މި އަހަރު ތެރޭގައި ރ. އަލިފުށީ އެއާޕޯޓަށް ފްލައިޓް ޖެއްސޭނެކަމުގެ އުއްމީދު އެބަ އޮތް ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އިއްޔެ ވިދާޅުވެއްޖެއެވެ.

އަލިފުށި އެއާޕޯޓް ޓާމިނަލްގެ ބިންގާ އެޅުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ އެއާޕޯޓު މަޝްރޫއުގެ ދަށުން އެންމެ އުނދަގޫ ވަނީ ޓާމިނަލް އެޅުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން އަލިފުށީ އެއާޕޯޓް ޓާމިނަލް ހަދަން 17 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ އިރު, ދެން ކުރިއަށްދާނީ ރަންވޭއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މި އަހަރުގެ ތެރޭގައި އަލިފުއްޓަށް ފްލައިޓް ޖެއްސޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުންމީދު ކުރަން ވާނެ އަބަދުވެސް ކިތަންމެ ދަތިވިޔަސް ކަންތައްތައް ކުރަން. އަޅުގަނޑުމެންނަށް ކުރެވެން އެންމެ ރަނގަޅަކަށް ރައްޔިތުންނަށް މަސައްކަތްކޮށް ދޭން ޖެހޭ. އަދި އަޅުގަނޑުމެން ކޮށްދެން ވާނީ ކޮށްދެވެން އޮތް އެންމެ ރަނގަޅަކަށް،" އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައި އޮތް މަސައްކަތެއް ގަޑިއަށް ނިންމުމަށް އެ ކުންފުނިން ނުކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހުރިހާ މަސައްކަތެއް ކޮށް ބަލާނަން މިކަން ކޮށްދެވޭތޯ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ރައްޔިތުން ތަރައްގީ ބޭނުންވެގެން އުޅޭތާ އެތައް ސަތޭކަ އަހަރެއްވެއްޖެއެވެ. މި ބާރު ސްޕީޑްގައި ތަރައްގީ އަންނަން ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައި ފަހުން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ޒައިން އެންޑް ބިލްޑް އުސޫލުން ސެޕްޓެމްބަރު 1، 2021 ގައި އެމްޓީސީސީއާ ހަވާލު ކުރި މި މަޝްރޫއުއަކީ އަގުގެ ގޮތުންނާއި މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތުގެ ދަށުން އެ ކުންފުނީގެ 42 އަހަރުގެ ދިގު ތާރީހުގައި ސަރުކާރުން އެ ކުންފުންޏާއި ހަވާލުކުރި އެންމެ ބޮޑު މަޝްރޫއެވެ.

އަލިފުށީ އެއާޕޯޓު ޓާމިނަލްގެ ބިންގާ އަޅައިފި

ޖުމުލަ 451.61 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެ ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް ހާއްސަކޮށްގެން ހިއްކާ ބިމެވެ. ބާކީ 40.5 ހެކްޓަރުގެ ބިމަކީ އެއާޕޯޓް އެޅުމަށް ހިއްކާ ބިމެވެ. ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި 480 މީޓަރުގެ ގްރޮއިންއެއްވެސް ގާއިމުކުރާނެއެވެ.

އެއާޕޯޓް މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ, އޭޕްރަން އަދި ސާވިސް ރޯޑު ހެދުމާއި ޓާމިނަލް ބިލްޑިން އަކާއި ފަޔާ ބިލްޑިން އެއް އެޅުމާއި އަލިފާން ނިއްވާ އާލާތްތައް ބެހެއްޓުމާއި 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޯޑު

    މިއަރު ނިމުމުގެ ކުރިން އެއަރ ޕޯރޓްގަ ފުލައިޓެއްނޫންޖައްސާނީ ތިތަނައް ވެލާބިސް އަޅާނީ

  2. ލާދީނީ އައުޓް

    ކޮމަންޑޫ އައްވެސް ވަރަށް ހުވަފެން ދެއްކި. ވޯޓު ނިމުން ފަހުން އެތާ ޖައްރާފު އެއޮންނަނީ ވެލިފުނި ދެކޮޅައް ޖައްސާލަ ޖައްސާލަ. އިބޫ އައުޓް 2023

  3. ބޯދިގުޒައީމް

    މިމީހުންގެ ކެހިވެރިމަޅީގަޖެހި ވޯޓްބަދަލުނުކުރައްވާ ގެއްލިގެންދާނީ ދުނިއެއިން 10 އަހަރު ރިއެކްޓް ނުކުރާ މިހާރު ޖީބުންހަރަދު ކުރާނަމަ ކޮއްމެ ކަމެއްވެސްމިދަނީ ހުއްދަވަމުން ދެންފެއްނާނީ އެބަޔަކު ދިރިއުޅޭކޮއްމެތަނެއްގަ ކުރާއަމަލްތައް ވެސްހުދަވާތަން އިތުރު 5 ވެއްޖެނަމަ މިހާރު ނޫސްތަކުން ގެނެސްދީފަހުރި ޑުރަގުބުއިމުގެ ހުކުމާމެދުވިސްނާލުންމުހިއްމު މިއަދުގެޒުވާނުން ބަދަލްވާނީ މާދަމާޕައްޕަޔަކައް ޒިއްމާއުފުލާ މީހުނައް މުޖުތަމައަށް ހިދުމައްކުރާމީހަކައް މިހާރުމިދާސްޕީޑްގަދާނަމަ 5 ހެއްނުވާނެ ފަހަރިމެންތިބީވަކިލާރިގުނަން ސެޓްފިކެޓައް

  4. ާދަލޭކް

    ވާއެއް ނުވާއެއް ނޭގޭ ކަމަށް ވާނަމަ ކާން ފަސޭހަވާނެ. އެކަމަކު މާދަ އަކީ ޔަޤީނުންން ވެސް ތިހުރިހާ ކަމަކާ ވެސް ސުވާލު ކުރެވޭނެ ދުވަހެއް.

  5. އައްލާގެ އަފީފް

    ދެން ބުނެބަލަ ކަލެއާ ތިއުޅޭ އިބިރިހިމާ އާއި ދެމީހުންގެ ޖީބުން ޚަރަދު ކޮށްގެންނޭ އެއަރޕޯޓް އަޅަނީ؟ ދައުލަތުގެ ޓެކްސް ފައިސާ ބޭނުންކޮށްގެން އިންތިހާބަށް ކެމްޕެއިން ކުރަނީ ބަލަ ލަލޭމެން ވައުދުވާން ވީނުންތަ ތިމަންނަގެ އަތުގައި ހުރި ފައިސާއިން އެއަރޕޯޓް އަޅައި ދޭނަމޭ ހުވާ ކޮށްފަ މިބުނީ ނުކެރޭނެ ބުނާކަށް ވޯޓް ހޯދަން ހުރިހަ ޚަރަދެއް ތިކުރަނީ ރައްޔިތުންގެ ފައިސާއިން