ސ. މަރަދޫން، ފާތުމަތު ސައުޝަން އަލީ

މި އަހަރު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީ އެކަނި ނުކުމެ %50 ވޯޓު ހޯދައިގެން ކާމިޔާބު ނުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސ. މަރަދޫގައި މިއަދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހްގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާ އިރު، ދެ ބޭފުޅުން ވެސް ގެންދަވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް ފޯރިގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ. ދެ ބޭފުޅުން ވެސް ޕްރައިމަރީއާ މެދު ކުރައްވާ އުންމީދު ބޮޑު އިރު، ދެ ބޭފުޅުންގެ ސަޕޯޓަރުން ވެސް ތިބީ ވަރަށް ފޯރީގައެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި ރައީސް ސޯލިހް މިވަގުތު ހުންނެވީ އައްޑޫ ސިޓީގައެވެ. ނަޝީދު މިވަގުތު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ތ. އަތޮޅުގެ ބައެއް ރަށްތަކުގައެވެ.

ރައީސް މިއަދު މަރަދޫ ރައްޔިތުންތަކަކާ ސަލާމް ކުރައްވަނީ. ---

މަރަދޫ ކެމްޕެއިން ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ނަންބަރެއް އެމްޑީޕީއަކު ނެތް ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ ޕްރައިމަރީއަކީ ޕާޓީގެ ކެންޑިޑޭޓެއް ހޮވުމަށް ވުރެ ބޮޑު ނިންމުމެއް ކަމަށެވެ. އެ ނިންމުން ނިންމަނީ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަން ހޯދުމަށް ކަމަށާއި ވެރިކަމުގައި އެމްޑީޕީ ދެމިއަތޮމަށް ޕްރައިމަރިއަކީ ވަރަށް މުހިންމު ބޮޑު ނިންމުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހުރިހާ ވިސްނުމެއް ހުންނަން ވާނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް. މިއަދު މި ނިންމާ ނިންމުމުން އެއަށް އަސަރު ކުރާނެ. ވިސްނަންވީ އިންތިހާބު ކާމިޔާބު ކުރެވޭނީ ކިހިނެއްތޯ. ތާރީހުގެ ތެރޭގައި ކަން ހިނގާފައި އޮތް ގޮތާ މިއަދު ސިޔާސީ މަސްރަހު އޮތްގޮތް ރައްޔިތުންނަށް އެނގޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު މަރަދޫ ޖަގަހަ ހުޅުއްވައި ދެއްވަނީ.

އެމްޑީޕީއަކީ ބޮޑު ޕާޓީއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭ ވަރުގެ ނަންބަރެއް ޕާޓިއަކު ނެތް ކަން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި 2013 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ. ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވޭނީ އެހެން ބައެއްގެ ތައީދާއި އެހީއާ އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެ ބުރެއް ބޭއްވި އިރު، އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރުގައި ވާދަކުރެއްވީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ނަޝީދެވެ. އެ ރިޔާސީ އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވީ ސިޔާސީ ބައެއް ޕާޓީތަކާ އެކުގައި ކޯލިޝަން ހައްދަވައިގެންނެވެ.

ރައީސް މިއަދު މަރަދޫ ރައްޔިތުންތަކަކާ ސަލާމް ކުރައްވަނީ. ---

އޭގެ ފަހުން، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ސިޔާސީ ގިނަ ލީޑަރުންތަކެއް ކުރިމަތިލެއްވިއެވެ. އެ އިންތިހާބުގައި ދެވަނަ ބުރަށް ދިޔައީ ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ޔާމީން އަށް އިންތިހާބު ކާމިޔާބު ކުރެއްވުނީ ވެސް ސިޔާސީ ޕާޓީތަކާ ކޯލިޝަން ހައްދަވައިގެންނެވެ. އެ ފަހަރުގެ ފުރަތަމަ ބުރުގައި ނަޝީދު ވަނީ އެކަނި ނުކުންނަވައި %48 ވޯޓު ހޯއްދަވައިފައެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރީ ދެ ކެންޑިޑޭޓުންނެވެ. އެއީ ރައީސް ސޯލިހާއި ޔާމީނެވެ. އެ އިންތިހާބަށް ރައީސް ސޯލިހް ނުކުންނެވީ ސިޔާސީ ގިނަ ޕާޓީތަކަކާ އެކުގައި ކޯލިޝަން ހަދައިގެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޔާމީންގެ މައްޗަށް ކުރި ހޯއްދަވައި ރައީސް ސޯލިހް އިންތިހާބު ކާމިޔާބު ކުރެއްވިއެވެ.

"އަޅުގަނޑަށް ދެވިދާނެ 48% އާ ހަމައަށް ވެސް. ނަމަވެސް 2013 ވަނަ އިންތިހާބު ގެއްލިގެން ދިޔައީ އެންމެ 5،600 ވޯޓުން. ޕާޓީގައި އޭރުގައި ތިބި 41،000 ވޯޓު ދިން. އެއް ލައްކަ ފަސް ހާސް މީހުން މަގުމަތިވެ، 2013 އިން ފެށިގެން 2018 އަށް އުޅެން ޖެހުނު ބިރުވެރިކަމާއި ނާމާންކަން މިއަދު ވެސް ހިތަކުން ފިލައިގެން ނުދޭ. އެ ދަތި ދަނޑިވަޅުގައި އެ އަނިޔާ ތަހަންމަލު ކުރި ވަރަށް ގިނަ ބޭފުޅުން އައްޑޫ އާއި މަރަދޫގައި ތިބޭނެ،" ރައީސް ވިދާޅުވިއެވެ.

މަރަދޫގެ އެމްޑީޕީ ސަޕޯޓަރުން.

ރައީސް ވިދާޅުވީ އަނެއްކާވެސް ނިންމަން ޖެހިފައިވަނީ އިންތިހާބަށް ފަހު ބަލިވެ މަގުމައްޗަށް ނިކުންނާތޯ ނުވަތަ މަޝްރޫއުތަކާ އެކުގައި ކުރިއަށް ދާނީ ތޯ ކަމަށް ރައީސް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ތަރައްގީއަށް މީގެ ކުރިން ވެސް ބައެއް މަސައްކަތް ފަށާފައި އެބަހުރި ކަމަށާއި އެކަމު އޭގެތެރެއިން ބައެއް މަސައްކަތްތައް ނުނިމި އެގޮތް މިގޮތް ވެގެން ދިޔައީ އެމްޑީޕީގެ އޭރުގެ ސަރުކާރު ވެއްޓުމާއި ގުޅިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕްރައިމަރީގައި އެހެންގޮތަކަށް ނިންމައިފިނަމަ ދެން ވެސް ވެގެންދާނީ އެހެންކަމަށް ރައީސް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ދައްކައިފިއޭ

    ފެށި މަސައްކަތް ނިންމަން އެމްޑީޕީ މެމްބަރުންގެ ތާއީދު ބޭނުންވާ މިންގަނޑާއި ގާތަށް ވެސް ރައީސް އިބޫގެ ފެކްޝަނަށް ނުލިބޭނެ ކަން ހުރިހާ ރަމަލު ތަކުން ދައްކައިފިއޭ އަހާން ދައްކައިފިއޭ އަދި އެއް ފަހަރު ބޯތަށި އަނބުރާށޭ އެހެންތޭ ހިނގާ އަނބުރަމާ އަނބުރާ އަނގޮޓި ބޯތަށީގައި އަނބުރާ އަނބުރާ އަނބުރާ އަސްތާ އަނެއްކާ ވެސް އެދައްކަނީ ކެނެެރީގެ ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ހޮވޭތަނޭ ދައްކަނީއޭ ދައްކައިފިއޭ ދަރިންނޭ ދައްކައިފިއޭ ދައްކައިފިއޭ ދައްކައިފިއޭ ދައްކައިފިއޭ ދައްކައިފިއޭ

    12
    4
  2. ޗާބޫކުން

    އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ މަމެން ނަށް ޔަގީނޭ ރައީސް އިބޫ އަކީ އެއީ އިންޖިނިއަރިންގް މެތެމެޓިކްސް ގެ އަލިފުބާ ވެސް ނުދަންނަ މީހެކޭ އޭނާ އަށް ނޭގެނީއޭ ހިސާބު އިލްމް މިރާއްޖޭން ރިޔާސީ ނިޒާމުގައި ވޯޓް ބޭނުންވާނީ މަދުވެގެން 2 ލައްކަ އެއްހާ ވޯޓްއޭ އެލިބޭނެއޭ ވަރަށް ފަސޭހައިން ބޭނުން ކުރަން ޖެހޭ އީކްއޭޝަން އަކީ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ ދިވެހި ކޮންމެ ރައްޔިތަކަށް 1 ހެކްޓަރުގެ ބިން ދިނުމޭ އަދި ވިޔަފާރި ކުރާ ކޮންމެ ކުންފުންނަކަަށް މަދުވެގެން 1 ހެކްޓަރުގެ 10 ބިން ވިއްކުމޭ އެހެންނަމަ އެމްޑީޕީ އާއި އެކުއޭ ދިވެހި އެންމެހާ ރައްޔިތުން ތިބޭނީ އެއިރުން އެކޯލިޝަން ހެދެނީ ސީދާ ރައްޔިތުންނާއި އެމްޑީޕީ އާއި އޭ މިވަރު ނޭގި ރައީސް އިބޫ ދައުލަތުގެ ޚަޒާނާަގައި ހުރި ފައިސާ ނަގައިގެން ކުދި ރަށްތަކަށް ޑަމްޕް ކޮށް ދައުލަތުގެ ޚަޒާނާ ބަނގުރޫޓް އަރުވާލީއޭ މީ ރައްޔިތުން ގައި ގައި ސަރުކާރުން ޗާބޫކުން ތެޅުމޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ރައްޔިތުން ހަނާވެ ހަފުސްވެއްޖެއޭ އަވަހަށް އެޗާބޫކުނޭ ގެންދަވާ އޯއް އޯއް އޯއް އޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް....

    10
    1
  3. ސޫއޫދު

    ހަމަހޭގަތޯތިއުޅުއްވަނީ މިހެންއަހާލީކުރިންވެސް އެޒާތުގެހުކުމެއްތަންފީޒުކުރިވާހަކަރަށުތެރޭކިއާތީވެ ކަލެއައްލިބޭނީ ބާތިލްވޯޓާ އެއްވަރުޕަސެންޓެއް ރިޔާސީއިންތިހާބުގަ ކުޑަރަށެއްގެ ގޮނޑިއެއްގެ ވޯޓްލިބުމަކީ މުޅިރާއްޖެލިބުމެއްނޫން ކަލެއަށް ނަޝީދު ރިޔާސީޓިކެޓްދިނީ ކުބޭ މާލޭގަނުއުޅޭތީ އޭނަމާލެދާއިރާއެއްވެސްތަމްސީލުކުރި މާމޮޅައް

    8
    1
  4. ކިނބޫ

    އިބޫ އަދި ތި ކޯލިޝަނުގަ ހުރި އެކަކުވެސް ބޭނުމެއް ނޫން. ރާއްޖޭގެ ދަރަނި 100 ބިލިއަނުން މައްޗައް ޖައްސާލި އިރު ރައްޔިތުންނަށް ލިބުނީ އިތުރު ނިކަމެތިކަން

    17
    1
  5. މުދި މުދި

    މުދަލާއި ތަކެތީގެ އަގު%30 މަތީގަހުރީ ދެން މަނިކުފާނު ކިހިނެއްތޯ ހައްދަވަނީ ކޮބާތޯ މަވޯޓާ ބެއްޔާ

    20
    1
  6. ހެޔޮނުވާނެއޭ

    ރައީސް އިބޫ އެމްޑީޕީގެ ޕްރައިމަރީގައި ހޮވާނީ ރާއްޖެ ލަންކާ އަށް ވުރެން ދަށު ދަރަޖައަށް ގެންދަން ބޭނުންވާ މީހުންނޭ އޭނާ އަށް އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ވެއްޖެނަމަ މިއަހަރު އަދި އިތުރަށް ބޮޑު ކުރާނެ ޓެކްސް ތަކަކީ އިންކަމް ޓެކްސް ދެން ޓީޖީއެސްޓީ ދެން ހުރިހާ ވެހިކަލްސް ތަކުގެ ފީތައް ދެން ކަސްޓަމްސް ޑިއުޓީ ދެން އެންމެ ފަހުން ޖީއެސްޓީ ހެޔޮނުވާނެއޭ ގަމާރަކު އެމްޑީޕީގެ ޕްރައިމަރީގައި ހޮވަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ

  7. ގެއައް ފެހޭ

    ހެހެ ރިއެކުޓުނުކުރާ މީހާގެ ކޮންފިޑެންސް ލެވަލުވެސް ޒީރޯ ކަޑައޭ ބެއްޔާ

    8
    1
  8. މިހެންވެގެން މިރައީސް ހޮވަންވީ

    ގަދަބަސް ވިދާޅުނުވެ، އުނިސިފަ ޤަބޫލް ކުރައްވައި އެއްބައިވަންތަކަމަށް އިސްކަން ދެއްވުމަކީ މިރައީސް ހޮވަންޖެހޭ އެންމެބޮޑު ސަބަބެވެ.

    3
    9
  9. އަފީ

    އެމް.ޑީ.ޕީ އާޢި އެމް.ޑީ.ޕީ ގެ ކޯލިޝަން 2023 ގެ ރިޔާސީ އިންތިހާބުން ބޮޑުތަނުން ބަލިކޮށް މިގައުމުގެ ރައްޔިތުން މި ގައުމުގެ މިނިވަންކަން ހޯދާނެ! 2023 ގެ ރިޔާސީ އިންތިހާބަކީ އިންޑިއާގެ އަޅުވެތިކަމުން މި ގައުމު ސަލާމަތްކޮށް މިނިވަން ގައުމެއްގެ ގޮތުގައި އޮތުމަށް ރައްޔިތުންދޭ ވޯޓެއް!

    15
  10. އއއ

    މިހާރު ގިނަމީހުން ކިޔާ ލަވައަށް ބަލާއިރު ރިޔާސީ އިންތިޚާބުގަ އައްނިއާ ވާދަކުރާނެ މީހާ ހޯދަން މިޖެހެނީ.

  11. މާޟީ

    މިހާރު ގައުމު މިއޮތީ ބައެއްގެ އަޅުވެތި ކަމުގެ ދަށުގަކަން ޔަގީން

  12. މުފައްކިރު.

    އިންތިޚާބަށްޓަކައި ރައީސް ޔާމީނުގެ ދުވަސް ދުއްވާލައިފި. ދެން އެއުޅެނީ ކެނެރީގެ ނަޝީދު ސިޔާސީ މައިދާނުން އެކަހެރިކޮށްލަން. އެހެންވީމާ ރިޔާސީ އިންތިޚާބެއް ބޭއްވުމުގެ ބޭނުމެއް އެބައޮތްބާ؟

  13. މުބީނު މާރނީ

    އިބޫ ގެ ފޮޓޯ އަށް ބަލާލަ ބަލަ. ދެފަރާތުގައި ދުވަސް ވެފައި ތިބި ދެ މުސްކުޅިން. ކަންތައް ނުވާނެ!

  14. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    އިބޫ ގެ ފޮޓޯ ތަކުގެ ތެރެއިން މި މަޒްމޫނުގައިވާ އެންމެ ފުރަތަމަ ފޮޓޯއަށް ބައްލަވާލައްވާށެވެ. ނަސީމު އާއި މަވޯޓާ އެތިއްބެވީ ދެމިޔަކަން ތިރިޔަށް-ގޮސް ފައެވެ. ދެމިޔަކަން ތިރިއަށް ދަނީ ދެރަވާ ކަންތައްވީމައެވެ. ނޫންނަމަ މާޔޫސް ވީމައެވެ. އިބޫ ދައްކާ ކޮސް ވާހަކައިން ނަސީމް އާއި މަވޯޓާ ޝަރީފް އެތިބީ ގޮތްހުސްވެ، މާޔޫސްވެ، ހަނދު އޮއްސިފައެވެ. ވަރަށް ހެއްވައެވެ. އިބޫ ކުރިން ބުނި ވަޢުދު ނުފުއްދާ އަނެއްކާވެސް އައްޑޫގައި ވަޢުދު ވަޢުދު ވަޢުދު ކިޔަން ފެށީއެވެ.

  15. ރާއްޖެ

    ފަހަރިއާއި މައުމޫނާއި ސޭޓުގެ އަންހެނުންގެ ފިރިމީހާ ބުނީމަ ވޯޓް ދޭނެ ރައްޔިތުން އިރެއްގައި ތިއްބަސް މިހާރަކު ނޫޅޭ.

  16. ނަމަ

    ދެކަނި ކީއްކުރަން ތިންކަނި ވިއަސް %50 ވޯޓު އަދި ނުހޯދޭނެ!

  17. ބަރުގޮނު

    ޙަޤީޤަތް ގަބޫލުކުއްވާކަން ވަރަށް ރަގަޅު. 2008 އިން ފެށިގެން އުފެދުނު ހުރިހާ ސަރުކާރެއްވެސް އުފެދުނީ ކޯލިޝަން ހަދައިގެން. ނަންނަމުގައި ޕާޓީތައް އުފެދެމުން ދިޔަޔަސް އެއްވެސް ޕާޓީއަކަށް އެޕާޓީ އެކަނި އޮވެ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަކަށް އަދިވެސް ނުފެނޭ.
    ކޯލިޝަން އުވާނުލައި ދެމެހެއްޓުނު ސަރުކާރެއް ކަމަށް މިހާތަނަށް މިސަރުކާރުކަން ފާހަގަކުރެވޭ. މިހާރު އުފެދިފައިވާ ޕާޓީތަކަށް ބަލާއިރުވެސް އެޕާޓީއެއް އެކަނި އިންތިޚާބު ކާމިޔާބު ކުރެވިދާނެ ޕާޓީއެއް އޮތްކަމަކަށް ހަމަ ނުފެނޭ.