ރ. އަލިފުށީ އެއާޕޯޓު ޓާމިނަލްގެ ބިންގާ އިއްޔެ އަޅައިފިއެވެ.

އަލިފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޓާމިނަލްގެ ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލިހުގެ އަލިފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެ ރަށު ކައުންސިލުގެ ރައީސް އާދަމް އިމްރާނެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެއާޕޯޓު ނިމުމުން:

  • މި ސަރަހައްދުގެ ވައިގެ ދަތުރުފަތުރު އާ ޒާމަނަކަށް އަލިވިލޭނެ.
  • ފަތުރުވެރިކަމާއި ވަޑާން ކުރުމާއި ބޯޓް ޔާޑްގެ ވިޔަފާރި ފުޅާވާނެ.
  • އެއާއެކު، އިގްތިސާދު އާ މިސްރާބަކަށް ބަދަލުވެގެން ދާނެ.
  • އަލިފުށީ ސަރަހައްދުގައި އާ ރިސޯޓު އުފެދި ގެސްޓްހައުސް ވިޔަފާރި ފުޅާވާނެ.

އެމްޓީސީސީން ބުނި ގޮތުގައި މި އެއާޕޯޓުން ފުރައިގެން 20 މިނެޓު ތެރޭގައި ރ. ވާދޫ, ރ. ރަސްގެތީމު, ރ.އަނގޮޅިޓީމު އަދި ށ. ކޮމަންޑޫއަށް ދެވޭނެއެވެ.

ޒައިން އެންޑް ބިލްޑް އުސޫލުން ސެޕްޓެމްބަރު 1، 2021 ގައި އެމްޓީސީސީއާ ހަވާލު ކުރި މި މަޝްރޫއުއަކީ އަގުގެ ގޮތުންނާއި މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތުގެ ދަށުން އެ ކުންފުނީގެ 42 އަހަރުގެ ދިގު ތާރީހުގައި ސަރުކާރުން އެ ކުންފުންޏާއި ހަވާލުކުރި އެންމެ ބޮޑު މަޝްރޫއެވެ.

ޖުމުލަ 451.61 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެ ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް ހާއްސަކޮށްގެން ހިއްކާ ބިމެވެ. ބާކީ 40.5 ހެކްޓަރުގެ ބިމަކީ އެއާޕޯޓް އެޅުމަށް ހިއްކާ ބިމެވެ. ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި 480 މީޓަރުގެ ގްރޮއިންއެއްވެސް ގާއިމުކުރާނެއެވެ.

އެއާޕޯޓް މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ, އޭޕްރަން އަދި ސާވިސް ރޯޑު ހެދުމާއި ޓާމިނަލް ބިލްޑިން އަކާއި ފަޔާ ބިލްޑިން އެއް އެޅުމާއި އަލިފާން ނިއްވާ އާލާތްތައް ބެހެއްޓުމާއި 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    ރ. އަތޮޅު އަލިފުށީ ވަށައިގެންވާ ކަނޑަކީ ގަދަ ކަނޑެއް ކަމަށް ޤަބޫލް ކުރަމެވެ. އިބޫ ވެރިޔަކަށް ހުރެ ކަންކަން ކުރަންވާނީ އެންމެނަށް ހަމަހަމަ ކޮށެވެ. އިބޫގެ އަންހެނުން ފަޒްނާ ގެ ކޮއްކޮ ގެ ފިރިމީހާ މަޖްލިހަށް ހޮވިފައިވަނީ އަލިފުށީ ދާއިރާ އިންނެވެ. މި ސަބަބަށްޓަކައި އަލިފުށީގައި އެއަރޕޯޓެއް އަޅައިފިނަމަ އެއީ ބޭއިންސާފުން އިބޫ ކުރިކަމެއް ކަމަށް ބެލެވޭނެއެވެ. މި އެއަރޕޯޓް ގެ ރިކަރަންޓް ޙަރަދު ވެސް ނު-ޗަލާނެއެވެ. އިބޫ ގެ ހުރިހާ ކަމެއްވެސް މިހުންނަނީ، "ކާފަ އަށް މަސް" މިހެންނެވެ. އަމިއްލަ އެދުމުން ފޯ-ވެފަ ހުރި މީހެކެވެ.

    6
    1
    • ޝާފީ

      ރިކަރަންޓް ހަރަދަކީ ވައްޒަފުންނަށް މުސާރަ ދިނުމާއި އެއަރޕޕޯޓް ބެލެހެއްޓުމަށް ދާނެ ޙަރަދު.

  2. އަލިފުށީ ކަތީބު

    ގދ.ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލުގެ ބިންގާ އެޅިގޮތަށް ބިންގާ ފީވެ ވެއްޓޭއިރު ގދ.ތިނަދޫ ރައްޔިތުން އާދެމަސާހިބު ލައްބަ ލައްބަ ކިޔާ އަތްޖަހަން ތިބެނާދެކަމަށް ހީކުރަނީތަ