އިދިކޮޅު އިއްތިހާދުން އައްޑޫ ސިޓީގައި ބޮޑު ވެހިކަލް ބުރެއް މިއަދު ހަވީރު ބާއްވައިފިއެވެ.
މި ވެހިކަލް ބުރުގައި އެކި އުމުރުފުރާތަކުގެ މީހުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 619 މީހުން ވަނީ ބައިވެރިވެފައެވެ. މި ބުރުގައި 96 ސައިކަލާއި ގިނަ އަދަދެއްގެ ޕިކަޕާއި ކާރު ވަނީ ބައިވެރިވެފައެވެ.
މި ވެހިކަލް ބުރުގައި ފޭދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ހިތަދޫ އިން މީހުން ބައިވެރިވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރިގަދަ ވެފައިވާއިރު އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި މި އިންތިހާބުގައި ވާދަކުރާނީ އެމްޑީޕީ އަށް ނިސްބަތްވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އިބޫގެ ރަނިންމޭޓަކީ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ފައިސަލް ނަސީމްއެވެ.
އިދިކޮޅު އިއްތިހާދުގެ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ. އެގޮތުން ރޭ ޅ. ކުރެންދޫގައި އިދިކޮޅު ފަރާތްތަކުން ވަނީ ހާއްސަ ޖަލްސާއެއް ބާއްވާފައެވެ. އަދި ނައިފަރުގައި ދޮރުން ދޮރަށް ހިންގުމުގެ ހަރަކާތެއް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ހިންގާފައެވެ.
ރިޔާސީ އިންތިހާބުގައި އިދިކޮޅު އިއްތިހާދާއި ވާދަކުރައްވާނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންއެވެ. ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ކެމްޕެއިންގެ ހަރަކާތްތައް ޕީޕީއެމް އިން ވެސް ކުރިއަށް ގެންދާއިރު ރައީސް ޔާމީންގެ ރަނިންމޭޓް މިވަގުތު ހުންނެވީ ކެމްޕެއިން ދަތުރުފުޅެއްގައި ފުވައްމުލަކު ސިޓީގައެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ.
ހާދަ ބޮޑޭ އެކަމަކުވާ
އައްޑޫގެ އާބާދީއާ މޑޕގެ ކިއްލާއަކަށް އައްޑޫވާއިރު ތިވަރަށް ނުކުތީމަ އިގެނީ އައްޑޫ ބަދަލުވެއްޖެކަން.. އުއްމީދަކީ ﷲގެހެޔޮރަހުމަތުން ކުރިޔަށްއޮތް ދުވަސްތަކުގަ އައްޑޫގެ ބޮޑުއަގުލަބިއްޔަތެ ރޔާމީނާއެއްކޮށްއުފެދުން.. އިންޝާﷲ ކުރިޔަށްއޮތްތަނުގަ ކާމިޔާބުލިބި މިއިންތިހާބުން ކާމިޔާބުލިބޭނީ ރޔާމީނަށް..
ޢަލްހަމްދުﷲ އާމީން
މިހާރު އިގޭނެ ތާއީދު އޮތީ ކޮން ބައެކަށް ކަން.
ކޮބޭ ޔާމީން.. ނޭފަރަށް ވެސް އަރަން ނުކެރިގެން ބިރުން އުޅެނީ.. 2 މަސްދުވަސް ވެއްޖެ..
ޢެހެންދޯ
މަގުމަތިން ވެރިކަން ވައްޓާނުލައި ވޯޓުންވެރިކަން ވައްޓާލާނީ،
މަގުމަތިންވެސް ވޯޓުންވެސް ވެރިކަމެއް ވެއްޓޭވަރު ބައެއް ނޫން ތީ. ވެރިކަން ވެއްޓޭނީވެސް ވެރިކަން ކުރެވޭނީވެސް އަހަރުމެންނަށް. ސަތޭކަ ފޫޓަށްވެސް ކައިރި ވާކަށް ލާހިކެއް ނޫން.
ފޮޓޯ ޖަހައްނުކެރެއްޏާ ނުޖަހަބަލަ
ތިވަރައް ވަކިފަޅިއަކައް ނުޖެހިބަލަ
ހާދަ ސަޅި މަގުތަކެކޭ ދޯ؟
ހަތަރުރަށުން މިވަރަށްނުކުތީމާ ވ.ވ،ބޮޑު ބުރެއް ނަވާވީސްހާސް އާބާދީއަކައްބަލާކޯ ހައިރާންވާވަރުވޭ
ތިޔަ ވެހިކަލް ބުރުތިއޮތީ މިކްސް ވެފަ އެގަހުކޭލެއް މިގަހުކޭލެއް ވަތްކެއްނުވޭ އެފަދަ
އިއްތިހާދަކަށް ވެރިކަން ކުރެވޭނެ ގޮތެއް ނުވިސްނޭ އިނގޭ.
ކަލޯމެންނޭ ތިފެނުނީ ވޯޓްގެވެސް އަދަދު. ޢަށްޑޫ މީހުންނަކީ އެޑިއުކޭޓެޑްބަޔެއް އެމީހުން ބޭނުމެއްނުވާނެ ކޮޅިގަޑެއްގެ ދަށުވެ ރާއްޖެ ފަނާވާކަށް އިންޝާﷲ މިއީ އަނެއްކާވެސް ރޔ ފަހަރު.
ލަނޑަޔާ ވާނީ ލަނޑަޔާ. ބާޣީންނާ ވާނީ ބާޣީންނާ.
ފާޓު ފުޅާ އިއްތިހާދުން ހަސަޓޭކައިގެ ބޮޑު ލަޝްކަރެއް އައްޑޫން!!!!! ހާދަ ބައިވަރެކޭ. ބިރުންވެސް ހަލާކު. ކެކެކެޖެ
ޔާމީނަށް ތާޢީދުކުރާ ނުވަތަ ސަރުކާރާއެކު ނިކުންނަން މާގިނަމީހުން އައްޑޫގައި އެބަތިބި، ބަޔަކު އެމީހުންތައް ނެރުނީމަ ފެންނާނީ، ރީނދޫ ހުމެއް ﷲގެ ރަޙުމަތްފުޅުން މިހާރު އައްޑޫއަކު ނެތް
ތިރީސްހާސް އާބާދީއެއްގެ ތެރެއިން ދެހަފުތާ ވަންދެން އަތްފުނާ އަޅައިހިގެން ހަސަތޭކައެއްހާ މީހުން ނެރެވުނީމަ ބޮޑު ބުރަކަށްވާނެތާދޯ..، އިދިކޮޅު ކޯޅޭޝަނުގެ ސައިޒް އައްޑޫއިން ތިފެނުނީ،