭ ތިކަން ކުރީމާ، ދެކަމަކުން ނުރައްކާވޭ! ކޮންޓްރޯލް ނެއްޓިދާ ވެހިކަލެއް ސޯލާ ޕެނަލްތަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ވުން! ނޫނީ، އޭގެ ރޭޑިއޭޝަނުން ދުއްވާ މީހުނަށް އެކިއެކި އަސަރުތައް ކުރުން.

  2. ިމުހައްމަދު

    ސޯލާ ޕެނެލް ބެހެއްޓުމުން މުޅި ސަރަހައްދުގެ ގުދުރަތީ ވިއު އެއްކޮށް ގެއްލިގެން ހިނގައްޖެ. ޖައްސަން އަންނަ މަތިންދާ ބޯޓުގައި ތިބޭ މީހުންނަށް ފެންނަންވާ ރާއްޖޭގެ ރީތިކަމުގެ ބަދަލުގައި ފެންނާނީ ސޯލާ ޕެނެލްތަކެއް. އަދި ތިޔައީ ދަގަނޑުން ހަދާފައިވާ ގިއުގަނޑެއްގައި ހަރުކުރާ އެއްޗަކަށްވާތީއާއި ލޮނުގެ އަސަރު ތިސަރައްދުގައި ބޮޑުކަމުން ތިޔަ ދަގަނޑު ގިއުގަނޑު ބެލެހެއްޓުމުގެ ޚަރަދު ވަރަށް ބޮޑުވާނެ.

  3. Anonymous

    ހަވީރަކީ ބާރު ބޮޑުވާ ގަޑިއެއްކަން މިމީހުނައް ނުވިސްނޭކަން.