23:07

އޯކިޑް މަގުގައި ހުންނަ އިވްނިންގ ކެފޭ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހަތް މީހަކު ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެންއޭ) އިން ވިދާޅުވެއްޖެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

22:42

އޯކިޑް މަގުގެ ބަސް ދަތުރުތައް މިހާރު ވަނީ ފަށާފައި.

20:57

އެމްއެންޑީއެފް އިން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އީވްނިންގ ކެފޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި ކަމަށް.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މިއަދު އިރުއޮއްސި 18:12 ހާއިރު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައި.

މިހާދިސާގައި އިވްނިންގ ކެފޭގެ ބަދިގޭގެ އިތުރުން އެތަނުގެ މަތީގައި ހުންނަ އެކޮމޮޑޭޝަން ބްލޮކުގައިވެސް ވަނީ އަލިފާންހިފާ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި.

ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަމަނުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ މިރޭ 19:22 ހާއިރު.

މި އަލިފާން ރޯވަން މެދުވެރިވި ސަބަބު އަދި މިހާތަނަށް އެނގިފައެއް ނުވޭ.

މި ހާދިސާ ހިނގުމާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން، މި ހާދިސާއާ ގުޅޭ މަޢުލޫމާތު އޮޅުންފިލުވާފައި.

20:31

އަލިފާނުގެ ހާދިސާ އާއި ގުޅިގެން އޯކިޑް މަގުގެ ބަސް ދަތުރުތައް ވަނީ މެދުކަނޑާލާފައި. އޯކިޑް ރޫޓުން ދަތުކުރި ބަސް މިހާރު ދަތުރުކުރާނީ މަޖީދީމަގުން.

19:34

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން މިހާރު ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައި ކަމަށާއި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް.

19:26

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

19:20

އިތުރު މީހަކު އަނެއްކާވެސް އެމްބިއުލާންސްގައި ގެންގޮސްފި.

19:11

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

19:10

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުން މީހަކަށް އަނިޔާވެގެން ގެންގޮސްފި. އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބޭ. ނަމަވެސް މަންޒަރުދުއް މީހަކު ބުނީ ބެލެވެނީ އޭނާ ގެންދިޔައީ ދުމުގެ އަސަރުކޮށް އަނބުރައިގަތުމުން ކަމަށް.

އަލިފާނުގެ ހާދިސާއަށް ފަހު، ފަރުވާ ދިނުމަށް މީހަކު ގެންދަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
އަލިފާނުގެ ހާދިސާއަށް ފަހު، ފަރުވާ ދިނުމަށް މީހަކު ގެންދަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

19:01

އީވްނިން ކެފޭގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކޮށްފައި.

18:59

ހޯމަ ދުވަހު ހެނދުނު ވެސް މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި. މާލޭ ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީންގެ ލޭބާ ކްއާޓާއެއް ވެސް ވަނީ އަނދާފައި.

18:53

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ އީވްނިން ކެފޭއަކީ އިންޑިއަން ރެސްޓޯރެންޓެއް. ރެސްޓޯރެންޓް މެނޭޖް ކުރަނީ ވެސް އިންޑިއާ މީހުން ކަމަށް މައުލޫމާތު ލިބޭ.

18:44

އަލިފާނުގެ ހާދިސާގެ ސަބަބުން މާލޭގެ ވަރަށް ބޮޑު ސަރަހައްދަކަށް އަންނަނީ ދުމުގެ އަސަރު ކުރަމުން.

އަލިފާނުގެ ހާދިސާގެ ސަބަބުން ދުން އަރަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
އަލިފާނުގެ ހާދިސާގެ ސަބަބުން ދުން އަރަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

18:43

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅެނީ އީވްނިން ކެފޭގެ ބަދިގޭގައި ކަމަށް އެސަރަހައްދުގައި ދިރިއުޅޭ މީހުން ބުނޭ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ އިމާރާތެއް އެމްއެންޑީއެފް އިން އަދި ހާމައެއް ނުކުރޭ.



މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅެނީ އީވްނިން ކެފޭ ކައިރީގައި ކަމަށެވެ. ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

ނަމަވެސް އެސަރަހައްދުގައި ވަރަށް ބޮޑަށް ދުން ބޯވެފައިވާ ކަމަށް އެސަރަހައްދުގައި ދިރިއުޅޭ މީހުން މައުލޫމާތު ދެއެވެ.

މި ޙާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ކޮށްފައި 18:12 ހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ލީލާބެ

    މީހުންނަށް ހަރާން ހުކުމް ޖަހައި ގައުމު ފަސާދަވީމާ މިބާވަތުގެ އަލިފާނުގެ ހާދިސާތައް ގިނަވެއެވެ.

    67
    25
  2. ލީލާބެ_މޮޔަ_ނުގޮވާ

    ހަރާން ހުކުމް ކުރީމައެއް ނޫން... ވެރިން ބިލިއަނުން ވައްކަންކޮށް ފަސާދަކުރާތީ ވާކަންތައް މިއީ

    12
    10
  3. އއއ

    ތިތަންތަނުން ކެވޭނީ އާއްމުވެފަ މިއޮތް ކޮރެޕްޓް ނިޒާމުން ކަޓުޖެހޭމީހުންނަށް . އާދައިގެ 8000ރުފިޔާ ލިބޭ މީހާއަކަށް ނުކެވޭނެ.

    18
    1
  4. މުހައްމަދުﷲ

    މިއީ ޔާމީން ކުރުވާ ކަމެއް ކަމުގައިވާނަމަ އޭނާ އަކަށް ވޯޓެއް ނުދޭނަން

    9
    16
  5. ޙ މ ޒ

    މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ހަމަޖެހިފައިވާ ގިރާވަޅު ފަޅު މި އަހަރުގެ މެދު ތެރޭގައި ހިއްކައި ނިމޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

    9
    2
  6. ދިސްވޭ

    އިވްނިންގް ކެފޭ ރޯވުން އެއީ ހިތާމަ ކުރަން ޖެހޭނެ ކަމެކޭ މިއިން އެގިގެންދަނީ ސަރުކާރު ހިންގުމާއި ހަވާލު ވަނީ ގަމާރުން ކަަމަށޭ މާލޭގައި ކުދި ކުދި ކޮށާރުތައް ހަދައިގެން އެއީ ހޮޓާ ތައް ނަމުގައި ހިންގަމުން ދިއުމާއި އަދި ގުދަން ތައް ހިންގަމުން ދާއިރު އެއްވެސް ސަރުކާރަކުން މާލޭގައި ހުރި ފިހާރަ ތަކާއި ހާރޑްވެއަރސް ތަކާއި އަދި ހޮޓާ ތަކާއި ގުދަންތައް ހިންގުމަށް ޓަކައި އެއިން ކޮންމެ ތަނަކަށް 5 ހާސް އަކަފޫޓްގެ ގޯއްޗެއް ހުޅުމާލޭން 1 މިލިއަން ޑޮަލަރަށް ބިން ވިއްކާލަންވީއޭ 100 އަހަރުން ޖެހޭނީ އެއް މިިލިއަން ޑޮލަރު ދައްކަން ދައްކަން ޖެހޭނީ ބީއެމްއެލް އަށް އެއްގޮތަކަށް ވެސް ދައްކަން ނުޖެހޭނެއޭ އެޗްޑީސީ އަށް ފައިސާ އެއީއޭ މިކަން ކުރަން ޖެހޭނެ ގޮތަކީ...

    7
    2
  7. ޙަަަހަ

    ފިތުނަފަސާދަ އުފައްދަން ނޫޅެބަލަ

    8
    8
  8. ދަލާސްޓް

    ޑިފެންސް މިނިސްޓަރޫ މިވެސް އިންތިޙާބާއި ގުޅުން ހުރި ހާދިސާއެއް ތޯ؟؟؟

    15
    2
  9. ދިސްވޭ

    ހުޅުމާލޭ އިރުން އޮތް ފަޅު ހިއްކާ އެތަނަށް އަންނަ މަހުން ފެށިގެން ބަދަލު ކުރަން ޖެހޭ ތަންތަނަކީ އެއީ 1. ހުރިހާ ހޮޓާ ތަކާއި ކެފޭ ތަކާއި ރެސްޓޯރެންޓްސް ތައް 2. ހުރިހާ ހާރޑްވެއަރ ފިހާރަތައް 3. ހުރިހާ ގުދަން ތަކާއި ވޯރކްޝޮޕްސް ތައް 4. ސަރުކާރުން ކުއްޔަށް ހިފާފައި ހުރި ހުރިހާ ތަންތަން 5. ސަރުކާރުގެ ހުރިހާ އޮފީސް ތަކާއި މިނިސްޓްރީ ތައް 6. ރިސޯރޓްސް ތަކުގެ މާލެ އޮފީސް މިތަންތަން ބަދަލު ކުރަން ހުޅުމާލޭ އިރުން އޮތް ފަޅު ހިއްކަން ފަށަންވީ ރާއްޖެތެެރެ އަށް އެއްވެސް ޚަރަދެއް ކުރާނެ ކަމެއް ނެތޭ ތިޔާއީ ބޮޑު ބަލާއެކޭ ރާއްޖެތެެރޭ ރަށްތަކަކީ...

    5
    6
    • ހޯހޯ ބިސްކޯދު

      ރާއްޖެތެރޭގެ ރަށްތަކުގެ ބަލާ ނުޖެހޭނަމަ މާލޭ އާލާތުން ތިބެންޖެހޭނީ ހުސްގޮހޮރާ!!! ދެން ލަލަލާ

      3
      2
  10. ހޖިހަ

    ހުރިހާ ކެފޭ ތަކެއްވެސް ސިނާއީ ސަރަހައްތައް ފިނުވަން ފެނޭ.

    8
    3
  11. ...

    އިންޑިއާ ބީޖޭޕީގެ ރޭވުމެއް ކަމަށް ވެދާނެ. މާތް ﷲ މޮޅަށް ދެނެވޮޑިގެންވަނީ

    24
    2
  12. ސޯލިހު ފެކްޝަން

    އިންޑިޔާ މީހުންނާ ގުލުން ހުންނަ ތަންތަނުގައި މި ރޯވަނީ ކީއްވެތޯ ވަރަށް ސީރިޔަސްކޮން ބަލަން އެބަޖެހޭ. އިންޑިޔާ އަޑީގައޮވެ މިކަހަލަ ކަމެއްކޮއްފާނެ. އިންޑިޔާ ރައްޔިތުންނަށް ޓެރަރިސްޓް ހަމަލާ ދެނީޔޭ ކިޔާފަ އިންޑިޔާއިން ދެން ދިވެހިބިމަށް ބޮންއަޅާތަން ފެނުމަކީ މާދުގުގަ އޮތް ކަމެއްހެނެއް ހިއެއްނުވޭ.

    24
    3
  13. ގައުމު

    ރާއްޖެ އަށް އަލިފާން އެތެރެކުރުން މަނާކުރަންވީ ދެން

    18
    3
  14. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    ކިތަންމެ ގުޅުވާ ހިތް ނުވިޔަސް މިއީ ސިޔާސީ ކަމެކެވެ. މިކަހަލަ ކަންކަން ހުއްޓުވުމުގެ ޤާބިލް ކަމެއް ސްލޯލިހް ގެ ގައިގައި ނެތެވެ. އޭނާ އަށް ހިނގެނީ ކުރިޔަށް ފިޔަވަޅެއް ފަހަތަށް ފިޔަވަޅެއް އަޅަމުން ނެވެ. މީހާ ގައިގައި ފެންވަރެއް ނެތަސް ކުރަންވަނީ ވެރިކަމެވެ. މަސްލަޙަތު ބެލެހެއްޓޭ ވަރުގެ ހުރީ މިވަގުތު އެއްމެ ބޭފުޅެކެވެ. ޤައުމުގެ މަސްލަޙަތު ޔާމީން އަށް ބެލެހެއްޓޭނެއެވެ. ޔާމީން ދޫކޮށްލުން ނޫން ގޮތެއް ނެތެވެ!

    3
    2
  15. Anonymous

    މީ އިންސާފުން ކަންކަން ނުކުރީމަ ވާގޮތް. ރިޝަވަތްގިނަވެ ހުދޫދުން ނެއްޓީފައި ވާބަޔެއް.

  16. ޜ

    ކެފޭ އެއްގެ ބަދިގޭގައި ހިނގާ އަލިފާނުގެ ހާދިސާ އަކާއި ، ވެރިކަމުގައި ހުންނަ މީހާގެ ފެންވަރާއި އޮތީ ކޮންގުޅުމެއްތޯ..؟ އަދި ކޯޓަކުން ކުރާ ހުކުމަކާއި އޮތީ ކޮން ގުޅުމެއްތޯ..؟ މިތަނުގައި ކޮމެންޓް ކުރާ ފަރާތްތަކާއި ސުވާލުކޮއްލަން ބޭނުުން..