މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ވެރިކަމެއްގައި ދަނޑުވެރިންގެ ޖީބަށް ސީދާ ޑޮލަރު ވަންނަ ގޮތް ހަދައި ދޭނެ ކަމަށް އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ސިޔާމް ކުރެއްވި ޓްވީޓެއްގައި އެމްޑީއޭގެ ވެރިކަމެއްގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިގައުމަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ ތިން ބައިކުޅަ އެއްބަޔަކީ ރާއްޖޭގައި ހައްދާ ތަކެތި ކަމުގައި ހަދާނެ ކަމަށެވެ. އަދި ދަނޑުވެރިންނަށް ޑޮލަރު ލިބޭ ގޮތް ހަދައި ދެއްވާނެ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަޑުމެންގެ ވެރިކަމެއްގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިގައުމަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ 1/3 އަކީ ރާއްޖޭގައި ހައްދާ ތަކެތި ކަމުގައި ހަދާ ދަނޑުވެރިންގެ ޖީބަށް ސީދާ ޑޮލަރު ވަންނަގޮތް ހަދައި ދޭނަން،" ސިޔާމް ވިދާޅުވިއެވެ.

ރާއްޖެއަށް ބޭނުންވާ ގިނަ އަދަދެއްގެ މޭވާ އާއި ތަރުކާރީ އެތެރެ ކުރަނީ ރާއްޖެ އިން ބޭރުންނެވެ. އަދި ރާއްޖޭގައި ހައްދަނީ ވަރަށް މަދު ބާވަތެއްގެ ތަރުކާރީ އާއި މޭވާއެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ސިޔާމް ވަނީ ނިންމަވައިފައެވެ.

ސިޔާމް ކުރިން ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބޭނުން ޖެހިފައިވާ ކަންކަން ކޮށްދެއްވުމުގެ ދަހިވެތިކަން ކުޑައިރުއްސުރެ އޮންނަ ކަމަށެވެ. އެހެންވެ، މިކަން ކުރުމުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ވިޔަފާރިވެރިޔާ ސިޔާމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ސިޔާމަށް ނ. އަތޮޅުގެ އިތުރުން ދ. އަތޮޅަކީ ތާއީދު ބޮޑު ދެ އަތޮޅެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އަނެއްކާ އަނެއްހަކަންތަށް މި ލައްވާލީ ، އެމް ޑީ ޕީ ވެރިކަމުގައި މަސްވެރިންގެ ޖީބަށް ، ފައިކޭޓަށް ، އަންބޮޑިޔަށް ، ވޮލެޓަށް ، ބޮކުސާ ތެރެޔަށް ޕައުންޑު ވަދެ ތާށިވެގެން ހިނގައި ނުގަނެވިގެން މި އުޅެނީ ، މީނަ ދަނޑުވެރިންނަށް ،،،

    15
  2. ރަން ރީނދޫ

    އަނެއްކާ އަނެއް މީހާ ،ދިވެހީން ގުނބޯ ހައްދަން އެފެށީ. ސިޔާމު،ކަލޭ މޮޔަވެބަލަ.

    18
  3. ޖުހާ

    ކޮންމެ ދަނޑުވެރި އަކަށް ހުދު އަހެއް ބޭނުމީ....

    21
  4. އާދަމްބެ

    ނަނާ ހުވަފެން ދުށީމޭ....ސީދާ ކަލޭގެ ޖީބު ބޮޑުކުރަން ދައްކާވާހަކަތީ. ކާކު ކަލެއައް ވޯޓްލާނީ. ރާއްޖޭގައި ކަލޭ ނޭނގޭ މީހަކު ހިޔެއްނުވޭ އުޅޭނެހެނެއް. އެއްނޫނަސް ކަލެއައްލިބޭނީ އެއްމެ 5 ޕަސެންޓް ވޯޓް. ދެން ލަ....ލަ..ލާ

  5. ދިސްވޭއިން

    ކެނެރީގެ ނަޝީދު ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ ރައީސް އިބޫ އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ އެމްޑީޕީ އަކީ އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ މިޗޮއިސް ތަކުގެ އިރުއޮއްސިއްޖެއޭ ރައްޔިތުންނަށް ހުރި އަދި އޮތް ޗޮއިސް އަކީ ޓްރެކް ރިކޯރޑް އޮތް ބްރިޖް އަޅަން ދަންނަ 250 ބުރިއަށް އިމާރާތް ކުރަން ދަންނަ ގަޓް އަދި އަޒުމް ވަރުގަދަ އަދި ފިރިހެންވަންތަ ކަންކަން ކުރާ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް ޔާމީނޭ އިޓްސް ދަ ޕީޕަލް ޗޮއިސް ވަޓްސް ޔުއަރ ޗޮއިސް މައި ޗޮއިސް އިޒް ކްލިއަރ މައި ޗޮއިސް އިޒް ގަޓް ރައީސް ޔާމީން މައި ޗޮއިސް އިޒް ކްލިއަރ މައި ޗޮއިސް އިޒް ގަޓް ރައީސް ޔާމީން އެމްޑީއޭ ވެސް ރާއްޖޭގެ ވެރިކަން ހޯދަން ބޭނުންނަމަ މަމެން ޕިންކީން ނާއި ގުޅެންވީއޭ އެއިރުން ޗައިނާ އިން ފަންޑް ޔުނޭނިމަސް ކޮށް ލިބޭނެ ކަން އެއީ ޔަގީންވެ ކަށަވަރުވާކަމެކޭ އިންޑިއާ ޖެހޭނީ މަހަށްދާން ޗައިނާ ގާތު ފަންޑްގެ ވާހަކަ ދައްކަން ބޭނުންނަމަ...

    6
    1
  6. ޙައްގުބަސް

    ކަލޭމެން ރައްޔިތުން ގުނބޯ ހެއްދުން ހުއްޓާލާނީ ކޮންއިރަކުންތަ؟ ކިހާ ބޮޑު ވެއްޖެކަމެއްތަ މިއީ!! މިސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އައްޑޫ ސިޓީއަށްގޮސް އައްޑޫ ސިޓީ ރައްޔިތުން ކުރިމަތީ ބުނި “އައްޑޫ ސިޓީއަށް ވައްދާނީ ހުސް ޕައުންޑޭ” އެހެން ބުނެފަ އައި މީހާ ވީތަނެއް ނޭގި އެބުނާ ޕައުންޑެއް އައްޑޫ ރައްޔިތުންނަށް ނުފެނި ފަސް އަހަރު މިވަނީ!! އޭނަ ކުރިކަމަކީ އައްޑޫ ހިނގަހިގާ ހުރި ރިސޯޓްތައްވެސް ބަންދުކުރީ!! މިވަރުގެ މީހުން ހައްތާވެސް މިއުޅެނީ ރައިސް ޔާމީން ފިޔަވާ!! ކޮންމެ އިންތިޚާބަކާ ދިމާކޮށް ހޮރުހޮރުން ނިކުމެ ރައްޔިތުން ގުނބޯ ހެއްދުން ފިޔަވާ ކުރާ އެއްކަމެއްވެސް ނެތް!

  7. ޗާބޫކުން

    ދެ ރައީސުންގެ ޕްރައިމަރީގައި 57،000 މީހުންނަށް ވޯޓުލެވޭ ކަމަށް ތަމެން އެމްޑީޕީން ބުނި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ އެމްޑީޕީގެ މެމްބަރުންގެ ދަފްތަރުގައި ހަރާމް މެމްބަރުންގެ އަދަދު ގިނަ ކަމަށް މަމެން ހެދި ސަލްމިއުޓޭނިއަސް އީކްއޭޝަން އިން ދައްކައިފިއޭ އެކްސް އީކްއަލް 2 ދެން ސަބްސްޓިޓިއުޓް ކުރުމުން ވައި އަށް އަންނަނީ 10 ދެން އަންނޯން އީކްއޭޝަން ސަބްސްޓިޓިއުޓް ކުރުމުން ޒެޑް އަށް އަންނަނީ 30 އޭ އަސްލަކީ އެކްސް އީކްއަލް 2 އޭ މީސޮލިއުޝަން އަކީ އެމްޑީޕީ ގައި ތިބި ކޮންމެ 2 މެމްބަރަކަށް ޕީޕީއެމްގެ 30 މެމްބަރުން ދެން ތިބި ޕާރޓީ ތަކުން 10 މެމްބަރުން ވަނީ ވައްދާފައޭ މީ ސީދާ ވައްކަން ކޮށްގެން ވެރިކަމަށް ފާވެ އިންޑިއާގެ ވަގުންނާއި ގުޅިގެން ރާއްޖޭގެ ވިޔަފާރި ވެރިން ފުނޑާލަން ވެރިކަން ކުރާ އެމްޑީޕީއޭ އެމްޑީޕީ އަކީ އެއީ މުރުތައްދު ޑިވެލޮޕްމެންޓް ޕާރޓީ އޭ އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ހެޔޮނުވާނެއޭ އެމްޑީޕީ އެއްވެސް ބަދައްވަކު ރާއްޖޭގެ ވެރިކަމަށް ގެންނަން އެމެން ތަޅާނީ ރައްޔިތުން ގުދަށް ބާއްވާ ރައްޔިތުން ގުދާރުގައި ޗާބޫކުންނޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް އަވަހަށް އެޗާބޫކުނޭ ގެންދަވާ...

  8. ހިންދު

    މިސަރުކާރުން މަސްވެރިންނަށް ހަމައަގު ހޯދައިދިންވަރަށް އަނެއްބޭފުޅަކު އަނެއްވައުދެއް. މިފަހަރު ދަނޑުވެރިން މުއްސަދިކުރަނީ. މިސަރުކާރުން މަސްވެރިން މުއްސަދި ކޮށްދީފި. އިބޫ މިފަހަރު ވަޑާންކުރާ މީހުން މުއްސަދިކުރަން ވަޢުދުވާތި. ބޯހަލާކު.

  9. ލަދެއް ހަޔާތެއް ނެތް ދޯ

    އައްޑޫ މީހުންގެ ޖީބަށް ޕައުންޑް ވަން ފަދައިން ދޯ؟

  10. މުހަންމަދު

    މި ބޭފުޅާ އަނެއްކާ މޮޔަފުޅު ވީބާ؟

  11. Anonymous

    މީބީތާވެގެން އުޅޭ ކަނޑުކޮހެއްތަ؟؟ކަލެއަށް މިރާއްޖޭގެ ވެރިކަންދޭން ރައްޔަތު މޮޔަވީތަ؟؟

  12. ޢަހައްމަދު

    މަގޭ ( ޖ - ބ ) ވެރިކަމެއްގައި ޝަވަރ ޖެލް އަގުހެޔޮ ކުރާނަން.....

  13. ބޭކޮއި

    ތިޔަޕާޓީގެވެރިކަމެއްގާދަޑުވެރިންތިބޭނެތޯ؟
    އެމީހުނަށްރަންކަށިންތޯއައިވީގުޅާނީ؟
    ވެރިކަމާއިނުތޮޅި އުއްޗްމެންއުޅޭއަރާމާއިހަރާމްގާމަނިކުފާނުމެންވެސްއުޅެބަލަ
    މާލާރިގިނަވެއްޖެއްޔާ ގަޑުކޮށްބަހާބަ އެއްވެސްކަހަލައެދުމަކާނުލާވެދުންކޮށްބަލަ
    މިގައުމުގާއެއްދައުރުވެރިކަންކުރީއްޔާފަސްދައުރު
    ޖަލުގާ ހަމަޔަގީން ހުއްޓާލާ ބޮލަށްސަވާރުވެގެންތިވަސްވާސްދެނީކޮންމެވެސްބަދަލެއްހިފަންއުޅޭމީހަކާއިވައްތަރީ ވިސްނާ ވިސްނާ ވިސްނާ

    10