ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީންއަކީ ތަންދޮރު ދަންނަ ވިޝަނެއް ހުންނެވި ބޭފުޅަކަށްވީ އަމިއްލަ އެދުމެއް އޮތީމަ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ރޭ ވިދާޅުވީ ޔާމީނަކީ މޮޅު، ރަނގަޅު، ތަންދޮރު ދަންނަ ބޭފުޅެއް ކަން ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ. އަދި އެކަން ގަބޫލު ނުކުރަނީ އެމްޑީޕީގެ ބޭފުޅުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މިއަދު ކޮންމެވެސް އަމިއްލަ އެދުމެއް އޮތީމަ ވެއްޖެ އިކޮނޮމިކް ބޭފުޅަކަށް. ރައީސް ޔާމީން ވެއްޖެ ވިޝަނެއް ގެންގުޅުއްވާ ބޭފުޅަކަށް. ރައީސް ޔާމީން ވެއްޖެ ކަންކަން ކުރައްވަން ދެނެވަޑައިގަންނަވާ ބޭފުޅަކަށް." އަބްދުއްރަހީމް ވިދާޅުވިއެވެ.

ވ. އާރަށުގެ މައްސަލައިގައި 11 އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވީ ރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ކޮށްދެވޭނެ ހަމައެކަނި ބޭފުޅަކީ ޔާމީން ކަމަށެވެ. މި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރެވޭނެ ބޭފުޅަކީ ވެސް ޔާމީން ކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހަށް ވުރެ ޔާމީން ތަންދޮރު ދަނޭ، ވިޝަނެއް ހުރޭ: ނަޝީދު

އަދުރޭ އެގޮތަށް ވިދާޅުވި އިރު، ޔާމީނަކީ ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަނެއް ހުރި ބޭފުޅެއް ކަމަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ. ނަޝީދު ވިދާޅުވި ގޮތުގައި ޕީޕީއެމާއި އެމަނިކުފާނާ ދެމެދު ހިޔާލު ތަފާތުވާ އެންމެ ބޮޑު އެއް ސަބަބަކީ "އިންޑިއާ އައުޓް" ކަމަށް ބުނެ ހިންގާ ކެމްޕެއިނާ ގުޅިގެންނެވެ.

އަދުރޭ ވިދާޅުވީ އެމްޑީޕީގެ ކޮންމެ ސަރުކާރަކުން ވެސް މިހާތަނަށް އޮތީ ޔާމީނަށް އަނިޔާކޮށްފައި ކަމަށާއި އެގޮތުން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވެސް ދެ ފަހަރު ޔާމީން ދޫނިދޫ ޖަލަށް ގެންދިޔައިރު އެއް ފަހަރު އާރަށުގައި އެކަހެރި ކުރެއްވި ކަމަށެވެ.

"އެމްޑީޕީއަކުން ރައީސް ޔާމީނަކަށް ހެވެއް ނޭދޭނެ. އަޅުގަނޑުމެން ބޭނުމެއް ނޫން އެމްޑީޕީގެ ޕްރައިމަރީގައި މޮޅުވަނީ އިބޫތޯ ނަޝީދުތޯ ބަލާކަށް. އިބޫ މޮޅުވިޔަސް ނަޝީދު މޮޅުވިޔަސް އަޅުގަނޑުމެންނަށް ކުރާނެ ފައިދާއެއް ނޯންނާނެ. އެމްޑީޕީ ވާނީ އެމްޑީޕީ އަށް" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އެމްޑީޕީގެ އަމާޒަކަށް ވާނީ ޔާމީނަށް އަނިޔާކޮށް އެމަނިކުފާނަށް އަލުން އަނބުރާ ވެރިކަމަށް ވަޑައިނުގެންނެވޭނެ ގޮތް ހެދުން ކަމަށެވެ. މިކަމާ ވިސްނައި އެމްޑީޕީގެ ވަކިތަކުން ގައުމު ސަލާމަތް ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މި ސަރުކާރަށް ފަސް އަހަރު ވާން ދާއިރުގައި ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކޮށްދިން ކަމެއް ފެންނަން ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަވަށުމީހުން

    ތިކަޑަވަނިއްޔޭ.. އަދުރޭ ތިއުޅެނީ ގިނަދުވަހު ޔާމީން ގޮޅީގައި ބާއްވާފާ ޕާޓީ އަތުލަން..

    16
    16
  2. Anonymous

    ސާބަހޭ، އަދުރޭ، ފުކެއްވެސް ދޫނުކޮށް ތިޔަގޮތުގައި ކުރިޔަށް ގެންދަވާ، ފަހުލަވާނުން ތިކުރައްވާ މަސައްކަތަށް ﷲގެ ވާގިފުޅާއިއެކު އިތުރު ޖޯށު ލިބި ތިޔަ ޓީމަށާއި ރ ޔާމީނަށް ނަސްރާއި ކާމިޔާބު ދެއްވާށި އާމީން🤲

    28
    5
  3. އެކުވެރި

    އޭ . . މުޒާހަރާ ހާދަ ވަނދޭ . . އަދުރޭ އާދޭސްކުރާއިރުވެސް މީހުންނާދޭ . . އާނ ވަގަކާ ހެދި އެވަރަށް އުޅޭނެ ކަމެއްނެތް

    12
    17
  4. ބަރުގޮނު

    ނަޝީދަށް އެބަ ކަށަވަރުވޭ ކެމްޕޭނުގައި ބޮޑުވެގެންވީ ސުމެއް ލިބޭނެކަމާ ، ނަޝީދާ އެކުލަވާނެ ޕާޓީއެއްވެސް ނެތްކަން. އަނެއްކޮޅުން ތިމާ ނިސްބަތްވާ ޕާޓީ ގައިވެސް ނަޝީދަށް ނޫނެކޭ ބުނާ މެމްބަރުންވެސް މިހާރު އެބަ ތިބިކަން. އެހެންވީމާ މިހާރު މައިގަޑަކަށް އޮތީ މުސްކުޅިންނާއެކު ފީކޯތް ކުޅުމާ ބަދިގެ ބަދިގެއަށް ވަދެ މީޑިއާއަށް ދައްކަށް ބަތްކައްކާ ކުޅުން. ދެން އެ އުޅެނީ ހިތުން ރައީސް ޔާމީނަށް ޙުޝާމަދު ކޮށްގެން މޮޅު ހޯދަން ކަމަށް.

    13
    4
  5. ދެންދޯ

    އަދުރޭ ބިރުގަންނަނީ ރ.ޔާމީން މިނިވަން ވެދާނެތީ. ނަޝީދު ޖަލުގަ އޮތީމަ އިބޫއަށް ޓިކެޓް ދިން ގޮތަށް ރ.ޔ. ޖަލުގަ އޮތީމަ އަދުރޭއަށް ޓިކެޓް ލިބުމުގެ ހުވަފެން އަދުރޭ އެބަ ދެކޭ.

    5
    9
  6. އާއެކޭ

    ތިއީ ހަމަ ރަގަޅު ވާހަކައެއް. ތިއެންމެންވެސް ގެ ހާލަކީ ތިއީއޭ

    3
    5
  7. އަބާން

    އަދުރޭ އަކީ ޕީޕީއެމް ހަލާކް، މީހުން ޕީޕީއެމައް ނަފަރަތު ކުރާ މަިގަނޑު އެއް ސަބަބް ޕްރޮފެސާ އަދުރޭއަކީ

    3
    4