ތުރުކީ އާއި ސީރިއަށް އައި ބިންހެލުމާއި ގުޅިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުން ދިވެހިންގެ އެހީގައި ސިރީއާ 2،800 އާއިލާއަކަށް ކެއުން މަސް ދުވަހަށް ހަމަޖައްްސާފައިވާ ކަމަށާއި، އެހެން އެހީދޭ ޖަމިއްޔާތަކާއި ގުޅިގެން ތުރުކީގެ 50،000 މީހުންނަށް ކޮންމެ ދުވަހަކުވެސް ކޮއްތު ދެމުން އަންނަ ބުނެފިއެވެ.

މިއަދު މެންދުރު ޕޯސްޓް ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިއޭސީގެ ފަރާތުން އަހްމަދު އިގްބާލް ވިދާޅުވީ، މި ކާރިސާ ފުރަތަމަ ދިމާވި ދުވަހުން ފެށިގެންވެސް ޓީމް އެކްޓިވޭޓްވެ، ޕާޓްނަރުންނާއި ވާހަކަދެކެެވި ހަރަކާތްތައް ފައްޓާފައިވާ ކަމަށެވެ. އަދި އަބަދުވެސް އުސޫލުކީ، ގްރައުންޑްގައި ހަރަކާތްތެރިވެ ދިވެހިންގެ އެހީތެރިކަން ފޯރުކޮށްދެވެނީ ކިހިނެއްތޯ ބަލާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތުން މިއަދާއި ހަަމައަށް އަޅުގަނޑުމެން ވާނީ ސީރިޔާ އަދި ޓާކީގައި ތިބި މީހުންނަށްވެސް ފުދޭ ވަރަކަށް އެހީ ފޯރުކޮށްދީފައި"،

އެއް އުންމަތެކޭމީ"ގެ ނަމުގައި ހާއްސަށް ފަންޑް ރެއިޒިންގ ކެމްޕޭނެއް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: މަހަލްދީބް ފައުންޑޭޝަން

އޭނާ ވިދާޅުވީ، ސިރީއާގައި 2800 އާއިލާއަކަށް ކެއުން، ޕާރުސަލް އަދި ފުޑްޕެކް މަހަކަށް ވާވަރަށް ފޯރުކޯށްދީފައިވާނެ ކަމަށެވެ. މީގެ އިތުރުން ފިނީގައި ލާ އަންނައުނާއި، ރަޖާވެސް ފޯރުކޮށްދީފައިވާނެ ކަމަށް އިގްބާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ތުރުކީގައި މަސައްކަތް ކުރަމުން ދަނީ ގިނަ ޖަމިއްާޔާތަކާއި ގުޅިގެން ކަމަށެވެ. އެގޮތުން އީހާހާއާ ގުޅިގެން ކޯލިޝަނެއް ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިގްބާލް ވިދާޅުވި، މިކަމުގައިވެސް އައިއޭސީގެ ފަރާތުން ބައިވެރިވެ ކޮންމެ ދުވަހަކު ޖުމްލަ 50،000 މީހުންނަށް ކޮއްތު ދެމުން އަންނަ ކަމަށެވެ.

އަދި ހާލުގައި ޖެހުނު ފަރާތްތަކުގެ ހާލާތު އަނބުރާ އާއްމު ހާލަތަކަށް ގެންދިއުމަށްޓަކައި ޕާޓްނަރުންނާއި ވާހަކަދައްކައިގެން، އެކަމުގެ މަޝްވަރާގެ މަސައްކަތްތައް ފެއްޓުމަށްޓަކައި މަޝްވަރާތައް ކުރެވެމުންދާކަމަށްވެސް އިގްބާލް ވިދާޅުވިއެވެ.

"އެއީ އެ ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކޮށް ހޯދާދިނުން". އޭނާ ވިދާޅުވިއެވެ.

ތުރުކީ-ސީރިއާ އަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 41،000 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.
ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ ގައުމުން މިހާތަނަށް 35،418 މީހުން ވަނީ މަރުވެފައެވެ. އަދި ސީރިއާގައި 5،800 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެ ގައުމެގެ ސަރުކާރާއި އދއިން ވަނީ ބުނެފައެވެ.