ސ. މަރަދޫން، ފާތުމަތު ސައުޝަން އަލީ

ސަރުކާރުން މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް ވަރަށް އަވަހަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އައްޑޫގެ މަރަދޫގައި ޖަހަގަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަކީ އެމްޑީޕީ އަށް ވެސް އަދި މި ސަރުކާރަށް ވެސް ވަރަށް މުހިންމު ބައެއް ކަމަށެވެ. މި ސަރުކާރުން މަސްވެރިން ދޫނުކޮށްލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް މަރަދޫ އެމްޑީޕީ ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަނީ. -

" ދުނިޔޭގެ ތެލުގެ އަގު އުފުލުމުގެ ސަބަބުން މަސްވެރިންނަށް އެކަމުން އަސަރުކުރާނެ. މަސްވެރިންނަށް ތެލާ ނުބައްދަލު އަގެއްގައި މަސް ވިއްކަން ޖެހުމުން ރާއްޖޭން ބޭރަށް މަސް ވިއްކަމުންވެސް ގެންދަނީ ސަރުކާރަށް ދަނީ ގެއްލުން ވަމުން." ރައީސް ވިދާޅުވިއެވެ.

މިހާރު މަސް ގަންނަ އަގަށް ވުރެ ބޮޑު އަގެއްގައި މަސް ގަނެފި ނަމަ ގެއްލުން ބޮޑުވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ގެއްލުމުގެ ފޫބައްދަން ޖެހޭނީ ޓެކްސް ފައިސާއިން ކަމަށެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަށް ހެޔޮ ބަދަލެއް ގެނައުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން ހުޅުމީދޫގައި ހުރި ސްޓޯރޭޖު ވީހާވެސް އަވަހަކަށް ބޭނުންކުރެވޭނެ ގޮތް ހަދައި ރަނގަޅު އަގެއް މަސް ގަނެވޭނެ އިންތިޒާމް ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި އިރު މަސްވެރިންނަށް އެތައް ވައުދުތަކެއް ވެވަޑައިގެންނެވިއެވެ. އެގޮތުން ގޭދޮށު އައިސް ޕްލާންޓްތައް ގާއިމު ކުރުމަކީ ރައީސްގެ އެއް ވައުދެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މަބޭ

    ވޯޓުހޯދަންވިޔަސް ރައްޔިތުންކައިރީ މަހުގެ އަގައް ރަންގަޅު ބަދަލެއް ގެންނަވާހަކަ ނުދެއްކެވުން އެދެން

    24
    1
  2. އަހުމަދު

    "ކޮންމެ ވައުދަކީ ފުއްދަން ޖެހޭ އެއްޗެއް ނޫން" މިނިސްޓަރު އަސްލަމް.

    18
    4
  3. މިކަލެ ހޮވަންނާ އިބޫދޭ

    އަސްތާ އަސްތާ ތިވާހަކަ ގަބޫލުކުރަން ވީތޯއެވެ. ގދ.ތިނަދޫގައި މަސްބަންދުކުރާ ފެކްޓްރީއެއް އަޅާ ވާހަކަ ދެއްކިތާ މިއަދަށް މިވީ 4 އަހަރާއި 8 މަސްދުވަހެވެ. އެފެކްޓްރީ ހަމައެކަނި ފެންނަބަޔަކަށް ބިތީ ތިނަދޫ ދެމެންބަރުންނާއި ތިނަދޫ ރަށުކައުންސިލާއި ބޮޑެ އިލިޔަސް ކިޔާމިހަކާއި މިހެންގޮސް މިސަރުކާރުން ކިރަނޖެހޭ އެއްވެސް މަސައްކަތެއްނެތް ވަޒީފާއާއި މުސާރަދޭ ބައިގަޑަކަށެވެ. ހަމަ އެގޮތަށް ތިނަދޫގައި އެޅި ޓާޝަރީ ހޮސްޕިޓަލާއި ހުވަދޫ އިންޓަނޭޝަނަލް އެއާޕޯޓުވެސް ފެންނަނީ މިބުނި މީހުންނަށެވެ.

    22
  4. ހުސޭނުބޭ

    ގޭދޮށު މަސްފެޚްޓަރީއޭ ކިޔާފައި އެތަކެއް މިލިއަން ރުފިޔާ ދިރުވާލާފައި ކޮން އަގެއްގެ ވާހަކަ ތި ދައްކަނީ.

    19
    1
    • ޢަލީ

      ދެންގޭގެ ކޮޓަރިދޮށު މަސްފެކްޓުރީ އަޅާދޭންވީތޯ..

  5. އަލީ

    މަރުތަކުގެ ތަހުގީގު ވެސް ތިގޮތަށް ނިމްމި.

  6. އއއ

    ތިދައްކަނީ ކުރީގަ ދެއްކި ވާހަކަތަކުންލިބުނު ސަޕޯޓު ގެއލޭކަހަލަވާހަކަ . މަސްވެރިންދަނޭ މަހައްމިދޭއަގު މީ ދަރައިގެން ދޭ އެއްޗެއްކަން. ކުރަންޖެހޭ ކަމަކީ ބޭނޭ މަސް ގަނެވޭނެ ވިޔަފާރީގެ ގޮތުން ދެކޮޅުޖެހޭ ކުންފުނިތައް ބަނގުރޫޓުނުވެ ހިނގާނެ ޗެކް އެންޑް ބެލެންސް އޮތް އުސޫލަކައް ކުންފުނިތައް އިސްލާހު ކުރަންވީ.

  7. ބޯޓީޔާޑީ

    ބަލަ ވަޅޯ 4 އަހަރު ރަނގަޅު އަގެއް ނުދީ ނިންމޅާފަ އަދި ކިރާމަހަށް އަގު ހޯދަން ޖެހެނީ މުޒާހިރާ ކޮށްގެން ކަމުގަ ހަދާފަ ކަމެއް ނިމެންދެން އަގުމަތިކުރުން

    10
  8. ނަނަނަ

    އެއްކަލަ ގޮލާ އަނެއްކާ ފެށީއޭ..!

    10
  9. އއ

    ހާދަހާ ގައުމައް ޚިޔާނާތްތެރި ބައެކޭ މޑޕ މީހުންނަކީ. !!!!!މިމީހުން މިގައުމުގެ ވެރިކަމާ ދުރު ކުރައްވާ ދޭވެ. އާމީން.

    16
  10. ބިޒް

    ސުލޯކަމުން ނުވަނީ

  11. އިސްޢާފް ސަލީމް

    މަސްކިލޯއަކަށް 30 ވެސް މިފަހަރު ހަދާފާނެ! މަސްވެރިން ބޯ ކައިލާ ، މާޟީގައި މި ސަރުކާރުން މަސްވެރިންނަށް ޖެއްސި ޙާލު ހަނދާން ނައްތާލަން ކުރާކަމަކަށް ނޫނީ މިކަން ނުވާނެ! ފަހުން މިހާރު ހުރިވަރަށްވުރެވެސް ދަށްކުރާނެ! މަސްވެރިންނާއި މަސްވެރި ޢާއިލާތަކުން ހޭލާތިބެންވާނެ! ށ. ކޮމަންޑޫ ދާއިރާގެ ބައިއެލެކްޝަންގައި ކަންތައްކުރިގޮތް ހަނދާނުިގައި ބަހައްޓަންވާނެ!

  12. ެޖޮނަތަން

    ވަރިހަމަ 100 ރުފިޔާއަށް މަސްކިލޯއެއް ހެދިޔަސް.ވޯޓަށް ކޮންމެހެން ތިހެން އަހަރުމެން ލޮލުގަ އަދުން އަޅުވަން އުޅޭނެ ކަމެއްނެތް.ވެރިކަން ނާޖާއިޒު ގޮތުގަ ބޭނުންކުރަމުން ތިދަނީ..އެގިހުރެ ކައިރީގަ ތިބި އައުވާނުން ގައުމު ލޫޓުވަމުން ދާ އިރު ތިހުންނަނީ ޝީ ޖަހާފަ.ރީކޯ ކައިރީބުނެބަލަ ތިހެންނުހުރެ ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކާށޭ.

  13. ޙަނދުކޭތަ

    މަހުގެ ހަމަ އަގު ކޮންމެ އަހަރެއްގެ މަސްވެރިންގެ ދުވަހާ ކޮންމެ ވޯޓަކާ ދިމާކޮއްފަ ކަލޭގެ އަނގައިން ވައުދު ފުއްދާފަ މަސްވެރިންނާ އެމްޑީޕީ މަރުމޯލުތައް ގުނބޯ ހައްދާފަ ރައްކާވަނީ ހާދަނުލަފާ ޖާހިލު ބޭގަނޑެކޭމީ