ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލައިގައި ޝަރީއަތް ސިއްރުކޮށްދޭން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ޝިއާ މަރާލާފައި އޮއްވާ ފެނިފައިވަނީ ހ. ޝީރީން ވިލާގެ ނުވަ ވަނަ ފަންގިފިލާއިން މިދިޔަ އޮގަސްޓް މަހުގެ ހަވަނަ ދުވަހުއެވެ. ޝިއާގެ މަރާ ގުޅިގެން އެރޭގެ ވަގުތެއްގައި ސީނުން ވަނީ ފ. ނިލަންދޫއަށް ނިސްބަތްވާ ޒުވާން ސްކޭޓަރު އަލީ ޝާހިލް ހައްޔަރު ކޮށްފައެވެ.

އެ މައްސަލައިގައި ޝާހިލްގެ މައްޗަށް ފަސް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ވަނީ ހުށަހަޅާފައެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އިއްޔެ ވިދާޅުވިގޮތުގައި، ޝާހިލްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން އިތުރު 4 ދައުވާއާއެކު, އެކު ޖުމްލަ ފަސް ދަޢުވާ ކުރުމަށް ކޯޓަށް ހުށަހަޅައިފައިވާ ކަަމަށެވެ.

އޭގެ އިތުރުން، އޮރިޔާންކާޑު ގެންގުޅުމާއި، ކެނެބިސް ބޭނުން ކުރުމުގެ ދަައުވާވެސް އޭނާގެ މައްޗަށް ކޮށްފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވަނީ އޭނާގެ މައްޗަށް ދައުވާ ކުރާ އިތުރު ދައުވާތަކުގެ ތަފްސީލު ހާމަ ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޝަރީއަތް އެއްކޮށް ސިއްރުކޮށްދިނުމަށް އެދިފައެވެ. އެހެން ނަމަވެސް ކޯޓުން އަދި މިކަމާއި މެދު ގޮތެއް ނުނިންމައެވެ.

ޝިއާ މަރާލި މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ވިދާޅުވީ، ޝިއާ މަރާލަން ޝާހިލް ބޭނުން ކުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް އެގެއިން ފެނިފައިވާ ކަމަށެވެ. އަދި އެހާދިސާ ހިނގިއިރު، ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން ޝާހިލް ހުރީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ސިއްރުކުރާނެ ކަމެއް ނެތް. ރައްޔިތުންނަށް ދެފުށް ފެންނާނެހެން ހާމަކޮށް ތިޝަރިއަތް ހިންގަންވީ.

  2. ބަރަނި

    އަދިވެސް ސިއްރު ކޮއްގެން ގާތިލުން ނަށް ހިމާޔަތް ތޯ ދޭންވީ! ޙުކުމް ވެސް ސިއްރު ކުރަންފެނޭ!

  3. މަބޭ

    ޕީޖީއިންއެދުނުގިތައް ތިޔަސަރީއަތް ސިއްރޔކޮއްދޭންވާނެ އަދި ހުކުމްވެސް ސިއްރުކޮއްދޭންވާނެ އަދަބެއްލިބިއްޖެނަމަ އެކަންވެސް ސިއްކުކޮއްދޭންވާނެ

    10
  4. ޕީޖޭ

    ކީއްވެތޯ ދައުލަތުން ޝަރީޢަތް ސިއްރު ކުރުމުގެ ބޭނުމަކީ؟؟ މި މަރުގެ މޯޓިވްއަކީ ޝައިތޯނިޒަމް ކަމަށް ބެލެވޭ..ޝައިތޯނުންނަށް (ދައްޖާލު) އަށް ކަމަށް ބެލެވެނީ..

  5. ރަން ރީނދޫ

    ބޭނުމަކީ ލާދީނީން ގެ އަގު ހިފަހައްޓައި،އެމީހުން ހިމާޔަތް ކުރުން. ލާދީނީ މީހުންގެ ނުރައްކާ މީހުންނަށް ފޮރުވުން.