މި އަހަރުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ޖޫރިމަނާކޮށްގެން ތިން ލައްކަ ރުފިޔާގެ އާމްދަނީއެއް ސަރުކާރުން ހޯދާފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ތިން ލައްކަ ރުފިޔާ ލިބިފައިވެއެވެ.

ނަމަވެސް މިއީ މިދިޔަ އަހަރުގެ ފުރަތަމަ ފަސް ދުވަހާއި އަޅައި ބަލާއިރު މަދު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ފަސް ދުވަހު ޖޫރިމަނާކޮށްގެން ދައުލަތަށް 1.8 މިލިއަން ރުފިޔާ ހޯދާފައިވެއެވެ.

މުޅި މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން އަންދާޒާކޮށްފައިވަނީ 82.7 މިލިއަން ރުފިޔާއެވެ. ނަމަވެސް އަހަރު ނިމޭއިރު ޖޫރިމަނާ ކޮށްގެން ދައުލަތައް ލިބޭނެ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެއެވެ.

މިދިޔަ އަހަރު ސަރުކާރުން ޖޫރިމަނާކޮށްގެން ހޯދާނެކަމަށް ލަފާކުރީ 62.4 މިލިއަން ރުފިޔާއެވެ. ނަމަވެސް އަހަރު ނިމުނުއިރު ޖޫރިމަނާގެ ގޮތުގައި މުޅި ޖުމުލަ 252.1 މިލިއަން ރުފިޔާ ސަރުކާރަށް ލިބިފައި ވެއެވެ.

ޖޫރިމަނާ ކޮށްގެން އެންމެ ބޮޑު އާމްދަނީ އެއް ހޯދަނީ ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހައިގެންނެވެ. ނަމަވެސް ގަވައިދާއި ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނުގެ ވެރިކަމަށް ހަތަރު އަހަރު ފުރި ފަސްވަނަ އަހަރު ގުނަމުން ދާއިރު އަދި އެވައުދު ފުއްދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގަލަން

    މާމަދު ތިޔަރުވަރު ރައިސް މީހާކުރާ ކެންޕޭނަ ކައް ނުފުދޭނެ ރަތްޔިތުން ފެލައިގެން ތިނަގާ ނޫޓްތަކެއް. ދުވާލަކައް ފަސްލައްކަ ވަރު ޕޮލިހުން ލައްވާ ޖޫރިމަނާ ކޮއްގެން ވިޔަސް ހޯދާ އޭރުން ރައިސް މީހާގެ ޕުރައިމަރީ ކެންޕޭނައް ފުދޭނެ. މާމޮޅު ކަމަކައް ވެގެން ރަތްޔިތުން ފެލާފަ މިބުނަނީ ލައްކައިން ލައްކައިން ހޯދައިފީމޭ ކޮބާ ލަދު؟؟؟

    7
    1
  2. ގައުމީ ލޯބި

    ތީގެން ދައްކައިދެނީ އަހަރުމެން "މަގުމަތީގެ ޤާނޫނަށް" ހުރުމަތްތެރިކޮށް ނުހިތާ މިންވަރަު، އެއީ އެންމެ ސަލާމަތާއި ރައްކަލަ ހެދިފައިވާ ގަވައިދު ތަކެއް..

    ނިކަން ހިގާ އެންމެ މިއަދުން ފެށިގެން މަގުމަތި އަމާން ތަނަކަށް ހަދަން

    އޭރުން ޖުރުމާނާގެ ގޮތުގައި ލިބޭނީ 0 ރުފިޔާ!

    3
    2
  3. ނަމަ

    އެއްމެ ތިންލައްކަ ރުފިޔާ ނުވިއެއްނު ކަމެއް

  4. މުޙައްމަދު

    އިންތިޚާބާ ހަމައަށް ދާންވާއިރު ރަގަޅު އެއްޗެއް ލިބޭނެ

  5. އައްޓަމަސް

    ވަރަށް ބަރާބަރު ކޮންމެހެން ކުރަންޖެހޭ ކިފާޔަތުގެ ފަރުޟެއް، ގެއަށް ވަންނަން އެބަޖެހޭ ސައިކަލުގެ މަތިން އަރައިގެން ވެސް، ފުލހުނަނަށް ދަންނަވާލަންއޮތީ ކެމްޕެއިނެއްގެ ތެރެވިއަސް ޒިންމާމަތިން ހަނދާން ނައްތާ ނުލާ ކެރިގެން ނުކުމެ ތިބޭށޭ ؟! ސާބަސް ދިވެހި ފުލުހުން

  6. އެޑިޓް

    ރައްޔިތުން ފެލުމުގެ އިންތިހާ... ފަސް ދުވަހުން ތިންލައްކަ ރުފިޔާ ތިވަރު ކަޑަ .. މިލިއަނެއް ނުޖެހުނީމަ..

  7. ކިނބޫސޯ

    ރިޔާސީ ވަޢުދާ އިދުކޮޅަށް މަސައްކަތްކޮށްގެން މިފައިސާ ހޯދަނީ. ދެން އަނެއްކާ ވޯޓް ދޭންވީ؟ ހަލާލު ފައިސާ ދޯ އެއީ؟ ވޯޓް ހޯދާފަ ވަޢުދުވީގޮތާ އިދުކުޅަށް ހޯދާ ފައިސާ. ބޯހަލާކު.