ކުރެވުނު ގޮތަކަށް ސަރުކާރުން ދިވެހި ވިޔަފާރިތައް ފުނޑާލަމުން ދާ ކަމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ތުހުމަތު ކުރައްވައިފި އެވެ.

އާމިރު އެގޮތަށް ވިދާޅުވީ ތިލަފުށިން ބިން ވިއްކަން ނިންމި ނިންމުމާ ގުޅިގެން އެކަމަށް ފާޑު ވިދާޅުވެ ކުރެއްވި ޓުވީޓެއްގަ އެވެ.

ބީލަމުގެ އުސޫލުން ދިވެހިންނާއި ބިދޭސީން ހިމެނޭ ގޮތަށް ތިލަފުށިން 50 ބިިމެއް ކުއްޔަށް ދިނުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އެހެން ނަމަވެސް ބިދޭސީންނަށް ތިލަފުށިން ބިން ދޫކުރުމަކީ ސިނާއީ މަސައްކަތް ކުރާ ދިވެހި ކުންފުނިތަކަށް އަސަރުކުރާނެ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން އާމިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކޮށްގެން ފައިސާ ކޮޅެއް އިތުރު ކުރެވޭތޯ ބަލާކަށް ސަރުކާރުން ބޭނުންނުވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ބޭނުން ވަނީ ގައުމު ފެލާލައިގެން އާމްދަނީ އިތުރުކުރަން ކަމަށެވެ.

" 99 ޕަސެންޓް ކަނޑު އެއް ޕަސެންޓް ވަރު ބިން ކޮޅެއް އޮތް ގައުމަކަށް ދިވެހީން ނަށް ވެސް ބޭނުންވާ ވަރަށް ބިން ނުލިބިގެން އުޅޭ އިރު. މީ ވަކި ކޮން ކަމެއްތޯ މާދަމާ ބުނެފާނެ ސިޔާސީ މަގާމުތަކެއް ނުއުފައްދަމޭ އެކުގަވާ ޕާތީތަކުގެ މީހުންނަށް ވަޒީފާއޭ ދިނީ، އެ ގޮތަކުން ނޫނީ އަނެއްގޮތަކުން ވެސް މި ބަލަނީ ދިވެހި ވިޔަފާރިވެރި ތައް ފުނޑާލެވޭތޯ. ތަންކޮޅެއް ގަބޫލުކުރަން ފަސޭހަ ދޮގެއް ހަދާ ބަލަ.". އާމިރު ވިދާޅުވި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނާ ގޮތުން ހަ ބާވަތެއްގެ ބިން ސިނާއީ ބޭނުމަށް ކުއްޔަށް ދޫކުރަން ވަނީ ނިންމާފައެވެ. އެގޮތުން 99 އަހަރަށް ތިލަފުށިން ދޫކުރާ 50 ބިިމަށް އެދި ބިދޭސީންނަށްވެސް ހުށަހެޅިދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި ބިން މިލްކު ކުރަން ބޭނުންވާ ދިވެހިންނަށް އެފުރުސަތުވެސް އެބައޮތެވެ.

ތިލަފުށިން ކުުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ 2،500 އަކަފޫޓާއި 35،000 އަކަފޫޓާ ދެމެދުގެ ބިންތަކެވެ. އެންމެ ކުޑަ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 1،700ރ. ދައްކަން ޖެހޭނެކަމަށް އެކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ސޯލިބޭގެ ދައުރު ނިމޭއިރު ދިވެހިން އިންޑިޔާގެ އަޅުވެތިކަމުގައި ތާށިވެނިމޭނެ ހުރިހާ އެއަރޕޯޓް ތަކާ ސިފައިންގެ މަރުކަޒުތަށް އިންޑިޔާގެ ބާރުދަށަށްގެންދާނެ ތިލަފުށީގައި ދިވެހިން ހިންގާ ހުރިހާ އިންޑަސްޓްރިއަލް ކަންކަން އިންޑިޔާގެ ކުއްފުނިތަކުގެ ބާރުގެ ދަށަށްގެންދާނެ

    2
    1
  2. ޝައްމޫން

    ކަލޯ އެމްޑީޕީ ބީޖޭޕީ މެންނޭ.. މާލޭ އަތޮޅު ކަނޑު އިންޑިޔާގެ ރޭލުހަދާ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދެމާ. އޭއީ ވިއްކާލުމެއްނޫންތާ.. އެއީ ކުއްޔައްދިނުމެއްނުން އެ އޯކޭވާނެ.

    2
    1