އެމްޑީއެންގެ ލީީޑަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ހުރި ދިމާލެއް ސާފު ވާނީ އިންޑިއާ ސިފައިން ރާއްޖެ އިން ފައިބަން ގޮޮވާލުމުން ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ޠާރިގު މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބާއި ކުރިމަތިލާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮތުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ނާޒިމް ރޭ ވިދާޅުވުމުންނެވެ.

ޠާރިގު މިއަދު ކުރެއްވި ޓްވީޓެއްގައި ތުހުމަތު ކުރެއްވީ ޔާމީން ޖަލުގައި އޮތުމުން ކަންބޮޑުވާ ކަމަށް ވިދާޅުވެ ނާޒިމް ދެއްކެވި ވާހަކަފުޅަކީ ޔާމީންގެ ސަޕޯޓަރުންގެ ތާއީދު ނާޒިމަށް ހޯދަން ވެގެން ދެއްކި ވާހަކައެއް ކަމަށެވެ. ޠާރިގު ވިދާޅުވީ ނާޒިމް ދެއްކެވި ވާހަކަފުޅަކީ ޔާމިންގެ ސަޕޯޓަރުންގެ ވޯޓްލިބޭނެކަމަށް ދައްކަވާ ވާހަކައެއް ނަމަ އެއީ ހިތާމަހުރި ކަމެއް ކަމަށެވެ.

ޔާމިން ކުރައްވަނީ ރާއްޖެ މިނިވަންކުރުމުގެ ޖިހާދެއް ކަމަށާއި އިންޑިޔާ ސިފައިން މިހާރުން މިހާރަށް ފައިބަން ނާޒިމް ގޮވާލައިފިނަމަ "ތިހުރި ދިމާލެއް ސާފުވާނެ." ކަމަށް ޠާރިގު ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން ނުވާނެ ކަމަށާއި ނަމަވެސް "އިންޑިއާ އައުޓް" ހަރަކާތަކީ ޔާމީންގެ އަމިއްލަ ބޭނުންފުޅަކަށް ކުރައްވާ ކަމެއް ކަމަށް ނާޒިމް ވަނީ މިދިޔަ އަހަރުގެ މެއި މަހު ވިދާޅުވެފައެވެ.

"މިއީ ގައުމީ ކެމްޕޭނެއް ނޫން. އެމްޕީން ގަބޫލެއް ނުކުރަން އިންޑިއާ އައުޓް މިއީ ގައުމީ ކެމްޕޭނެއް ކަމަކަށް. އަޅުގަނޑު ހަމަ އިލްތިމާސް ކުރަން ދިވެހި ހުރިހާ ރައްޔިތުންނަށް މި ކެމްޕޭންގައި ބައިވެރި ނުވަން. އެއީ ގައުމަކާ ދޭތެރޭ އެގޮތަށް ކަންކަން ކުރެވިގެން ނުވާނެ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ގައުމެއްގައި ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައި ހުރި ބޭފުޅަކު ގައުމެއްގެ ނަން ޖަހައިގެން ނުކުމެ ހުރެ އެގޮތަށް ނުކުމެ ހުންނެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ނާޒިމް އޭރު ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖޭގައި އޮޕަރޭޓް ކުރާ ދެހެލިކޮޕްޓަރު ދުއްވަން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ޤައުމީ ސަލާމަތަށްހުރި ނުރައްކަލެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވެސް 2019 ވަނަ އަހަރު ނާޒިމް ވިދާޅުވެފައި ވެއެވެ.

ނާޒިމް އަންނަނީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައި، ކެމްޕޭން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޒުރާރު

    ޔާމީނު ޖަލަން ލާފައި ހުރީ ވައްކަން ކޮށްގެން ވައްކަން ކުރިކަމަށް ކޯޓަކަށް ސާބިތުވެގެން ދެންކޮން ރައީސުލްޖުމްހޫރިއްޔާ ކަމެއް ޓޮމް

    7
    36
    • ހަސަން ކުރުސި

      ނާޒިމަކީ އިންޑިޔާގެ ޕަޕެޓެއް.

      9
      2
    • ޒުރާރުގެ ޑެޑީ

      ކަނޑައެޅިގެން ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހަރާމް ހުކުމެއްކަން ނުދަންނަ ކުޑަކުއްޖަކުވެސް ނެތް.

      12
      3
  2. ޚާލިދު

    ހަޤީޤަތަކީ ޓޮމް އެބުނީ އެހެންނޫނީ ރައީސްޔާމީންގެ ސަޕޯޓަރުންގެ ތާއީދެއް ނާޒިމަކައް ނުލިބޭނެ

    22
    2
  3. ފިޔާ

    ނާޒިމުވެސް އެފާރަލަނީ ޕީޕީއެމްގެ ޓިކެޓަށް ނާޒިމްވެސް ބޭނުމެއްނުވާނެ ޔާމިނު ޖަލުން ނެރޭކަށް.

    24
    2
  4. ސަރަފް

    ނާޒިމް އަކީ އިބޫ އަދި އިންޑިޔާގެ އެގްޒިމް ބެނކު މެދުވެރިކޮށް ޕީ.ޕީ.އެމް އަދި ޖޭޕީގެ ވޯޓު ހޯދަން ހަދާފަ ހުރިޕާޓީއެއް މިއީ ހަޤީގަތަކީ ނާޒިމް ނިކުރާނެ މާކަބޮޑުކަމެއް ނާޒިމަކީ ބައިއަޅަގެން އުޅޭމީހެއް ޤާސިމް ގެ ބަދަލުގަ ކިންގް މޭކަރައް ވާންށޯ ބޭނުމީ ޏަޒިމް ކައިރީގަ ނެތް ޤާބިލް މީހުނެއްވެސް

    15
    3
  5. ޔާސިރުބެ

    ރިޔާސީ އިންތިޚާބުގައި އިންޑިއާ އައުޓް ނުގޮވާ މީހަކު ފެއިލްވާނެ. ރައްޔިތުން އެ މީހަކަށް ވޯޓެއް ނުދޭނެ.

    31
    5
  6. ޖެރީ

    ޓޮމް ވެސް ސާފެއް ނޫން ނާޒިމު އިންޑިޔާ އައުޓް ގޮވިޔަސް ތިމީހުން އޭނާއަށް ވޯޓުދޭނެ ކަމެއް. ގާތްގަނޑަކަށް ޔަގީން ނުދޭނެކަން.

  7. ބޮކި

    ޓޮމް ކަލޭމެން ފަސްއަހަރު ވެރިކަންކޮށް މިރާއްޖޭން އިންޑިޔާ ސިފައިން ބޭލުނުތަ ؟؟؟؟

    6
    2
  8. ދަތްދޮޅި އާދަނު

    ހަމަތިގޮތައް ތޯރިޤްހުރި ދިމާލެއްވެސް އިނގޭނީ ދައުލަތުން ވައްކަންކުރާ މީހުންނަށް ހައްޤްއަދަބުދޭން ގޮވާލުމުން، ނުހައްޤް މުއްސަދިކަން ހޯދާމީހުންނަށް ހައްޤްއަދަބުދޭން ގޮވާލުމުން، ވެރިކަމުގަހުރެގެން ހަލާލުނޫން ފައިސާ އަމިއްލަ ގެކޮޅައްވަންކަމައްބުނާ މީހުންނަށް ހައްޤްއަދަބުދޭން ގޮވާލުމުން، ދައުލަތުގެ ތިޖޫރި ފެންފޮދަކާނުލާ ދިރުވާލިމީހުންނަށް ހައްޤްއަދަބުދޭން ގޮވާލުމުން، ބެންކޮކުންހޯދަނީ ހިލޭއަންހެނުންނެއްނޫނޭ ބުނިމީހާއަަށް ހައްޤްއަދަބުދޭން ގޮވާލުމުން، 15މިލިޔަން ރުފިޔާ އެއްވެސް ޖެހިލުމެއްނެތި އަތުންގުނާލި މީހުންނަށް ހައްޤްއަދަބުދޭން ގޮވާލުމުން، ފައިސާ ގޯނި ގޯނީގަ އުފުލިކަމައްބުނާ މީހާއަށް ހައްޤްއަދަބުދޭން ގޮވާލުމުން

    6
    2
  9. Anonymous

    އިންޑިޔާ އައުޓު ފަޅީގައި ހުރެގެން އެއްފަހަރުވެސް އިންޑިޔާ އައުޓު ގޮވީމާ އަޅުގަޑުމެނަށް އެގޭނެ ނާޒިމް ހުރި ފަޅިވެސް ވޯޓް ހޯދަން ފަސޭހަވާނެ !

  10. ނުކޭ

    އިންޑިއާއާ ޖެހުނީމަ ނާޒިމުގެވެސް ނުހުންނާނެ ހިތްވަރެއް.

  11. ޝުވޭ

    ވެރިކަން ބޭނުންތަ؟؟؟ އެންމެފަހަރަކުވެސް އިންޑިއާ އައުޓް ގޮވާލަދީ. ޕްލީޒް!

    5
    2
  12. ޗަކުޅު

    މިހާރު މި ނާޒިމެއްގެ ސިޔާސީ މަޤާސިދު ހުރި މިސްރާބެއް ނޭނގި އޮޅެން ފަށައިފި!! ނާ އެހެންޏަ!!! އެމްއެންޕީ އުފެއްދީ "ތިންވަނަ" ފިކުރެއް ކަމަށް ބުނެ!! މިހާރު ކޮންތާކު މި ޖެހެނީ؟؟؟؟