ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް، ޢަބްދުއްޞަމަދު (ސަމަދުބެ) ބޭސް ފަރުވާއަށް ޢާއިލާއާއެކު އިންޑިއާގެ ބެންގަލޫރަށް ގޮސް ހުއްޓާ އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަގެންދިއުމަށް ފާޑު ކިޔައި މަލާމާތް ކުރުމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހޫނު ފެނަށް ވެއްޓިޖެ އެވެ.

ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް އެރުވުމަށް ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު މާރިޔާ ވިދާޅުވީ މި ދޭތެރެއިން މީޑިއާތަކުގައި ކޮންމެ ރެއަކު އަވަށްޓެރި ގައުމުގެ މިލިޓިރީއާ ދިމާލަށް ވަރަށް ބަރާށް އެކި ގޮތްގޮތަށް ގޮންޖައްސަވައި ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައި ވެސް ފައުޖުގެ ކުރީގައި ދިދަ ހިއްޕަވައިގެން ބޭފުޅަކު ހުންނެވި ކަމަށެވެ.

"ތުބުޅި ބާލައްވައިގެން އާއިލާއެކުގައި އެ ގައުމަށް ވަޑައިގެންނެވި. ވަޑައިގަންނަވައިގައި ދެން ފެނިގެން ދިޔައީ އަބުރާ ވަޑައިގެންތައް. ކެމެރާތައް ހުރީ އަޅުވާފައި. ވަޑައިގެން ވާހަފުޅުދައްކަވަމުން އަޅުގަނޑުމެންނަށް ފެނުނީ މޫނުގައި އަތް އަޅުއްވާ. އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތި ކުރެއްވުނުހެން. ކޮންމެ އަކަށް ވިދާޅުވީ މުޅި އުމުރު ތިމަންނަ ހޭދަކުރީ ސިފައިންނާއި ފުލުހުންގެ ތެރޭގައި ކަމަށް. ދިދަ ހިއްޕަވައިގެން ކުރީގައި ޖަޑިބެއްހެން ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި. އެކަމު އަބުރާ ވަޑައިގެންނެވީ ކީރިތި ކުރައްވަމުން. މި ވަރު މީހުން ނިކުމެ އުޅެނީ." މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ މި ސަރުކާރުގެ ސިފައިންނާއި ފުލުހުންގެ ގައިގައި އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި ތިބެފައި އައިސް ރޮއިނުގަންނަހާ ހިއްވަރު ހުންނާނެ ކަމަށެވެ. މިހާރުގެ ސިފައިންނަކީ ހެދެނީ ނެހެދެނީ ކިހިނެއްކަން އޮޅޭނެ ބައެއް ނޫން ކަމަށެވެ. ރައީސްގެ ދިފާއީ ސިޔާސަތަކީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއިއެކުގައި ކަންކަން ކުރައްވާ ރަހުމަތްތެރިކަމާއިއެކުގައި ހުރިހާ ގައުމަކާއިއެކުގައި އުޅުން ކަމަށް ވިދާޅުވި އެވެ.

މާރިޔާ އެ ދެއްކެވި ވާހަކަތަކާއެކު ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

މިއާއެކު ފަހުން މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒަރޫރީ ބޭނުންތަކަށް ދާން ޖެހޭ ގައުމުތަކަށް ހިތުހުރި އެއްޗިހި ނުގޮވުމަށް ބުނެބުނެ ތިއްބާ ހިތުހުރި އެއްޗެއް ގޮވާފައި ގޮސް އެ ގައުމަށް އެރީމަ އެތަނުން ފޮނުވުމުން، އެއީ ރޯން ޖެހޭ ރުއިން ފެނި އެގޮތަށް އިތުރު ރައްޔިތަކަށް ނުވުމަށްޓަކައި ވެސް އެ ވާހަކަދައްކަން ކެރެން ޖެހޭ ކަމަށެވެ.

މާރިޔާ ރޭ ދެއްކެވި ވާހަކަތަކާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނަމުން ދަނީ މި ގައުމުގެ ޑިފެންސް މިނިސްޓަރަކަށް ހުރެ ރައްޔިތަކަށް މަލާމާތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިއީ ގަނާ ކުރުމެގެ އަމަލެއް ގޮތުގައި ސިފަކޮށް މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުން ނެވެ.

މިގޮތަށް ފާޑުކިޔަމުންދާ ފަރާތްތަކުގެ ތެރޭގައި މި ސަރުކާރަށް ތާއިދު ކުރަމުންދާ ފަރާތްތައްވެސް ހިމެނެއެެވެ.

އޭގެ ތެރޭގައި ހިމެނޭ ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީއަށް ނިސްބަތްވާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، އިންސާނަކަށް ކުރިމަތިވި ހިތާމައެއްގައި އެއްވެސް ފަރާތަކުން އޭނާއަށް މަލާމަތްކޮށް ފުރައްސާރަ ކުރާ މޭރުމުން ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަަމަށެވެ.

"ހާއްސަގޮތެއްގައި ވަޒީރެއްގެ މަގާމުގައި ހުންނަވައިގެން އެފަދަ ކަމެއް ކުރެއްވުން ވަރަށް ހުތުރު". މާރިޔާ ޓެގް ކުރައްވާ މީހަކު ކުރި ޓްވީޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

55 ކޮމެންޓް

  1. ެއޭ

    މިހުރިހާ ކަމެން މި ދިމާވަނީ މި ސަރުކާރުގެ ދޯހަނޅި ސިޔާސަތުގެ ސަބަބުން.

    99
    4
  2. ނަމަސްތޭ

    ހަމަ ބަރާބަރު . . ތިމާވއރުގެ ބައެއްނެތިގެނ ހަޅޭލަވާއިރު ހީވަނީ އެހެންކަމެއްހެން . . ގޮވާ އަދިވެސް އިންޑިއާ އައުޓޭ ލޮލް

    14
    128
    • އަލީ

      މި ފަސްގަނޑުގަ އެމީހުންގެ މިލިޓަރީ މީހުނައް ތިބެވިގެން ނުވާނެ. މިތާގެ ކަންކަމައް އެމީހުނައް އަތްބޭނިގެން ނުވާނެ. އެހެން އެކަން ހިނގާ ކަމުގަ ވަންޔާ ގޮވަންވެސް ގޮވާނެ! ގައުމިއްޔަތައްވުރެ ފިކުރައް ލޯބި ޖެހުނީމަ ތިބެން ޖެހޭނީ ތިހެން ތައްޕާހުން ކައިގެން އަޅުވެތިވެފަ.

      49
      1
    • ގޮވާ

      ގޮވާނަމޭ ކަލޭ ހީކުރީތަ ހުއްޓާނެ ކަމަށް، އަޅުވެތި މީހާ

      38
      3
      • ނަނަނަ

        އިންޑިއަންސް އެންޑް ޑޯގްސް އައުޓް..

        31
        1
    • އަނެއް ސަރުކާރު

      އިންޑިޔާ ހަމަ އައުޓް! އިންޑިޔާ ހަމަ އައުޓް!
      އިންޑިޔާ ހަމަ އައުޓް! އިންޑިޔާ ހަމަ އައުޓް!
      އިންޑިޔާ ހަމަ އައުޓް! އިންޑިޔާ ހަމަ އައުޓް!
      އިންޑިޔާ ހަމަ އައުޓް! އިންޑިޔާ ހަމަ އައުޓް!

      37
      2
    • ނަމަސްތޭބެ

      “ނަމަސްތޭ” މެން މޯދީ އަށް އަޅުކަންކޮށް ގެރި އަށް އަޅުވެތި ވިޔަސް އަހަރުމެން ނުވާނަން

      13
    • Anonymous

      ނަމަސްތޭ ނަމުންވެސް ވިކިފަވާވަރުއެނގޭ. އެކަމަކު ވިކިހުސްވެފަނުވާ ބަޔަކު ސަރުކާރަށް ފާޑު ވެސްކިޔާނެ. ހަޖމް ގޯސްވަންޏާަ ދުވަސްކޮޅެއްވަންދެން ޑައިޖިން ބޭނުންކޮޑްލީމަ ރަންގަޅުވާނރ.

  3. ސަރީ

    މާރިޔާ އަކީ މާ ވަރަށް ފޫހިވާ މީހެއްް، އެކަމްވެސް މިފަހަރު އެބުނީ ރަނގަޅައް، ސަމަދުބެ އެއީ ދެން ބޮޑު ގޮތައް..

    11
    92
  4. ދަރަނި ދަންތުރަ

    މި ދުއްރަ ދައިތަ ހަމަބިމަށް ތިރިވާ ދުވަހަކުން ފަގީރުންނަށް ބޮނޑިބަތް ބަހާނަން ، ޔާﷲ މިފަދަ ގައްދާރުން ނިކަމެތި ކުރައްވާ ނެތިކުރައްވާށި އާމީން

    104
    4
  5. ޙުގޖ

    މީހަކު ފައުޅު ކުރި ހިޔާލަކުުން މީހަކު ދުނިޔޜގެ އެއްމެ ބޮޑު ޑިމޮކްރަސީން ބޭރުކުރުމުން ކަޑަ.
    މާރިޔާ އަންގަންވީ ފޮރިންމިނިސްޓަރަށް އެކަން ބަލަން.
    ނަމަވެސް ކުރީ މަލާމާތް.
    ތިކަމުގެ އަޑީގައި އިންޑިއާ ބޭނުނންވެއްޖެއްޔާ ރާއްޖެ ހިފިދާނެއޭ ބުނި މީހާ ހުރިތޯ ބަލަންޖެހޭ.

    85
    3
  6. ޒުހައިރާ

    މާރިޔާމެންނަކީ ބޭރުފުށުން ރައްޔިތުންނަށް ހެޔޮ އެދޭކަން ދައްކައިގެން އުޅޭ މުނާފިގުން. ކިޔޭނުކިޔޭ ނޭގި، އަމިއްލަ ރައްޔިތުން ބޭރުގެ ނުލަފާ ބާރުތަކަށް ހަވަރަށްދޭ އިރު މި ކުރެވެނީ ކޮންކަހަލަ ކަމެއްކަމެއް ނޭގޭ. ނުބައި ނުލަފާ ކަން އެ ފެންނަނީ.

    88
    1
  7. ކަހުރަބު

    ޚާއިނު ދައިތަ
    އިންޑިއާ އައުޓް

    79
    2
  8. ޚަލީލު

    ހިލޭ ފިރިހެނަކު ގޮވައިގެން ގެއަކަށް ވަދެ އޮވެގެން ސްކޫލުން ކަނޑާލީ ކާކުބާ؟ ލަދުހަޔާތްކުޑަޔަސް ބޮޑުވަރު.

    74
    2
    • ޓިނުވަގު

      ސަމަދުބެ ތަ؟

      6
      2
  9. ހަބެސޮ

    ކަލެތިގަމަރެ

    27
  10. ޢަގީ

    ތެދެއް މޮޔަމީހުންނާ ދިމާކުރާކަށް ނުވާނެ

    12
    21
  11. އާދަނާ

    ފިރިހެންދަރި ކުޅިކުޅުމުގަ،މަންމަ މީހުންނަށް ޖެއްސުންކުރުމުގަ ލަދެއްގެކަންފުޅެއްވެސްނެތި!މަގުމަތީ ރަންޑިން މިނިސްޓަރުންނަށް ލައިގެންއުޅޭ މިކަހަލުގެ ސަރުކާރުތަކަށް ވޯޓްދޭނީ ބީތާކައިފަތިބޭބައެއް!

    69
    1
  12. އަލީ

    މާރިޔާ ކަލޭމެން ތިތިބީ މޯދީގެ އަޅުންނައްވެފަ. ދެން އެމީހުނާ އިދިކޮޅުވާކައް ނުކެރޭނެ. ނުސް އުޅެވޭނެ. ތިތިބީ ކަރުފުނައް ކާންދީފަ. ނައްޓާފަ ދަންޏާ ދާންޖެހޭނީ ކަރުތާފަތްގަނޑު ދީފަ ދާން!!!

    59
    1
    • ކަމަނަ

      މަހިތުން މިހާރު ގެރިމަސްވެސް ނުކާނެ މާރިޔާ މޯދީ ދެކެ ބިރުން

      23
  13. މުޖުތާޒު

    ޢެފްޕީއައިޑީގެ ލާރިގަޑު ކާލިއިރު ލަދެއްނެގަނޭ އިންޑިޔާއޭ މީހަކު ބުނެފިއްޔާ މީނަހީވަނީ އެހެންކަމެއްހެން މުޅިގައުމު ވިއްކާލި މޭސްތިރިޔާ މިނިސްޓަރެއްގެ މަގާމުގަހުރެ ދިވެއްސަކަށް ހަޖޫޖަހާ މަލާމާތްކުރަން ލަދެއްނުގަނޭ މީނަ އައްނިފަހަތުން ދުވިދުވަސްވެސް އަހަރުމެން ދެކުނިން މިހާރު އައްނިނުވޭ މީނަގެ ކުރިމަތީގަ މަގުމަތީއުޅޭމީދަލަކައްވެސް ޟިންމީހާރުން މިހާރައް އިސްތިއުފާދިނުމައްގޮވާލަން

    51
    1
  14. Anonymous

    ކަމަނާ ދިވެހި ރައްޔިތުންގެ ދިފާއުގައި އަޑުއުފުލަން ޖެހޭ މީހަކު ، ދިވެހި ރައްޔިތަކު ދިވެހި ލޮބުވެތި ވަޠަނުގެ މިނިވަންކަމަށް ޚަޔާލުފާޅު ކުރުމުން ތިޔަގޮތަށް މަލާމާތްކުރުމުން ތިމާގެ އަޚްލާޤީ ފެންވަރު ހުރި މިންވަރު ރައްޔިތުންނަށް ހަމަވީ. ބަޔަކަށް އަޅުވެތި ވެފައިވާ މިންވަރު ވެސް ހަމަވީ. އިސްލާމީ އުޚުއްވަތްތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތްކަން ހަމަވީ. އަމިއްލަ އެދުމަށް ޓަކައި ޣައިރު މުސްލިމު ބަޔަކަށް ބޭނުންވާ ގޮތަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން ހާމަވީ. މިސަބަބަށްޓަކައި އަޅުގަނޑު ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން. އަދި ކަމާނާމެން މިޤައުދެކެ ލޯތްބެއް ކުލުނެއް ނެއްތާ ދީނުގައި އަންގަވާފައިވާ އިސްލާމީ އުޚުއްވަތްތެރިކަމުގެ ޒައްރެއްގެ މިންވަރު ނެތަތީ ކަމަނާއަށް ތިޔަފަދަ މަޤާމެއް ޙައްޤުނޫންކަމަށް ދެކެނީ

    61
    3
  15. ޙަަަހަ

    ޑިފެންސް މިނިސްޓަރއަކީ މާރިގެވެސް އެމްޑީޕީގެވެސް މުދާގަނޑެއްނޫން ، ދިވެހިކޮންމެ ރައްޔިތެއްގެވެސް ހައްޤެއް ، ދިވެހިން ހިމާޔަތްކުރަންޖެހޭ މަޤާމެއް ، ނުވަންޏާ އިސްތިއުފާދީބަލަ ،މި ނޫނީ ނުދެކެން އަމިއްލަ ޤައުމުގެ ރައްޔިތުންނަށް ފުރައްސާރަކުރާ ނުލަފާ ބާޤީންތަކެއް
    ދިވެހި ބިމުގައި ދިވެހިންގެ މިނިވަންކަމުގެ ވާހަކަދެއްކުމަކީ ބޭރުބަޔަކު ނަފްރަތުވަންޖެހޭވަރުކަމެއްނޫން ،

    19
  16. ސޯލޭ

    މިދައިތަގެ ފިރެހެން ސޮރު އަލަމްގިރި އަކައްވެސް އަރައިގެން އުޅުނުވާހަކަ ވަރައް ގަދަޔައް އޮތް މިފެންވަރުގެ ބީތާ އަންހެނަކު ސަމަދުބެޔާ ދިމާކޮއްލީމި ލަދުހަޔާތް ގަނެބަލަ ދައިތަގަނޑާ

    18
  17. އަލީ

    އިންޑިއާ އައުޓު ދަބަރު މާރިޔާ އައުޓު ގެރިމޯދީ އައުޓް.

    14
  18. ޓޮޕް ފޭން

    ގޭގަ އޮތް ނަމަ ހައްޔަރު ކުރީސް ތަ؟

    4
    32
    • ث

      މީ މޮޔަމީހެއްތަ ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަކީ ކުށެއްތަ މިގައުމުގެ ދިފާއުގައި ވާހަކަދައްކާ މީހަކީ ކުއްވެރިއެއްތަ ؟

      24
  19. ޓިނުވަގު

    މާ ބޭބެ ވެގެން ސިފައިންގެ ވެގެން އުޅޭއިރު ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީ.

    9
    3
  20. ޜަސް

    ހޫނު ފެނަށް ވެއްޓުނުކަން މާކުޑަ ..ހޫނުތެލަށްވަށްޓާލިއްޔޭބުނެބަ...ދިވެހިރައްޔިތަކާ ޖައްސާލައިގެން މިނިސްޓަރަކު މިވަރުވީމަ ތަންފުކެއްލަދުޙަޔާތް ކުޑަދެއްތޯ؟؟؟ޕާޓީމީހަކުނޫނަސް ދިވެއްސެއްވިއްޔާ ވާނީ ހަމަހަމަ ކުރަން..ރައްޔިތުއެންމެންގެ ލާރިންމުސާތާދެނީ..އެމްޑީޕީމިހުންގެ އެކަނިލާރިޔަކުންނޫން...
    މަގާމުގެ މަސްއޫލިއްޔަތު ކިޔާދެންފެނޭ..ނޭނގެނީ ކަމަށްވާނީ...

    21
  21. ނިޔާމާ

    މާރިޔާ ރައްޔިތުންގެ ފައިސާކައިގެންހުރެ ތިޔަމަޤާމުގެ ޒިންމާ ނޫފުލޭކަން ޤަބޫލުކުރަން ޖެހިއްޖެ. ރައްޔިތަކަށް ބޭރުޤައުމަކުން ނުފޫޒު ފޯރުވާއި އެފަދަ އަދަބެއް ދެވިގެން ނުވާނެ ޤާނޫނުމައްޗަށްފައިން އަރައި ބައެއްމީހުންނާދިމާއަށް ފިދަނައަށްގޮވި މީހަކު ދިވެހިރައްޔިތުންނަށް ރަނގަޅަކަށް ނޭދޭކަން ޤަބޫލު ކުރެވެން ފަށައިފި ޖޯކުޖަހާވަރަށްވުރެ ދިވެހިންނނަށް ނުރައްކާކަމެއް ކަލޭ ތިކުރަނީ މާރިޔާ އައުޓް

    16
  22. މަމަނަ

    އިންޑިއަންސް އެންޑް ޑޯގްސް އައުޓް..

    10
    1
  23. Anonymous

    އަދިވެސް ގޮވާނަން އިންޑިޔާ އައުޓް ބާރަށް ގޮވާނަން އިންޑިޔާ އައުޓް. އިންޑިޔާ އިން މުސާރަ ދޭ ކުއްތާ ޕަޕެޓުން މިގައުމުގައި އުޅޭ އެވެސް ދައުލަތުން ކައިގެން ބޮއިގެން.

    10
  24. ފިދަނަ މަރީ

    މަނުދެކެން މިހާގޮތް ކުޑަ މީހެއް

    13
  25. ޗެނަލް 13 އިން ރޯމަންޒަރު ދެއްކީ ކީއްކުރަން؟

    ހުރިހާ ދިމާލެއްގައްޔާއި ހުރިހާ ފަންތިއެއްގައި ވެސް ފުރައްސާރަ ކުރާ މީހުން އުޅޭ ތަނެއްގައި ޞަމަދުބެ ޖަޒުބާތުގައި އައިސް އެއަރޕޯރޓަށް ފޭބިތަނުން ޗެނަލް 13 އިން ގޮސް އިންޓަރވިއު ކޮށް ޞަމަދުބެ ރޮއްވާލާފައި އެމަންޒަރު މުޅި ދުނިތެއަށް ޢާއްމު ކުރީ ކީއްވެގެން ހެއްޔެވެ؟ ރޮވޭތަންކޮޅު އެޑިޓް ނުކުރީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ: ޞަމަދުބެ މީހުންގެ ފުރައްސާރަޔަށް ހުށަހެޅީ ޗެނަލް 13 އިންނެވެ. ދެން ބުނަން އޮތީ މާރިޔާ އާއި އެބޭފުޅާގެ ޢާއިލާ އަކީ ވެސް އަބަދު ވެސް ފުރައްސާރަ ކުރެވެމުންދާ ބޭފުޅެއްކަމެވެ.

    13
  26. އެނގެނެ

    އަޅުވެތިކަމަށްގޮސް ހުސްވެފަ.

    14
  27. ސަމްސުލްފަލާހް

    މީހާފެނުނީމަވެސް ބައެއްމީހުން ބުނެއުޅޭ މީ ކަނޑުގަލެއްވިނަމަ އޮޑިދޯނިފަހަރައްވެސް ކުޅަދާނަ ނުވާނޭ އެންމެ ހަޔާތްކުޑައެއްޗެއްކަމައް މީހުންބުނަނީ ފިއަލަކަމައް ދޯނިވަތައްއެއްލާލީމަ އަނެއްކާ ވެއްޓިގަނެގެނެގޮސް ދެވަނަފަހަރައްވެސް ބުޅީގަ ގަންނަކަމައް އެއައްވުރެވެސް މީނަ ލަދު ހަޔާތްކުޑަ ބަލަ މާދަމާ ވެރިކަން ވެއްޓުނަސް އިންޑިޔާގެ ބޮޑަތިމީހުންނަކައް ކަލޭމެނެއް ނުފެންނާނެ ފެންނާނީ އެއްކަލަ ދިވެހިމީހާ

    13
  28. އަބްދޫ

    މާރިޔާ އަމިއްލަ ހައިސިއްޔަތުން ސޮއިކުރާތަކެތީގެ ސަބަބުން ޖަލަށް ވަންނަން ޖެހުމުން ނުރޯތި ޖަލަށް ދާންޖެހޭނެ ، އެތަންތަން އަތުލާނެ މާރިޔާގެ ސޮޮޔަށް މަރިޔާ އަތުން ބަދަލް ހޮދޭން. ހަނދާނުގަ ބަހައްޓާތި ފިލައިގެންގޮސް ލަންޑަނުގަ ހުއްޓަސް ގެނެވެނެ.

    12
  29. ަަަްްއަހުމަދު ހުސައިން

    ސަމަދުބެ ގޮވީ މިގައޮމުގައި އިންޑިޔާ ސިފައިން ތިބުމާ ދެކޮޅު ކަން އިންޑިޔާ މީހުންނަކާ ނޫން.މިޔަދު ތިކަމާ އެއްކޮޅައްވާހަކަދައްކާމީހުން މާދަމާ ތިކަމާދެކޮޅައް ވާހަކަ ދައްކާނެ.

    12
  30. ރަބަރޭ

    ބަލަގަ އިންޑިޔާ އައުޓު ގޮވާފަ އިންޑިޔާ އަށް އެރީމަ ފަހާލާނެ ތަޅާ ބޭރުވެސް ކުރާނެ ދެން އެތަނަށް ބޭސް ފަރުވާ އަށްދާ އެހެން ދިވެހިން ނަށް ތިޔަގޮތެއް ދިމައެއް ނުވޭ އިންޑިޔާ ނުގޮވާނެ ކަލޭ އަށްނާށޭ ބޭސްފަރުވާ ކުރުމަށް އަށްނާށޭ

    14
  31. ޑައެލޯގް

    ގައުމުގެ މިނިވަންކަމަށް މަސައްކަތްކުރީމަ އެމީހާ ފައިސާދީގެން ބޭސްފަރުވާއަށް އިންޑިޔާއަށް ދިޔައީ ހުއްދައާއެކުއެވެ. އިންޑިޔާއިން މުޒާހަރާކުރާމީހުން ނާރުވާނެކަން އަންގާފައޮތްނަމަ ނުދާނެއެވެ. އެއިންއެގެނީ އިންޑިޔާގެ ފިނޑިކަމެވެ. ދެންއެކަމާ ދިވެހި ދިފާޢީވަޒީރު ދިވެހިމީހާއަށް މަލާމަތްކުރީމަ ވަޒީރުގެ ފެންވަރުއެގެއެވެ. އިންޑިޔާމީހަކަށް ރާއްޖެއިން އެގޮތަށް ކަންކޮށްފިނަމަ އިންޑިޔާގެ ދިފާއީ ވަޒީރު ރާއްޖެ ކުޑަކަކޫޖައްސުވާނެއެވެ.

    13
  32. ހަސަނު

    މި ގޮތެއްފޮތެއްނެތް ނުލަފާ ސައިތާނު ކޮށްފަ ނުކުރާނީ ކޮންކަމެއް. ރިޔާސީ ކެމްޕޭނުގައި ފޯއްމުލަކަށް ގޮސްފަ އެކަނި ދިރިއުޅޭ އުމުރުން ދުވަސްވީ މީހެއްގެ ގެއަށް ރޭގަނޑު 10 ޖަހާކަންހާއިރު ގޮސް އެ މީހާގެ ވޯޓު ހޯދަން، އަމިއްލައަށް އެމީހާގެ ގަޔަށް އެރި މީހެއް ތިޔަ ގޮތެއްނެތް މާރިޔާ އަކީ.

  33. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ސަމަދުބެއަކީވެސް ދިވެހިރައްޔަތެއް މާރިޔާއަކީ މިގައުމުގެ ރައްޔަތުންނާ ދިވެހިގައުމުގެ ދިފާއުގާހުރި ދިފާއީވަޒީރު ކަމަނާ ތީކޮންގައުމެއްގެ ވަޒީރެއްތޯ ދިވެހިރައްޔަތުންނައް ސާފުކޮށްދެންޖެހޭ ރައްޔަތުންނައްހުރި އޯގާތެރިކަން ވަރައްސާފް ކޮބާލަދު

    13
  34. ނާދިރާތަ

    ޢައްދާރުންގެ ނިމުން ހިތިވާނެ.

    12
    1
  35. ކަމަނަ

    ބަލަ އަގަފުރާފަ ބުނޭ އެންމެ ބޮޑު ޑިމޮކްރަސީއޭ ޑިމޮކްރަސީއެއްގަ ޚިޔާލް ފާޅުކުރީމަ ކަންތައް ކުރަން ޖެހެނީ އެހެންބާ ހަޔާތްކުޑަ މީހެއް މާރިޔާއަކީ
    އިންޑިއާގަ މިހާރުއޮތީ ކޮމިއުނިސްޓް ވެރިކަމެއް މރާޢްޖޭގަ މިހިގާ ކަހަލަ ޚިޔާލް ފާޅުކުރުންމަނާ މޯދީއާ އިދިކޮޅު މީހުންޖަލަށް ނޫނީ މަރުވަނީ. ފާޅުގަަ ބުނެބަލަ ރާއްޖޭގަ އިންޑިއާ ސިފައިން ތިބުމާ ދެކޮޅުހަދާ މީހުން އިންޑިއާއަށް ނާރާށޭ.

    12
  36. ގައުމީ ލޯބި

    މީނާ ގައުމީ މަސްލަހަތައްވުރެން އިންޑިޔާ އަށް ބަރޯސާވާނަމަ، ގައުމުގެ މިވަރުގެ މަޤާމަކަށް ކުފޫ ހަމައް ނުވޭ..

    އަވަހަށް އިސްތިއުފާ ދެއްވަވާ އޭރުން އިންޑިޔާ ބުޑުގައި ދޫލަން އޮތަސް އަހަރުމެންނަށް ހެޔޮ

    ގަވައިދުން އެތެރެވެފައިވާ މީހަކު ހިފަހެއްޓުމަކީ ފޮރިންމިނިސްޓްރީން ބަލަން ޖެހޭކަމެއް..އެކަން ނުބެލުމުގެ އިތުރަށް މިދފަދަ ވަހަަކ ދެއްކުންމުން

    އަދި އެކަން އެއީ ޖޯކަކަށް ހެދުމުން ގައުމުގެ މަތިފަޑި އިންޑިޔާގެ ބިޑި އެޅުވިފައިވާ މިންވަރު ދޭހަވޭ

    11
  37. ރަން

    ގަައުމާއި ރައްޔިތުން ވިއްކާލާފި

  38. Anonymous

    މިނިސްޓަރަކަށްވުމުން ޕާޓީ އެކްޓްވިސްޓްކަން ދޫކޮށްލަންޖެހޭނެ. އެހާހިސާބުން އެމީހަކުވަނީ ދައުލަތުގެ އެންމެހާ ރައްޔިތުންގެ ޙައްޤުގައި ބަސްބުނާ މީހަކަށް އެމަގުން އެކަން ނުކުރެވޭނަމަ އެންމެ ރަގަޅުވާނީ މިނިސްޓަރުކަމުން އިސްތިއުފާދީފަ ތިފާޑައުޅުނީޔާ

  39. ޒީރޯ ޓޮލަރަންސް

    ރަށްޔިތުން އަތުން ނަގާ ޓެކްސް ފައިސާ އިން މުސާރައާއި އިނާޔަތްތައް މިމީހުނަށް މިދެނީ. އެންމެ އާދައިގެ މީހުންނާ މިމީހުން މިޖައްސާލަނީ. މިއީ ވަރަށް ދެރަވަރު އަދި ކިއެއްތަ ފެންވަރުދަށް ކަންތައްތައް. މިއަމަލުން ވަރަށް ބޮޑު ވާހައެއް ބުނެ ދޭކަހަލަ. ނިކަމެތިންގެ ހައްގުތައް ދެނެގަންނަން މިމީސް މީހުނަށް އެގޭކަމަށް ރަށްޔިތުން ގަބޫލް ކުރޭބާ؟ މިފަދަ ކޮންމެ އަމަލަކުން ބޮޑު ވާހަކައެއް އެބަބުނެދޭ.

  40. މެޑަމް

    ސަމަދުބެޔަށް ތި ޖެއްސި ހާލު ތިމާޔަށްވެސް އެވެރިން ނުޖަައްސާނެއެކޭ މަ ނުބުނާނަަން. ޢެ ދުވަހެެއް ނު ދައްކަވާށި.. މިއަދު ތިމާގެ މަޤާމުގެ ޒިންމާ އަދާ ކުރާ ސަމަދުބެ މެން ކަހަލަ ކެރޭ މީހުންނާ ނުބެހި ތިމާ އަށް އެޅުނު ކަތި ފިޔަވަޅު ސީދާ ކުރަން މަސައްކައް ކޮއްބަ!! إِنْ شَاءَ ٱللَّٰهُ, މިޔަދުވެސް ޤައުމު ސަލާމަތް ކުރާނީ ހަމަ ދިވެހިން !!

  41. ޚޮކި

    މީހަކު ގޮވާހާއެއްޗެއް ގޮވާ ތިމާދާންމިޖެހެނީ އިންޑިޔާއަށް ތީހަމަކަންވާނެގޮތް. ތިމާއާދިމާލަށް މީހަކު އެއްޗެތިގޮވާފަ ތިމާގާތަށް އަންނަންޖެހުނީމަ ތިމާކަން ކުރާނެގޮތަށް ވިސްނާ! ވަރަށް ރަނގަޅު އެއްޗެއް ހުންނާނީ ވިސްނިފައި ދެންވެސް ދޭ އިންޑިޔާ އައޮޓްގޮވަން.

  42. ކުޅުދުށްފުށީ ހުސޭނުބެ

    ދިވެހި ޤާނޫން އަސާސީގެ މައްޗަށް ފައިން އަރާ ކޮޅަށް ތެދުވެ ހުރި ރަންނަމާރި އެއް މީ،! ރައްޔިތުންގެ މަޖްލިސް ތެރޭ އެކަން ކުރީވެސް .އެހެރީ އެފޮޓޯތައް މިހާރުވެސް . ދިވެހި ޤައުމުގެ ފައިސާއިން ކިއަވާ ދިވެހި ބިމުން ފެން ބޮއެގެން ދިވެހި މައިންގެ ކިރުބޮއެގެން ބޮޑެތިވެފަ ދިވެހި ޢަޝްކަރިއްޔާގައި ތިބި ދަރިން މިކަހަލަ ރަންނަމާރިންގެ ކިބައިން ޤައުމު ސަލާމަތް ކޮށްދެއްވާ

    • Anonymous

      އެދުވަހު މިހާރު ރައީސަކަށްހުރިމީހާ މަޖިލިސްތެރޭ އަނގައިން އުއްޕުވެސް ނުބުނެ ހެވިފަ އިން. މިއީ މިމީހުންގެ ފެންވަރު

  43. އަހްމަދު

    ޤާނޫނު އަސާސީއަށް ފައިން އެރި މީހަކު ރަގަޅެއްނުވާނެ! ކަލޭ އިންސާނަކަށް ޖީކްޖެހިއިރު ކަލޭގެ ޙާލާމެދު ވިސްނިންތޯ! މިކަމަށް އަތްޖެހި އެންމެންނަށް މިހުން ޖޯކްޖާހާ ދުވަސް ނައިސްސިއްޔާ ރަނގަޅު!!!

  44. ސަރީ

    ހޫނު ފެނަކަށްނުވެއްޓޭނެ.. އަލަންގިރިކުޅެ ބޭޒާރުވީމަ ފިޔަަޅުނާޅާ ގައުމެއްގައި އަދި މުސްލިމު ރައްޔިތެއްގެ ކަރާމާތާއި ހައްގު ނަގާލިޔަސް ކޮން ކަމެއް ކުރާނީ. ރައްޔިތުންނަށް އަދިވެސް ރާއްޖެ މިއަދު މިއޮތްހާލަތު ފަހުމްނުވާހެން ހާދަހީވެޔޭ.

  45. ޢަލީ

    މި ސަރުކާރުގެ ކެބްނެޓުގައި މިނިސްޓަރުކަމަށް އެކަށީގެންވާ މީހުން ނުތިބެއެވެ.