މިމަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ދާއިމީ ވޯޓާސް ލިސްޓް އާއްމުކޮށްފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

ރިޔާސީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ދާއިމީ ވޯޓާސް ލިސްޓް މިއަދު އާއްމުކުރިއިރު ނަޝީދު އާއި އެމަނިކުފާނުގެ ކެމްޕޭން ޓީމުން ގެންދަނީ އެމްޑީޕީގެ 39000 މެންބަރުން ޕާޓީން ވަކިކޮށްފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާދީއްތަ ދުވަހު ބަންދުވި އިރު 900 އެއްހާ މީހުންގެ ޝަކުވާ ލިބިފައިވާ ކަމަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާ ކޮމެޓީން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން 683 މީހުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި އެއްވެސް ޕާޓީއެއްގައި ނުހިމެނޭ ކަމަށާއި 212 މީހުންނަކީ އެހެން ޕާޓީތަކުގެ މެންބަރުން ކަމަށް ކޮމެޓީން ވަނީ ވިދާޅުވެފައެވެ.

އޭގެ ތެރެއިން މިދިޔަ އަހަރު ޑިސެމްބަރު 18 ގެ ނިޔަލަށް އީސީގެ ދަފްތަރުގައި އެމްޑީޕީގައި ރަޖިސްޓާ ކޮށްފައި ތިބި މެންބަރުން ފިޔަވައި އެހެން އެއްވެސް މެންބަރަކު ވޯޓާސް ލިސްޓަށް އިތުރު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް ކޮމެޓީން ވަނީ ވިދާޅުވެފައެވެ.

ޕްރައިމަރީގެ ފޯރި ގަދަވަމުން އަންނައިރު ރައީސް ސޯލިހް އަށް ތާއީދު ކުރާ ފަރާތްތަކުންނާއި ނަޝީދަށް ތާއިދު ކުރާ ފަރާތްތަކުން ވެސް އަންނަނީ ބަހުގެ ހަމަލާތައް ދެމުންނެވެ. އަދި ނަޝީދު އަންނަނީ ސަރުކާރަށާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ނަމަވެސް އަދި ރައީސް ސޯލިހް ނަޝީދަށް ފާޑުވިދާޅުވެ ވާހަކަފުޅެއް ނުދައްކަވައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގދ.މަޑަވެލީ ކަތީބު

    ލިސްޓުގައި ނަން އެބައޮތް އެކަމަކު އިބޫއަށް ދޭނެ ވޯޓެއް ނެތް ޕްރައިމަރީ ކާމިޔާބު ކުރިޔަސް އިބޫއަށް ވޯޓެއް ނުދޭނަން. ސަބަބަކީ އޭނަޔަކީ އޭނަގެ އަމިއްލަ ސިކުނޑިން އެއްގޮތަކަށަ ވެސް ވިސްނަން އެގޭ މީހެއްނުންވީމަ

    8
    1
  2. އައުޓް

    އެމްޑީޕީ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އެފްކޮންސް އައުޓް ޓާޓާ އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް އެމްޑީޕީ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އެފްކޮންސް އައުޓް ޓާޓާ އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް އެމްޑީޕީ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އެފްކޮންސް އައުޓް ޓާޓާ އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް އެމްޑީޕީ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އެފްކޮންސް އައުޓް ޓާޓާ އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް އެމްޑީޕީ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އެފްކޮންސް އައުޓް ޓާޓާ އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް އެމްޑީޕީ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް އެފްކޮންސް އައުޓް ޓާޓާ އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް

    • ސައިބޯނި

      މިނޫން ގޮތެއް ބޭނުން ވަނީ ބޭނުމެއްނޫން މިބައިގަނޑެއް

  3. މުހައްމަދު

    މަޑަވެލިކަތީބު ކަލޭވެރިކަމަށް އަންނަންވީނުން

    1
    3
  4. ފާނަ

    ޕްރައަމަރީގައި ކޮންމެ ނަތީޖާ އެއްނިކުތަސް ރިއާސީ އިންތިހާބު މިފަހަރު އެމްޱީޕީ އަށް ލިބުން އެއީ ވަރަށް ދުރުގައި ވާ ކަމެއް މިފަރު ހަރުދަނާ ކަންދައްކާ ރަނގަޅު މެނިފެސްޓޯއަކާއިއެކު ޖުމްހޫރީ ޕާޓީ އިން ކާމިޔާބު ކުރުމަކީ ވަރަށް ގާތް ކަމެއް ތުކި ސޮރީ ޕީޕީއެމް އެމްޱީޕީ ވެރިކަމާއި ދުރު

    1
    1
  5. ސަބީޙު

    ހިންނަވަރޭ އަކީ ނުކިޔަވާހުރި މީހެއް ކިހިނެއް ޤައުމެއްގެ ވެރިކަންކުރާނީ، ޤައުމަށްވަމުންދާގޮތް އެންމެހާ ރައްޔިތުންނަށް މިދަނީ ފެންނަމުން.

  6. ކޮއިމަލާ

    ލިސްޓް އާމުކުރިޔަސް ވަޔަކު ނުހިފާނެ 8ޕަސެންޓް ބޮޑު މުއްސަދި މީހާ ގޮސްދާނެ ވޯޓް ލާން