މި އަހަރުގެ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ "ޗާލު މިސްކިތް" ހަރަކާތުގައި އެކި ފަރާތްތަކުން 744713.90 ރުފިޔާ ހަދިޔާ ކޮށްފިއެވެ.

މިސްކިތްތަކުގެ މަރާމާތައް ސިޓީ ކައުންސިލުން ފައިސާ ހޯދުމުގެ ހަރަކާތެއް ފެށީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ އެއް މިލިއަން ރުފިޔާގެ ބަޖެޓް އަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތު ކުރުމަށް އެކަށީގެންވާ އަދަދެއް ކަމުގައި ނުވުމުންނެވެ.

މި ހަރަކާތް ދެ ދުވަހެއްގެ މައްޗަށް ބަހާލައިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔައީ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.

މި ހަރަކާތުގެ ފުރަތަމަ ދުވަހު 313397.90 ރުފިޔާ ވަނީ ލިބިފައެވެ.

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަން ފަންޑް ހޯދުމަށް ހަރަކާތެއް ބޭއްވުމަށް ނިންމީ މިސްކިތްތަކަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު، މިސްކިތްތައް ކައުންސިލްއާއި ސަރުކާރުން ހަވާލުކުރީ މިސްކިތްތައް މަރާމާތު ކުރުމަށް އެކަށީގެންވާ ބަޖެޓަކާއި ނުލާ ކަމަށް ވުމުން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުގެ މީޑީއާ ގްރޫޕުގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރައްވަމުން މޭޔަރު ވިދާޅުވީ 2021 އަދި 2022 ވަނަ އަހަރު ސަރުކާރުން މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ހަމަޖައްސައިދީފައިވަނީ އެންމެ 1 މިލިއަން ރުފިޔާ ކަމަށާއި އޭގެ ބޭރުން މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމަށް ހަރަދުކޮށްފައިވާ ކަމަށެވެ.

ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރައްވަމުން މޭޔަރު އިތުރަށް ވިދާޅުވީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަންރުފިޔާގެ މަރާމާތް ކުރި ނަމަވެސް އަދިވެސް ބައެއް މިސްކިތްތަކުގެ މަރާމާތްތައް ނުކުރެވި ހުރި ކަމަށާއި އެ މަރާމާތްތައް ކުރުމަށް 9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ 9 މިލިއަން ހަރަދު ވާނީ ކޮންކޮން މަރާމާތްތަކަކަށް ކަން މޭޔަރު ވަނީ ނޫސްވެރިންނާ ހިއްސާ ކުރައްވާފައެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަނިލް

    34 މިސްކިތް...
    ޢެކަމް މަސާޖު ޕާލާ ނުވަތަ ސްޕާގެ އަދަދު 50 އިން މަތީގައި
    އިމްރާން ކަލޭ އަޅެ ތީ ހަމަ ސެއިހެއް ތަ؟

  2. ހަމަދަންނަވާލީ

    އިސްލާމިކް މިނިސްޓްރީން މިސްކިތްތައް ބަލަހައްޓާ ގޮތަށް އޮތް ދުވަސްވަރު މިސްކިތްތަކާ ބެހޭ ތަކެތި ގުދަންކުރަން މާލޭގެ އެކި ތަންތަނުން ބިންތަކެއް ދޫކޮށްފައި ހުރި. އެ ތަންތަނުގައި ގުދަން ހަދައިގެން ބޭނުންކުރަމުން ގެންދިޔަ. މިސްކިތްތައް ބެލެހެއްޓުމާ ގުޅޭ ގޮތުން ހަވާލުކުރި ތަންތަން މިހާރު ހުންނަންވާނީ މާލޭ ސިޓީ ކައުންސިލަށްތާ. އެހެންނަމަ، އެ ބިންތައް ޑިވެލޮޕްކޮށްގެން މާލޭގެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަފިލުވަން ބޭނުންވާ ފައިސާ ނުވަތަ އެއިގެ ބޮޑު ބަޔެއް ހޯދިދާނެ.

  3. ކެލާ އާރިފް

    ތީވަރަށްބޮޑު އޮޅުވާލުމެއް، މިސްކިތްތައް މަރާމާތާށޭ ކިޔާފަ މުއިއްޒް 2023ގެ ކެމްޕެއިނަށް ފައިސާއެއްކުރަނީ، ރައީސް ޔާމީނަށް ޙުކުމްކުރިދުވަހު މުއިއްޒްގެ މޫނުމަތިން ފެނިގެންދިޔަ އުފާވެރިކަމުންވެސް އަހަރެންގެހިތައްއެރި މުއިއްޒުމީ ހާދަހާވާ އަމިއްލައެދުންބޮޑު މީހެކޭ، ދޮގާ މަކަރާމީ މީނަގެ ކަށީގަ ހިފާފަހުރި ކަންތައްތައް، އަހަރެން ހަނދާންއެބަހުރި 7 ފެބުރުއަރީ 2012 އަށްފަހު 7އަހަރު އަހަރެމެން މީނައަށް ހައުސިން މިނިސްޓަރުކަންދިނީމަ ކަންތައްކުރިގޮތް، ރައްޔިތުންގެ ފައިސާއަށް ހަދާލިގޮތް، ބޮޑުތަނުން އިސްރާފުކޮށް ދަވާލީ، އަމިއްލަގެ ބުރިބުރިއަށްނަގާލީ

    1
    2
  4. ޖާދޫ

    އެކައުންޓް ނަމްބަރެއް ހިއްސާކޮށްލެވިދާނެތޯ އެހީތެރިވާން ބޭނުން

  5. ހަސަން

    މާލޭގެ ހުރިހާ މިސްކިތެއް މަރާމާތުކުރަން 1 މިލިއަން އަހަރަކު އެއީ ކޯޗެއްތޯ. މިނިސްޓާރ ލަދުކޮބާ. އިސްލާމްދީނާ ބީރައްޓެހި ކަންކަން ކުރަން ސަރުކާރުން އަހަރަކު ކިތައް މިލިއަން ޚަރަދުކުރޭތޯ. ފާޑުފާޑުގެ ޝޯވ ދިނުމާއި ތަރިން ގެންނަން ކިތައް މިލިއަން ޚަރަދުކުރޭތޯ.

  6. މުފައްކިރު.

    މާތްﷲ އަށް ޙަމްދު ކުރަން.އެހީދޭ ފަރާތާއި މިކަންކަން ރާވާ ހިންގާ ފަރާތަށް ހެޔޮ ޖަޒާ ދެއްވާށި. އާމީން.

  7. ގަލަން

    ސިޓީ ކައުންސިލަކީ ކޮރަޕްޓް ތަނެއް. ތި ހަތްލައްކަ ރުފިޔާ އައް ވާނުވާވެސް ނޭންގޭނެ ތިއައް ވުރެ މާރަގަޅު ވީސް މިސްކިއް ހުންނަ ސަރަހައްދުގެ އެންމެން ވެގެން ޗަންދާ އެއް ނަގައިގެން ވެސް މިސްކިތް ތައް މަރާމާތު ކުރަން އުޅުނު ނަމަ އޭރުން ވަރައް ފުރިހަމަ ވާނެ. ތިޔަނެގި ހަތް ކައްކަ އައް ވާނުވާވެސް ނޭންގޭނެ. ބަލަން ތިބެމާ ހިނގާ

  8. ތުއްރަވާސް

    މިސަރުކާރުން މިސްކިތް ތަކަކަށް ފަރުވާލެއް ނުބަހައްޓާނެ އެހެން ހުރިހާ ކަމަކަށް ފުލް ބަޖެޓްވެސް ދޭނެ. ޢަންނިގެ ވެރިކަމުގަވެސް މިސްކިތް ތައް ހުރީ މަރާމާތު ނުކޮށް ފައިސާ ނުދީގެން. ކޮބާހޭ ދާރުލް އީމާނަށް ލިބޭ ފައިސާ އެވެސް އައުވާނުންގެ މުސާރައަށްދީ ހުސްކުރަނީދޯ

  9. ދފދފދފދފދޒ

    ދެން ލާރިގަނޑު ކާލާ.. ޔާމީނު ކާލިހެން!!

    1
    3
  10. ޙާދިސާބޭބެ

    ޝުކުރިއްޔާ އާންމު ރައްޔަތުންވެސް މިސަވާބުބޮޑު މަސައްކަތުގައި ބައިވެރިވުމަށް ފުރުސަތު ދިނީތީ! މިފައިސާކޮޅު އިސްލާމިކު މިނިސްޓްރީން ހަދާހެން ބަހާނުލާތި!