ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލައި، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިކަމެތި ކުރުމަކީ ސަރުކާރުން ހަދާ ގޯހެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޔާމީންގެ ގާނޫނީ ވަކީލުކަން ވެސް ކުރައްވަމުން ގެންދަވާ ޖަމީލް މިރޭ ވަނީ ސަރުކާރުން ހަދަމުން ގެންދާ ބައެއް ގޯސްތައް ކަމަށް ވިދާޅުވެ ތިން ކަމެއް ފާހަގަ ކުރައްވާފައެވެ.

ޖަމީލް ވިދާޅުވީ މި ވެރިކަމުގައި ބާރަށް ކުރިއަށްގެންދާ ބައެއް ގޯސްތަކަމަށް ބަލާއިރު ފުރަތަމަ ގޯހަކީ ސިޔާސީ ދަޢުވާގައި ޔާމީން ޖަލަށްލުމެވެ. އޭގެ އިތުރުން ވަޒީފާގެ ބިރުދެއްކުމާއި ނަޝީދަށް ކުރިމަތިކުރާ ނިކަމެތިކަމަކީ ވެސް މިވެރިކަމުގައި ބާރަށް ކުރިއަށް ގެންދާ ގޯހެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ވެރިކަމުގައި ހަދަމުން ގެންދާ ގޯސްތައް ފާހަގަ ކުރެއްވުމަށް ފަހު ޖަމީލް ވިދާޅުވީ ކާމިޔާބީއަކީ ރައްޔިތުންގެ ޙައްޤެއް ކަމަށެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު އެމަނިކުފާނުގެ މައްޗަށް ދައުލަތުން ދައުވާކުރި މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވިކަމަށް ވަކީލުންނާއި އަދި ސަޕޯޓަރުން ވެސް ތުހުމަތު ކުރެއެވެ. ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ގެންދަނީ ނަޝީދު ނިކަމެތި ކުރަމުން ކަމަށް ޖަމީލް ވިދާޅުވިއިރު މީގެ ކުރިން ވެސް ޖަމީލް ވަނީ ސަރުކާރުން ނަޝީދާ މެދު ކަންތައް ކުރަމުން ގެންދާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށް ޓްވީޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަޝީދު

    މަށާއި ބެހޭ ގޮތުން ބޮނޑި ބަތް އެ ދެއްކީ ސަތޭކާއިގެ ވާހަކަ އެއް! ޝުކުރިއްޔާ ޑރ ޖަމީލު

    4
    1
  2. Anonymous

    މިހުރިހާ ސިޔާސީ މީހުންނަކީ ގުޅިގެން އުޅޭ ބަޔެއްކަން މިފެންނަނީ. ރައްޔިތުންގެ ބޯކާލައިގެން ގައުމުގެ ޚަޒާނާ ދިރުވާލަން މިމީހުން މިއުޅެނީ. ރައްޔިތުންނަށް އެބަވިސްނޭތަ؟

  3. މުދި މުދި

    ޔާމިނުއާ ބެހޭގޮތުން ހާދަ ހަޑިކޮށޭ މިޖަމީލު ވާކަދައްކާފަހުރީ ހަމަސީދާ މުނާފިގެއް

  4. ޕީޕ އެމް މީހާ

    3އިރު ބޮނޑިބަތް ފަރީކުޅުއްވުމަކީ ސިކުނޑިޔަށް ގެއްލުންވެ ބޯގޮވާކަމެއް ޖަމީލޫ