ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ ކެމްޕޭންގައި މާދަމާ ހަވީރު ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ނަޝީދުގެ ކެމްޕޭން ޓީމުން ބުނާ ގޮތުގައި މާދަމާ ހަވީރު 16:30 ގައި ނަޝީދާ އެކު ހިޔާ ފްލެޓް ސަރަހައްދުގައި ހަވީރުގެ ސައި އޮންނާނެއެވެ. ބައްދަލުވުމުގެ އިތުރު ތަފްސީލެއް ނަޝީދުގެ ކެމްޕޭން ޓީމުން ނުދެއެވެ. މިއީ ނަޝީދު ހިޔާ ފްލެޓް ސަރަހައްދުގެ ކެމްޕޭން އިވެންޓަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ނަޝީދު ހިޔާ ފްލެޓް ސަރަހައްދަށް މާދަމާ ވަޑައިގަންނަވާއިރު އެމަނިކުފާނު މީގެ ކުރިން ވަނީ އެމަޝްރޫއުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެކި ފަހަރުމަތިން ވާހަކަދައްކަވާފައެވެ.

އެންމެ ފަހުން ނަޝީދު ހިޔާ ފްލެޓްތަކާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ހިޔާ ފްލެޓްގެ ސެކިއުރިޓީ ބެލެހެއްޓުން އެއީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ހިޔާ ފްލެޓްގެ ކުލި މި ސަރުކާރުން ބޮޑު ކުރުމުން އެކަން ދިފާއުކޮށް ވެސް ނަޝީދު ވާހަކަ ދައްކަވާފައި ވެއެވެ. ނަޝީދު ވިދާޅުވާ ގޮތުގައި ހިޔާ ފްލެޓް އަޅާފައި ވަނީ މާބޮޑު އަގެއްގައެވެ.

ނަޝީދު ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގަންނަވާއިރު އެމަނިކުފާނު ހިޔާ ފްލެޓްތަކާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ކުރިން އަމާޒުވެފައި ވެއެވެ،

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މާމީ

    ހިޔާފުލެޓަކީ މީނައަކާ ބެހޭތަނެއްނޫން

    31
  2. ހޮއްކޮ

    ކަލޭމެންނަށް ރައްޔިތުން ފެލުން ނޫން ކަމެއްދަސްވެފައިނެތް އިބޫއަކަސް ޔާމިނަކަސް އަނި ވިޔަސް ހަމަ އެކައްޗެއް ރައްޔިތުންނާ ދޭތެރޭ ކިޔާވެސް ވިސްނާލީ މައުމޫނު

    8
    18
    • ވިސްނާލުމަށް އެދެމޭ

      މައުމޫނު ވިސްނިވަރުން އަހަރެމެންގެ ދަރިންގެ ދަރިން ބޮޑުވިއިރު އަ ދިވެސް ނަޖިހުން ތާހިރުނުވެވޭ...މައުމޫނުގެ ހެޔޮކަންލިބުނު މީހުން މިހާރުތިބީ މޑޕގަ..ރޔާމީން ނޫނީ ދިވެހިންނާ ދިވެހިގައުމަށް ކަމެކޮއް ދިން މީހެއްނެތް...

      19
      3
  3. ދަރަނި ދަންތުރަ

    ހިޔާ ފުލެޓުތަ ؟ ނޫނީ ކޮތަރު ކޮށިތަ ؟ ލަދުގެ ކަންފުޅެއްވެސްނެތް.....

    31
  4. ކެނެރީ

    އިންސާނުން އުޅެން ހެޔޮވާވަރު ތަނެއްވެސްނޫން ، ނަސީދު ތިޔަތަނަށް އެލާޖިކު ނުވާނެބާ ؟

    28
  5. ފަހަރި

    ފުލެޓު ދޮންބެ ތިތަނަށްގޮސް ފުލެޓުނުވާތި

    26
  6. ލައިލާ ނައްޓި

    ގުއިރައްވާލާތި ދިޔައިމަ. ލަދެއްވެސްނުގަނޭ އެތަނަށް ދާކަށް!!

    26
  7. ވިސްނާލުމަށް އެދެމޭ

    މޑޕ ގެ ރީ ދޫ ކޮތަރުތައް ލަ ދުކޮބާ.....

    14
  8. ޅަކޮތަރު

    ޢެދުން ބޮލަށްއެރީމާދޯ ރައްޔިތު މީހާމަތިން ހަދާން ވަނީ !

    16
  9. ނޫހު

    މިހާރު ރައްޔިތުން ފެނިގެން އެ އުޅެގަތީ ކުރިން ހަލާގިރިއަކަށް އަރައިގެން އުޅުނީ މިތަނުގެ އިސްލާމީ ވަންތަކަށް ވަގަށް ނަގަން އުޅޭ މީހެއްތީ މިރަށުން ބޭރުކުރޭ

    20
  10. ކުޑަކޮތަރު

    4 ފާރުހަމަތޯ ބަލަންތޯ ؟ ކީތްކުރަންބާ ތިދަނީ ހިޔާފުލެޓް މީހުންދެއްކިވާހަކަ އަޑުނީވުނު ބަޔަކު ތިމީހުންދައްކާވާހަކަ އަޑުއަާނެހެން ހާދަހީނުވޭ

  11. ހއ

    އަހަރުމެންނަކީ ރާޢްޖެތެރޭމީހުން. އަހަރެމެން ކައިރިއަށް ވޯޓް ހޯދަން އަންނާނެ ކަމެއް ނެތް. ނަސްލީ އިމްތިޔާޒް ގެންގުޅޭ އެމްޑީޕީ މީހުންނަށް އަހަރެމެން ދޭނެ ވޯޓެއް ނޯންނާނެ.

    10
  12. އަލީ

    ދިރިއުޅެން ހެޔޮވާވަރުތަނެއްނޫނޭ ކޮތަރުކޮއްޓޭ ބުނިކަމަކައްވެސް ނުވާނެ ފިނިޝިންނިއްމަން ދިން ލާރިކޮޅު ދިޔަދިމާލެއްވެސް ނޭގޭ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެޔް. ލަދެއްހަޔާތެއް ހުރިބަޔަކުނަމަ ނުދާނެ އެތަނަކަށް އެވަރުއަރުވާލި އެމީހުންނަށް

    10
  13. އަބްދޫ

    ހިޔާ ފްލެތ1ް ތައް ނުނިންމާ 4 ގާގަނޑު ދޭން ޖެހުމުގެ އަސްލަކީ ތިޔަ ނަސީދު ހިޔާފްލެޓްގެ ފިނީސިން އަށް ޗައިނާ ސަރުކާރުން ދޭން ހަމަޖެހިފަ އޮތް 46 މިލިއަންޑޮލަރު ދޫނޮކޮށް ހިފެހެއްްޓީ މި ނަސީދު ޗައިނާސަރުކާރާއި ދިމާކުރަން ފެއްޓުމުން .ޗައިނާ ސަރުކާރުން ރާއްޖެއަށް އެހީ ނުދޭން ފެށީވެސް މި ނަސީދު ގެ ސަބަބުން . މި ނަސީދުގެ 3 އަހރު ގެތެރޭ ގައުމަށް ވަރަސް ބޮޑުގެއްލުން ދިން . ދަރަނި 26 ބުިލިއަނަށް ފިނޭންސްގަ ޕޭކުރަންޖެހޭ 2.5 ބިލިއަންރުފިޔާގެ ބިލް . ސިވިލް ސާވިސް މުސާރަ ނުދީ 800 މިލިއަން ރުފިޔާ . ބިދޭސީންގެ ޑިޕޮޒިޓް އެޖެންސީ ފައިސާ 1.2 ބިލިއަން ރުފިޔާ ޖުމަލަ ދަރަނި 30.5 ބިލިއަން ރުފިޔާ އަށް ގައުމު އެރުވުމަށް ފަހު އަތޮޅާއި ރައްރަށުގެ އެކައުންޓް ތަކުގާ ހުރި 20 ބިލިއަން ރުފިޔާވެސް އަތޮޅާއި ރައްރަށުގެ ރައްޔިތުންނަށް އެގުމަކާއި ނުކާ ކަހާލި އަދި އަތޮޅުތަކާ ރަށުރައްޔިތުން ހިންގަމުންދިޔަ އިންޖީނުގެތަކުގެ އެކައުންޓް ތަކުގާ ހުރި އެތައް މިލިއަނެއްވެސް ކައްވާލި މިރޭ މީނަޔާ ސުވާލޔުކުރޭ.

  14. ގަބުޅިބާދަލާ

    ތިޔާސަޔަކީ ސިހުރު ހާދަފަދޭ ސައި. މީނާއަށް ހިތްޖައްސުވަން.ލަދެއްވެސް ނުގަނޭ. ހިޔާފްލެޓްސަރަޙައްދައްވަންނާކަށް. ރާޑަިކުރާންޖެހޭނީ މީނާ.